ނ.އަތޮޅު ވެލިދޫގައި ހޮސްޕިޓަލެއް އިމާރާތް ކުރަން ސަރުކާރުން ނިންމައިފިއެވެ.

އިއްޔެ ހެލްތު މިނިސްޓްރީން ކުރައްވާފައިވާ އިއުލާނެއްގައި ވިދާޅުވީ ނ.ވެލިދޫގައި ހޮސްޕިޓަލް އިމާރާތެއް ހެދުމަށްޓަކައި އެ އިމާރާތުގެ ކުރެހުންތަކާއި ބީ.އޯ.ކިޔު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 20 މާރިޗު 2019 ވާ ބުދަ ދުވަހުގެ ހެނދުނު 11:15 އަށް ހެލްތް މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 28 މާރިޗު 2019 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން ހެލްްތް މިނިސްޓްރީން އެދެއެވެ.

މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ކަމަށް ވެސް އިއުލާނުގައި ވިދާޅުވެފައިވެއެވެ.

އިއްޔެ ހެލްތު މިނިސްޓްރީން ވަނީ ނ.މަނަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލާއި ބ.އަތޮޅު އޭދަފުށީގައި ހުންނަ އަތޮޅު ހޮސްޕީޓަލާއި ދ.ކުޑަހުވަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލްގައި އެކްސްޓެންޝަން އިމާރާތް ޑިޒައިންކޮށް ބީ.އޯ.ކިޔު ހަދާދޭނެ ފަރާތެއް ހޯދުމަށް ވެސް އިއުލާން ކޮށްފައެވެ.

ނ. ވެލިދޫ ސިއްހީމަރުކަޒާއި ޅ. ހިންނަވަރު، އދ. މާމިގިލި އަދި ގދ. ގައްދޫ ސިއްހީ މަރުކަޒު، ހޮސްޕިޓަލުތަކަށް ބަދަލު ކުރުމަށް މިއަހަރުގެ ދައުލަތުގެ ބަޖެޓްގައި ހިމަނާފައިވެއެވެ.

ހަތަރު ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލުތަކަށް ބަދަލުކުރުމަށް 37.356 މިލިއަން ރުފިޔާ ވަނީ ބަޖެޓުގައި ހިމަނައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޤަމަރު

    މަޖްލިސްއިންތިޚާބު ބޯމަތިވެފައި! ވިސްނާތި ރައްޔިތުން/.

    26
    1
  2. ޔަގީން

    ވެލިދޫ ތައްޔިތުން ވަރަށް އުފާވެރި ބަބަރެއް

    2
    3
  3. މާމިގިލި

    މާމިގިލި ހޮސްޕިޓަލްގެ މަސައްކަތް ފެށޭނެބާ?