ލ.މާމެންދޫ ކައުންސިލްގެ ދެ މެމްބަރަކު ސަސްޕެންޑް ކޮށްފިއެވެ.

ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެ ދެ މެމްބަރުން ސަސްޕެންޑް ކުރީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ކައުންސިލްތަކަށް ލިބިދީފައިވާ ބާރުގެ ބޭރުން މާމެންދޫ ކައުންސިލުން ނެރުނު ނޫސްބަޔާނަކާއި ގުޅިގެންނެވެ.

އެލްޖީއޭ އިން ވިދާޅުވީ މާމެންދޫ ކައުންސިލުގެ އެ އަމަލަކީ އެ އޮތޯރިޓީ އިން ފާސްކޮށްފައިވާ ކައުންސިލުން ކުރާ ގާނޫނާއި ހިލާފު އަމަލުތަކާއި އިސްލާހީ ފިޔަވަޅުތައް ދަރަޖަ ކުރުމުގެ އުސޫލުގެ ފަސްވަނަ މާއްދާގެ (ނ) އާއި ހިލާފު އަމަލެއް ކަމަށެވެ.

މި މައްސަލަ ބެލުމަށްފަހު އެލްޖީއޭގެ ބޯޑުން ވަނީ އެ ނޫސްބަޔާނުގައި ސޮއިކޮށްފައިވާ މާމެންދޫ ކައުންސިލްގެ ނައިބު ރައީސް ހުސެއިން ހަބީބު އާއި މާމެންދޫ ކައުންސިލް މެމްބަރު ޔޫސުފް އިރުފާން، މާދަމާ އިން ފެށިގެން މުސާރަ އާއި އިނާޔަތްތައް ނުލިބޭގޮތަށް އެއް މަސްދުވަހަށް ސަސްޕެންޑު ކުރަން ނިންމާފައެވެ.

އަދި އެ މުއްދަތުގައި ފަރުދީ ހައިސިއްޔަތުން ލިބިގަންނަ ހިދުމަތެއް ކައުންސިލުން ހޯދުން ނޫން ބޭނުމަކު ކައުންސިލްގެ އިދާރާ އަށް ހާޒިރުވުމާއި ކައުންސިލްގެ ލިޔެކިޔުންތަކާއި ވަސީލަތްތައް ބޭނުން ކުރުމާއި އެއްވެސް ހައްސިއްޔަތަކުން ކައުންސިލް ތަމްސީލު ކުރުން މި ބޭފުޅުންނަށް މަނާވާނެ ކަމަށް އެލްޖީއޭގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ކައުންސިލަރުންގެ ސަސްޕެންޝަނުގެ މުއްދަތުގައި އެލްޖީއޭ އާއި ލ.އަތޮޅު ކައުންސިލާއި، ލ.އިސްދޫ ކައުންސިލަށް ލަފާދޭ ކޮމިޓީގެ މަޝްވަރާގެ މަތިން ކައުންސިލް ހިންގުމާއި ހަވާލުވެ ހުންނާނީ މާމެންދޫ ކައުންސިލްގެ ރައީސް އަބްދުލް މުހުސިން މުހައްމަދު ކަމަށް އެލްޖީއޭ އިން ވިދާޅުވިއެވެ.

އެލްޖީއޭގެ ބަޔާނުގައި ވަނީ މި ދަރަޖައިގެ ކުށެއް ތަކުރާރުކޮށްފިނަމަ މާމެންދޫ ކައުންސިލް ރޫޅާލުމަށް ހައިކޯޓަށް ހުށަހަޅާނެ ކަމަށްވެސް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ފެނޭދޯ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ދަ ބަތާހަރާމީ ދަހަރާމް ކޯރޭ ދަ ބަނޑު ދޮންނައޭ ދަ ކަސްބިއަނޭ ދަ އުނގު ވިއްކައޭ ދަ ކާޅު ހެދުން ލައޭ ދަ ސޯމާލިއަނޭ ދަ ލާދީނިއަނޭ ދަ ތެޔޮ ބިޑިބޮއޭ ދަ ފެގްކައޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.

  2. ޖޮއްބެ

    ކަލޯ ދެންދޭ މަހަށް.....!!! ކުރިންވެސް ކުރީ އެކަމެއްނު؟ އެހެންވެގެން ސައިޒްއޮޅިގެން ތިޔަ އުޅެނީ......!!

  3. ފާތިން

    މިހާރު އެބަރަނގަޅުވޭ. ކުށްވެރިވީމަ އަދަބު ދޭންޖެހޭނެ.
    މަށަށް ދެރަވީ މީޑިއާ ކައުންސިލް ނިދާފަ އޮތީމަ، ހީވީ، ސަރުކާރު ވެއްޓޭތޯ ބަލަން ތިބިހެން. ނުވެއްޓުނީމަ ބަޔާން ގަނޑެއް ނެރުނީނު އެ.
    ރ.ޓީވީ މިގައުމު ފަސާދަ ކުރިއިރު ހަމަ ދެނަހުރިކަމަށް ނުހަދާ. އަނެއްކާ މުޒާހަރާތަކަށް ދިޔައީ ނޫންބާ.

  4. ޕޮފުބާ

    ލިބޭބޮނޑި ސަރުކާރު ވައްޓާ ނުލެވުނީމަ

  5. އަޙްމަދު

    ހެހޭ ރިތިވެއްޖެދޯ ރާކަނިމަސް ކެވިއްޖެނޫ.
    ގުނބޯ. ހެދިގެން އުޅޭ އަދިވެސް!