ސަރުކާރުގެ ވަޒީފާ އަދާކުރާ މައިންގެ ތެރެއިން، އެމީހެއްގެ ތުއްދުދަރިފުޅަށް 6 މަސްނުވާ ކޮންމެ މަޔަކަށް މިއަދުންފެށިގެން މުސަރާއާއެކު 6 މަސްދުވަހުގެ "މެޓަރނިޓީ ލީވް" ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމާއި ރެހެންދި އެވޯޑްދިނުމަށް މާފުށީގައި ބާއްވަމުންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ފަޚުރުވެރި އާއިލާއެއް ބިނާކުރުމަށް މަގުފަހިކޮށްދިނުމަކީ މި ސަރުކާރުގެ އެންމެ އިސް އެއް އަމާޒެވެ. އެ މަސައްކަތް ފަށްޓަވަނީ، ތުއްތު ދަރިފުޅު މި ދުނިޔެއަށް ލާ ފުރަތަމަ ނޭވާއާއެކުގައި ކަމަށާއި، އެ ދަރިފުޅަށް ހޭހަންކުރުމުގެ ގޮތުން، ސިވިލް ސާވިސްގައި ވަޒީފާ އަދާކުރާ އަންހެން މުވައްޒަފުންނަށް މިއަދުން ފެށިގެން، ވިހެއުމާ ގުޅިގެން 6 މަސްދުވަހުގެ މެޓަރނިޓީ ލީވް މުސާރައާއެކު ލިބޭނެކަމުގައި ރައީސް ވިދާޅުވިއެވެ.

"އަދި ސިވިލް ސާރވިސްގަ މަސައްކަތްކުރާ ފިރިހެން މުވައްޒަފުންނަށް 1 މަސްދުވަހުގެ ޕެޓަރނިޓީ ލީވް މުސާރައާއެކު ލިބޭނެ. މީގެ އިތުރުން، 6 މަސް ނުވާ ދަރިން ތިބި ނަމަ، އެ ކުދިންގެ އުމުރުން ހަ މަސް ވަންދެން ސިވިލް ސާރވިސްގަ މަސައްކަތްކުރާ އެކުދިންގެ މައިންބަފައިންނަށް ވެސް މި ސިޔާސަތުގެ ދަށުން ޗުއްޓީ މިއަދުން ފެށިގެން ލިބޭނެ." ރައީސް ވިދާޅުވިއެވެ.

އަންހެނުންނާ މެދު ކަމޭ ހިތައި އޯގާތެރިކަން އިސްކޮށް، އަންހެނުން ބާރުވެރިކުރުވައި، މުޖްތަމަޢުގައި ޙައްޤު މަޤާމަށް އަންހެނުން ގެންގޮސްދިނުމަކީ، އެންމެންގެ ވާޖިބެއްކަމަށާއި، އަންހެނުން ބާރުވެރިކުރުވުމަކީ މުޅި މުޖްތަމަޢު ބާރުވެރިވެގެންދާނެ ކަމެއްކަމުގައި ވެސް ރައީސް މިއަދު ވިދާޅުވިއެވެ.

ރައީސް ވިދާޅުވިގޮތުގައި އަންހެނުން ބާރުވެރިކޮށް، ދެމެހެއްޓެނިވި ތަރައްޤީގައި އަންހެނުންގެ ޙިއްޞާ އިތުރުވާނޭހެން ކަންކަން ބައްޓަން ކުރުމަކީ ސަރުކާރުގެ ވަރަށް އިސް ސިޔާސަތެކެވެ. އަދި އެ ސިޔާސަތު ފުރިހަމައަށް ތަންފީޒުކުރެވޭނީ، އަންހެނުންނަށް ކުރިމަތިވާ ހުރަސްތައް ނައްތައިލުމުގައި، ޢާއިލާއާއި މުޖްތަމަޢުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިގެންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިހާރު ޤައުމު އޮތް ޙާލަތުން އެއަށް ވުރެ މަތީ މަރުޙަލާއަކަށް ގެންދެވޭނީ، އަންހެނުން ބާރުވެރިކޮށްގެންކަމުގައި ރައީސް ވިދާޅުވިއެވެ. "ސިޔާސީ މައިދާނުގާ އަންހެނުންގެ ދައުރު އިތުރުކޮށް އަންހެނުން ބާރުވެރިކުރުމަކީ އަޅުގަނޑަށް ވަރަށް މުހިންމު ކަމެއް. އެހެންކަމުން، ކައުންސިލްގެ ގޮނޑީގެ ވަކި އިންސައްތައެއް ހަމައެކަނި އަންހެނުންނަށް ޚާއްޞަކުރުމަށް، ލާމަރުކަޒީ ގާނޫނު އިސްލާހްކުރުމުގެ ބިލް، ވަރަށް އަވަހަށް މަޖިލީހަށް ފޮނުވުމަށް އަޅުގަނޑު މިހާރު ވާނީ ނިންމާފަ." ރައީސް ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވިގޮތުގައި މި ސަރުކާރުން ބޭނުންވަނީ، ބަސް މަދުކޮށް، ޢަމަލީ ގޮތުން ކަންކަން ޙާޞިލްކުރަން ކަމަށެވެ. އެގޮތުން، މި ސަރުކާރުން ޤާއިމުކޮށްފައިވާ އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، މި މަހުގެ ތެރޭގައި ބޭންކަކަށް ބަދަލުވެ، ލޯނު ދޫކުރަން ފެށުމުން، އަންހެނުންގެ ބައިވެރިވުމާއެކު އިޤްތިޞާދު ކުރިއަރައިގެން ދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެ އަމާޒު ޙާޞިލުކުރުމަށް، އެސްއެމްއީ ލޯންގެ 20 އިންސައްތަ ޚާއްޞަކޮށްފައިވަނީ އަންހެނުންނަށާއި ޒުވާނުންނަށް އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. ހެެހެ

    ދެން ޕްރައިވެޓް ސެކްޓަރ؟

    31
    1
  2. ފާޠިމަތު

    އިބޫ ތިޔައީ އިބޫގެ ސަޅިކަމަކީ ބިއުޓިފުލް ރައީސް

    29
    63
  3. ފެމިނިސްޓް

    އަހަރު ދެކޮޅަށް ދަރިން ހޯދަން ފަށަންވީ

    53
    6
  4. ައާންމުން

    ވ ނާއިންސާފު އަމަލެއް، ނޯޕޭ އާއި ހާފްޕޭވެސް އޮއްވާ، ތަފާތުކުރުމުގެ އަމަލެއްމީ

    46
    12
  5. ނައީމާ

    އައިޖީއެމްއެޗްގެ އިންޑީޔާ ނަރުހުންނަށް ވެސް މިފުރުސަތު ލިބޭނެތަ؟ މިހާރުވެސް އެމީހުން އައިޖީއެމްއެޗް ބޭނުންކުރަނީ ވިހާގެ ލާރި ހޯދާ ތަނެއްގެ ގޮތުގައި، މިއީ ސަރުކާރަށް ގެއްލޭ ވަރަށް ބޮޑު އެއްޗެއް، ވިސްނާލުން ބުއްދިވެރި

    31
    2
  6. ޖުޑީޝިއަރީ

    އިބޫ ރައީސް މަމެންނަށް ކޮބާ؟ މައިން އުޅެނީ ހަމަ އެކަނި ސިވިލްސަރވިސްގައެއް ނޫނޭ.. ޖުޑީޝިއަރީއަށްވެސް ބޭނުން 6 މަސްދުވަހުގެ މަޓަރނިޓީލީވް

    33
  7. ކަޅުސޮރު

    މިއީ ވަރަށް ދެރަ ކަމެއް. މަސައްކަތް ނުކޮށް ތިބެ އެހާ ގިނަ ދުވަހު މުސާރަ ނެގުމަކީ އިޤްތިޞާދަށް އުފުލޭ ވަރުގެ ބުރައެއް ނޫން. މިއީ ވޯޓު ހޯދަން ކުރާ ވިޔާނުދާ ކަންކަން. ނުވިސްނޭ ދިވެހިން ވޯޓުދޭނެ.

    45
    11
  8. ޖުޑީޝިއަރީ މުވައްޒަފު

    ޖުޑީޝިއަރީ އަށް ވެސް 6 މަސް ދުވަސް ހައްދަވާ ދެއްވާ..

    26
    2
  9. ހެހެ

    ކޮންމެ ކަމެއްވެސް ސަރުކާރު މީހުނަށް މަންފާ ވާގޮތަށް. ޕްރައިވެޓް ސެކްޓަރ ގަ މިއުޅެނީ ޖޮބެއްގަ ނޫޅޭ ބައެއްތަ؟ އެމްޕްލޯއިމެންޓް އެކްޓް އިސްލާހު ކުުރަންފެނޭ. ޕްރައިވެޓް ސެކްޓަރ އިންކްލޫޑް ކޮށްފަ.

    31
    1
  10. ނސ

    މީި އަންހެން މުވަޒަފުންނަށްލިބުުނު ވަރަށް ބޮޑު ނަސީބެއް އެކަމަކު ހަމަސްދުވަހު މިސާަލަކަށް ސްކޫލް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރާ މުވައްޒަފު ޗުއްޓީގައި ހުންނަވާ އިރު ދަރިވުންގެ ކިޔަވައި ދޭނެގޮތުގެ ޒިންމާއެއްވެސް ނެގިފައި އޮތުންވެސް ވަރަށް މުހިންމު ދެއްތޯ

    39
    1
  11. ފާތުމަ

    ދެންކޮބާ ސަރުކާރު ހިއްސާވާ ކުންފުނިތައް... ހަމަ އިބޫގެ ވައުދަކަށް ވާނެ

    25
  12. ައައްސޮލާތު ބަކުރު

    ތިޔައީ އަންހެނުން ބާރުވެރިކުރުމެއްނޫން، ހަމައެކަނި ސަރުކާރުގަ އެއްނޫން އަންހެންވެރިން މަސައްކަތްކުރަނީ، ކުންފުނިތަކާ ރިސޯރޓް ފަދަތަންތަންވެސް، ކޮބާތޯ އެކަނބަލުންގެ ހައްގު، މިއަދުން ފެށިގެން ސަރުކާރު ގެ ވަޒީފާގަ ތިބި ހުރިހާ ފިރިހެނުން ވަކިކޮށް އަންހެން ކަބަނލުން ނެރެން ޖެހޭ،

    23
    1
  13. ނަޒީމާ ޙާފިޒު

    ވަޢުދުފުއްދަން މަޖުބޫރުވާނެއެވެ. މުހިއްމު ވަޢުދުތައް ނުފުއްދާ ހުރިއިރު މިކަމާ ބަޔަކު އުފަކުރިޔަސް މިއީ ތާކުންތާކުނުޖެހޭ ވަޢުދެކެވެ. މީގެސަބަބުން ދައުލަތުގެޚަރަދު ބޮޑުވާނެއެވެ. ހަމަހުގެ ޗުއްޓީގައި ހުރިމީހަޔަށް ދޭ މުސާރަޔާ ، ބަދަލުގައި ނަގަާމީހާޔަށް ދޭ މުސާރަ އެއްކޮށލީމާ ޑަބަލްވީއެވެ. ދެދަރިން ދެމެދު އެއްއަހަރު ނަގާމީހާޔަށް މިއޮތީ މަޚްލޫފުން އެތިބިވައްތަރުގެ ހުސް ޗުއްޓީއެވެ. 100 ދުވަހުން ނިންމަންބުނި ކަންކމުން ތިޔަ ނިންމުނީ 10 ޕަސެންޓެވެ. އެވެސް ދެއުޅިއެއްނުވާ ކަންކަން އެކަންޏެވެ.

    36
    9
  14. ޢަކީމް

    މި ހަމަސްދުވަހު މަސައްކަތްކުާނެ އިތުރު މުވައްޒަފުން ނުދެއްވާ މިކަނކުރުމުން މިއީ ސަރުކާރުގެ ސްޕީޑް ސްލޯވުމެއް...

  15. މަގުމަތި

    ތާކުން ތާކު ނުޖެހޭ ގަޅި މީހުން ކުރާޏެ ކަމެއް ތީ ،، ކެމްޕެއިން ސްޓަންޓް ޖެއްސިޔަސް ބޮޑުވަރު ތީ ،،، ބޯހިޔާވަހިކަން ނިގުޅާގެންފަ؟ އިޢުލާން ކުރިކަމެއބަލާބަލަ،،، ލައްގާ ފައްޅި،،،

    16
  16. ހުސޭނު

    އޭ އިބޫއެވެ. ސަރުކާރުގެ ބުރަ މަސައްކަތް ކުރާ މީހުންނަށް އެންމެ 6000 ރުފިޔާގަނޑު ލިބޭއިރު މަނިއްޕުޅުގެ ހިތްޕުޅަށް އެއްޗެއްނާރާދޯއެވެ. އަނބިދަރިންނަށް ކާންދިނަސް ބޯންދިނަސް އަންނައުނުދިނަސް ގެއެޅިޔަސް ހަމަ އެލާރިކޮޅެވެ. ޙައްޖަށް ގެންދާނަމޭ ކިޔާފާވެސް ދެބައިންބައިދޭން ނިންމިއިރު މަހަކު އެންމެ 6000ރ ލިބޭ މުވައްޒަފު އަނެއްބައި ހޯދާނީ ފަރުހިލައިގެންދޯއެވެ. ޕެންޝަން ފަންޑުގައި 4 ލައްކަ ހުރިއިރު އަނބިމީހާ ނުވަތަ ފިރިމީހާ ގޮވައިގެން ޙައްޖަށް ދެވޭނެގޮތެއް ހެދިނަމަ ރަނގަޅުވީސްނޫންހެއްޔެވެ. ދިރިއުޅޭނެ ޖިފްޓިއެއް ނެތިގެން މީހުން ހަދާފައިހުންނަ ފަޅުގޭގޭ މަރާމާތުކޮށްލައިގެން ކުދިންގޮވައިގެން ބިޗޫހަފާ ޙާލު ނިދާއިރު ޕެންޝަންފައިސާ އެމީހަކަށް ދޭންޖެހޭނީ ހަމަ މުސްކުޅިވެ ގައިބާރުދެރަވެ އަތުންފައިން މަސައްކަތެއް ނުކުރެވޭ ފަދަ މުސްކުޅިވެ ބަލިކަށިވީމާ ހެއްޔެވެ. މީވާ އަރަތެކެވެ.

  17. ރަޝީދު

    މަނިކުފަަނަށް ދަންނަވާލަން ބޭނުންވަނީ ޕްރައިވެޓް ސެކްޓަރގައިވެސް ވަޒީފާއަދާ މައިންނާއި ބަފައިންނާ ދޭތެރޭ ވިސްނާލާފައި އަދި ސިވިލް ސަރވިސް މިލަފުޒު ބޭނުން ނުކޮށް ދިވެހި ރައްޔިތުން މިހެން ވިދާޅު ވުން ކީއްތޯއޭވާނީ.

    6
    1
  18. އަލި

    ސަރުކާރު ހިންގުމަށް އަންނާނެ ލޮޅުން ދެމީހުން އެއްފަހަރަށް ވިހައިފިނަމަ ހުއްޓޭނެ އޮފީސް ތައް ބައިވަރު މިސާލަކަށް ސިއްހީ މަރުކަޒު ، ރަށު ކައުންސިލް، ޖެންޑާގެ މަރުކަޒުތައް، ތިޔައީ މިގައުމާ ގުޅޭ ކަންކަމެއް ނޫން ދުނިޔޭގައި މިކަން ކުރަނީ ދެތިން ގައުމުން އެއީ ސްވިޑްން ކަހަލަ........ ހައްގުތައް ހައްދު ފަހަނަ އަޅާފައިވާ ތަންތަން

  19. ށިދާތާ

    މީ އަންހެނުންނަށް ދޭ ވަރަށް ބޮޑު އަނިޔަލެއް 6 މަސް ދުވަހުގެ ސަސްޕެންޝަނެއް،

    8
    2
  20. ޡާނޮ

    އޮފީސްތަކުގަ އަންހެން މުވައްޒަފުންގެ ބަދަލުގަ ފިރިހެން މުވައްޒަފުން ބައިތިއްބަންވީ

    4
    1
  21. ވިލިނގިލީ އަމީޒު

    ދަރިފުޅު ސުކޫލަށް ދެވޭވަރު ވަންދެން ޗުއްޓީ ދިނުމަށް ފެނޭ.

    11
  22. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ބަލަ ކަލޭ ވައުދުވީމެއްނު ބައްޕައަށް 1 މަސްދުވަސް ޕެޓާނިޓީދޭނަމޭ ކިޔާފަ؟ މިކަން ވަޅުޖެހީހޭ؟

    11
  23. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ތިޔޮތީ ވައުދުފުއްދިފަ! 2 މަސްފަހުންގޮވާނެ މީ ސަރުކާރަށް ބޮޑުތކުލީފެކޭ، މިކަމެއް ވާކަށްނެތޭ! ބަލަންތިބޭތި 6 ޗުއްޓީ ދާއިމިގޮތެއްގަދޭތޯ! ނޫނީ މިލިބޭމީހުންގެ ގަވައިދެއް އަލުންނެރޭނެ، ނިމޭއިރު ތިޗުއްޓީއެއްލިބޭނީ ނިކަން މަދުބަޔަކަށް! ދެން ޕްރައިވެޓް ސެކްޓާގަ މަސައްކަތްކުރާމީހުންނަކީ އިންސާނންނެއްނޫންތަ؟ އަންހެނުންނެއްނޫންތަ؟ އެމީހުންއެއީ ބާކީ ބައެއްދޯ؟

  24. ޖުޑިޝަރީ މުވައްޒަފެއް

    އަޅުގަނޑުމެންނަކީ ސަރުކާރު މުވައްޒަފުންނެއް ނޫންތޯ؟ ޖުޑީޝަރީގަ އުޅޭ އަންހެން މުވައްޒަފުންނަކީ އަންހެނުންނެއް ނޫންތޯ؟ ސަރުކާރުގަ އުޅޭ އަންހެން މުވައްޒަފުނަށް ދެއްވާ ޗުއްޓީއެއް ކަމަށްވާނަމަ އަޅުގަނޑުމެންނަށްވެސް ދެއްވަންވާނެ ދެއްތޯ.

    11
  25. އަހުމަދު

    އަންހެން ވެރިން ވިހަނީ ފިރިހެނުން ވެސް ނިދިގެއްލުވާލާ ވަރުބަލިވެ ދާއޮހޮރުވާލައިގެން ޕޮއިންޓެއްގެހާ ލޭހަށިގަނޑުން ދުއްވާލައިގެން ކީއްތޯވާނީ 2 -3 ދުވަހުގެ ޗުއްޓީއެ ފިރިހެންވެރިންއަށް ދިނިއްޔާ

    10
  26. އެހެންތޭ

    ވިހެއުމުން ލިބޭ ޗުއްޓީ ހަ މަހަށް އިތުރުކޮށްފި ނަމަ އޭގެ ބަދަލުގައި ހަޔަރ ކުރަން ޖެހޭ މީހުންގެ މުސާރަ އާއި އިނާޔަތް ތަކާއި އަދި ވިހައިގެން އުޅޭ މީހާ ގޭގައި ޓީވީ ބަލަން އޮވެގެން ސަރުކާރުން ފެލާ ހަމަސް ދުވަހުުގެ މުސާރަ ކަވަރު ކުރާނެ ވަރުގެ އާމްދަނީ އެއް އެބަޖެހެއެއް ނޫންތޭ ދައުލަތުގެ މާލިއްޔާ އަށް ވައްދަން ތަމެންގެ ވެރިކަމުގައި ދައުލަތަށް ލިބޭހާ ފައިސާ އެއް ދާނީ ރިކަރަންޓް ޚަރަދަށް ދޯ

    11
    1
  27. ޤާނޫނު

    ސީއެސް ޤާނޫނު އިޞްލާޙް ނުކޮށް ހަމައެކަނި ބަހަކުން މިކަން ވޭތަ؟ ގަޅިހެއްދިޔަސް ބޮޑުވަރު..

  28. ބިއުޓިފުލް ސުކުން.

    ދަރިން ހޮދެވުމައް މަސަކައިއް ކޮށް ކާމިޔާބުވާ ފިރިހިނުން ނަށް 12 މަސް ދުވަހުގެ ޗުޓީ ދެއް ވުން އެދެން.... ނޫނު ސުކުން.

  29. Anonymous

    ޥަރަށް ރަނގަޅު ނިންމުމެއް.ހާއްސަކޮށް ޓީޗަރުންނަށް. ޥިހާގެން 3 މަސް ނުވަނީސް ނިކުންނަށްޖެހޭ.ނޯޕޭ ވިޔަސް ހަމަސް ފަސޭހައިން ލިބެންޔާ ރަނގަޅު

    1
    1
  30. ޏަމްޏަމް

    މިމީހާއަކީ 100 ޕަސެންޓު މޮޔަގެރީގެ ބަލި ވާރުތަ ކޮށްފައިވާ މީހެއް މިބަލިޖެހިފައިވާ ގިނަރައީސުންގެ ފަރާތުން ގައުމުގެ އިގުތިސާދަށް ނުރައްކާކުރޭ ވިސްނުމެއްނެތި ކޮށްފި ކަމަކުން އެންމެފަހަރަކު ދޭހުގާ ދިސްލަމުންހިތި ކަރުނަ އޮށްސަންޖެހި ދެޔޭ އުމުރައް މުޅިން.