މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު ނަސީރުގެ މައްޗަށް ގާނޫނީ މަސްއޫލިއްޔަތު އަދާ ކުރުމަށް ހުރަސް އެޅި ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ގަވަރުނަރު ނަސީރުގެ މައްސަލައެއް ފުލުހުންނަށް ހުށަހެޅީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ ކުރީގެ ވެރިޔާ އަބްދުﷲ އަޝްރަފެވެ.

އަބްދުﷲ އަޝްރަފް ވަނީ ނަސީރުގެ މައްސަލަ ބަލައިދިނުމާށް އެމްއެމްއޭގެ ބޯޑާއި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވެސް އެދިވަޑައިގެންފައެވެ.

އަބްދުﷲ އަޝްރަފް މާލިއްޔަތު ކޮމެޓީގެ މުގައްރިރަށް ފޮނުވި ސިޓީގައި ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ގާތްވެފައި ވަނިކޮށް "ހައި ޕްރޮފައިލް" ކޭސްތައް ރިޕޯޓުނުކޮށް މަޑުޖެއްސުމަށް ގަވަރުނަރު އޭނާއަށް އެންގެވި ކަމަށެވެ.

އޭރުގެ ރައީސް އަބްދުﷲ ޔާމީނުގެ ދެ މައްސަލައެއް އެފްއައިޔޫގެ ފަރާތުން ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅުމުން ގަވަރުނަރު ހިތްހަމަނުޖެހުން ފާޅުކުރައްވައި، ވާހަކަދެއްކެވިކަމަށްވެސް އަޝްރަފްގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

ނަސީރުގެ މައްސަލަ ފުލުހުން ބަލަން ފެށި ނަމަވެސް އެމައްސަލައިގައި އަދި އޭނާއާއި ސުވާލު ނުކުރާ ކަމަށް އެނގިފައިވެއެވެ.

ނަސީރު ގަވަރުނަރު ކަމަށް އައްޔަން ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައެވެ. ރައީސް ޞާލިހް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ފަހުން ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވުމުގެ ކުރިން ނަސީރު ވަނީ ދެފަހަރެއްގެ މަތިން ރައީސް ޞާލިހާއި ބައްދަލު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފޯއްބެ

    ތިޔަ އީ ޒާތީ ކަމެއް..

    1
    3
  2. މޫސާ މަނިކް

    ބުނަން އަޝްރަފް ކަލޭމިތާއުޅެމުން ހާދަކަޑަކަމެކޭ ތިކުރީ. މަށައް ކިހިނެއްވާނީ ނަސީރު މަގާމުން ވަކިކޮއްފިއްޔާ؟ ހަލާކުހުރި ކަލެޔައް.
    މަށަކައް ނުވިސްނޭ އަޝްރަފް ތިވަރުއަރުވާލަންވީ ރީސަންއެއް. އަހަރުމެންގެ އަގުތިވައްޓާލީ. ހަލާކުހުރި އަޝްރަފް. ކަލޭ މަގޭރޫމަށް ކޮންމެދުވަހަކު އައިސް ފޮނިކަޑާފަ މަގެބޮލަށް ތިފާންއެރީ. މަހަލާކުވާނެ ނަސީރު ނެތިއްޔާ.... ހެޔޮނުވާނެ އަނބުރާ މައްސަލަނަގާ. އޭރުން އެންމެންވެސް އޯކޭވާނެ. ޕްލީސް ޢަޝްރަފް.........

    4
    2
  3. ލީމަން

    އެންޓި ކޮރޮޕްޝަން ކޮރޮޕްޓް
    އެމް އެމް އޭގެ ކޮރޮޕްޓް
    މަޖިލިސް ކޮރޮޕްޓް
    ކޯޓްތައް ކޮރޮޕްޓް
    މިނިސްޓަރުން ކޮރޮޕްޓް
    އިލެކްޝަން ކޮރޮޕްޓް
    އޯޑިޓް އޮފީސް ކޮރޮޕްޓް

    ކޮންތަނެއްތޯ ސަލާމަތުން ހުރީ..؟

    މިތަންތަނުން ރައިޔަތުންގެ މާލިއްޔަތަށް ގެއްލުވާނަމަ، އެތަނެއް ހުރުމަށްވުރެން ތަގަޅީ ނެތުން ދޯ..؟

    ކޮރޮޕްޝަން ހައްލު ނުކުރެވޭނަމަ، މި މުވައްސަސާތައް އުވާލަން ވީދޯ؟