ރާއްޖޭގެ ކަސްޓަމްސްއިން އަތުލައިގަތް އެކިސައިޒުގެ އަޅުކަން ކުރަން ބޭނުންކުރާ 28 ބުދު ހިފައިގެން އައި އިންޑިއާގެ ހަތަރު މީހުން އައީ "ޕީސްފުލް ގެދަރިން"އަކަށް ކަމަށް އެމީހުން ބުނެފައިވާ ކަމަށް ކަސްޓަމްސްއިން ބުނެފިއެވެ.

ކަސްޓަމްސްއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ ހަތަރު މީހުންވެސް ރާއްޖޭގައި އައީ ޓޫރިސްޓް ވިސާގައި ކަމަށެވެ.

"އަޅުކަންކުރަން ގެންގުޅޭ ބުދަކީ ޤާނޫނު ނަންބަރު 75/4 (ދިވެހިރާއްޖޭއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު)ގެ 4 ވަނަ މާއްދާގެ (ށ) ގެ ދަށުން ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ އެއްޗެކެވެ.". އެ ބަޔާނުގައި ވެއެވެ.

އެ ބުދުތައް ހިފައިގެން އިންޑިއާ މީހުން ފުރާފައިވާ އިރު، ކަސްޓަމަސް އިން ބުނީ، ރާއްޖެއިން ބޭރުގެ ފަރާތްތައް ރާއްޖެ އަންނައިރު އެމީހުން ގެންނަތަކެތީގެ ތެރޭގައި ހިމެނޭ ރާއްޖެއަށް އެތެރެކުރުމަށް ހުއްދަނުދެވޭ ތަކެތި، އެމީހުން ރާއްޖެއިން ފުރައިގެންދާއިރު އަނބުރާ ގެންދިއުމަށް ބޭނުންވެއްޖެ ހާލަތެއްގައި އަނބުރާ ގެންދިއުމުގެ ފުރުޞަތު އެފަރާތްތަކަށް ކަސްޓަމްސް އާންމު ގަވާއިދުން ލިބިދޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. އަލީ 02

    ބޮޑު އުދަނގުލެއްނު. އިންޑިޔާ ކުޑައީތަ ގެދަރިންގް ހަދަން

    86
    2
  2. އަލީ އިބްރާހި،ް

    ކޮންމެޔަކަސް ރާއްޖޭގެ ރައްޔަތުންގެ ތެރެއިން ބައެއްގެ އެހީތެރިކަމާއި އެކުވެގެންނަމަވެސް ތިޔަބާވަތުގެ ކަންތައް މިރާއްޖޭގައި ކުރެވޭތޯ ޣައިރުމުސްލިމުން އަބަދުވެސް މަސައްކަތް ކުރާނެ
    އަހަރެމެން ހޭވެރިވާންވީ ކަމަކީ ނަމުން ނުކިޔަސް އެފަދަ ކަންތައް ތަކަކައް ވާގިވެރިވާ މީހުން ޑިމޮކްރެސީގެ ކޯޓްލައިގެން ސިޔާސީގޮތުން އިސްސަފުގައި އެބަ ހަރަކާތްތެރިވާކަން
    އެހެންވީމާ ކުރިޔައް އޮތް އިންތިޚާބުގައިވެސް އެފަދަމީހުން އެކަހެރި ކިރެވޭތޯ ރާއްޖެ އާއި އިސްލާމްދީނާއި މިވަން ކަމައް ލޯބިކުރާ ކޮންމެ ރައްޔިތަކުވެސް ގަދައަޅާ މަސައްކަތް ކުރަންވީ ބުދުތަކަކީ ކަމެއް ގެ ކޮޅުމަތި ދެނެވެސް ނެތީލާ ބޭނުން އެއްޗެއް ހަދާތައް ފެންނާނީ

    57
    1
  3. ޑައެލޯގް

    އޯގާތެރި ސަރުކާރެއްގައި ބުދުތިޔާގިވާނެ، އެއްޖިއްސުން ކައިވެނި ކުރެވޭނެ، ގެސްޓް ހައުސްތައް ޖެހިގެން ހުރިކޮޓަރިތަކަށް އައީމަ ބަގުރާ ވެސް ކުރުދޮށީގައި ލިބޭނެ، އަދި ދިވެހި ދަރިފަސްކޮޅު މިކްސްވާނެ

    63
    3
  4. ހޫދު

    ތިމީހުންގެ ހިސްޓްރީ ބަލާބަ، މިގައުމަށް ޖެހިފަހުރި ބަލާވެރިކަން، ނަޝީދު ގެދައުވަތަކަށް އައިބަޔަކަށްނޫނީ ނުވާނެ. ޝައްކެއްނެތް ކަމެއް

    58
    3
  5. ޑިމޮކްރަޓިސްޓް،ރ.ވާދޫ

    ގާނޫނުގަ ކަނޑައެޅިގެން އެތެރެކުރުން މަނާ އެއްޗެއް ގެނެސް ބަހައްޓާފަ، ދަމުން ހިފައިގެން ދެވޭތަ؟ ތިހެން ޕީސްކޮޅު ހިފައިގެން އައިސްވެސް ކަސްޓަމު ބެލުމުގެ ދަށުގަ ބަހައްޓާފަ ފުރައިގެން ދަމުން ހިފައިގެން ދާންވީދޯ؟ ސަޅި

    26
    3
  6. އާދަނު

    މިވަރުން ދަންޏާ ރާއްޖޭގަ ބުދުފައްޅި އަޅާފަ ހުޓާނީ
    މިހަރުވެސް އެބައުޅޭ ކްރިސްޓިއަންދީން ފަތުރަން އުޅުނު މިހެއް އައިސް

    47
    1
  7. ޕޮސް

    ރާއްޖެ ބުދާ ވައްކެއް ނުކުރެވޭނެ. ބުދިސްތުންގެ ލޭ ގައިގަ ނެތް މީހަކު ދައްކަ ބަލަ.

    4
    38
  8. ހަސަން ނުވަވަނަ

    ކެރަފާ ނަޝީދު ބުނީ އަސްލު އެތެރެވާނެ ބުނެގެން ގެނައީ. ދެން ފަޅާއެރީމަ ތި އެތެރެ ނުކުރެވުނީ. ބުދު ސަރުކާރު ވޯޓުވަގު ސަރުކާރު ސުންޕާ ސަރުކާރު ކޮމިޓީ ސަރުކާރު

    38
    3
  9. ގޑން

    އެހެން ޤައުމުތަކުގެ ޤާނޫނާ ޚިލާފަށް އެތެރެކުރާ ތަކެތި އެޤައުމިތަކުންދޭތޯ ބަލާބަލަ.
    މަސްތުވާތަކެތި ހަތިޔާރުފަދަ ތަކެތިވެސް އެތެރެވާއިރު ހިފަހައްޓާފައި ފުރައިގެންދާއިރު އަނބުރާ ވަގުތުންދޭންވާނެ. އެވެސް ރާއްޖެ އެތެރެކުރުން މަނާތަކެތި ވީއްޔަ. ބުދާއި އޫރުމަހާއި ރާ ދޫކޮށްލަނީ.
    އެކަމު ދިވެެއްސެނަމަ ޖަލަށް.

    11
  10. ރަންނަމާރި

    އެޖެންޑާ 19 ގެ މަގްސަދަކީ ގާނޫނު ނަންބަރު 75/4 އާއި ރާއްޖޭގެ ދީނަކީ އިސްލާމް ދީންކަމަށް އޮންނަމާއްދާ އަދި އިސްލާމީ ޝަރިޔަތް މިގައުމުގާއި ނުހިންގޭނެ ގޮތް ހެދުމާއި ދީނާސިޔާސަތު ވަކިކޮއް މިގައުމުން އިސްލާމް ދީން ފޮހެލެވޭތޯ ބެލުން . ޢިންޝާﷲ ހަމަހިލާ ކުޅަދާނައެއް ނޫން ތިކަން ކުރާކަށް ކުޅިޖަހާ ކުޅިދައްކާލާނަން

    13
    1
  11. އަހްމަދު

    އިބޫ އިންތިޚާބް ކާމިޔާބު ކުރުމާގުޅިގެން ކާފަރު ޖަމާއަތްތަކުން މަރުހަބާކީއިރު ހާމަކޮށްފައިވޭ ރާއްޖޭގައި ފައްޅިއެއް އެޅުމުގެ އުއްމީދު އާލާވެއްޖެކަމަށް.

    14
  12. ދަރި

    އިންޑިއާމީހުންނަށްއެގޭނެ ބުދުތަށްހިފައިގެން ރާއްޖެއައިރުވެސް ދިވެހިރާއްޖެއަކީ މުސްލިމް ގައުމެއްކަން ނަމަވެސް މިހާރުރާްއްޖޭގައިއޮތް ސަރުކާރުންމިކަމާއަޅާނުލާނެތީއާ ރާއްޖޭގައިވެސް މިކަމަށްތަރުހީބުދޭނެބަޔަކުތިބޭނެތީއާ މިބުދުތަކުގެބޭނުންވެސް ކުރާނެބަޔަކު ރާއްޖޭގައި ތިބެދާނެކަމަށްބަލައި ބުދުތަށް ރާއްޖެގެނައިކަމަށްވެދާނެ އަދި އިންޑިއާއަށާ ބުދުތަށް އެެތެރެކުރިމީހުންނަށްއެގޭނެ ރާއްޖޭގެދީނީމިނިވަންކަންނޯނާތީ ރާއްޖޭގެބައެއްބޭފުޅުންނަށް ލާދީނީފިކުރުގެންގުޅޭ ފަރާތްތަކުންޕްރެޝަރުކުރާކަން ވީމާ މިއީ އިންޑިއާސަރުކާރުން ރާވައިގެން ކުރެއްވިކަމަކަށްވުންގާތީ ރާއްޖެއަކީމުސްލިމްގައުމަކަށްވާއިރު މިހާފާޅުކަންބޮޑުގޮތަކަށް މިހާގިގަނަޢަދަދެއްގެ ބުދުތަށް ﷲއަށް ޝަރީކުކުރުމަށްރާއްޖެއަށްއެތެރެކުރިއިރު އިންޑިއާއިން މިކަމާއަޅާނުލީ އިންޑިއާސަރުކާރަށްމިކަންނޭގިއެއްމިހާގިނަބުދުތަކެއް ރާއްޖެއެތެރެކުރެވޭނެކަމަށް ނުބެލެވޭ ވީމާ ސުވާލުއުފެދެނީ ﷲއަށް ޝަރީކުކުރާ ފަރާތްތަކުގެކިބައިން އަޅަމެންނާ އަޅަމެންގެ ގައުމުސަލާމަތްކުރައްވާންދޭވެ އާމިން

  13. ޢާލިމް

    ޢިންޑިޔާ މީހުން ބުދުގެނައީ އަޅުކަންކުރަން ދިވެހިން ޑްރަގު އެތެރެ ކުރީ ވިޔަފާރި ކުރަން

  14. ކިންގފިޝަރ

    ސާމަރާދޫނި ފަތެއްގެ ސަބަބުން ދިވެއްސަކަށް ހަދާލިގޮތް އަދި ހަދާނުން ނުފިލާ. އިންޑިއާ މީހުން ބޯޑަރ ހުރަސްކުރި އިރުގަ ބުދު ރާއްޖެއަށް އެތެރެކުރަން މަސައްކަތް ކުރުމުން އެއްވެސްކަމަކަށް ނުހަދާ ތިޔަ ދޫކޮށްލީ މިފަދަ ހަރަކާތްތަކުގައި ސަރުކާރުވެސް ބައވެރިވާތީ. މި ޕީސްފުލް އިވެންޓް އިންތިޒާމްކުރާނީ އިންޑިއާ އެމްބަސީގެ ބައިވެރިވެރިވުމެއް އޮވެގެން. ކަސްޓަމްސް އިން ޗެކްވީމަ އަވަހަށް މިފޮނުވާލީ ތަކެއްޗާއެކުގައި. އިންޑިއާގެ މަޤްޞަދެއް މިރާއްޖޭގައި އެންޓި އިސްލާމް ކެމްޕެއިން ޖެއްސުން. އިންޑިއާއަށް މިކަމަށް ބައެއް ގައުމުތަކުން ފަންޑްވެސް ކުރާ. އޭގެއިތުރުން ސަރަހައްދުގެ އަސްކަރީ ބާރުވެރިކަން އިންޑިއާއަށް ލިބޭ. އެހެންވެ ރާއްޖެއަށް އަދި ވެރިކަންކުރާ ޕާޓީގެ މީހުންގެ ޖީބަށް ފައިސާ އަޅައިގެންވެސް އިންޑިއާއިން މިފަދަ އެތައްކެއް ހިންގާނެ.