ރާއްޖޭގެ ރަސްކަން ކުރެއްވި ރެހެންދި ޚަދީޖާގެ ރަނިކަމުގައި ހިނގާފައިވާކަމަށް ބަޔާންކޮށްފައިވާ ހާދިސާތައް ހިނގަން މެދުވެރިވި ސަބަބުތައް އަލުން ދިރާސާކޮށް، އެ ކަމުގެ ހަޤީޤަތްކުރިއަށް އޮތް ޖީލުތަކަށް ސާފުކޮށްދެއްވުމަށް ތާރީޚީ ޢިލްމުވެރިންނަށް ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅެއްޖެއެވެ.
އަންހެނުންގެ ދުވަހާ ގުޅުވައިގެންދޭ ރެހެންދި އެވޯޑު ދިނުމަށް މިއަދު ކ. މާފުށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިދާތާ ވިދާޅުވީ ރާއްޖޭގައި ވެރިކަންކުރި އެކި ރަސްރަސްކަލުންގެ ޒިކުރާ ތަފާތު އެކި ގޮތްގޮތަށް ހަނދާކުރަމުންދާ އިރު، ދިވެހި ދައުލަތަށް މުހިންމު ޚިދުމަތްތަކެއްކުރެއްވި އަންހެނުންގެ ނަންތައް ހަނދާން ނައްތާލާފައި އޮތުމަކީ ވަރަށް ހިތާމަހުރިކަމެއް ކަމަށެވެ.
ތާރީޚަކީ އަމާނާތެއް ކަމުގައިވާ އިރު، ވަކި ޖިންސަކަށްވީތީ، އެ ޒިކުރާ އަދާނުކޮށް އޮތްއޮތުމަކީ ހިތާމަކުރަން ޖެހޭ ކަމެއް ކަަމަށާއި، މިއީ ޤައުމަށްއަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި އެ ފަދަ އަންހެނުންނަށް ވެވޭ ބޭއިންސާފަކަށް ނޫނީނުވާނެ ކަމަށް ޝީދާތާ ވިދާޅުވިއެވެ.
ޝިދާތާ ވިދާޅުވީ، ރާއްޖޭގައި ރަސްކަމާއި ރަނިކަމުގެކޮއިލުގައި ހިތާމަވެރި އަދި ޤަބޫލުކުރަން ފަސޭހަ ނޫން އެތައް ހާދިސާތަކެއްހިނގާފައިވާކަން ތާރީޚު ހެކިދޭ ކަމަށެވެ.
އެގޮތުން ވިރާޘީރަސްކަމެއްކުރެއްވި އައްސުލްޠާނާ ރެހެންދި ޚަދީޖާގެ ވާހަކަފުޅު. އެކި ޖަލްސާތަކުގައްޔާއިސްކޫލްތަކުގައި އެކި ރަސްރަސްކަލުންގެ ހިތްވަރާއި، އަޒުމާއި، ޝަރަފުވެރިކަންބަޔާންކުރާ އިރު، ރެހެންދި ޚަދިޖާގެ ހަޔާތްޕުޅު ސިފަކުރެވިފައި ވަނީ ދެ ފިރިކަލަކުއަވަހާރަކޮށްލެއްވި ނުފޫޒުގަދަ އަންހެނެއްގެ ގޮތުގައި ކަމަށެވެ.
"ތާރީޚީ ލިޔެކިޔުންތަކުގައިކޮއްކޯފުޅަކާއި ދެ ފިރިކަލަކު އަވަހާރަކޮށްލެއްވިކަން ބަޔާންވެފައި އޮތް ނަމަވެސް، އެކަމުގައި އެ ކަމަނާ ޢަމަލުކުރެއްވި ގޮތާއި ސަބަބު ހާމަކޮށްފައި ނުވާކަން ފާހަގަކުރެވޭ. އަޅުގަނޑު ދެކޭ ގޮތުގައި ތާރީޚުގެ ފަތްފުށްތައް ދިރާސާކޮށް މިފަދަ ޙާދިސާތަކުގެ އެންމެފުރިހަމަ މަޢުލޫމާތު ހާމަކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް. އެގޮތުން، މިފަދަހާދިސާތައް ހިނގާފައިވާ ޒަމާންތަކުގައި، ރަސްކަން ވާރުތަވަމުން އައިސްފައިވާ ގޮތާއި،ރަސްކަމެއް ފޭރިގަތުމުން ނުވަތަ ބަޣާވާތެއްކުރުމުން ޤާނޫނުގެ ތެރެއިން ޢަމަލުކުރެވިގެންދާގޮތާއި، އަދި އެ ފަދަ ހާދިސާތައް ހިނގި އިރު، ކުށްވެރިވާ ފަރާތްތަކަށް ޝަރުޢީނިޒާމުގެ ތެރެއިން ކަނޑައެޅިފައިވާ އަދަބުތަކަށް ވެސް ރިޢާޔަތްކޮށް ކަމުގެ ފުރިހަމަމަޢުލޫމާތު ހާމަކުރެވިފައި އޮތުމަކީ މުހިންމުކަމެއް". ޝިދާތާ ވިދާޅުވިއެވެ.
ތާރީޚަށް ބަލާއިރު، ރެހެންދި ޚަދީޖާގެ ޒަޢާމަތުގައި ހިނގާފައިވާ ފަދަ ހާދިސާތައްރަސްރަސްކަލުންގެ ވެރިކަންތަކުގައި ހިނގާފައިވާ އިރު، އެ ފަދަ ރަސްރަސްކަލުންބަތަލުންގެ ގޮތުގައި ސިފަކުރެވިފައިވާކަން ފެންނަން އެބައޮތް ކަމަށް ޝިދާތާ ވިދާޅުވިއެވެ. ނަމަވެސް، ދިވެހިދައުލަތަށް ގިނަ ޒަމާންތަކެއް ވަންދެން ޚިދުމަތްކުރައްވައިފައިވާ ކަނބަލަކާ މެދު އޭގެއެންމެ ނުބައި ތަޞައްވުރު އުފެދިގެންދާގޮތަށް އަދި އޭގެ އެންމެ ފުރިހަމަ މަޢުލޫމާތުނުހިމެނޭ ގޮތަށް އެ ކަމަނާގެ ޝަޚްޞިއްޔަތު ސިފަކުރެވިފައި އޮތްއޮތުމަކީ އެންމެއިންސާފުވެރި ގޮތްކަމަށް ނުދެކޭ ކަމަށްވެސް ޝިދާތާ ވިދާޅުވިއެވެ.
"މި ފުރުޞަތުގައިއަޅުގަނޑު ގޮވައިލަން. ހަމަ އެހެންމެ، ދިވެހިރާއްޖޭގައި ރަސްކަންކުރެއްވި އެ ކަމަނާގެއަންހެން ދެ ކޮއްކޯފުޅުންނާ މެދު ކަން ހިނގާ ދިޔަ ގޮތް ވެސް ސާފުކޮށްދެއްވުމަށްގޮވާލަން". ޝިދާތާ ވިދާޅުވިއެވެ.
ސިދާތާ ތި އުޅެނީ ތާކުން ތާކު ނުޖެހޭ ކަންކަން ކުރަން ހެހެހެ. ފައިދާހުރި ކަމެއް ނުކުރެވޭތީ މޮޅު ދައްކަން ހުސް. އެމްޕްޓީ ވެސަލްސް.
ތަ ތި އުޅެނީ އަންހެނަކު ވެރިކަމަށް އިސްނުކުރެވިގެންތަ ގައުމު ހަލާކުކުރަން. އެއްވަރުގެ މީހުން އުޅެނީ.. ﷲ އިރާދަފުޅާއެކު ތިކަން ދުވަހުވެސް ނުވާނެ. ދެން ރެހެންދި ހަދީޖާ އަކީ މާ މާތްމީހަކަށް ހަދާގެން އެންމެން ބޮލަށް ޗިަޕުޖަހާ!
ކޮމެޓީއެއް އަވަހަށް ހަދައިގެން ތިޔަ ކަންތައްތައް ބަލަން ވަރަށް ފެނޭ...
ރެހެންދި ޚަދީޖާގެ ޙަޤީޤީ ހިސްޓްރީ ވަރަށް ހުތުރުވާނެ. އެއަށްވުރެ ފިރިހެން ފާޠިމާގެ ހިސްޓްރީ މާރީތިވެފައި، މާ ހިތްވަރު ގަދަވާނެ. ފާޠިމާޔަކީ، ބަޠަލާއެއް،
ޖެންޑަ މިނިސްޓަރީއަކީ ބޭނުން މިނިސްޓަރީ އެއްތޯވެސް ދިރާސާއެއް ހަދާލުން މުހިއްމު. ޖެންޑަ މިނިސްޓަރީގެ މޭންޑޭޓަކީ ކޮބާ ބާ. އަހަންނަ ފެނޭގޮތުގާ ޖެންޑަ މިނިސްޓަރީގެ މޭންޑޭޓަކަށް ވާން ޖެހެނީ ވިހާ ކުދިން ގެ ޖެންޑަ ނުވަތަ ޖިންސު ކަޑައެޅުން. ދުވާލަކު މިނިސްޓަރީ އެއް ހަދާފާ ދެދަޅައަށް ޓީވީ އެރުމަކީ ސަރުކާރު ހިންގުން ދޯ. ރާއްޖެއަކީ ތާރީޚެއް އޮތް ތަނެއް ނުން. ރެހެންދި އާ ނަންނަން ކިއަކަސް ތާރީޚަކަށް ނުވާނެ. ތާޜީޚަކަށް ވާނީ ދޫކޮށްފާ ދިޔަ ހަރުމުދަލަކާ ހުނަރުވެިރިކަމާ އިލްމާ ތަހްޒީބީ ކަންތަޢް އަދި އެދޫކުރި ކަންތަގެ ސަބަބުން އެއިގެ ފަހުން އަައި މީހުންނަށް ކުރާ އަސަރު.
ނާސިރާގެ ހިދުމަތް ތައްބަލާ ދިރާސާ ކުރަންވެސް ފެނޭ ވަރަށް ހީވާގި ކަބަލެކެވެ. ކޮމިޓީއެއް ހެއްދެވުން ރަގަޅުވާނެ.
ކަމަނާތީ އެދުވަސްވަރު ޚަދީޖާ އަރިހުގައި އުޅުއްވި މީހެއްހެން ކަމަނާގެ ވާހަކައިން އެބަހީވޭ. އެންމެފުރިހަމަ މައުލުމާތު ނުހިމެނޭކަމަށް ކަމަނާތިބުނަނީ. އެހެންވީމާ އެމައުލޫމާތުތައް ހިމެނޭގޮތަށް ކަމަނާ އެވާހަކަ ލިއުއްވާފާ އާންމުކުރެއްވުން ވަރަށްބޮޑަށް އެދެން. ކަމަނާއަށް މިނިސްޓަރުކަން ލިބުނުކަން އެއީ ހަމަނަސީބެއް. އެހެންނޫންނަމަ މިކަންތައް ނޭގުނީސް . މިކަން ހިނގައިދިޔަފަހުން އެތައްސަތޭކަ އަހަރު ވީއިރުވެސް ތިވާހަކަ ދައްކަލާނެ މީހަކުނުވި. ތިއަށްވުރެ މާއައުލާކަންބޮޑު މުހަންމަދު އަމީނުގެ މަރުގެ ތަހުގީގު ހޯދުން. އެކަމުގައި ބައިވެރިވި، އެކަން ދެނެތިބި އެތައް ބަޔަކު އަދިވެސް ދުނިޔޭގައި އެބަތިބި. ތީހަމަ މާމޮޅުވާހަކައެއްދައްކާލަާ މަޝަހޫރުވެލަން ދެއްކި ވާހަކައެއް.
ޗަކޮޔާ ސިދާތާ! ކުރާނެކަމެއް ނޭގެގެންތަ ޗަ އުޅެނީ! ޗަކޮޔަށް ކެރެންޏާ އަޅޭ ނިކަން އެނދި މަރިޔަބު ވާހަކަ ދިރާސާކޮށްބަލޭ! ޗަކޮޔާ އެންމެ ގުޅޭނީވެސް އެ ދިރާސާ!