ބ.ތުޅާދޫ 100 ހައުސިންގ ޔުނިޓްސް އިމާރާތްކުރުމުގެ މަސައްކަތް ޑިޒައިން އެންޑް ބިލްޑް އުޞޫލުން ކޮށްދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ވިދާޅުވީ ހައުސިންގ ޔުނިޓްސް އިމާރާތްކުރުމުގެ މަސައްކަތް ޑިޒައިން އެންޑް ބިލްޑް އުޞޫލުން ކޮށްދޭން ބޭނުންވާ ޝަރުޠުހަމަވާ ރާއްޖެއާއި ރާއްޖޭންބޭރުގެ ފަރާތްތަކަށް ފުރުސަތު ހުޅުވާލާ ކަމަށެވެ.

ބީލަމުގައި ބައިވެރިވުމަށް -/1500ރުފިޔާ (ފަނަރަސަތޭކަ ރުފިޔާ ނުވަތަ 100 ޔޫ.އެސް ޑޮލަރު) ނޮންރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 10 މާރިޗު 2019 އިން 3 އޭޕްރިލް 2019 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 12:00އަށް ފިނޭންސް މިނިސްޓްރީންނެވެ.

މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި 10 މާރިޗު 2019 އިން ފެށިގެން ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.

މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 19 މާރިޗު 2019 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން، މިނިސްޓްރީ އަށް އީމެއިލް ކުރަން ޖެހޭނެއެވެ.

މިޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި100000.00 ޔޫ.އެސް ޑޮލަރު (އެއްލައްކަ ޔޫ.އެސް ޑޮލަރު ނުވަތަ އެ ޢަދަދާ އެއްވަރެއްގެ ޢަދަދެއްގެ ދިވެހި ރުފިޔާއިން) ހުށަހަޅުއްވަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.

ބީލަން ހުޅުވުން އޮންނާނީ 4 އޭޕްރީލް 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ފިނޭންސް މިނިސްޓްރީގައެވެ.

އިތުރު މައުލޫމާތު ފިނޭންސް މިނިސްޓްރީން ލިބިވަޑައިގަންނަވާނެ ކަމަށް އިއުލާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކެތި

    ތީ އިންތިޚާބަށް ކަޑަ ޖަހަނީ. ދެން ރައްޔިތުން ގުނބޯ ހައްދާ. ވޯޓް ނިމުނީމަ އެކަން ކޮށްދޭނެ ބަޔަކު ނުވެގެން ހުއްޓާލީތާ. ސަރުކާރުން ވަކި ކީއްކުރާނީ.

    19
  2. ޣާލިބު

    ރައީސް ޔާމީން ހަމަޖައްސާފައޮތީ 2019 ގައި ތުޅާދޫގައި 150 ހައުސިންޔުނިޓް ހެދުމަށެވެ. ނައިފަރުގައި 200 ހައުސިންޔުނިޓް ހެދުމަށެވެ. މިއީ ހުރިހާކަމެއްނިމި ފަންޑުހަމަޖެހި އިޢުލާނަށް ގޮސްފަހުރި ކަންކަމެވެ. މިއަދު ތިޔައުޅެނީ ފޮނި ބޯށެވެ. މިފަސްއަހަރުންވެސް ތިކަން ނުވާނެއެވެ. ވޯޓަްހޯދުމަށް ތަންތަން ހާވާފަ ފަހުން ފިލާނެއެވެ. ރައްޔިތުން ގުބޯ ނުހެދެއްޗެވެ!

    17
    2
  3. ފާތުމަ.

    ކީއްކުރން އަޅާ ހައުސިން ޔުނުޓް ތަކެއްތަ.އެތަނުން ގޯތި ދިނީމަ އެމީހުން އަމިއްލަ އަށް ހަދާނެ.

    17
  4. ޙަސަނު

    ހދ ކުޅުދުއްފުށީގަވެސް 2012 އިންފެށިގެން އެބަހުރި އަގުބޮޑު ހައުސިންޔުނިޓްތަކެއްއަޅާފަ ނަމަވެސް އަދިއަދައް އެތަންތަންހުރީފަޅައް މީވެސްބަޔަކައް ނާޖާޔަސްފައިދާހޯދާދިނުމައް ކޮއްފައިވާކަމެއް.

    15