ދެކުނު އޭޝިއާގެ ގައުމުތަކަށް ބަލާއިރު އިންޓަނެޓްގެ އަގު އެންމެ ބޮޑީ ދިވެހިރާއްޖޭގައި ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

"ކޭބަލް.ސީއޯ" ގައި ބުނެފައިވާ ގޮތުގައި ރާއްޖޭގައި އެންމެ ޖީބީއެއް ގަންނަން އެވްރެޖްކޮށް 5.27 އެމެރިކާ ޑޮލަރު (81.3 ރުފިޔާ) ޚަރަދު ކުރަން ޖެހެއެވެ. ދެކުނު އޭޝިއާގެ އެހެން ގައުމުތަކަށް ބަލާއިރު އިންޓަނެޓްގެ އަގު އެންމެ އަގުހެވީ އިންޑިއާ ގައެވެ. އިންޑިއާގައި އެއް ޖީބީ ޑޭޓާ 0.26 އެމެރިކާ ޑޮލަރު (4 ރުފިޔާ) އަށް ލިބެއެވެ.

ސްރީލަންކާގައި އެއް ޖީބީ ލިބެނީ 0.78 އެމެރިކާ ޑޮލަރު (12 ރުފިޔާ) އަށެވެ. ބަންގްލަދޭޝްގައި އެއް ޖީބީ ލިބެނީ ޑޭޓާ ލިބެނީ 0.99 އެމެރިކާ ޑޮލަރު (15.3 ރުފިޔާ) އަށެވެ. ބޫޓާންގައި އެއް ޖީބީ ޑޭޓާ 1.25 އެމެރިކާ ޑޮލަރު (19 ރުފިޔާ) އަށް ލިބެއެވެ. އަފްޣާނިސްތާންގައި އެއް ޖީބީ ޑޭޓާ ލިބެނީ 1.60 ޢެމެރިކާ ޑޮލަރު (24.7 ރުފިޔާ) އަށެވެ. ޕާކިސްތާންގައި އެއް ޖީބީ ޑޭޓާ ލިބެނީ 1.85 އެމެރިކާ ޑޮލަރު (28.5 ރުފިޔާ) އަށެވެ.

230 ގައުމު ހިމެނޭ ލިސްޓަށް ބަލާއިރު އެންމެ އިންޓަނެޓް އަގުބޮޑު ގައުމުތަކުގެ ތެރޭގައި އެމެރިކާ އާއި އިނގިރޭސިވިލާތް ވެސް ހިމެނެއެވެ. އިނގިރޭސިވިލާތުގައި އެއް ޖީބީ ޑޭޓާ ގަންނަން 6.66 އެމެރިކާ ޑޮލަރު (102 ރުފިޔާ) ޚަރަދު ކުރަން ޖެހެއެވެ. އެމެރިކާގައި އެއް ޖީބީ ޑޭޓާ ގަންނަން 12.37 އެމެރިކާ ޑޮލަރު (190.7 ރުފިޔާ) ޚަރަދު ކުރަން ޖެހެއެވެ.

ލިސްޓަށް ބަލާއިރު ދުނިޔޭގައި އިންޓަނެޓް އެންމެ އަގުބޮޑީ ޒިމްބާބްވޭގައެވެ. އެގައުމުގައި އެންމެ ޖީބީއެއްގެ ޑޭޓާ ގަންނަން 75.20 އެމެރިކާ ޑޮލަރު (1082.5 ރުފިޔާ) ޚަރަދު ކުރަން ޖެހެއެވެ.

އިންޓަނެޓްގެ އަގު ހެޔޮވެގެން ދިއުމަކީ ގައުމުތަކުގެ ކުރިއެރުމަށް ވަަރަށް ބޭނުންތެރި ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ. ނަމަވެސް އިންޓަނެޓްގެ އަގު ހެޔޮ ކުރަން ބައެއް ގައުމުތަކުގައި އެކަށީގެންވާ މަސައްކަތެއް ނުކުރެވޭ ކަމަށް ވެސް ތަޖުރިބާކާރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ބަރާބަރު

    ރާއްޖޭގައި ޑޮލަރަކަށް ޖީބީ އެއް ހަދާލަދީބަލަ. މެޖޯރިޓީ ލިބޭނީ އޭރުންނެވެ.

    18
    2
  2. މުހައްމަދު

    އިންޓަނެޓް އެކަނިތަ، ދެން ވެސް ހުރި ހުރިހާ ކަމެއް މިތާ އަގުބޮޑު، ވިޔަފާރަވެރިން ތިބެނީ ބަލަ ބަލާ ވިއްޔާ މުސާރަ އެއްކޮށް ކާލެވޭނެ ހުރިހާ ގޮތެއް

    22
    1
  3. އާދަނު

    ދެކުނު އޭޝިޔާގެ އެންމެ މީހުނަ މަދީވެސް ރާއްޖޭގާ
    މީހުންނަކަށް ނޭންގެ ރާއްޖެއަށް ހިދުމަތް ދޭންދާ ހަރަދެއް

    8
    11
  4. މުބާރިކު

    އެސޮރުމެންނަކަށް ނުއޮވޭ އިތުރު ގޮތެއް!!!!!!

    6
    1
  5. ތުނޑު ހަސަނާ

    މިތާ ކޯއްޗެއް އަގު ހެވީ

    14
  6. އަލިބެ

    ނެތްވަރުން ޚިދުމަތްދޭންފެށީމާ ވާނީ މިހެން. 65 ވީމަ 5000ރ ހުރިހާ ސްކޫލެއްގަ ހެނދުނު ނާސްތާ މީ އަދި ތަރައްޤީވަމުން އަންނަ މިފަދަ ވަޞީލަތް މަދު ޤައުމެއްގާ ކުރެވެން ހުރިކަންކަމެއްނޫން. އެކަމަކު ވޯޓު ބޭނުންވީމަ ކޮންމެ ވެރިއަކުވެސް މިގޮތަށް ވެވެންނެތް ވަޢުދުވަނީ. ޕެންޝަން ފަންޑުގެ ޙައްޤުވެރިން ޙައްޖަށް ގެންދާނަމޭ ކިޔާފަ ދެބައިކުޅަ އެއްބައި ދޭގޮތަށް. ހަމަޖެއްސުމުން މިފައިސާއިން މުސްކުޅިންނަށް އަސާސީ ޕެންސަން ދެނީނޫންބާއޭ ހިތަށްއަރާ.

    8
    3
  7. ފުއްޑަން

    މީހުންނަކީ ކޮބާ؟ ތިޔޮތްހުރިހާ ބަންގާޅިން ނާއި ގެސްޓުންނޯ! ޢެމީހުން ވެސް ތިޔަ ނެޓް ބޭނުންކުރާލެއް މަދީތަ.އަގު ހެޔޮ ކުރެވޭނެ.ސަގާފަތަކީ ރައްޔިތުން ފެލާލުން.ޖީބައް ބައްކޮއްލުން.

    12
  8. ސީނު

    އަންނި ދިރާގުގެ ހިއްސާ ވިއްކާލި އެކަމުގެ ގެއްލުން މިފޯރަނީ ބަލަ .... ބެޓެލް ކޯއިން ވަތަނިއްޔާވެސް ދިރާގުވެސް ދެން ކިހިނެތް ހެޔޮވަނި ރައީސް ޔާމިން ބުނި 30 އަގު ހެޔޮ ކުރާނި އަމިއްލަ ސަބްމެރިން ކޭބަލް ހޯދައިގެންނޭ ... ދުނިޔޭގެ އެންމެ މިހާރު ނަންހިނގާ ކުންފުންޏާ އެކު ސޮައި ކުރި 100 ޖިގަބައިޓް ގާ އިންޓަނެޓް ދޭން މިޚަބަރު އިވިގެން އިނގިރޭސި ސަރުކާރުން ހައިރާން ވެގެން އެކުންފުންޏާ ގުޅީ އަދި އެމީހުން ވެސް މިހާރު އެކުުންފުންޏާ ދަނީ މަސްވަރާ ކުރަމުން ..... ދިވެހި ޒުވާނުން އެފުރަސަތު ނަގައިލާއިފި .... ސޮއި ކުރީ އެޗްޑީ ސީ އައި އެކު އެމީހުންގެ އަމިއްލަ ޚަރަދުގައި އެކަން ކުރަން... ޔާމިން ހޮވުނު ނަމަ ވީސް މިކަން ވެސް ދާނީ މިހާރު ތޮޅީ އަށް ފްލެޓަށް ވީގަޮތަށް 3500 މީހުން ބިކަވި ގޮތަށް.....

    9
    4