"އިންޑިޔާ ސިފައިން ބާލަން" މިނަމުގައި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު އިސްކޮށް ހުންނަވައިގެން ކުރިޔަށް ގެންދަން އުޅުނު އިވެންޓަށް ހުރަސް އަޅަފިއެވެ.

އުމަރު ނަސީރުގެ ރަސްމީ ފޭސްބުކް ޕޭޖް އިން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އިވެންޓް ކުރިޔަށް ގެންދިއުމަށްޓަކައި ބުކްކޮށްފައިވާ ދަރުބާރުގެ ފައިސާވެސް ދަައްކާފައި އޮއްވާ ދައްކާފައި އޮއްވާ، މިނިސްޓްރީގެ ބޭނުމަކަށް ކަމަށްބުނެ ދަރުބާރުގެ ނުލިބޭނެ ކަމަށް އޭނާއަށް އަންގާފައިވާ ކަމަށެވެ.

"އިންޑީޔާ ސިފައިން ފައިބާ، މި އިވެންޓަށްޓަަކައި ދަރުބާރުގެ ހަކުރާ މާލަމް ބުކްކޮށް، ފައިސާ ދައްކާފައި އޮއްވާ، 'މިނިސްޓްރީގެ ބޭނުމަކަށް' ތަން ނެގީ ކަމަށް މިއަދު އަޅުގަނޑަށް އަންގައިފި. މިހާރު މިގެންދަނީ އެހެން މާލަމެއް ނުވަތަ ސްކޫލެއް ލިބޭތޯ ބަަލަމުން. އުމަރު ވިދާޅުވިއެވެ.

އިންޑިޔާއިން "ހަދިޔާ" ކޮށްފައިވާ ހެލިކޮޕްޓަރުތައް ބެލެހެއްޓުމަށް ކަމަށްބުނެ ރާއްޖޭގެ ދެ ސަރަހައްދެއްގައި އިންޑިޔާގެ ސިފައިން ހަރަކާތްތެރިވަމުންދާތީ، ގިނަ ދިވެހިން މީގެ ކުރިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިސަރުކާރުން އިންޑިޔާއާ ގާތް ގުޅުމެއް ބާއްވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. މިގޮތުން އިންޑިޔާގެ ރާޑަރެއް ރާއްޖޭގައި ބެހެއްޓުމުގެ މަސައްކަތްވެސް މިހާރުދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. އެޖެންޑާ 18

    ނޫނޭ! މިސަރުކާރުގައި ކޮންމެކަމެއް ވެސް ކުރެވޭނެ. ނުހުއްޓުވާނެ. މިނިވަންކަންލިބޭނެ. ދުލުގެ މިނިވަންކަން. ގަލަމުގެ މިނިވަންކަން. އެހެންވެއެއްނު ވޯޓުދީގެންހޮވީ. ދެންއަތްޖަހަންތިބޭ!

    59
    2
  2. ދިވެހިލޭ

    ހިތްވަރުކުރޭ ހިތްވަރުކުރޭ ދިވެހީންގެތެރެއިން ގިނަބަޔަކު އުމަރުއާއިއެކު އެބަތިބިން.

    45
    5
  3. ރަނާ

    މިޖެހެނީ ހަމަ އެއްތާކު ދޮތަ ޔާމީނެކޭ އިބޫއެކޭ ހަމަ ތަފާތެއް ބެތެއްނު

    28
    1
  4. ދޫނުކުރާތި

    އުމަރޫ ކާނިވާ އެއޮތީ ހިގާދަމާ އެތަނަށް. މިހާރުއްސުރެ އެތަނުގަ އެއްވުން ބޭއްވޭނެ އިންތިޒާމުކުރޭ. އެތަން ނުލިބިއްޖެނަމަ ހުޅުމާލޭގަ ނޫނީ ޔޫތުސިޓީގަ. އެތަންތަން ނުލިބިއްޖެނަމަ މަޖީދީމަގު. މިކަން ކޮޅެއްގަ ޖައްސާފަނޫނީ ހުއްޓާލައިގެންނުވާނެ. ސަރުކާރުން އެއްކުޅި ކުރިޔަށް ނެރުނުނަމަ އަހަރެމެން ހަކުޅި ކުރިޔަށް ނެރޭނަން.

    38
  5. ޙައްގުބަސް

    މިގައުމުން އިންޑިޔާ ސިފައިން ބާލާ!! ނިކަން ހަރުއަޑުން އެންމެން ގޮވަންފަށާ!! އަޅެ އަނގަމަތީގަ އަތް އެޅޭތޯ ބަލާބަލަ ސަރުކާރުން!! ނޭޅޭނެ އަތެއް!! ތިހެން މާލަމެއް ނުދީ ހުރަސް އެޅިއެއްކަމަކު މިއަޑު ކަނޑުވައެއް ނުލެވޭނެ!! އެންމެން މިކަމާ ދެކޮޅަށް އަޑުއުފުލަންޖެހޭ!! މިއީ ގައުމީ މަސައްކަތެއް!! މިއީ އުމަރުވީމަ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއްނޫން!!

    35
    2
  6. ހުސޭނުބޭ

    މި ސަރުކާރެއް ސިޔާސީ ކަންކަމަކަށް ހުރަހެއް ނާޅާނެޔޯ! ސިޔާސީ ކުށްވެރިންނެއް ނުތިބޭނެޔޯ! ދުޢާދެއްވި ވެރިއެކޯ!......... އަޅެ ހަމަ އެހެންތަ؟

    32
    1
  7. ކާފަ

    އިންޑިއާ ސިފައިން މިގައުމުން ބާލާ، އަހަރެމެންނަށް އެމީހުން މުހިންމެއް ނޫން.

    34
    1
  8. ސަމަންދަރު

    ޢައްނަނީ ހިނި ރާއްޖޭގެ ރައްޔިތުން އުމަރު ނަސީރު ދަނޭ ސިޔާސީ ގޮތުން ބަލިކަށި ވީމާ ދެން އޮއި ގޮތަކީ ރައްޔިތުން ހެއްލުން ކަމުގަ އުމަރު ނަސީރު އަށް ހީފުޅުވީ

    4
    38
  9. މޯދީ

    ޢުމަރަކީ މިރާއްޖޭގެ އިމްރާން ޚާން.

    31
    2
  10. މާމިގިލީ މީހާ

    އަވަހައް އިންޑިޔާ ސިފައިން ރާއްޖެއިން ބާލާން ޖެހޭ. މިހާރު މީމީހުން ރާއްޖެއަށް ބުދު ގެނެސް. ބުދު ދީން މިތާ ފަތުރާން އެއުޅެނީ. ސީދާ މިސަރުކާރުން ރާވައިގެން އިހައްދުވަހު ބުދު އެތެރެ ކުރީ. މިސަރުކާރުން ބޭނުން ވަނީ ބުދު ދީން މި ރާއްޖޭގައި ފަތުރާން ހެން ހީވަނީ. މާ އިންޑިޔާ އާ ގާތްވެގެން ނަސީދު އުޅެނީ އެހެންވެ.

    32
    3
  11. ހަސަން ނުވަވަނަ

    މައި ސަރުކާރުން އަންގާ ގޮތަށް ގޮނޑިކޮއްކޮ ސަރުކާރުން އަމަލް ކުރަމުން ގެންދާނެ ހައިރާނެއްނުވާ އަހަރުމެން. ގެރިތައްކާނު އަންގާ ގޮތަށް ނަމުން ސޯލިހު ކަމުން ސޮހަލޮ ކެރަފާ އިބްރާހިމް މި ގައުމް ހިންގަނީ. ސުންޕާ ސަރުކާރު ނުކުޅެދޭ ސަރުކާރު ކޮމިޓީ ސަރުކާރު ގޮނޑިކޮއްކޮ ގެރިގޮރު ސަރުކާރު

    27
    2
  12. ާައަހުމަދު

    ދަރުބާރުގޭގަތަ އިންޑިއާ ސިފައިންތިބީ

    11
    10
  13. ބުއްޅަބޭ

    ވެރިކަން ހޯދާދިންބަޔަކާ ދެކޮޅެއް ނެހެދޭނެ!

    16
    1
  14. މިއަދު

    އުމަރާ އުމަރަކީ ލީޑަރެއް މިސަރުކާރު ބޭނުންވަނީ ރަޢިއްޔަތުމީހާ މަގުމައްޗަށްނެރުމަށް ތިއިން އެއްވެސްތަނެއް ނުދޭނެ ދެންނުކުމޭ މަގުމައްޗަށް ތިއަޑު އިއްވޭނީ މަގުމަތީން

    26
    2
  15. ހަސަން ނުވަވަނަ

    ގެރި ނަޖިހުން މިބިން ސާފްކުރަން އުމަރު ކުރާ މަސައްކަތުގަ ބަރަކާތް ލައްވާނދޭވެ. ގޭހިންދް

    30
    3
  16. މޯދީ

    ކިތަންމެ ވަރަކަށް ހުރަސް އެޅިޔަސް އަހަރެމެން ތިކަމާ ދެކޮޅަށް އެކި ގޮތް ގޮތުން ހަރަކާތް ހިންގާނަން

    28
    2
  17. ޕީޖޭ

    ކޯލިޝަން ސަރުކާރަށް ތާއީދުކުރަން..އެކަމަކު ވވ ހިތްހަމަ ނުޖެހޭ އިންޑިޔާ ސިފައިން މިރާއްޖޭގައި ތިބޭތީވެ އަދި ކުރީގެ ސަރުކާރުން އެމީހުންނަށް ދިޔުމަށް އެންގުމުން މިތަނުން ނުފައިބާ ތިބި ތިބުން އެއްވެސް ހާލެއްގައި ގަބޫލެއް ނުކުރެވޭ...

    26
    2
  18. މީމަށޭ

    ހުރަސް ކީއްކުރަން ދިގު އެޅިޔަސް ބާލާފަ ހުއްޓާލާނީ.

  19. ޢަހުމަދު

    ޢަހަރެން މީ އެމްޑީޕީ މީހެއް

    ޢަހަރެން ދެކޮޅު އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބެން.

    އަހަރެން ދެކޮޅު ދީނަށް ފުރައްސާރަކޮށް މަލާމާތް ކުރާ މީހުން އަށް ސަރުކާރުން މަގާމު ދީފަ ދިފާއު ކުރާކުރުން. އަދި އެކަން ގޯސް ކުރާމީހުން ޕޮލިސް އަށް ހާޒިރު ކޮއްފަ ބަޔާން ނަގާ ނެގުންވެސް

    އަހަރެން ދެކޮޅު ދިވެހިން އަށް ލިބެން ޖެހޭ ހައްގު ތަރައްގީ، ނުލިބި ދައުލަތު ގެ މާލީ ހާލަތު އޮޅުވާލާފަ މަގުމަތީ ގަސް ޖަހާ މަގުމަތި ސާފުކޮށް ހެދުން. ޔާމީނުގެ ވެރިކަން ނިމުން އިރު ދިވެހިންނަށް އެނގިއްޖެ އަހަރަކަށް ދިވެހި ދައުލަތަށް 40 ބިލިޔަން ރުފިޔާ ލިބޭކަން ވެސް.

    އަހަރެން ދެކޮޅު ކައުންސިލަރުން ބޭނުންކޮށްގެން ދެވޭ ހިދުމަތެއް ދޭދިނުމާއިވެސް. ސަބަބަކީ ހަމަ ހަމަ ކަން ގެއްލި އަދިވެސް ބޮޑަށް ކޮރަޕްޝަން އަށް މަގު ފަަހިވާނެތީ. ސީދާ މިނިސްޓްރީ އިން ބެލެންޖެހޭ ވަރު ކަންތައް ތައް މީ

    -އެމް.ޑީ.ޕީ މެމްބަރެއް

    12
  20. އަސީލު

    މިގައުމުގައި ވާހަކަދެއްކުމުގެ މިނިކަން އޮތަސް ވާހަކަ ދެއްކުމަށްފަހު މިނިވަންކަމެއް ނޯންނާނެ

    10
  21. އަހުމަދު

    އިންޑިއާއާ ދެކޮޅަށް ތިކަހަލަ ކަމެއް ކުރުމަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލަކަށް މަގުފަހި ކުރުވާ ކަމަކަށް ނުވާނެތަ؟ އެއްގޮތަކަށްވެސް ކުރުން ރަގަޅު ކަމެއްނޫން. ސިޔާސީ ވިއަސް ގައުމަށް ހެޔޮ އެދޭނަމަ މިކަމާ ވިސްނުން ރަގަޅު. އިންޑިއާ މަދު ސިފައިންކޮޅެއް މިގައުމުގަ ތިބުން ގޯސް ކަމަކަށް ނުބެލެވޭ. އަހަރުމެން ދިވެހިންނަކީ އަމިއްލަ ހިމާޔަތްވެސް ހޯދޭހާ ބާރު ހުރި ގައުމެއްކަމަށް ނުބެލެވޭ އިރު ބަޔަކާ ޖައްސާލުމަކީ އެންމެ ބުއްދިވެރި ގޮތެއްނޫން.

  22. ދިވެހި ރަށްޔިތެއް

    ދިވެހިންނަށް ހަމަ ނުވިސްނެނީތޯ މިީ ކިހާ ވަރެއްގެ ސީރިއަސް ކަމެއްކަން ؟ ޕަާޓީއަށް ނުވިސްނަވާ ހުރިހާ ބޭފުޅުން ޔުނައިޓެޑް ފުރަންޓަކާއެކު ނުކުންނަންވީ!

  23. ކަވްކާ

    ކޮންފަދަކަމެއް ގެރީގެ ފަހަރުވާ ބޯބައިގަނޑެއް މިގައުމަކަށް ބޭނުމެއްނުވޭ. ފައްސާލާ.

  24. 3ވަނަވިސްނުން

    ބުއްދި ހަމަނުޖެހޭ މީހަކާ ކައިރިވާނީ ހަމަ ބުއްދި ފިލާފައި ތިބިބަޔަކު! ޢެއްވެސް މީހަކުނެތީ ތޯ އުމަރު އިވެންޓް ބާއްވަން ގުރައިދޫ ހާއްސަ އެހީ އަން ބޭނުންވާ މަރުކަޒު ދޭން!