ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގައި މަސައްކަތް ކުރުމަށް ސީނިއަރ އިންވެސްޓިގޭޓަރ، ފޮރެންސިކް އެކައުންޓެންޓެއް ހޯދަން ރައީސް އޮފީހުން އިއުލާން ކޮށްފިއެވެ.

ރައީސް އޮފީހުގެ މުވައްޒަފެއްގެ ގޮތުގައި ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގައި މަސައްކަތް ކުރުމަށް ހޯދާ މުވައްޒަފަށް މުސާރައިގެ ގޮތުގައި 12565 ރުފިޔާ ސާވިސް އެލަވަންސްގެ ގޮތުގައި 2000 ރުފިޔާ ހާއްސަ އެލަވަންސްގެ ގޮތުގައި 5654 ރުފިޔާ ލިވިން އެލަވަންސްގެ ގޮތުގައި 2500 ރުފިޔާ ކޮމިޝަން އެލަވަންސްގެ ގޮތުގައި 2000 ރުފިޔާ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއްނަމަ 3000 ރުފިޔާ އަދި ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއްނަމަ 2000 ރުފިޔާ ލިބޭނެއެވެ.

އެހެންކަމުން އެންމެ މަދުވެގެން ވެސް މިވަޒީފާ އަދާކުރާ ފަރާތަކަށް 26719 ރުފިޔާ ލިބޭނެއެވެ.

މަގާމުގެ ޝަރުތަކީ މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 (މާސްޓަރސް ޑިގްރީ/ އެޑްވާންސްޑް ޕްރޮފެޝަނަލް ސެޓްފިކެޓް/ އެޑްވާންސްޑް ޕްރޮފެޝަނަލް ޑިޕްލޮމާ) ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ބެޗްލަރސް ޑިގްރީ/ ޕްރޮފެޝަނަލް ސެޓްފިކެޓް/ ޕްރޮފެޝަނަލް ޑިޕްލޮމާ) ނުވަތަ ލެވެލް 8 (ގްރެޖުއޭޓް/ ޕޯސްޓްގްރެޖުއޭޓް ސެޓްފިކެޓް/ ގްރެޖުއޭޓް/ ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ/ ބެޗްލަރސް ޑިގްރީ ވިތް އޮނަރސް)ގެ ސަނަދެއް ހާސިލުކޮށްފައިވުން އަދި މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި އެމް.އެސް.2 ރޭންކުން ފެށިގެން މަތީ ރޭންކެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމެވެ.

ވަޒީފާ އަދާކުރާ ފަރާތެއްގެ މައިގަނޑު މަސްއޫލިއްޔަތަކަށް ވާނީ ކޮމިޝަނުން ކުރާ ތަޙުޤީޤުތަކުގައި އެހީތެރިވެދިނުން ކަމަށް އިއުލާނުގައި ވެއެވެ.

މި މަގާމަށް ޝަރުޠު ފުރިހަމަވާ މީހުން، މަތީގައި ބަޔާންކޮށްފައިވާ ލިޔުންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމާއެކު 11 މާރިޗު 2019 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ހުށަހަޅަން ޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޖަލީލް

    ތީވަރައް ވައްތަރު ވަކި މީހެއްގެ ގަޔައްފަހާފަ އޮތް ގަމީހަކާ

    11
    1
  2. ޢަލީ

    ތީ ކޮރަޕްޝަން ކޮމިޝަން އެހެންވީމަ

    7
    2
  3. އަހުމަދު

    ކީއްކުރަންތޯ އިއުލާން ކުރެއްވީ ކޮމިޝަން ތަކުގެ މަސައްކަތަށް އިއުލާން ކޮށްގެންތޯ މިހާތަނަށް މީހުން ހޯދީ ބުނާ ގޮތަށް ތަހުގިގް ކުރަން އިނގޭ ނޫސް ވެރިންނާއި ބުނި ކޮންމެ ކަމެއްކުރަން ތައްޔާރަށް ތިބޭ އަންހެން ޓީޗަރުންނާއި މިކަހަލަ މިހުންނޫންތޯ މަރުތައްބަލާ ކޮމިޝަނުގައި އުޅޭ ނޫސް ވެރިޔާގެ ފެންވަރު އިނގިލައްވާތޯ ... ކޮންމެ މެންބަރަކަށް މިނިސްޓަރެއްގެ މުސާރަ ލިބޭ ނޫންތޯ.......... މިގައުމުގެ ސިވިލް ސާރވަންޓުން އެއީ އެންމެ ދަށް މުސާރަ އިހަށް ދުވަހު އެޑިއުކޭޝަން ގައި ތިބި ޓެކްނިކަލް އެލަވަންސް އަށް1500 ރުފިޔަަ ލިބެނިކޮށް ރައިސް އޮފީހުން އަންގައިގެނޭ ކިޔާފައި އެމީހުންގެ އެލަވަންސް އިހަށް ދުވަހު ކަނޑާލައިފި ކިހާ ދެރަތޯ ......މިސަރުކާރަށް ސަނާކީ ހުރިހާ ނޫސް ވަރިންނަށް މަގާމު ދިމުން އެގެންދަނީ .. މިހާރު ނޫހުގެ އަހުމަދު އަބްދުﷲ ސައީދު. ރާއްޖެ ޓީވީގެ މުހުސިން، ޕީ އެސް އެމްގައި މިނިވަން ނޫސް ވަރިކަމެއް ނެތޭ ބުނެ ފާޑުކިޔަމުން އުޅުނު ހަފްސީ އަބްދުﷲ އަދި ޝަނޫން .... އަދި ޝާމިން . މި މީހުން މިހާރު އެކުރަނީ މިނިވަން ނޫސް ވެރިކަންތޯ ސަރުކާރުގެ ބޮޑު މަގާމެއް ހޯދީ ......

  4. ރާސް

    ލަފާކުރެވެނީ ކީޕަރ ޒަރިޔަންދު އާ..

  5. ޙާޖީ ތުއްތު ދީދީ

    ތިޔަށްވުރެ މާ ރަނގަޅެއްނޫންތަ ސިވިލް ސާވިސް މުވައްޒިފުންގެ މުސާރަ ބޮޑުކުރިޔަސް ވަކިބަޔަކަށް ފަހިވާގޮތަށް ތިޔަހެން ކުރާ ކަންކަންވެސް ބެލޭނެ ދުވަހެއް އަދި އަންނާނެކަން ހަނދާންކުރާތި!!!!

  6. އަހުމަދު

    ތިޔަ ކޮމިޝަނަށް މެންބަރުން ނެގީޥެސް އިއުލާން ކުރުމެއްނެތި .... މުސާރަ ވެސް 40 ހާސް ރުފިޔާ ވީއިރު ކީއްކުރަންތޯ އިއުލަން ކުރަނީ ، ނޫސް ވެރިއަކާ، ޓިޗަރެއް މިހެންގޮސް ބަޔަކު ހޮވާލަން ވީ ނޫންތޯ. މަރުތައް ބަލާ ކޮމިޝަނުގައި ވެސް ނޫސް ވެރިއެއް ކޮންމެ އޮފީހަކަށް ނޫސް ވެރިއެއް ރައިސް އޮފީގައި މިހާރުގެ އަހުމަދު އަބްދުﷲ ، ހޯމް އެފެއަރޒްގައި ނޫސްވެރިކަމުގެ މިނިވަންކަންނެތި ގެން އުޅުނު ހަފްސީ، ދެން ،،،، ރާއްޖެ ޓީވީގެ މުހްސިން ވެސް ނައިބެއް ، މިހެން ގޮސް ވަރަށް ގިނަ މީހުން ،،،،،،

  7. ޢި

    ކާފަރު އިބުރާ ރަގަޅުވާނެއް ތިޔަކަމައް