ދިވެހިރާއްޖެ އިތުރު ހަލަބޮލިކަމެއްގެ ތެރެއަށް ގެންދަން ބޭނުންފުޅުވެ ވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫން މިހެން ވިދާޅުވީ އެމަނިކުފާނުގެ ތާއީދާއި އެކު ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި ލިޔުން ހަވާލު ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މައުމޫން މިރޭ ވިދާޅުވީ މިދިޔައީ ރައްޔިތުންނަށް ވަރަށް ގިނަ ގެއްލުން ލިބުނު ފަސް އަހަރު ކަމަށާއި ފާއިތުވި ފަސް އަހަރު ކަންތައްތައް ދިމާވިގޮތައް ރައްޔިތުން މާޔޫސްވާން ޖެހޭ ހިސާބަށް ކަންތައްތައް ދެން ދާން އެމަނިކުފާނު ބޭނުންފުޅުވެ ވަޑައިނުގަންނަވާ ކަމަށެވެ.

މައުމޫން ވިދާޅުވީ އެމްއާރްއެމް އިން އޮންނާނީ ސަރުކާރާއި އެކުގައި ސަރުކާރަށް ތާއިދު ކުރުން މަތީގައި ކަމަށާއި ގައުމަށް ހަމަޖެހުން އަންނާނީ އޭރުން ކަމަށެވެ. "އެންމެން ތިބެން ޖެހޭނީ އެއްގޮތަކަށް. ސަރުކާރުން ނިންމާ ނިންމުންތަކަށް އަޅުގަނޑުމެން ތާއިދު ކުރާނަން. ހަމަޖެހުން އަންނާނީ އޭރުން." މައުމޫން ވިދާޅުވިއެވެ.

"މާއްދާ-4" ކެމްޕޭން ސްލޯގަންއެއްގެ ގޮތުގައި ބޭނުން ކޮށްގެން އެމްއާރްއެމް އިން ކެމްޕޭން ކުރިއަށް ގެންދަން ނިންމާފައި ވާތީ އެކަމަށް އިޝާރާތް ކުރައްވާ މައުމޫން ވިދާޅުވީ ޤާނޫނު އަސާސީގެ 04 ވަނަ މާއްދާގައި އޮތީ ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށައި ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައި ކަމަށެވެ.

"އެއީ ޑިމޮކްރަސީގެ ޙަޤީޤީ މާނަ. އެއީ އޭގެ ޖައުހަރު. އަސާސް. ރާއްޖޭގެ ޑިމޮކްޓިކް ނިޒާމަކީ އެންމެ ފުރިހަމަ ނިޒާމެއް ނޫން. އެނިޒާމްގައި އުނި ކަންތައްތަކެއް އެބަހުރި. ވޭތުވެދިޔަ ދުވަސްތަކުގައި އުނި ކަންތައްތައް ފާހަގަ ކުރެވުނު. އަޅުގަނޑުމެން މިތިބީ އެނިކަންތައްތައް އިސްލާހު ކުރަން ނިކުމެ." މައުމޫން ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި މައުމޫން ވާހަކަފުޅު ދައްކަވަނީ – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)
މިރޭގެ ޖަލްސާގައި މައުމޫން ވާހަކަފުޅު ދައްކަވަނީ – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)

މައުމޫން ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީ އެންމެ މަތީ މަރުހަލާ އަށް ގެންދެވޭތޯ އެމްއާރްއެމް އިން މަސައްކަތް ކުރާނެއެވެ. "މިފަށާ މަސައްކަތުގައި މުޅި އުމުރަށް ދެމިގެން ދާނެ. މިކަމުގައި ކުރިއަށް އޮތް ފަސް އަހަރު ދެމިތިބޭނަން. ހަމަޖެހުމާއި ކުރިއެރުން ގެނެސްދޭނަން." މައުމޫން ވިދާޅުވިއެވެ.

މައުމޫން ވިދާޅުވީ އެމްއާރްއެމްގެ އެންމެ މުހިންމު މަޤުޞަދަކީ އިސްލާހު ކުރުމުގެ މަސައްކަތް ކަމަށެވެ. ހުރިހާ ކަމެއް ވަނީ އިސްލާހު ކުރަން ޖެހިފައި ކަމަށާއި ސަރުކާރުގެ ދާއިރާ ވެސް ރައްޔިތުންގެ މަޖިލިސް ވެސް ޝަރުޢީ ދާއިރާ ވެސް އަދި މުއައްސަސާތައް ވެސް އިސްލާހު ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "ހަމައެކަނި ވަކިކަމެއް އިސްލާހު ކޮށްފައި އެހެން ކަންތައްތައް ދޫކޮށްލުމެއް ނޫން. ހުރިހާ ކަމެއް އިސްލާހު ކުރާނަން." މައުމޫން ވިދާޅުވިއެވެ.

މީގެ ދެއަހަރު ކުރިން ހަތަރު ޕާޓީ ވަނީ ކޯލިޝަން އެއްބަސްވުމުގައި ސޮއި ކޮށްފައި ކަމަށް މައުމޫން މިރޭ ވެސް ވިދާޅުވިއެވެ. އަދި އެމްއާރްއެމް އޮންނާނީ އެކޯލިޝަންގައި ކަމަށް ވިދާޅުވާ ވިދާޅުވުން އެމަނިކުފާނު ތަކުރާރު ކުރެއްވެވިއެވެ.

"އިސްލާހު ފެށިގެން އަންނަން ވާނީ ރައްޔިތުންގެ މަޖިލީހާއި ހަމައިން. ދައުލަތުގެ މުއައްސަސާތައް އިސްލާހު ކުރުމުގެ ބާރު އޮތީ ވެސް ރައްޔިތުންގެ މަޖިލީހުގައި. އެމްއާރްއެމް އިން ބޭނުން ވަނީ ގައުމަށް ވަފާތެރި އަމިއްލަ އެދުމެއް ނެތި މަސްއޫލިއްޔަތު އަދާކުރަން ކެރޭ މެންބަރުންނަށް މަޖިލިސް މެންބަރުން ވާން. ރައްޔިތުންގެ މަޖިލީހަކީ ޒިންމާ އުފުލާ މަޖިލީހަކަށް ވާން." މައުމޫން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

42 ކޮމެންޓް

  1. މުސްކުޅި ސާރިދޯޅު

    ކަލޭ ހިތްހަމަޖެހޭ ވަރުވީތާ ނޫނޭ ހުއްޓާލާނެ ކަމެއްނެތް ހަލަބޮލިކުރޭ ކަލެއަށް ރައީސްކަން ލިބެންދެން މުސްކުޅި ހަންގަޑާ ނާދިރާޔާ އެކީ ނާޗަރައްގީ ކުޅެވޭނީ އޭރުން ކޮބައިތަ ހާޑިމް ހަމް ކަލޯ....

    205
    9
  2. މނ

    އެންމެފަހުން އަމިއްލައަށް އެއްބަސްވީ ދޯ ވޭތުވެދިޔަ ފަސް އަހަރު މި ގައުމު ހަލަބޮލިކުރީ ކަލޭކަން.

    146
    5
  3. ވޯޓުވަގު

    މީހުން ތިބެންވީގޮތެ މައުމޫނުއަކައް ނޭގޭނެ މައުމޫން ކަލޭހީނުކުރާތި ކަލެޔަކީލައްކައެކަމައް ކަލޭބުނިގޮތައް މާޒީގަ ކަންތަކުރެވުނީތީ މިހާރު އަހަރުމެން ލަދުގަނޭ

    90
    6
  4. ގައުސަރު

    ހުރިހާ ހަލަބޮލިތަކުގެ އަޑީގައި ހުރިފަރާތް މިހިރަ ފަޅާއެރީ.

    133
    5
  5. Anonymous

    ކިތަންމެ ވައިއެޅިޔަސް ވާނެކަމެއް ހަރާން، މިހާރުވެސް ތިިހިރީ ގާތްގަނޑަކަށް ނަގާއެއްލާލާފަ.

    101
    4
  6. މަލްޢޫނު

    ރާއްޖެ ހަލަބޮލި ކުރަނީ އަބަދުވެސް ކަލޭ އަޑީގަ ހުރެގެން. ވެރިކަމާހެދި ބޫތުކައިގެން ކަޅޭ ކުރުވާ ކަމެއް އެއީ. ކަލޭ ދުނިޔޭގަ ހުރިހާ ހިނދަކު އެކަން ހުއްޓެނެ ހެނެއް ހީއެއް ނުވޭ.

    87
    7
  7. މައުމޫން

    ދެން ތިގޮތަށް ހެޔޮއެދިގެން އުޅުނީމަ މާދަން މަރުވީމަވެސް ހަތްބަޑި ވަޒާގެ ތެރެއަށް ޖަހާލާފައި ކަަލޭ ވަޅުލާނީ

    28
    1
  8. މަށޭ

    ކަލޭގެ ދަރިންނަށް ބޮޑެތިމަގާމްތަށް ލިބުނީމަތަ

    30
    2
  9. ކެޔޮޅު

    މިރާއްޖޭގަ ބުދުފައްޅިއަޅާ ޒިނޭއާއި ރާޔާ ހުއްދަކޮއް ޖުވާ އާއްމުކޮއް އެއްޖިންސުން ކައިވެނިކުރިޔަސް މަނިކުފާނު މިވެރިކަން ދަމަހައްޱަން ހުންނަވާނީ ފޫގަޅުއްވައިގެންތޯ؟

    42
    3
  10. ކެޔޮޅު

    އެއްބަފާ ކޮއްކޯފުޅު ވެރިކަމުގައި ހުރީއިރު ގައުމުގައި ހަމަނުޖެހުންހިންގައި ދެފައިންޕުޅައް ހިނިރާތީ އުޅުއްވީ ހާދަހާވާ އަމިއްލަ އެދުންފުޅު ބޮޑުކަމުންނޭދޯ؟

    36
    1
  11. ލޮލް

    ނޫނޭ ނޫނޭ..! އެއްގޮތަކަށްވެސް ތިހެން ހަދައިގެން ނުވާނެ. މަރުނުވަނީސް ފާރިސަށް ވެރިކަން ލިބޭތޯ ތެޅެންވާނެ. ބެއްޔާ މަރުވާންވާނީ ތުއްތުނާ ގަނޑުވަރު (ތީމުގެ) ގަ.

    33
    2
  12. ހަބީބުއެމްޑީޕީ

    މަރުހަބާ މައުމޫން ތިޔައީ ހަމަ ބަފައެއްފަދަ ހެޔޮލަފާބޭފުޅެއް ވަރައްލޯބިވޭ

    4
    34
  13. ާއދ.

    ނުވާނެ ތިކަމެއް ތީހަމަ ހުރިގޮތައް ހުރި ޖައްބާރެއް އެއްމެފަހުން އެއްބަސަވީ އެއްނުން

    31
    2
  14. ކާފަ

    ހޫނމ. ޖައްވަށް ، ހަވާޔައް، ފަޒާއަށް، ވައިގެ ތެރެއަށް ބަޑި ޖަހަން އެނގުނީ ދޯ

    25
    3
  15. ބައްސާމު

    ކުރިންވެސް ބުނީމެއްނޫން ސިޔާސީ ކަންތަކާ ނުބެހޭނަމޭ ދެންވީ ކިހިނެއްތަ ހަދާން އިބަހުރިތަ
    ދޮގުވެރިއެއްތީ ތިރީސް އަހަރު ރައްޔިތުންދިންދޯ އެވަރު މަދުވީތޯ އަހާލަން ރާއްޖޭގެ ތާރީޚުގައިވެސް އެންމެ އަނިޔާވެރި ވެރިކަމެއްކުރީ މައުމޫނު

    27
    2
  16. ސާމް

    ލޭގެ ގުޅުން ކަނޑާލި މީހަކު ދުރު ހިލޭ މީހުންނަށް ކޮން އިހުލާސް ތެރިއެއް ވާނީ.. ފުރަތަމަ ކަމަކީ ސަރުކާރަށް ތާއީދު ކުރާނަމަ ތެޅި ފޮޅި ގަނެގެން ޕާޓީ ހަދައިގެން މަޖްލިސްގެ ގޮނޑިތައް ހޯދަން ނުތެޅުނީސް.. 30 އަހަރު ވަންދެން މުޅި ދައުލަޔް ބަނޑު އަޅާލައިގެން އަދިވެސް ހިތްނުފުރިގެން ދޯ ތިތެޅި ބާލަނީ...

    33
    2
  17. ޢަލި

    ތީ މިގައުމަށް ޖެހިފަ އޮތް ބޮޑު މުސީބާތެއް

    28
    1
  18. ޢާދަނު

    ލަދު ހަޔާތުގެ ކަންފުޅެއްވެސް ނެތް ބުރާންޗެއް ތީ

    26
    2
  19. ޡަސް

    މިގައުމު ދެކެ އެންމެލޯބިވާ ގައުމަށް އެންމެ ހެޔޮ އެދޭ އިހުލާސްތެރި ވެރި އަކީ ރައީސް ޔާމިން.. އަހަރުމެންގެ ގައިގަ ލޭގެ ގުޅުން ނުހިނގިޔަސް ޔާމިން ޖަލުގަ ހުންނަ ކޮންމެ ދުވަހަކު ނުހަނު ދެރަވޭ.. އަދި އަބަދުވެސް ޔާމިން އަށަ ހެޔޮދުއާ ކުރަން.. މަނިކުފާނު އަދި މިގައުމުގެ ވެރިކަމަށް އަންނާނެ.. އިންޝާ ﷲ

    36
    2
  20. ޜަވީ

    ތީ މިގައުމުގެ އަޅުވެތި ކަމުގެ އައްޕަ

    28
    2
  21. ޞެސް

    ތީ މިގައުމަށް ޖެހިފަ އޮތް ބޮޑު ބަލާވެރި ކަމެއް

    29
  22. ޓޮމް

    ތިވަރުގެ ބޮޑު އަނިޔާ ވެރިއެއް ދުވަހަކުވެސް މިގައުމު ނުދެކޭ

    28
    1
  23. ޥެސް

    ޏޯޓީ ފޯރޓީ ގަ ދެއްތޯ އަދިވެސް

    16
  24. މަކަރާޖަހައިގެން ވޯޓެނުކެވޭނެ

    އިލްމުހުއްޓަސް ހިލްމެނެތީމަ ތިގޮތަށް ކޮސްގޮވޭނެ. ރޔާމީންގެ ވެރިކަން ނިންމަން ކަލޭ ގައުމުހަލަބޮލިކޮއްފަ މިއަދު ހަލަނުކުރަން ގޮވީމަ އަހަރެމެން ބަސްއަހަންވީތަ؟މިއަދު ކީއްވެ ހަލަނުކުރަންވީ؟ކޮންކަމެބަދަލުވީ؟ލަދުހަޔާތުގެ ކުޑިފުކުވެސް ކަލޭގެ ނަފްސްގަނެތީއޭ އަމިއްލަ އެއްބަފާ ކޮއްކޮ ހަވަރަށްދީފަ މީހުންއެއްކޮށްގެން ފަރިހިކިޔަން ހުންނަން. ރޔާމީން ހައްޔަރުކޮށް ބަންދުކުރިޔަސް ވޯޓުދޭންތިބި ރައްޔިތުން ހައްޔަރެނުކުރެވޭނެ ރޔާމީންއަށް އޮތްތާއިދެ މިއަދަކު ކަލެއަށްނުލިބޭނެ. މިތިބީ ރޔާމީނާއެކު. ކަލޭ ވައްކަމާ ކޮރަޕްޝަނުގެ ވާހަކަދައްކަން ދޫހެލޭކަން. ލަދުހަޔާތްކެޑުނީމަ ކޮއްމެވާހަކައެވެސް ދައްކަފާނެނުން. ނާދިރާ ލައްވާ ބަނޑިޔާ ޖަހަންދަގަ.

    28
    1
  25. އާންދު

    މީނާއަކީ، މާވަރުގަދަ މީހެއްކަމަށް އަމިއްލައަށް ހެދިގެން އުޅުނަސް މީ އެދުވަހެއްނޫން މީނާއަކަށް ނުވާނެ މިހާރަކު މާބޮޑު ކަމެއް.

    28
  26. މަހޭޝް

    ދުވަހަކުވެސް ދެން މައުމޫނަކަށް ތާޢީދެއް ނުކުރާނަން.

    36
  27. ޢަލީ އަހުމަދު

    ކުށައް އިޢުތިރަފް ވުން އޭއީވެސް ތިއުމުރުގާ ކުރަން ރަނގާޅުކަމެއް

    23
    1
  28. ކިނބޫ

    މިކަލޭގެ 30 އަހަރު ވެރިކަން ކުރީ ކިހިނެއްބާ ހުދުމުހުތާރުގެ ނަމޫނާއެއްތީ ވޯޓް ހޯދީފޮށިމަތީގައި ބަނޑު އަޅައިގެން މީހަކު ޗުއްޕްބުންޏަސް ގޮޅިއަށް ގަޅާލާ ދެންމިހާރު ކޮންވާހަކައެއް ދަށްކާކަށްތަ

    25
    1
  29. އަލި

    މަނިކުފާނު ނޫންތޯ ވިދާލުވީ ގައުމުގެ މަސްލަހަތޭ ގައުމު ހަލަބޮލި ނުކުރާށޭ .. ވާހަކަ ދައްކައިގެނޭ ކަންކަން ހައްލު ވާނީ ..... ގައުމިއްޔަތާއި ދީން ހިމާޔަތް ކުރަން ދެއްކި ވާހަކަ ކޮބައިތޯ ..... ގައުމިއްޔަތު އާލާ ކުރާ ދުވަސްވެސް ކަލޭ ދަރިފުޅަށް ފާހަގަ ކުރާކަަށް ނުކެރުނު އިއްޔެ އަކީ އެދުވަސް ކަން އިނގޭތަ. އެދުވަހު ޕާޓި ކުދިންނަށް ޓިކެޓް ދިން އިރު އެވާހަކަ ބުނެލަންވެސް ނުކެރުނު. ..... މިފަހަރު ގޮނޑި ނުލިބޭނެ ކަން ކަށަވަރުވާ ކެނޑި ޑޭޓަކީ ފާރިޝް. އިބޫގެ މަޅީގައި ރަގަޅަށް ޖެހިއްޖެ ނޫންތޯ .... އިބޫ އަކީ އަޑީގައި ހުރެގެން އަންނި ލައްވާ ހުރިހާ ކަމެއް ކުރުވާ މީހާ .... ކޮބާ އިބޫއަށް ދަންނަވައިގެން ރައީސް އޮފީހުގައި މޭޒެއް ބަހައްޓަން ވީނޫންތޯ ... ޔުާމިން އެކަން ނުކޮށްދިނީމާ ބޮޑާ ހޭކީ..ދެން އުޅުނީ ކޮންމެ ހަފުތާ އަކު ކެބިނެޓާ ބައްދަލް ކުރަން ޔާމީން އެކަން ނުކޮށްދިނީމާ ބޮޑާ ހޭކީ.... އިނގިދާނެ މިފަހަރު ޔާމިނަށް ތޯ ގިނަ ގޮނޑި ހޯދެނީ ... މަނިކުފާނަށްތޯ.....

    19
  30. ގޑން

    މިދިޔަ ފަސްއަހަރު މައުމޫނު ހަމަނުޖެހުން އުފައްދަން މަސައްކަތްކުރެވުނެ އެހެންވެގެންނޭ ހަމަނުޖެހުން އުފެދުނީ.

    18
  31. މިއަދު

    މައުމޫނުގެ ވާހަކަތައް ހުންނަގޮތަށްބަލާއިރު ވަރަށްބޮޑަށް ޤަބޫލުކުރެވޭ މިގައުމުގައި ހަމަނުޖެހުންއުފައްދަން މައުމޫނުވަރަށްބޮޑަށް މަސައްކަތްކުރެއްވިކަން އެކަމުގެ ސަބަބުން މައުމޫނަށް ރަގަޅު ފިލާވަޅެއް މިލިބުނީ ރައިސް ޔާމީނުގެ ސަރުކާރުން މައުމޫނު ބަންދުކުރުމުން އެހެންވެ މިހާރު ރައިސްމައުމޫނަށް މިއިހުސާސްކުރެވުނީ ގައުމުހަމަމަގުން ކައްސާލާ ޖަލުތަކުގައި މީހުންބަންދުވުމުންއެމީހުންނާއި އެމީހުންގެ އަނބިދަރިން އުޅޭ ދަތި،ހިތް ދަތި ހާލު އެހެންވެ މިހާރު މައުމޫނު ކޮންމެ ޕޯޑިއަމަކަށްއެރިޔަސް ބުނާނެ "ދެން" މިވެނަ ކަމެއް ވުމަކަށްބޭނުމެއް ނުވަމޭ ރައިސްޔާމީނު މައުމޫނު ބަންދުކުރުން މިވީ މިގައުމުގައި ހަމަޖެހުމާއި ސުލްހަމަސްލަހަތު ޤާއިމު ކުރުމަށްކުރި ވަރަށްރަގަޅު ކަމަކަށް އެއްވެސް ކުށަކާނުލާ 4 މަސްދުވަހު ޖަލުގައި އޮވެ އެތައް އެތަށް ސިޓީއެއް މައުމޫނުގެ ރައިސްކަމުގައި ރައިސްއޮފީހަށް ފޮނުވާ ސިޓީލިބި ސިޓީއަށް ޖަވާބެއް ނުލިބުނު މީހެއްގެ އަމިއްލަ އަތުން އަމިއްލަ ތަޖުރިބާ

    16
    1
    • ކުޑަބަޖަރާ

      މިހާރު އެހުރީ ބާކީކޮށްލާފާ. މިޖަލްސާއަށް ކޯޅޭޝަންގެ ހުރިހާ ވެރިންނަށް ދައުވަތު އެރުވި. އެކަކުވެސްނައި. ހުރިހާ މީހުންތިބީ ބިޒީވެފަޔޯ. އެކަމާހިތާމަކުރަމޯ.

  32. ލޯކަ!

    ކަލޭތީ ހާދަ ވިޔާނުދާ މީހެކެވެ. ޢިސްލާހްގެ މާނައަކީ ދީންބަދަލުކުރުންކަމުގައިވާނަމަ، ވެރިކަން ދެމެހެއްޓުމަށް އެމްޑީޕީއަށް އެއްބާރުލުން ދޭންޖެހޭނެ! ޤާނޫނާޚިލާފަށް އެމްޑީޕީ ވުޖޫދަށް ގެނައުމުގެ ހުރިހައިކަމެއް ކުރީ ސީދާކަލެއެވެ. ޢެމްޑީޕީއަކީ ސީދާކަލޭގެ ޕާޓީއެކެވެ. އެމްޑީޕީއަކީ ކަލޭދޫކޮށްފައިވާ ވަދުނަނެކެވެ. ނަޝީދަކީ އެވަދުގައި ކަލޭއަޅުވާފައިވާ އެންމަސްގަނޑެކެވެ.

    13
  33. އިބޫ

    ތީ ހަމަ ރަނގަޅަަށްވެސް މިގައުމަށް ޖެހިފަ އޮތް ބޮޑު މުސީބާތެއް

  34. ނަޢީމާ

    ކުޑަކާފް ބޮޑުކާފްގެ 30 އަހަރާއެކު ޖުމަލް 43 އަހަރު މުޅި ޤަވްމު ހަލާކުކޮށްފަ ކީކޭތަ މީނަ މި ވީދެނީ؟ ތިޔައީ މިހާރު ހައްޕުނޑު!

    10
  35. ޢަލީދީދީ ގެ ހުތާ

    އަދި ކިރިޔާ މިއެނގުނީ ގައުމީ ހަލަބޮލި ކުރަނީ މިކަލޭގެ ކަން.

  36. މޯޑް

    އެހެންވީމާ ކަލެއަށް ތި އެއްބަސް ވެވުނީ ރާއްޖޭގައި މިހިނގާ ހުރިހާ ސިޔާސީ ނުރަގަޅު ކުޅިގަނޑަކީ ތިމަންނަ ކުރުވާ ކަމެކޭ ދޯ. ނުލަފާ މީހެއް. އެއްބަފާ ކޮއްކޮ ގެ ވެރިކަން ވައްޓާލަން އުޅުނު މީހެއް ކިހިނެތް ރައްޔިތުންނަށް ހެވެއް އެދޭނީ. މުޅިންވެސް އަމިއްލަ އެދުމާގެން ފޯވެފަ. ސާބަސް ކަލެއަށް

  37. ކެތި

    މި ޤައުމުގެ ފިރުއައުނު. ހުރި ނުބައިކަން ދެކިބަލަ. ކޮއްކޮގެ ވެރިކަން ބަޣާވާތުން ވައްޓަން އުޅުނުކަމަށް އެއޮތީ އިޢުތިރާފްވެފަ. ފިރުއައުނުވެސް ޣަރަޤުވަނީކަމާ މަރުވާނެކަން އެނގުނީމަ ޝަހާދަތް ކިޔޭތޯ މަސައްކަތްކުރި. މި ހިބަރަކަށް ނުވި އެވަރުވެސް. އަދިވެސް މަ ބޮޑޭވެފަ ހަލަބޮލިކުރި ވާހަކަ މި ދައްކަނީ. ނާދިރާ ގޮވައިގެން މަޑުން އޮވެބަލަ. ހަންގަނޑާ.....މިހާރަކު މި ރާއްޖޭގަ ކަލެއާ ކަލޭގެ ދަރިންނަށް އިޙުތިރާމް ކުރާ ބަޔަކު ނޫޅޭ. ނޯޓީ ހަންގަނޑު.

  38. ޤަމަރު

    އެމީހުން ނައީ މަސައްކަތެއް އޮތީމަޔޯ!!!!! ޕޮއް! ދިފާޢުކޮށްލަކޮށްލާހުރުންނޫން ގޮތެއް ނޯންނާނެ!

  39. ބޮޑުކޮސް

    ނެތެންނޫންތޯ ތިނޫންގޮތެއް! ހެދިގޮތެއްވަރިހަމަ ވެގެން ހުންނަންޖެހޭނީ. ތިވަރަށްވެސް މަގާމުތައް ތިލިބުނީ އެމްޑީޕީގަ ތިކަން ކުރިމީހުންގެ ގަމާރުކަމުން، ތީމިހާރު ރާއްޖޭގެ ސިޔާސީ ގޮތުން އެއްވެސް އުރަތްޕެއްނެތް މަނިކުފާނަށް މަނިކުފާނު ތީކާކުކަން ނޭނގޭ ހިސާބައްގޮސްހުރި ކޮހެއް!!

  40. ވަރުވާ

    ދެން ރާއްޖެ ހަލަބޮލިކުރާކަށް ބޭނުމެއް ނޫން – މައުމޫން
    2009 ވަނަ އަހަރުންފެށިގެން 2018ގެ ނިޔަލަށް ދިވެހިރާއްޖޭގައި، ހިންގި ހުރިހާ ހަމަނުޖެހުމެއްގައި، ރައީސް އަލްއުސްތާޛު މައުމޫން ޢަބުދުލްޤައްޔޫމްގެ މައްޗަށް ދަޢުވާއެއް އުފުލައި ޝަރީޢަތެއް ނުހިންގާނެބާ؟

  41. ޒަމީން.

    އެއްބަފާކޮއްކޯ ފުޅު ވެރިކަމާ ހެދި ދުޝްމަނަކަށް ހެދީ ޚޮދު މައުމޫނު. އެމަނިކްފާނު ވެރިކަމުގެ ހުވާ ކުރި ހިސާބުން ފެށިގެން އެމަނިކްފާނުގެ ވެރިކަން ނިމުމަކަށް ގެނައުމަށް އެއްމެ ބޮޑު އެޖެންޑާ އެއް ގެން ގުޅުނީ ތިބުނާ މައުމޫނު. ހާދަ ވެރިކަމުގެ ލައްޒަތެއްގައި ޖެހިފަ ހުރި މީހެކޭ ދޯ. ކުރިން އަޅުގަނޑުމެން ވަރަށް ސަޕޯޓް ކުރި މީހެއް. މިހާރު ކަހިރުވަކެކޭވެސް ހީއެއްނުވޭ.