"ހިޔާ މަޝްރޫއު" އާއި "ގެދޮރުވެރިކުރުމުގެ މަޝްރޫއު" އަދި "ގުޅީފަޅު ހައުސިން ޕްރޮޖެކްޓް" ގެ ފްލެޓްތައް ލިބުނު މީހުންގެ މައުލޫމާތު އާންމު ކޮށްފައިވާ އިރު، އެ މަޝްރޫއުތަކުގެ ދަށުން އެންމެ ގިނައިން ފްލެޓް ލިބިފައި ވަނީ އެމްޑީޕީ ފިކުރުގެ މީހުންނަށް ކަމަށް މަޖިލީހުގެ ފޮނަދޫ ދާއިރާ މެމްބަރު، އަދި ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ފްލެޓްތަކުގެ މައްސަލަ ބެލުމަށް ރައީސް ހާއްސަ ކޮމިޓީއެއް އުފައްދަވާފައިވާ އިރު، އެ ކޮމިޓީން ވަނީ، ހިޔާ މަޝްރޫއުގެ ދަށުން ފްލެޓްތައް ދިން ކެޓަގަރީތަކަށް ހުށަހެޅި މީހުންނާއި، ގެދޮރުވެރިކަމުގެ ޕްރޮގްރާމްގެ ދަށުން ފްލެޓް ދިން މީހުންނާއި، ގުޅީ ފަޅު ފްލެޓް ގަނެފައިވާ ފަރާތްތަކުގެ ތެރެއިން ފްލެޓް ލިބުނު ފަރާތްތަކުގެ ނަމާއި އެޑްރެހާއި އައިޑީކާޑް ނަންބަރު ފަދަ ޒާތީ މައުލޫމާތު އާންމުކޮށްފައެވެ. "ހިޔާ" މަޝްރޫޢުގެ ކެޓަގަރީތަކުގެ ތެރެއިން، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ޚާއްޞަކޮށްފައިވާ ކެޓަގަރީގެ ލިސްޓު އާއްމުކޮށްފައެއް ނުވެއެވެ.

އެ ލިސްޓާ ގުޅިގެން ނޫސްވެރިޔަކު އަދުރޭއަށް ކުރިމަތި ކުރުވި ސުވާލެއްގެ ޖަވާބެއްގައި އަދުރޭ ވިދާޅުވީ ފްލެޓްތައް ދިނީ ހައްގުވެރިންނަށް ކަމަށާއި، އެމަނިކުފާނުގެ އެއްވެސް ނުފޫޒެއްގެ ދަށުން މީހަކަށް ދީފައިވާ ފްލެޓެއް ނޯންނާނެ ކަމަށެވެ.

"އަޅުގަނޑާ ގުުޅުން އޮތް ފަސް ފަރާތަކަށް ފްލެޓް ލިބުނޭ ތި ބުނުއްވި ބުނުއްވުމަކީ އަޅުގަނޑަށް އެނގޭވެސް ކަމެއް ނޫން. ތީގެން އެކަކު ވެދާނެ އަޅުގަނޑާ ގުޅުން އޮތް މީހަކަށް. އެއީ އަޅުގަނޑުގެ ނުކުޅެދޭ ބޭބެއަކަށް ލިބިފައި އޮވެދާނެ ފްލެޓެއް. އެކަމަކު އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ލިބޭ ފްލެޓްގެ ތެރެއިން. އަޅުގަނޑުގެ ނުފޫޒަކުން ނޫން އޭނާ ނުކުޅެދުނީކީއެއް. ދެން އަޅުގަނޑުގެ ތިން ކުދިންވެސް ފްލެޓަށް ލި. އެކުދިންނަކަށްނު އެންމެ ފުރަތަމަ ފްލެޓް ލިބެންވާނީ އަޅުގަނޑުގެ ނުފޫޒުން އެކަން ހިނގި ނަމަ،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ފްލެޓްތަކުގެ ބޭނުން ކޮށްގެން އިންތިހާބަށް ބިރު ދައްކަން މަސައްކަތް ކުރައްވާ ކަމަށާއި، އެކަމަކީވެސް ސަރުކާރުން އިންތިހާބަށް ނުފޫޒު ފޯރުވަން ކުރާ ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ،އައިސް

    މި ގަމާރު ސަރުކާރު ކަމެއްނުވޭ..ނުވެސް ވާނެ

    1
    1
  2. ހޯހޯ

    ކޮބާތޯ އާއިލާ 37 މީހުންނަށް ފުލެޓު ދެެއްވި ބޭފްޅާ

    1
    1
  3. ޢައިބާ

    ާއެމްޑީޕީއަކަސް ޕީޕީއެމަކަސް ފްލެޓް ދިނީކީ ރަގަޅަކަށްނޫން

  4. ނާފިޒް

    ގަމާރާ... ފުލެޓަކީ ޕާޓީތަކައް ބައިއަޅަން ޖެހޭ އެއްޗެއް ނޫނޭ. ކޮންމެ ޕާޓީއަކަސް ހައްގުވެރިންނަަށް ލިބުނީމަ ނިމުނީ.

  5. ބެއްޔާ

    ތިޔަހެން ބުނެގެން ފަރުޖައްސާލެވޭކަށްނެތް! އެހެރީ ފެންނަން ޚަލީލުގެ މުޅިޢާއިލާއަށް ދަރިންގެ ދަރިންނަށްވެސް ފުލެޓްލިބިފައެބަހުރި!

    1
    1