އިދިކޮޅު ފަރާތްތަކުން މިރޭ ކުރަން އުޅުނު މުޒާހަރާ އަށް ނިކުތް 45 މީހުންގެ ތެރެއިން ތިން މީހުން ހައްޔަރުކުރުމުން މުޒާހަރާ ރޫޅިއްޖެއެވެ.

އިދިކޮޅު މުޒާހަރާ އަށް ނިކުންނަ މީހުން ދުވަހަކަށް ވުރެ ދުވަހަކު މަދުވެ މިރޭ މުޒާހަރާ އަށް ނިކުތީ އެންމެ 45 މީހުންނެވެ.

ފުލުހުން މިރޭ ހައްޔަރުކޮށްފައި ވަނީ ދެ އަންހެނުންނާއި ފިރިހެނެކެވެ. އެމީހުން ހައްޔަރުކޮށްފައި ވަނީ ތަކުރާރުކޮށް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުންނެވެ. ހައްޔަރުކޮށްފައި ވަނީ މެދު އުމުރުގެ އަންހެނަކާއި އުމުރުން ދުވަސްވީ އަންހެނެއްގެ އިތުރުން ޒުވާން ފިރިހެނެކެވެ.

މިރޭގެ މުޒާހަރާ އިން މީހަކު ހައްޔަރުކޮށްގެން ގެންދަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
މިރޭގެ މުޒާހަރާ އިން މީހަކު ހައްޔަރުކޮށްގެން ގެންދަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މިރޭ 20:45 ހާއިރުން ފެށިގެން މުޒާހަރާގެ ބައިވެރިން އެއްވަމުން ދިޔައީ މާލޭ ގްރާންޑް ކައިރިން ޕޭމަންޓް މައްޗަށެވެ. 21:15 ހާއިރުން ފެށިގެން އެމީހުން ވަނީ އަޑުއުފުލަން ފަށާފައެވެ. ތިން މީހުން ހައްޔަރު ކުރީ 21:50 ހާއިރުއެވެ. އެއާއި އެކު މުޒާހަރާ މިހާރު ވަނީ އަމިއްލަ އަށް ރޫޅިފައެވެ.

މިރޭގެ މުޒާހަރާ އަށް ވަރަށް މަދުއަދަދެއްގެ މީހުން ނިކުތް އިރު ރޭގެ މުޒާހަރާ އަށް ވެސް ނިކުތީ ވަރަށް މަދު އަދަދެއްގެ މީހުންނެވެ. މުޒާހަރާތަކަށް ލިބޭ ތަރުހީބު ކުޑަވެފައި މިވަނީ އިދިކޮޅު ޕާޓީތަކުގެ ސީނިއާ މެންބަރުންނާއި ސީނިއާ އެކްޓިވިސްޓުން މުޒާހަރާތަކުގައި ބައިވެރިނުވާ މައްސަލައިގައި ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

މިރޭގެ މުޒާހަރާ އިން މީހަކު ހައްޔަރުކޮށްގެން ގެންދަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
މިރޭގެ މުޒާހަރާ އިން މީހަކު ހައްޔަރުކޮށްގެން ގެންދަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އިދިކޮޅު ފަރާތްތަކުން މުޅި ރާއްޖެއިން މީހުން ގެނެސްގެން ހުކުރު ދުވަހުގެ ރޭ ކުރި މުޒާހަރާގައި 800 ވަރަކަށް މީހުން ބައިވެރިވިއިރު އެރޭ ވެސް އިދިކޮޅުގެ ސީނިއާ ގިނަ ބޭފުޅުންނާއި އާންމުކޮށް މުޒާހަރާތަކުގައި ހަރަކާތްތެރިވާ ސީނިއާ އެކްޓިވިސްޓުން ނުފެނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ހަލީމް

    މިމީހުންގެ ދެން ލަދެއް ހަޔާތެއްވެސް ނެތީއޭ ދޯ؟ ދެމީހުން ނުކުތަސްް އެބަ ގޮވައޭ ދޯ މުޒާހަރާ މިރޭ އޮންނާނެއޭ. ދީން ދޫކޮށްލިގޮތަށް ހަޔާތްވެސް ނަގާ އެއްލާލައިގެން އުޅޭ ބައެއްދޯ މި އިދިކޮޅުގަ މިއުޅެނީ.

    • ރެޓޭ

      ރީނދޫ ބަލި ޖެހުނީމަ ލަދެހެއް ހަޔާތެއް ނުހުނނާނެ.

  2. ޜިޒާ

    ޚޮބާ ފޮޓޯއެއް ޖަހާލަބަލަ މަވެސް ހުރީ މިތާ

  3. ޓޭކްއޮން

    އައްޑޫ ސިޓީ ކައުންސިލް އުވާލައިފާނެ ކަމުގެ އިންޒާރު ދީފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ އައްޑޫ އަށް ކުރިއެރުން ނައިސް ގެން އައްޑޫ ގައި އެކްސިޑެންޓްސް ތައް ގިނަވެ މީހުން މަރުވަމުން ދަނީ ވެސް އައްޑޫ ސިޓީ ކައުންސިލް ގަމާރު ވެފައި ކަންނެތް ކަމުންނޭ ކަން މިހެން ހުރުމުން އަައްޑޫ ސިޓީ ކައުންސިލް އުވާލާ އައްޑޫ އެފެއާރޒް މިނިސްޓްރީ އެއް އުފައްދާ އެމިނިސްޓްރީގެ މިނިސްޓަރު ގެ ބެލުމުގެ ދަށުން އައްޑޫ ހިންގަން ފެށުމުން އައްޑޫ ގައި އެކްސިޑެންޓްސް ތައް ވެސް މަދުވެ އަދި ފިހާރަ ތަކުގެ ފުރާޅުގެ ޓިނު ނަގައިގެން އައްޑޫ ފިހާރަ ތަކުން ވައްކަން ވެސް ނުކުރާނެ އެއް ނޫންތޭ. އައި ޑޯން ނޯ ވަޓް ޓު ސޭ ބަޓް އައި އޭމް ގޮނާ ސޭ އިޓް އެނީވޭ ސޯ ނީޑްލެސް ޓު ސޭ ނޯ ނޮނޮނޯ ޔޫ އާރ ދަ ތިންގްސް އައި ގޮޓް ޓު ރިމެމްބަރ ޓޭކް އޮން މީ ޓޭކް އޮން މީ ޓޭކް މީ އޮން.

  4. ބުއްޅަބޭ

    ރާ ޓީވީން ކިޔަނީ 4500މީހުން ނުކުއްކަމަށް! ވަގުތުނޫހުން ދެ ސުން ކަޑާލީ ނޫންބާ!

  5. ރަނގަޅު

    ލަދުހަޔާތްކުޑައީ ސަރުކާރުން45މީހުންމައިތިރިކުރަން އޮތިއްޔާއޮތްހަތިޔާރެއްނެރެގެންއުޅޭވާހަކަ

  6. ކޮބާ

    ކޮބާ ރާކަނި މަސްކެވުނު ތޭ ރަންރީނދޫ ޓްވިޓަރޭ ދެން އަލިފާނޯއި އޭ ކިޔާ ދުވާނެ ކަމެއް ނެތް ފިލަން އިނގޭތޭ. ޖަސްޓް ޓު ޕްލޭ މައި ވޮރީސް އަވޭ މަމެން ކައުންސިލަރުން ފަތި ހުރި ގޮތަށް ސައިޒުން ކަނޑާ ތިރި އަރުވާލަނީއޭ އެއިރުން ހުންނާނެ ދެން ތަމެންނަށް ރަނގަޅަށް ރާކަނި މަސްކެވިފައި އިނގޭތޭ.

  7. ޟުހޭލު

    ދެންނުދާނަން މުޒާހަރާ އަކައް މިހާރު ފޫހިވެއްޖެ ވާކަމެއްނެތް އަބަދުވެސް ކޮއްމެސް މޮޅުއެއްޗެއް ކިޔާފަ މުޒާހަރާ އައް މީހުން ނެެެރެފަ ދެލޯ ފުރެންދެން ސުޕުރޭ ޖެހީމަ ރޮމުން ގެއައްދާން ޖެހެނި

    • މ

      ޙަހަހާ .. މަހީހީ ހަލާކު.. އަދިވެސް ދޭ ތަނެއް އޮތިއްޔާ..

  8. އަދުރޭ

    ހަޔާތުގެ ވާހަކަ ދައްކަން އެންމެ ރަނގަޅު މީހުން ތިޔައީ.

  9. ށސނ

    ޢަފިހުނާ ބޮގަރު މަސްތުގަޖެހުނީމަ ވާނެ އެހެން..ލަދު ހަޔާތް ކެނޑޭނެ.ފައްޅި ކުލައިގެ ފިކުރު މިގައުމުގެ ބާޒާރުގައެއް ނުވިކޭނެ..އެކުލަ ޕްރޮމޯޓްކުރަން އިނގިރޭސި ވިލާތައް ދޭ ބޭނުމިއްޔާ..ލީޑަރު އެހެރީ އެތާގަ...

  10. މ

    65 އަހަރުން މަތީ މީހުންގެ އިނާޔަތް ކަނޑާ ލަންވީ ތިގޮތައް ލާ ހޫރެންޏާ...ދަބަސް ކޮނޑު އަޅާއިގެން ގޮސް ހުރީ އެއަށް ސަރުކާރުން ދިން 5000 ރުފިޔާ އަޅާއިގެންނޭ

    • ލ

      އެއީވެސް އަންނި ދިން އެއްޗެއް...ތި އެއްޗެއް ކަނޑާލިޔަސް އެމީހުން ނޫޅެ ބިރުންނެއް...ތި ކަނޑާ އެއްޗެއް ކެނޑީމަ ދެރަވާނީވެސް ހަމަ ތިހެން ބުނާ މީހުން. 65 ވީމަ އެމީހުންނަށް ލިބޭ ލާރިކޮޅުން ކުލި ދައްކައިގެން ވިއްޔަ އުޅެނީ...އަނގަތަޅަން ރީއްޗޭ.

      • އިނދިކޮޅު

        އަންނި ކޮން އިރަކު 5000 ދިނީ. ރައީސް ޔާމީން 5000 ރުފިޔާ ދޭން ވައުދުވެ ދޭން ފެށީ. ދޮގެއް ހެދެން އޮތިއްޔާ އެކަން ހުންޖެހިފަ ތިބޭ މީހުން ކުރާނެ

  11. ލ

    ދެމީހުން ނުކުތަސް މުޅި މާލޭގެ މަގުތަށް ބަންދުކުރޭ އެބަ...މުޅި މާލެ އެލާރޓްއަށް...ހައްހައްހާ...މީހަކަށް އެއްހާސް ފުލުހުން ބަހައްޓާ.. ބިރުގަތަސް ބޮޑުވަރު.

  12. އީސަ

    މާދަމާވެސް ތިވަރުކަންނޭގެޔ ވާނީ.....

  13. ޔާގުން

    800މީހުންތޯއެންމެ8މީހުންނެއްނޫންތޯ ފެނިފެނިހުންނަކަންތައްދޮގުކުރަމުން އެމަސައްކަތްކުރާފަރާތްތަކުގެފެނުމުގެ ހިއްސު ކަނުކުރަށްވާށި.

  14. ޔާގުން

    ސަރުކާރުއެއީ ތިސޮރުގެ ދަބަސްތޯ؟

  15. ޢިއްޒަތު އިބްރާހީމް

    ހަމީހުން އެއްކޮށްގެންވެސް މަންޒަރާ ފޮނި ބައިސާ ދައްކައިގެންވެސް މީސްކޮޅު ބައިބައިވިޔނުދީ ފޯކަސްގެއްލުނަނުދީ ހިފެހެއްޓުމަކީ ސިޔާސީގޮތުން ހަމަ ކުރާކަމެއް!

  16. ޅަބޭ

    އަޅެ ކަލޭމެން ލަދެއްވެސް ނުގަނޭތަ އަމިއްލަ އަމާ ހައްޔަރުކޮއްގެން ދެންދާކައް..

  17. މަރީ

    އެކަކުވެސްނުނިކުމެއޭބުނެބަލަ ލަދުކުޑަ ނޫހެއްމިއީ

  18. ބުހުތާން

    100 މީހުުން ހަމަ ނުވާ މުޒާހަރާ ތަކުގައި 140 މީހުން ހައްޔަރު ކުރާ ވާހަކަ ވެސް އަޑު އެހީމު..