"ލ. ހިތަދޫ މީހަކަށް ފެނުނު ހުވަފެންތަކަކާ" ގުޅިގެން އަނެއްކާވެސް ޝިމާ ނާފިޒް ހޯދަން ފަށައިފިއެވެ.

ލ. ފޮނަދޫން އެ އަތޮޅު މާމެންދު އަށް ދަަނިކޮށް، ގެއްލުނު ކަމަށް ބުނާ ޝިމާ ނާފިޒް ގެއްލުނުތާ 10 ދުވަހަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. މިހާތަނަށް ބެލިބެލުމުން ޝިމާ ދަތުރުކުރި ކަމަށް ބުނާ ޑިންގީއެއްވެސް ފެނިފައެއް ނުވެއެވެ. އަދި ޝިމާ އާއި ޝިމާއާ ގުޅުން ހުރި އެއްޗެއްވެސް ފެނިފައެއް ނުވެއެވެ.

އެމްއެންޑީއެފްއާއި ފުލުހުންގެ އިތުރުން ކައިރީގައި އޮތް ސިކްސް ސެންސަން ރިސޯޓު އަދި ލ. މާމެންދޫގެ މީހުންވެސް ޝިމާ ހޯދުމަށް މަސައްކަތް ކުރަމުންދާ އިރު، މީގެ ކުރިންވެސް ވަނީ ފަޅު ރަށެއް ކަމަށްވާ ލ. ގާދުވެސް ބަލާފައެވެ. ހާއްސަކޮށް އެރަށުގެ ގޮނޑުދޮށްވެސް ބަލާފައެވެ.

ޝިމާއާއެކު މާމެންދޫއަށް ދިޔުމަށް ޑިންގީގައި ދެން ދަތުރު ކުރީ އިބްރާހިމް ފަޒީލް، 24، އެވެ. އޭނާ އެ ހާދިސާއިން ސަލާމަތްވެފައިވާ އިރު، އޭނާ ބުނެފައި ވަނީ ގާދު ކަނޑުތެެރެއިން ޑިންގީ ބަންޑުން ޖަހާލީ ޕެޓްރޯލް އަޅަން އުޅެނިކޮށް ކަމަށެވެ. އަދި އޭނާ ސިކްސް ސެންސަށް ފަތާފައި އެރީ ޝިމާ އަތަށް ފޯނަކާއި ފްލޯޓް ވާނެ ހަމަކާ ދީފައި ކަމަށްވެސް ފަޒީލް ބުނެފައިވެއެވެ.

ފަޒީލްގެ ވާހަތައް އާއިލާއިން ގަބޫލު ނުކުރާ ކަމަށް، އާއިލާއިން ތަކުރާރުކޮށް ބުނެފައިވެއެވެ. އެނގިފައިވާ ގޮތުގައި މިއަދު ގާދުއަށް ގޮސް 30 ވަރަކަށް މީހުން ހޯދަމުން ދަނީ މީހަކަށް ތިން ރޭ މަތިން އެއް ހުވަފެނެއް ފެނިގެންނެވެ. އެ ހުވަފެނުގައި "ޝިމާ އޮންނަނީ ގާދޫގެ ޖަންގުޝަނެއްގެ ތެރޭގައި" ކަމަށް "ވަގުތު"އަށް މައުލޫމާތު ދިން މީހަކު ބުނެފައިވެއެވެ.

ޝިމާ މިއަދު ހޯދަމުން ދަނީ ސީދާ އެ ސަބަބާ ހުރެ ކަމެއް އާއިލާއިން ޔަގީން ކޮށްދީފައި ނުވާ އިރު، ކައުސިލްގެ ރައީސް ހުސައިން ހަބީބު ވިދާޅުވީ އާއިލާގެ އެދުމުގެ މަތިން، މިއަދުވެސް ރައްޔިތުންނަށް ގޮވާލެވި، ގިނަ އަދަދެއްގެ ރައްޔިތުން ގާދުއަށް ގޮސްފައިވާ ކަމަށެވެ.

"އަބަދުވެސް އާއިލާއިން އަޅުގަނޑުުމެންނާ ގުޅާ ބަލަމުންދޭ އެއްވެސް ކުރިއެރުމެއް ލިބޭތޯ. މިއަދު އާއިލާއިން އެދުނީ އަނެއްކާވެސް ރައްޔިތުންނަށް ގޮވާލައިގެން އެރަށަށް ދާން. އެހެންވެ މިހާރު 9:30 ކަންހާ އިރު، ގިނަ ބަޔަކު އެރަށަށް ވަނީ ގޮސް ހޯދަން ފަށާފައި. ދެން އަންނަނީ ހަވީރު،" ހަބީބު ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ މިއަދު ހޯދަމުން ދަނީ އާއިލާއަށް ކޮން މައުލޫމާތެއް ލިބިގެން ކަމެއް އެހެން ބުނަން ނޭނގޭ ކަމަށާއި، އަބަދުވެސް އާއިލާއިން އެދޭ ހުރިހާ ކަމެއްގައި ކައުސިލްއިން އެއްބާރުލުން ދެމުންދާނެ ކަމަށެވެ. ހަބީބު ވިދާޅުވީ މިއަދު ގާދޫ ހޯދުމަށްދާ ވާހަކަ ފުލުހުންނާއި ސިފައިންނާވެސް ހިއްސާ ކޮށްފައިވާނެ ކަމަށާއި، ފުލުހުންވެސް އެ ހަރަކާތުގައި ބައިވެރިވާ ކަމަށެވެ.

ހަބީބު އިތުރަށް ވިދާޅުވީ ޝިމާ ހޯދުމަށް ސިފައިންނާއި ފުލުހުންވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އެހެން ނަމަވެސް ރަސްމީ ސިފައެއްގައި ކުރާ މަސައްކަތް އަދި ކޮށްފައިވާ މަސައްކަތް އާންމުންނަށް ނޭނގުމަކީ އާއިލާގެ ކަންބޮޑުވުމެއް ކަމަށެވެ. އެހެން ނަމަވެސް ތަހުހީގަށް ކަންކަން ބޭނުންވާނެތީ އެކަން ހިއްސާ ނުކުރެވިދާނެ ކަމަށް ބެލެވޭ ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

ޝިމާ ގެއްލުނުތާ އެތައް ދުވަހެއް ވެފައިވާ އިރު، އޭނާގެ އެއްވެސް ހިލަމެއް ނެތުމަކީ ގިނަ ބަޔަކު ކަންބޮޑުވާ ކަމެކެވެ. ހާއްސަކޮށް އޭނާގެ އާއިލާއިން ވަނީ އެކަމުގައި އިތުރު އަތްތަކެއް ވާކަމަށް ތުހުމަތު ކޮށްފައެވެ. ޝިމާ ހޯދުމަށް ބަލަމުންދާ ގާދުއަކީ 2016 ވަނަ އަހަރު ފަޅުވެފައިވާ ރަށެކެވެ. އެ ރަށުގައި އޭރު ދިރިއުޅުނު އެންމެ މިހާރު ދިރިއުޅެމުން ދަނީ ފޮނަދޫގައެވެ.

 

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. ތައުބީރު ޙާމިދު

    ކޮންމެ ހުވަފެނަކިީ ރަނގަޅު ހުވަފެނެއްވެސް ނޫން! ރަނގަޅު ހުވަފެން ފެންނާނީ ޞާލިހު މީހުނަށް، އަދި ޖަންގުޝަނެއްގެ ތެރެއިން ފެނުމަކީ އޭނާ އެތާނގަ އޮތްކަމެއް ނޫން އިނގޭތޯ؟އޭގެ ތައުބީރު މުޅިން އެހެން ގޮތަކަށް ވެސް އޮވެދާނެ. އެފަކީރަށް ހެޔޮދުޢާ ކުރަށްވާ!

    149
    15
  2. Anonymous

    މިކަހަލަ ކަންތައްތައް އަދިވެސް ގަބޫލު ކުރަނީތަ؟

    24
    57
  3. Anonymous

    އިނށާ ﷲ ފެންނާނެ ސަލާމަތުން

    110
    3
  4. ގާދު ގެ ބަސް

    މިހާރު ތި ސީމާ ވީތަނެއް ހޯދަން ވެއްޖެޔެއްނު ފަންޑިތަ ހަދައިގެން ވެސް ބަލަން

    57
    68
  5. ޕޮފުބާ

    ނުވާނެ ދިމައެއް

    12
    27
  6. މަރީ

    މަގޭ ދަރި ވެސ އެރޭ ހަމަ އެގަޑީ ނިދާފަަ އޮވެފަ ރޯން ފެށީމަ ކިހިނެެއް ވީހޭ އެހީމަ ބުނި މަންމާ އޭ ދޮންބެ މީހަކާ އެއްކޮށް ޑިންގީ އަކަށް އަރައިގެން ދަނިކޮށް ޑިންގީ ބަންޑުން ޖަޙާލީ އޭ، ވެދާނެ ދޯ ހަމަ ރިލޭޓެޑް ކަމަކަށް، އެދުވަހު ހެނދުނު މޫދަށް ގޮސް އުޅެނިކޮށް އެނގުނީ ޝިމާ ގެއްލުނުކަން?

    59
    12
    • މޮހޮޑާ

      ކަލޭ މެންނަށް ހުރިހާ ކަމެއް ވެސް ވަނީ މަޖަލަކައްދޯ....

      14
      7
  7. ދިވެއްސެއް

    ސަރުކާރުން މީހުން ގެއްލުވާ ވާހަކައާއި، ގެއްލޭ މީހުން ހޯދަން މަސައްކަތްނުކުރާ ވާހަކައާއި، ގެއްލޭ މީހުން ނުފެންނަ ވާހަކައާއި، ތުހުމަތުކުރެވޭ މީހުން ހައްޔަރު ނުކުރާ ވާހަކައަކީ އާ ވާހަކައެއް ނޫން.

    62
    5
  8. ޙިޔަާލު

    ތިރަށު ތަނަކު ކޮނެހަދާ ވަޅުލާފަ ހުރިތަނެއް ފެނޭތޯ ބަލާބަލަ .. ތި ޑިންގީ ގަނޑުވެސް މަގޭ ހިތް ބުނަނީ ވާނީ އަންދާލާފައޭ ފަޅުރަށަކު.. އެހެންޔާވެސް ކަނޑުވާ އުޅަދުފަހަރު ފެނޭ ދޯ ބޭނުން ނުކުރެވުނަސް...

    77
    6
  9. ވަރުވާ

    ޝިމާޔަށްވީގޮތް ހޯދަން އެއްމެ ފަސޭހަވާނީ، ލޯންޗް ޑްރައިވަރ ހައްޔަރުކޮށްގެން ކުރެވޭ ތަޙުޤީޤަކުން.

    65
    4
  10. ކެހެނިޔާ

    އަހަންނަށް ހީވަނީ އެކުއްޖާ މަރާ ނުލައި ކޮންމެވެސް ފަޅު ރަށެއްގަ ބަހައްޓަ އެކަނި ކޮށްލާފަ އައީއޭ

    47
    10
    • ޑިމޮކްރަޓިސްޓް، ރ.ވާދޫ

      އައިނަމަ ފެންނާނެތާ!! ތިހިސާބު ހުރިހާ ފަޅުރަށެއް މިހާރު ބަލައިފި!!

      18
  11. ނޮކްސް

    ޝިމާ ހޯދުމަށް އެންމެ ބޮޑު އެހީތެރިކަމެއް ވެދެވޭނީ ފަޒީލްއަށް. މީގަ ގާދޫކޮލަށް ވުރެ ދުރަށް ވިސްނަމާ. ދިވެހި ކަނޑުތެރެއިން ބޭރަށް ފުރިއުޅަނދަކަށް ވިއްކާލުމަކީވެސް ނުވާނެކަމެއްނޫން. ބަނދެފަ އެހެން ދުރު ފަޅުރަށެއްގަވެސް ދުވަސްކޮޅަކު ގެންގުޅެވިދާނެ ތޯއްޗެ. ފަޒީލްއަދި ދޫކުރެވޭވަރު ހުއްޖަތެއް ދެއްކިފަ ނެތްހެން ހީވަނީ

    26
    2
  12. އޭނަ

    ތެދުހުވަފެން ފެންނަމީހެއްތަ އެއީ.

    14
    4
  13. ފުލުހުން

    މިކަމުގަ ދިވެހި ފުލުހުންގެ އިހުމާލު އެބަ އޮތްތޯ؟؟؟ މިފަދަ ކަންކަމުގެ ތަހުގީގު ކުރާއިރު ބަލަންޖެހޭ އެންމެ ބޭސިކް ކަމަކީ ހާދިސާ ކިޔާދޭމީހާ ދައްކާވާހަކަ ވެރިފައި ކުރުން އަދި ހުރިހާ ޕޮސިބިލިޓީއެއް މިކަމުގައި ވެދާނެކަމައްބަލާ ޕްރިކޮންސެޕްސަން އެއްނެތި 360 ޑިގްރީ ގަ މުޅިހާދިސާ ބަލާތަހުގީގް ކުރުން، ކަމާގުޅޭހުރިހާ މީހުންގެ ފޯންރެކޯޑިންގް ސަމާގަމައް އައިދުހުން ފެށިގެން ޓެކޮނޮލޮޖީގެއެހީގަ ބަލާހޯދުން، ސަމާ އެންމެފަހުން ފޮނުވިކަމައްބުނާ ފޮޓޯފޮނުވި ގޮރޫޕްގަތިބިކުދިންގާތު އަހާ ސަމާގެ މިމެސެޖް ގަ އަންޔޫސުއަލް ކަމެއްފާހަގަވޭތޯ ބެލުން، އަދި އެމެސެޖް ފޮނުވިވަގުތު މޯބައިލްގެ ލޮކޭސަންބެލުން، މިގޮތުން ސަމާނޫންމީހަކައްވެސް މެސެޖްފޮނުވިދާނެކަން ވިސްނުމުގަ ބެހެއްޓުން، ރޭގަޑުގަ ކަމުވިޔަސް ރައްތަކުގެ އަލިފެންނާނެތީ ފިރިހެންކުއްޖާޔައް ބަނޮޑުންޖެހި ގެނެރަލް ލޮކޭސަން ދައްކަން އެގޭނެ، ދެންއެލޮކޭސަންގަ އެރޭގެ މޫސުމާ އޮއިވަރުގަ ފަތާފަ ދެވޭނެގޮތް ތަޖްރިބާހުރި މީހުންގެ އެހީގަ އޮޅުންފިލުވުން، ސިމާ އެންމެފަހުން ދިރިހުއްޓާ ފެނުނު މީހުން ހޯދުން، އެދުހު އެއްކޮއް ފިރިހެންކުއްޖާ އުޅުނުތަންތަން ކުރިކޯލްތައްބެލުން، ދެން، ޖެހިގެން އައި ދުހު ފުލުހުންގެ ތަޖްރިބާހުރި ޓީމަކުން ގާދޫ ވަށާ އެއްވެސް ފްރެސް ފުޓްޕްރިންޓެއް ހުރިތޯ ބެލުން އަދި މިހާރުވެސް މިކަމުގައި އެއްވެސް ޓްރެއިނިންގް އެއް ނެތްބަޔަކު މުޅިރަށުގައި ހިގާހެދުމުގެ ބަދަލުގައި ފުލުހުންގެ ތަހުގީގްޓީމްއަކުން ބަލަންވީކަންކަން މީހުންނައް ކިޔައިދީގެން ބެލުން މުހިންމު، ފުލުސް ޔުނިފޯމްއަޅާ އެންމެންނަކީ މިޒާތުގެ ކަންކަމުގެ ވައްޓަފާޅި އެގޭނެވެސް ބައެއް ނޫން، މިކަމުގެ ހަގީގަތްހޯދުމަކީ ދިވެހިރައްޔިތުން ވަރައްއެދި އެދި ތިބި ކަމެއް، ވީމާ މިކަމުގައި ދިވެހިފުލުހުންގެ ވެރިން ވިސްނަވާނެ ކަމައް އުއްމީދު މިކުރަނީ.

    45
    3
  14. ހަސަން ނުވަވަނަ

    ކޮބޭހޭ ހުސްނުއްސޫ އޭނައަކަށްނު އެނގޭނީ ގެއްލޭ މީހުން ވާތަނެއް

    16
    3
  15. ދދދދދދ

    ސުއޫދު ގާތު އަހާލީމަ ޝިމާއަށް ވީ ގޮތެއް ސާފު ވެދާނެ. އޭ ބަލަ ސުއޫދު ޫ ޫ ޫ ޝިނާ އަށް ވީ ކިހިނެއް؟ ކަލޭ ހަނު ހުންނަނީ ކީއްވެ؟

    11
    11
  16. ކާކުބާ

    ދެންކޮބާތަ ގޮތް ނޭންގޭ މަރުތަޢް ބަލަޢިދޭ ކޮމެޓީ؟

    23
    6
    • ގާސިމް

      ތިކޮމެޓީ އަށް ބާރު ނުދޭކަށްނު ސޭޓް އުޅެނީ. ސޭޓް މެން ބޭނުން ވަނީ ތިކަހަލަ ކަންތަށް ހުއްދަ ކަމަކަށް ހަދަން.

      1
      1
  17. މުޚައްމަދު

    ޑިންގީ އެއްގަ ދިޔައީ ގުރޫޕް އެއް. ދެން ފަޒީލް ރިސޯޓް ކާރިޔައް ބާލާފަ ދިޔައީ. އެއީ ފަޒީލް ގެ ރައްޓެހިން.

    24
    5
  18. ނޫނު

    ކޮބާ ކުރީގެ ޗީފް ޝިޔާމް އޭނަ ވަރަށް ފައްކާވާނެ ކިޔެވެލި ލިޔަވާ އެއްޗެހި ހޯދަން. އާއިލާއަށް ކެއްތެރިކަން ދެއްވުން އެދި ދުއާކުރަން. އަމީން.

    10
    2
  19. ާސް

    ޑިންގީ އެއްގަ ދިޔައީ ގުރޫޕް އެއް. ދެން ފަޒީލް ރިސޯޓް ކާރިޔައް ބާލާފަ ދިޔައީ. އެއީ ފަޒީލް ގެ ރައްޓެހިން.

    8
    1
  20. ޢާސްލު

    ޑިންގީ އެއްގަ ދިޔައީ ގުރޫޕް އެއް. ދެން ފަޒީލް ރިސޯޓް ކާރިޔައް ބާލާފަ ދިޔައީ. އެއީ ފަޒީލް ގެ ރައްޓެހިން.

    7
    1
  21. ާއަފ

    ޝިމާ އާއިލާއަށް ފިލީ ކަމަައް ބެލެވެނީ. ފަޒީލް ޝިމާ ފިލަން ޝިމާއަށް އެއްބާރުލުން ދިނީ ކަމަައް ބެލެވެނީ.

    2
    11
    • ޟާރާ

      ތިވެސް ވެދާނެ ކަމެއް. އެހެން ނޫނީ ފަޒީލް އާއި އެހެން މީހަކު ވެގެން ގެސްޓްހައުސް ގަ ޝިމާ މަރާލާފައި ފޮއްޓަން ލައިގެނ ގޮސް ތިބުނާ ފަޅުރަސުގައި ވަޅު ލާފަ ޑިންގީ އަންދާލާފަ ކޮންމެވެސް އެހެން ލޯންޗެއްގައި ގޮސް އެރިސޯޓަން އެރީ ކަމަން ވުން އެކަށީގެންވޭ.

  22. މަރީ

    އަހަރެން ޝިމާ އާ ބައްދަލު ކުރަންވެގެން ވ ބޭނުންވެފަ ހުއްޓާ އެގެއްލުނީ. ޝީމާ ގެ ރައްޓެއްސަކަން މެސެޖް ކޮއްފަ ބުނި ކަމަން އެބުނަ "އައިއެމް ލޮސްޓް އިން ގަން" ވެއްޖެ ނުން ގަން ބަލާ ފާސް ކުރަން. ކިޑްނެޕް ކުރީ ކަމައްވެސް ވެދާނެ.

    8
    1
    • ޢަހާއެއް

      ތިކަން ފުލުހުންނަށް އަންގަވާ!

  23. ކިޔުންތެރިއެއް

    އެންމެ ފުރަތަމަ ޑިންގީއަށް ޝިމާ އެއް ނާރުވަ
    ޑިންގީގަ ދިޔައީ ފަޒީލް އާއި އޭނަ ރައްޓެހިން އެކަނި ދެންރިސޯޓް ކައިރިން އޭނަ މޫދަށް ފޭބީ
    ފަތާފަ ދިޔައީ ދެން ސްޓޯރީއެއް ހަދާލީ

  24. ދެނޯ

    ގާދޫގައި ޖަންގްޝަނެއް ނެތީމަ ތިޔަ ހުވަފެން ދިމާވާނެތަ؟

    • ޅޮހޖކ

      އެއީ ކުރިން މީހުން އުޅުނު ރަށެއް