ދެދުވަސް ކުރިން ފެށިގެން މީސް މީޑިއާގެ ތަފާތު ފޯރަމްތަކުގައި ދިވެހި ކެބިންކްރޫއިންގެ ބަރަހަނާފޮޓޯތަކެއް ކަމަށް ބުނެ ދައުރުވަމުން ދަނީ ދިވެހިންގެ ފޮޓޯތަކެއް ނޫންކަން ކަށަވަރު ކުރެވިއްޖެއެވެ. އެފޮޓޯތަކަކީ ޗައިނާގެ ކެބިންކްރޫއިންތަކެއްގެ ފޮޓޯތަކެކެވެ.

އެފޮޓޯތައް ފުރަތަމަ ދައުރުވާން ފެށީވެސް ޗައިނާގެ ބްލޮގިން ވެބްސައިޓެއް ކަމަށްވާ "ވެއިބޯ" ގައެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަނީ ބަރަހަނާކޮށް ތިބި ހަ މީހެކެވެ. އޭގެތެރޭގައި ހިމެނެނީ ހަތަރު އަންހެނުންނާއި ދެފިރިހެނުންނެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި އެމީހުން ދަނީ ބަރަހަނާކޮށް ތިބެ ލަވަކިޔާ ނަށަމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ފޮޓޯ އިން ފެންނަނީ ޗައިނާ އީސްޓަން އެއާލައިންގެ ކެބިންކްރޫ އިން ތަކެކެވެ. އަނެއްބައި ރިޕޯޓްތައް ބުނާ ގޮތުގައި ފޮޓޯ އިން ފެންނަނީ ޗައިނާ އީސްޓަންގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ޝަންހާއީ އެއާލައިންގެ ކެބިންކްރޫން ތަކެކެވެ. ނަމަވެސް ޗައިނާ އީސްޓަން އިން ބުނެފައި ވަނީ ފޮޓޯތަކުން ފެންނަނީ އެއެއާލައިންގެ މުވައްޒަފުންތަކެއް ނޫނެވެ.

މިކެބިންކްރޫންތައް ޕާޓީކޮށްފައި ވަނީ ފްރާންސްގެ ޕެރިހުގައި ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެއެވެ. އަނެއްބައި ރިޕޯޓްތައް ބުނާ ގޮތުގައި ފޮޓޯ އިން ފެންނަނީ ތައިލެންޑްގެ ވެރިރަށް ބެންކޮކްގެ ލަގްޒަރީ ހޮޓަލެކެވެ.

ފޮޓޯތަކުން ފެންނަ މީހުން އަދި ދެނެގަނެވިފައި ނުވާ ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޯހަލާކް

    އެ ފޮޓޯތައް އެޑްކޮއްލިނަމަ، އަހަރެމެންވެސް ޖަޖް ކޮއްލީސް، އޭރުންދޯ ރާއްޖެ ބަޔަކައްވިޔަސް އެނގޭނީ........?‍♀️?