ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހެންވޭރު ދެކުނު ދާއިރާއަށް ވާދަކުރައްވާ ކެނޑިޑޭޓުންގެ ތެރެއިން އެންމެ، ޢިލްމީ އަދި ޤާބިލް ބޭފުޅަކީ، ކެނޑިޑޭޓު ނަމްބަރ އެކެއް، އިރުތިޝާމް އާދަމް އެވެ.

އިރުތިޝާމް ގެ ކެމްޕެއިންގެ ހަރަކާތްތައް ވަރަށް ބާރަށް ކުރިއަށްދާ އިރު، މިހާރު ކުރިއަށް އަށް ދަނީ، ދާއިރާގެ ރައްޔިތުންނާއި ބައްދަލުކޮށް، ރައްޔިތުންގެ ޝަކުވާތައް އަޑުއަހާ، ޚިޔާލު ހޯދުމުގެ މަސައްކަތެވެ. އަދި ދާއިރާގެ އެކި ހިސާބުތަކުގައި، ކެމްޕެއިން ޕޯސްޓަރުތައް ހަރުކުރުމުގެ ކަންކަންވެސް ވަނީ ފެށިފައެވެ.

"ވަގުތު" އަށް މަޢުލޫމާތު ދެެއްވަމުން، އިރުތިޝާމްގެ ކެމްޕެއިން ޓީމުގައި އިސްކޮށް ހަރަކާތްތެރިވެލައްވާ ބޭފުޅަކު ވިދާޅުވީ، ޢިލްމީ ޤާބިލް ބޭފުޅަކަށް ފުރުޞަތު ދޭން ބޭނުންނަމަ، މިފަހަރުގެ އިންތިޚާބުގައި އިރުތިޝާމަށް ވޯޓުދެއްވަން ޖެހޭ ކަމަށާއި، ދާއިރާގެ ރައްޔިތުންގެ ހައްޤުގައި ވަކާލާތު ކުރުމުގައި ސާބިތު ކަމާއި އެކު އިރުތިޝާމް ދެމިހުންނަވާނެ ކަމަށެވެ.

"މިއީ އިރުތިޝާމްގެ ފަހަރަށް ހަދަން އެބަ ޖެހޭ. އެކަމަނާ އަކީ ޤާބިލް، އަދި މާޒީގައި ނަތީޖާ ނެރެދެއްވާފައިވާ ޚިދުމަތްތެރިއެއް. އެންމެންނާވެސް ގުޅޭ، ހިތްހެޔޮ ބޭފުޅެއް." އިރުތިޝާމުގެ ކެމްޕެއިން ޓީމުގައި އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅަކު ވިދާޅުވިއެވެ.

އިރުތިޝާމް ވަނީ ވޭތުވެދިޔަ 25 އަހަރު އެކި ރޮނގު ރޮނގުން ޤައުމަށް ޚިދުމަށްކުރައްވާފައެވެ. ރައީސް ޔާމީން ގެ ސަރުކާރުގައި، ހެލްތު މިނިސްޓަރ ކަމުގެ މަޤާމާއި، ޔޫތު މިނިސްޓަރ ކަމުގެ މަޤާމުވެސް އެކަމަނާ ވަނީ ފުރުއްވާފައެވެ.

ކުރިއަށް އޮތް އިންތިޚާބުގައި އިރުތިޝާމް ވާދަކުރައްވަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައެވެ.