ސިފައިންގެ ވަޒީފާއަށް މީހުން ހޯދުމަށްޓަކައި، ޑިފެންސް މިނިސްޓްރީން ފެބްރުއަރީ މަހު ކޮށްފައިވާ އިޢުލާންއާ ގުޅިގެން، ވަޒީފާއަށްއެދި ހުށަހެޅުމުގެ މުއްދަތު، 2019 މާރިޗު 31 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް އިތުރުކޮށްފައިވާކަމަށް ޑިފެންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ވަޒީފާއަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކުރުމާގުޅިގެން މި އިޢުލާންގެ ބޭނުމަށް ޢުމުރުފުރާ ބަލާ ތާރީޚަކީ 1 އެޕްރީލު 2019 ކަމުގައި މިހާރު ހަމަޖައްސާފައިވާކަމަށް ވެސް ޑިފެންސް މިނިސްޓްރީން ވިދާޅުވެއެވެ.

ސިފައިންގެ މެރިންކޯރ، ސްޕެޝަލް ފޯސަސް، ފަޔަރ އެންޑް ރެސްކިއު ސަރވިސް، ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް، ކޯސްޓްގާރޑް، މިލިޓަރީ ޕޮލިސް، މެޑިކަލް ސަރވިސް، މިލިޓަރީ އިންޖީނިއަރސް، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖީނިއަރސް، ސަޕޯޓް ސަރވިސް ގައި މަސައްކަތް ކުރުމުގެ ފުރުސަތު ސިފައިންނަށް އޮންނާނެ ކަމަށް ޑިފެންސް މިނިސްޓްރީން ކުރިން ކޮށްފައިވާ އިއުލާނުގައި ވެއެވެ.

ސިފައިންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފެންވަރާއި ޝަރުތުތަކަކީ ދިވެހި ރައްޔިތެއް ކަމުގައިވުން، ދަށްވެގެން ޖީ.ސީ.އީ އޯލެވެލް ފެންވަރު ހުރުން ނުވަތަ އެފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުން، އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުން، ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން، ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވުން، އިސްކޮޅު (ފިރިހެން: 5 ފޫޓް 5 އިންޗި، އަންހެން: 5 ފޫޓް 3 އިންޗި) ހުރުން، އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރެއްކަމުގައި ނުވުމެވެ.

ވަޒީފާއަށްއެދި ހުށަހަޅާ ފޯމާއެކު، ކުށުގެރެކޯޑް ބަލާފޯމް ހުށަހަޅަން ނުޖެހޭގޮތަށް މިހާރު ހަމަޖައްސާފައިވާކަމަށް ޑިފެންސް މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަޒާ

    ވަގުތު ނޫހުން ސާފުކޮށްދީބަލަ ސިފައިންގޭގައި އުޅެ އެކި ކަހަލަ މަތީ ތަމްރީންތައް ހަދާފައި، ކޮންމެވެސް ސަބަބަކާހުރެ ސިފައިނގެ ޚިދުމަތުން އަމިއްލަޔަށް ކެނޑިގެން އުޅޭމީހުންނަށް އަލުން ޖޮއިން ކުރުމުގެ ފުރުޟަތެއް އޮތްތޯ؟؟؟

    4
    1
    • ޕްރައިވެޓް

      މި ސަރުކާރުގެ ވެރިޔަކަށް ގުޅާލީމަ ތިކަން ވެދާނެ. އެހެރީ އެއް ނު ޗީފް އޮފް ޑިފެންސް ފޯސް ވެސް

    • ޕުލީޖު

      އުމުރު 35 ކައް ހަދައިދެއްވަ ބަލަ

  2. ޕްރައިވެޓް

    އެމްޑީޕީގެ ގުންޑާއިންގެ ޕްލެޓޫނެއް އުަފައްދާ

  3. ...

    އިންޑިޔާގަ އިއުލަާންކުރޭ. އިންޑިޔާ ސިފައިންނެއްނު މިހާރު ބެޭނުންވަނީ

  4. އަލި

    މުއްދަތު އިތުރު ކުރީ މީހުން ނުވަނީ ތޯ

  5. އަލިތަކުރު

    ފަތިފައްޗައް ކީއްކުރަން ވައްދާހާ ސިފައިންނެއްތޯ؟ މިހާރުވެސް މިއުޅެނީ ގައުމުގެ އަމާންކަން ޤާއިމް ނުކުރެވިގެން. ދައުލަތާ ނުބައްދަލު ޚަރަދު ތިޔަ ތަނަކަށް ކުރަން އެބަޖެހޭ.. ދިވެހިރާއްޖޭގަ ޒަމާންވީ ދާޚިލީ ހަމަޖެހުން ދަނީ ގެއްލެމުން ޤައުމުގެ ޢިޖުތިމާޢީ ފޭރާން ވީދި މާރާމާރީ ،ވައްކަން ،މަސްތުވާތަކެތި،ފޭރުން ދަނީ އިންތިޙާޢަށް އިތުރުވަމުން. ތިޔަތަނަށް މީހުން ވެއްދުމުގެ ބަދަލުގަ ތިޔަ ތަނުގަތިބި ޖާނުން ވަރުގަދަ މީހުން ޕޮލިހަށް ބަދަލުކޮށްގެން ރާއްޖޭގެ ކުށުގެ ވެށި ރަނގަޅުކޮށްބަލަ. ބޭރުން އުދުވާނީ ހަމަލައެއް އަންނައިރު ނުވަތަ ބޮޑު ޚާރިސާއެއް ކުރިމަތިވާ ހިނދު ތިޔަމީހުންނެކޭ އެއްވަރަށް،ނުވަތަ ފަހަތުން ފުލުހުންވެސް ނިކުންނަންޖެހޭ.. އެހެންވީމަ ތިޔަ ބޭކާރު ޚަރަދުތައް ހުއްޓާލުމަށް ސަރުކާރައް ގޮވާލަން

  6. ތީބޭކާރު އަމަލެއް

    ކުރާނަކަމެއްނެތް އީޒީ މުސާރަ ލިބޭ ދެތަން، ސިފައިންގެ، ކަސްޓަމްސް. ނޫނޭ އަޖައިބު.

  7. އަހުމަދު

    އިންޑިޔާ ސިފައިންނަށް އަޅުން މަދުވެގެން އަޅުންނަށް އިއުލާން ކޮށްފިޔޯ