އިލެކްޝަން ކޮމިޝަންސްގެ މެމްބަރަކަށް އަނެއްކާވެސް އަހުމަދު ހަބީބު މަޖިލީހުން އައްޔަން ކޮށްފިއެވެ.

ހަބީބަކީ މިހާރުވެސް އެ ކޮމިޝަންގެ މެމްބަރެެވެ. އެމަނިކުފާނުގެ ދައުރު ހަމަވުމާއެކު މެމްބަރު ކަމަށް ހުޅުވާލި ފުރުސަތުގައި 16 މީހަކު ވަނީ ވާދަކޮށްފައެވެ. މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނެގުނު ވޯޓަކުން ހަބީބު އެމަގާމަށް ހޮވުނު އިރު، އޭނާއަށް ލިިބިވަޑައިގެންނެވީ 58 ވޯޓެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިއްޔެ ދިން މާކްސްގައިވެސް އެންމެ މަތިން މާކްސް ލިބުނީ ހަބީބަށެވެ. އޭނާއަށް ވަނީ 90.28 މާކްސް ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު