މައްޗަންގޮޅި މެދު ދާއިރާއާއި ގުޅޭ ދެ ކަމެއް ސާފުކުރުމުގެ ގޮތުން، އެ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ، އިބްރާޙިމް މުޙައްމަދު، (އިއްބެ)، އިލެކްޝަން ކޮމިޝަންގެ ރައީސަށް ސިޓީއެއް ފޮނުވައިފިއެވެ.

އިލެކްޝަން ކޮމިޝަނަށް މިއަދު ފޮނުވާފައިވާ ސިޓީގައި، މައްޗަންގޯޅި މެދު ދާއިރާގެ މާލޭ ދަފްތަރު ބައި ބަހާލާފައިވާ ގޮތް، އަދި އުޞޫލު ސާފުކޮށްދިނުމަށާއި، މައްޗަންގޮޅި މެދު ދާއިރާގެ މާލޭ ދަފްތަރު ބައި ބެހުމުގެ ގޮތުން މަޝްވަރާ އަދި އެނޫންވެސް އިދާރީ ޖަލްސާ، ބައްދަލުވުން ތަކުގެ ފުރިހަމަ ޔަޢުމިއްޔާ އާއި، ބައިވެރިންގެ ލިސްޓު ވީ އެންމެ އަވަހަކަށް ލިބޭނެގޮތް ހައްދަވައިދެއްވުމަށް ވަނީ އެދިފައެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާ ކެނޑިޑޭޓުންގެ ގުރުއަތުލުން ރޭ ބާއްވާފައިވާ އިރު، އިބްރާޙިމް މުޙައްމަދަށް ލިބިވަޑައިގެންފައިވަނީ ކެނޑިޑޭޓު ނަމްބަރ ތިނެކެވެ.

އަމިއްލަ ގޮތުން އެ ދާއިރާއަށް ވާދަކުރައްވާ، އިއްބެ އަކީ، ޤާނޫނީ އަދި އިސްލާމީ ޝަރީޢާގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލްކޮށްފައިވާ، އިލްމީ، ޤާބިލް ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެންދެރި

    އިލެކްޝަން އިން ވަކި ބަޔަކަށް އެހީ ވުން ރަނގަޅެއް ނޫނެވެ.

    1
    2
  2. ދދދދދ

    ތިކަން ފަސްމާމުލޭމެންނަކަށް ސާފުކޮށެއް ނުދެވޭނެ. މިބުނީ ނުދެވޭނެ.