ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގި ހިޔާ މަޝްރޫއުގައި ފްލެޓް ދޭން ނިންމާފައިވާ މީހުންގެ ލިސްޓްގައި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަލީލާއި އާއިލީ ގުޅުން އޮތް 12 މީހަކަށް ފްލެޓް ލިބިފައިވާކަމަށް އެބައޮތް ކަމުގައި މައުލޫމާތު އެނގޭ މީހުން ބުނެއެވެ.

މައުލޫމާތު އެނގޭ މީހުން ބުނާ ގޮތުގައި ފްލެޓު ލިބިފައިވާ ހަލީލްގެ އާއިލީ ބޭފުޅުންގެ ތެރޭގައި ހިމެނެނީ އަނބިކަނބަލުންނާއި އެއްބަނޑުއެއްބަފާ ކޮއްކޮއިންނާއި އެ މީހުންގެ އަނބިންނާއި ފިރިން ހިމެނެ އެވެ. އޭގެ ތެރެއިން ބައެއް ދެމަފިރިންނަށް ދެ ފްލެޓް ވެސް ލިބިފައިވާ ކަމަށް ވެއެވެ.

ފްލެޓް ދޭން އިއުލާން ކުރީ 70 ޕޮއިންޓަށް ވުރެ އިތުރަށް ލިބޭ ފަރާތްތަކަށް ކަމަށް ވީނަމަވެސް ޚަލީލާއި އާއިލީ ގުޅުން އޮތް މީހުންނަށް ލިބިފައި އޮތީ 69 ޕޮއިންޓާއި 65 ޕޮއިންޓް ކަމަށް ވެއެވެ.

ޚަލީލްގެ އާއިލާ އަށް ފްލެޓް ލިބުނު ޚަބަރާއި ގުޅިގެން އޭނާގެ ބަހެއް ހޯދަން "ވަގުތު" އިން ގުޅުމުން ފޯނަށް ޖަވާބެއް ނުދެއްވައެވެ. ނަމަވެސް އޭނާ ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އޭނާގެ އާއިލާގެ ވަރަށް ގިނަ ބަޔަކަށް ފަސް އަހަރު ތެރޭގައި ދަރިން ވެސް ލިބިފައިވާ ކަމަށެވެ.

އިއްޔެ ސަރުކާރުން ވަނީ ހިޔާ މަޝްރޫޢުގެ ފްލެޓް ލިބުނު މީހުންގެ ނަމާއި އައިޑީކާޑް ނަމްބަރާއި އެޑްރެސް ހިމެނޭ ގޮތައް ގިނަ މައުލޫމާތުތަކެއް ހާމަކޮށްފައެވެ. އެހެންނަމަވެސް އަދި މިހާތަނަށް ޚަލީލް ފިޔަވައި ސިޔާސީ ގޮތުން ކުރީ ސަފުގަައި ހަރަކާތްތެރިވާ ބޭފުޅެއްގެ އާއިލާ މެންބަރުންނަށް މިގޮތައް ފްލެޓް ލިބިފައިވާ ކަމުގެ މައުލޫމާތެއް ލިބިފައެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ދޮންއާދަނުގެދިޔެ

    ކޮބާ މައްސަލަޔަކީ ދިވެހިން ދޯ އެއީވެސް ؟ ކެނެރީގޭ ބޮއްޅަބެ އާއި އޭނާގެ ތިން އަހަރުވީ ސަރުކާރުގެ ބޮޑުންނަށް ހުޅުމާލެ ބަހާ ފޮތިފޮތިކޮށްފަ ދީފަ އޮތްކަން ދިވެހިންނަށް އިގޭ

    10
    13
  2. އައިމިނަ

    ހާދަ މަދަކުން. ތިވަރުން ވޭތަ؟

  3. ދެރަކަލޯ

    މިހަލީލުމެން ބާރަށް ހަޅޭ މިލާކަމަކީ މިބާވަތުގެ ކަންކަން ކުރެވިފާ އޮތީމަތާދޯ

    7
    3
  4. ޏ

    މަގޭ ސުވާލަކީ ތިބޭފުޅެއްގެ އާއިލީ މެންބަރުން ނައް ވުމަކީ ފުލެޓް ހައްގުން މަހްރޫމު ވާނެ ސަބަބެއްތޯ.؟ތިބޭފުޅަކުގެ އާއިލާގަ ވެސް ހައްގު ވާބަޔަކު ތިބިނަމަ އާއިލާ މެންބަރު ތިމާގެ މީހުން އަބި ފިރިން ނުކިޔާ ސަރުތު ފުރިހަމަ ވެ ދިވެހި ރައްޔިތުން ނައް ވުމުން ކޮބާހޭ މައްސަލައަކީ .

    8
    7
  5. އައިޝާ

    ޚަލީގެ އާއިލާގެ ހުރިހާ މެމްބަރުންނަށްވެސް ހަމަޖެހިފައިވާ އުސޫލާއެއްގޮތަށް ފުލެޓް ލިބުނަސް އެއީ އެއްވެސް މައްސަލައެއްނޫން އޮޅުން ފިލުވައިދޭންވީ އުސޫލުން ބޭރުން ދެވިފައިވާނަމަ އެކަން

    24
    5
  6. ޏ

    ތިވާހަކައެއްނޫނޭ މަމެންނައް ސަރުތު ފުރާ ފުރިހަމަވެ މަމެން ނައް ފުލެޓް ކަށަވަރުވާ ހިސާބަށް ދިއައިމާ މަމެންނައް ފުލެޓް ނުލިބިދާނެ ތީ މަމެންގެ ދިފާއުގަ އަގައިން ބުނާނެ މީހަކު ވެސް ނެތީ ހޭ .މަމެން ކަށަވަރޭ މާލޭގަ 28 އަހަރުވީ އިރު މަމެން މާލޭގަ ދިރި އުޅެ މުސްކުޅިވީ އިރު ލިބެން އޮތް ފުލެޓް ގަޑުވެސް މިދެން ގެއްލުނީކަން ނެއްތަ ތެދުވާލާނެ މީހަކު މިކަމުގަ އެއް . ޕާޓީ ކުދިންނައް ދީފަ ހުރިއްޔާ ދެން ލިބޭނީ .މަމެން ޕާޓީ ކުދިންނައް ނުވާއިރު މަމެން ތިބެންވީ ނާއުއްމީދުގެ ހުޅުކޮޅު ދިއްލާގެން ތަ އުއްމީދު ކޮޅުވެސް އެގެއްލުނީ .

    9
    4
  7. ޖުމާ

    ޚަލީލްގެ ޢާއިލާއަކީ ވެސް ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ދިވެހި ރައްޔިތުން.ދެން ކޮބާ މައސަލައަކީ. ޔާމީންގެ ސަރުކާރުން ފްލެޓް ލިބިފައި ތިބި ގިނަ މީހުންނަކީ އެމްޑީޕީ މީހުން. ޔާމީންގެ ވެރިކަން ވިޔަނުދޭން އެއްމެ ބާރަށް މަސައްކަތް ކުރިމީހުން.ދިވެހިރައްޔިތެއް ވިއްޔާ ކޮންމެ ކުލައެއްވިޔަސް ބޯހިޔަލެއް ލިބެން ޖެހޭނެ.

    6
    6
  8. މަމެން

    މަމެން އެޕު ބޭނުން ކޮށް ލެއެވުމަށް ދިރާގު ހިޔާލު ކޮއްލަވާ!

  9. މަލްމަލް

    ކޮބާ ހައުސިންގ މިނިސްޓްރީގައި އޭރު މަސައްކަތް ކުރި ކޯޑިނޭޓަރ ޖަމްޝީދާގެ އާއިލާ މީހުންނަށް ދިން ފްލެޓްތަކުގެ އަދަދު. އެވެސް ބަލާލާފަ ވަގުތު މީހުން ޖަހާލަ ދިނުން އެދެން. ޝުކުރިއްޔާ

  10. ޙަބަރުނު

    ހަމަ ހުސް ވަގުން ފާތުމައެއް ހަލީލެއް ނިހާނެއް އަދުރޭއެއް ނެތް

    8
    1
    • ....

      ފުލެޓު ލިބުނު

  11. ނގާ

    ޚަލީލުގެ އަގުވއްޓާލަން ލިސްޓުހަދައިގެން ތިއުޅެނީ. ބޮޑައް ރައީސްޔާމީނުގެ އަގުވައްޓާ މަޖިލީސްކެންޕޭން ފެއިލްކޮއްލަން

    1
    3
  12. ޙިބާ

    މާލެ ބަދަލުވިތާ އަދި 4 އަހަރު. އެކަމަކު ފުލެޓު ލިބިފަ އެ އޮތީ. އަނގަ ފޭ ކޮއްފަ ވާހަކަ ދައްކަން މި ބައިގަނޑު ލަދެއް ނުގަނޭ.

  13. މަ

    އެބަހުރި ލިބިފައި ދެމަފިރިންނަށް.. ނުކުޅެދުންތެރި މީހުންގެ ކެަގަރީއިން..