ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބުދު ފައްޅިއެއް ފެނިއްޖެއެވެ. މިބުދު ފައްޅިފެނިފައިވަނީ ހުވަދޫ ކަނޑުން 26 މޭލު ބޭރުންނެވެ.

މިދިޔަ ހަފްތާގެ ހޯމަ ދުވަހު މިފަައްޅި ފެނިފައިވަނީ ރާއްޖޭގެ ދޯންޏަކަށެވެ.

ފޮޓޯ/ މީސް މީޑިއާ

ބުދު ފައްޅި ފެނުނު ދޯނީގެ ފަޅުވެރިއަކު "ވަގުތު" އަށް ބުނީ އެފައްޅި ފެނުމުން ފުލުހުންނަށް ރިޕޯޓް ކޮށްފައި ނުވާނެ ކަމަށެވެ.

" ފޯނަށް ރޭޖް ވެސް ނުލިބުނީމައާއެކު، އެކަން މާބޮޑު ކަމަކަށް ނުހެދީ އޮޔާ ދިޔަ އެއްޗަކަށް ވާތީ،" އޭނާ ބުންޏެވެ.

ބުދު ފައްޅި ފެނުނު ދޯނި --- ފޮޓޯ/ މީސް މީޑިއާ

ފުލުހުންގެ ތަރުޖަމާނު ޗީފް އިސްޕެކްޓަރ އޮފް ޕޮލިސް އިޒްމާ ޒާހިރް ބައެއް މީޑިޔާތަކަށް މަޢުލޫމާތު ދިނުމަށް ހަދާފައިވާ ވަޓްސް އެޕް ގްރޫޕްގައި ފުލުހުން ބުނެފައިވަނީ އެފަދަ މަޢުލޫމާތެއް ފުލުހުންނަށް ރިޕޯޓްކޮށްފައިނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

42 ކޮމެންޓް

  1. އިންސާނާ

    ސުވާލަކީ މިހާރު ކޮބާހޭ އެ ބުދު ފައްޅި ރާއްޖޭގެ ރައްޔިތުންނައް ސިއްރުން ގެންގޮސް އިންޑިއާ ފުލުހުންނާ ހަވާލުކޮށް ރާއްޖޭގެ ރަށެއްގަ ބެހެއްޓީ ދޯ މިހާރު މިކަން ބަލަން ފުލުހުންނާ ސިފައިން ނުޖެހޭބާ

    168
    30
  2. ގިނިކަނދު

    އެމްޑީޕީ ވެރިކަމަށް އައީމަ އިސްލާމްދިނަށް ފުރައްސާރަކޮށް ލާދިނީ ފިކުރު އާންމުވަނީ އިންދިޔާމީހުން ބުދުހިފައިގެން މާލެ އައިސް ހަނަ ހިމޭން އިހުތިޖާޖުކުރަނީ ކަނޑުމަތިން ބުދުފައްޅި ފެންނަނީ އަދި ރަށްރަށުގެ އެއްގަމުންވެސް ބުދުފައްޅި ފެންނާނެ ތިވަރުންދަންޏާ އެހެންވީމާ މަޖިލީހުގެ 87 ގޮނޑީ އެމްޑީޕީއަށް ދޭނެޖެހޭނެ ކޮންމެހެނވެސް

    117
    25
  3. ގުދޯ ގުދޯ

    ބުދު ސީޒަން ދޯ

    103
    8
  4. ކަރާ

    ތިއޮތީ ބުދާ ގަވައިދާ ޙިލާފައް ރާއްޖޭގެ ކަންޑައް އެތެރެވެފަ. މާލިމީ ކަމުގަ އިނީ ބުދާ ކަމައް ލަފާކުރެވެނީ. ވަރައް ހެވިފައެބަ އިނެއްނު.

    93
    4
  5. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ތިވާނީ އިންޑިޔާގަ ތިބި ޔާމީނުގެ ސަޕޯޓަރުން މި ސަރުކާރުގެ އަގުވައްޓާލަން ބަނދެފަ ފޮނުވި ފައްޅިޔަކަށް.

    48
    153
    • ބޮއްބޮ

      އިންޑިޔާގައި ޔާމީނުގެ ސަޕޯޓަރުން ނުތިބޭނެކަން ކަލެއަށް ހަމަ ރަގަޅަށްވެސް އެނގޭނެ. ތިބާވަތުގެ ރޭވުމެއް ވިއްޔާ ރާވާނީ ލާދީނީ ރީނދޫ މުނާފިގުންނާ އެމީހުންގެ ވާގިވެރިން.

      63
      15
    • ބޯކުޑޭ

      ހަމަ ވަގުތުން ގެނެސް ބަހައްޓާލެވޭގޮތަށް ތައްޔާރު ކޮށްފައި ހުރި ކޮމްޕްލީޓް ފައްޅިއެއް ބުދާވެސް އެކީ. ހީވާގޮތުން މިއީ އިންޑިއާގެ ހެލިކޮޕްޓަރު ބެލެހެއްޓުމުގެ ނަމުގައި މިގައުމުން ނުފައިބާ ގަދަފައި ވިއްދައިގެން ތިބި އިންޑިއާ މީހުން އަޅުކަން ކުރަން ގެނައި އެއްޗެއް. ހަމަ މުޖައްރިބު.

      49
      4
  6. ޑައެލޯގް

    ދެން މިގައުމުގެ ކަނޑުންވެސް ބުދު ތިޔާގިކޮށް ބޭނޭނެއެވެ. ސަބަބަކީ އިންޑިޔާގެ މުށުތެރެއަށް ރާއްޖެގޮސް ނިމިއްޖެ

    132
    7
  7. އިބުރޭ1122

    ތިހެން އަދި ގެރި ކޮށިކޮށިވެސް ކަނޑުމަތިން ފެންނާނެ.

    123
    2
  8. ޑ

    ބަލަ ތީގެ ފުލުގަ މޫދުގަ ހުރިބައިގަ ގާފޮރިކޮޅެއް ޖަހާލާފަނެތް.. އެހާދުވަހު ތި ކަނޑުމަތިން އަންނައިރު.. ތީ ސީދާ އިންޑިޔާމީހުން މިކަނޑަށް ބާލާފަދިޔަ އެއްޗަކަށްތިވާނީ.. ޓާގެޓަކީ އޭގަ އޭނަ ބޮޑުބުއްދާ ސަރުކާރުގެ އެހީގަ އެތެރެކޮށްލުން.. އާންމު ބަޔަކަށް ފެނުނީމަ ޕްލޭން ފްލޮޕްވީ..

    110
    4
  9. ޜާޒާ

    ތި ވެދާނެ.އިންޑޮނޭސިއާ އަށް އެރި ސުނާމީގަ އެތަނުން އޮޔާދިޔަ އެއްޗަ ކަށްވެސް

    33
    67
  10. ނަސީދު

    ކޮބާތަރާޑަރު ސިސްޓަމްތައް

    45
    2
  11. ހަސަން ނުވަވަނަ

    ގެރިބެ ފޮނުވި އެއްޗަކަށް ވާނީ

    58
    2
  12. އެލެކްސް

    ވަރަށް ސަޅި މީގެ ކުރިން ފެނުނީ ކިނބޫ ރާއްޖެ ސަރަހައްދުން މިހާރު މިފެންނަނީ ބުދުފައްޅިތައް.

    59
    3
  13. ގުންޑާ - ރީނދޫ

    ޖަޒީރާ ރާއްޖޭގަ އިސްލާމް ދީނާއި ޚިލާފު ކޮންމެ އެެއްޗަކަށް ސީދާކޮށް ނުވަތަ ނުސީދާ ކޮށް މަރުޙަބާ ކިޔާނެ.

    58
    8
  14. ބުދު

    ރާއްޖެޔަކީ އަބަދުވެސް ބުދު ފައްޅި ހުރި ބުދުދީނުގެ މީހުން ތިބި ގައުމެއް. ބަރުބަރީ ކުރިކަމެއް މީ.

    12
    60
  15. ހެހެ

    ބުދުފައްްޅިތައް ދަތުރުކުރާނީ އެތަނަށް ވަންނަ މީހުން އުޅޭ ތަންތަނަށް. މިގައުމުގަ އެބައުޅޭ އެތަނަށް ދާހިތުން ހަމަ ނިދި ނުނިދާ މީހުން. ފައްޅި އަޅަން ގޮވާލާ މީހުން.

    59
    2
  16. ނުރަބޯ

    ލައްގާނެ ލައްގާނެ. ތިކަހަލަ ކިތަންމެ އެއްޗެއް މި 5 އަހަރު މިރާއްޖެއަށް ލައްގާނެ. ބޮޑެތި ގެރިވެސް އަދި ލައްގާނެ. މޯދީ ވެެސް އަވަސް އަވަހަށް ލައްގާނެ.

    64
    7
  17. އެކްސް

    އެވާނީ ޔާމީންގެ ސަރުކާރުގައި ރާއްޖޭގެ ރިސޯރޓްތަކުގައި އާއި އެތަންމިތާނގައި ބުދުފައްޅިބެހެއްޓުމަށް ހިންގި މަޝްރޫޢުގެދަށުން އޯޑަރޖަހާފައިއޮތް ބުދުފައްޅިއަކަށް، އެކަމަކު މިހާރު ރާއްޖެއަށް އެ އެތެރެނުކުރެވޭނެކަން އެނގުނީމަ އެއޮތީ އޮޔާދާން ކަނޑަށް ދޫކޮށްލާފަ، ދެން ސިއްރު ސިއްރުން ސިއްރުފެންފުއްޓަށް ގެންދިއަގޮތަށް އެބުދުފައްޅި ގެންގޮސް ބަހައްޓާނީ، ރަނގަޅަށްވެއްޖެއްޔާ ތި ދޯނި އަކީ ޔާމީންގެ އެޖެންޓުން އެބުދުފައްޅިބަލާ ދިޔަ ދޯނި ކަމަށްވާނީ

    14
    60
  18. އަހްމަދު

    ތިޔަ ފައްޅީގައި ވަރަށް ބޭނުންތެރި ތަކެތި ހުންނާނެ. ތިދޯނިމީހުންވާނީ އޭގައި ހުރި އެކަހަލަ ހުރިހާ އެއޗެއްނަގާފާ. މިކަން ތަހުގީގުކުރަންޖެހޭ. ކަމާބެހޭ ފަރާތްތަކަށް ެކަން ނުއެންގުމަކީވެސް ކުށެއް.

    14
    11
  19. ޢެޖެންޑާ 19

    ދެކުނުގެ ބޮޑުރަށަކަށް އެ އެތި ގެންދިއުމަށް ވަނީ ހަމަޖެހިފަ..ހަމަބުނެލީ..

    25
    3
  20. ޢަލީ

    ތިއީ އިންޑިޔާ އަދި ނަސީދު ގެ ރޭވުމެއް ހަމަ ރަގަޅަވެސް

    32
    6
  21. ބޮޑުބުދު

    ސާބަހޭ! އަދިވެސް ވޯޓު ދީފަ ބަހައްޓާ! ސުންޕާ ރީނދޫ ބައިގަނޑަށް ދެވޭ ކޮންމެ ވޯޓަކީ މި ގައުމުގެ އިސްލާމް ދީނާއި ދެކޮޅަށް ދެވޭ ވޯޓެއްކަން ހަނދާން ބަހައްޓާތި! ދެފަޔަށް ހިނި އަރައިގެން އުޅޭހެން ދިވެހީން މި ދިން ވޯޓުގެ ސަބަބުން މިހާރު އުފުލަން މިޖެހޭ ދުއްޕާނުން ސަލާމަތްވުމަށް ގަދައަޅާ މަސައްކަތްކުރުމަކީ ކޮންމެ ދިވެއްސެއްގެ މައްޗަށް ވާޖިބެއް.. މަވާ ސަލާމް.

    29
    3
  22. ކުރިން

    ކުރިން އައީ މަރު ސީޒަން! ޟިފަހަރު މި އައީ ބުދު ސީޒަން!

    23
    1
  23. މަސްވެރިޔާ

    ދިވެހި މަސްވެރިންނަށް އިންޑިޔާއިން އަޅައިދޭ މަސްކަނދުފަތިތައް. ޖީޕީއެސްގައި ފާހަގަ ކޮށްލަދީބަލަ ކަނދުފަތިތައް އެޅި ދިމާތައް

    19
    1
  24. ހަخ

    އިބްރާހީމްގެފާނު ކަންތަށް ކުރެއްވި ގޮތަށް ކަންތައް ކޮއްބަލަ... އެހެން ނޫނީ ހުރިހާ އެއްޗެއް ތަޅާލާފަ ބޮޑު ބުދު ފުލޯޓް ރިންގަކާއެކު އިންޑިއާ އާ ވީ ފަރާތައް ދޫކޮއްލާ.

    20
    1
  25. އިންސާނާ

    މީތިގަނޑު ފެނުނުމީހުން މީތިގަނޑުގަ ހުޅުޖަހާ ރޯކޮށްލާފަ ފޮޓޯނެގިނަމަ އަހަރެން ހާދައުފަލެއްވާނެއޭ

    29
    1
  26. އިންސާނާ

    މީހަމަ ބަޔަކު ވަރައް ރަނގަޅައް ބަލާފަ މިރާއްޖޭގެ ރަށަކައް ލައްގާގޮތައް ކަނޑުމައްޗައްދޫކޮށްލި އެއްޗެއް އޭރުން މީތި ރަށަކައް ލެއްގީމާ އެރަށެއްގަ ތިބި ބުދުދީނުގެ މީހުން މީތިހިމާޔައްކުރަން އުޅެގެން ދިވެހިންނާ ބުދުދީނުމީހުންނާ ތަޅާމަތަންފެށުމުން ސަރުކާރުން ހުއްދަދޭނީ އެތިބަހައްޓަން ދެން އިތުރުއެއްޗެއް ނުބެހެއްޓޭނޭކިޔާފަ މުސްލިމު ދިވެހިންނޭ ވިސްނާ ފުންކޮށް ވިސްނާ

    19
    3
  27. ކުމާރު ފަޡޫ

    ފުރަތަމަ އަންނާނީ އޮޔާ ދެން އަންނާނީ މަތިން ވިސްނާ

    17
    1
  28. ރާޑަރު.

    ކޮބާތަ ކަޑު ބަލަހައްޓާ ރާޑަރާ ހެލްކޮޕްޓަރު. ކޮބާތަ ލ. ޢަތޮޅުން ބަންޑުންޖަހާލި ޑިގީ. ޢެ ރާޑަރަށް އަރަނީ ހަމައެކަނި ޗައެނާއިން ނަގާފަ ހުރި ލޯނުތަ؟ އިންޑިޔާއިން ނަގާލޯނެއްވެސް ނާރަދޯ؟ އެވަރު ބޮޑު އެއްޗެއްއޮޔާދާއިރު ދަތުރުކުރާ މަސްވެރިންނަށްވެސް ނުރައްކާވާނެދޯ.

    15
  29. ކަލޯ

    ޞުދު ސީޒަން. ކޮންމެ ބޮލަކަށް ބުދެއް އަންނާނެ.

    11
  30. ކައުންސިލަރު

    ރާއްޖެއަށް ބުދު އަންނަންވާނެ. ރާއްޖެއަކީ ބުދިސްތު ގައުމެއް. ރަންނަމާރި އަރާ ގަދަކޮށްގެން ކާބަފައިން މަރާލީ ރަހުމެއްނެތި. އަހަރެމެންގެ ގައުމު އަނބުރާ އަހަރެމެންނަށް ލިބެން ޖެހޭނެނ

    6
    12
  31. ވަޓްސް

    ތީގަ ރަންރިހި ބޯކޮށް ހުރިކަމަށް ވަނީ

    7
    1
  32. ދަތްދޫނި

    ތިޔަ ބުދު ފައްލި އަކީ ވިއެޓްނާމުގެ ސިންގސޮންސޫ އޭ ކިޔާ އަވަށެއްގެ ކޯރުގައި ބެހެއްޓިފައިވާ ހުރި ބުދު ފައްލިއެކެވެ. ތި ފައްލި ސުނާމީގައި ވަނީ އެވެރިންގެ އަތުން ގެއްލިފައެވެ. ތި ފައްލި ދުނިޔޭގެ ވަރަށް ގިނަ ޤައުމު ތަކުގެ މާ ސިންގާ ކަނޑު ތެރޭގައި ވަނީ ދަތުރުކޮއްފައެވެ. މިހާރު އެވަނީ ރާއްޖޭގެ ސަރަހައްދުގައެވެ. ކުޑަ ދުވަސް ކޮލެއްގެ ތެރޭގައި އެ ފައްލި ދަތުރު ކުރާނެ ކަމަށް ލަފާ ކުރެވެނީ އިންޑޮނޭޝިއާގެ ކަނޑު އޮލިތެރެއަށެވެ.

    1
    8
  33. އެދުރުބެ

    ކީއްކުރާނީ މި ރާއްޖެ މުޅިން ހަލާކޮށްފި ޖަޒީރާ ރާއްޖެއޭ އަނެއްދިވެހި ރާއްޖެއޭ ކިޔައިގެން މި އުޅެނީ މިކަހަލަ ކަންކަން ކުރަންވެގެން މިސްމިސް

    11
    1
  34. ބުދުފައްޅިއެއް ލައްގަޅޭ

    ކޮބާ މީ މަދެއްކި ވާހަކަ، މިނުން ސަރުކާރެއްގަ ނުފެންނާނެ ތިކަހަލަ ކަންތަކެއް!

  35. މަސްބުރި ރިހަ

    ތި ކިޔާ ހުރިހާ ކަމެއް ކުރާނީ ވަގުން ގައްމު ހުސްކޮއް ކައްވާލި މީހުން

  36. ސަރނގު

    މިއީ ކިނބުލަށް ވެދުމަކަށް އިންޑިއާއިން ރާއްޖޭގެ ކަނޑަށް ދޫކޮއްލި ބުދު ފައްޅިއެއް މިއީ އަޖުމަބެލުމަށް ދޫކޮށްލި ބުދު ފައްޅިއެއް މިއަށްފަހު ލާދީނީ ފިކުރުގެ ބާނީ ދިވެހިރައްޔަތުންނަށް ގޮވާލާނެ ރާއްޖޭގައި ބުދުބެހެއްޓުމަކީ ހުއްދަ ކަމެއްކަމަށް މިކަން ކުރުމަށް ގޮވާލާނީ އިންތިހާބައް ފަހު .........!ޔގނ.

  37. އަބޯ

    މިއީ މޯދީއާ ނަސީދު އެއްބަސްވި ބުދުފައްޅި ބާ ؟

  38. ޙޯހޯ

    ގިޔާމަތް ވުމުގެ އަލާާމާތެއް.އިންޑިއާ ހިފާނެ ކަމަށް އޮވޭ.

  39. ޢާލިމް

    ދެން އެހޯދަން ޗައިނާއިން ހެލްކޮޕްޓަރ ގެންނަންވީ އިންޑިޔާއިން ހޯދަން އުޅެފިއްޔާ ނުފެންނާނެ

  40. އަހްމަދު އައިފާން

    ބުދު ފައްޅި އަޅަން ލާދީނީ ބަޔަކު ކުރާ ކަމެއް ހެން ބޮޑައް ބެލެވެނީ. މި ސަރުކާރުގެ އިސް މަގާމު ތަކުގަވެސް މި ބާވަތުގެ ބައިވަރު މީހުން އެބަތިބި. އިބޫ ސަރްކާރު އިސްތިިއުފާ. ރައީސް ޔާމިން މިނިވަންކުރޭ