ގއ.ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ހާލުބޮޑު ކުޑަ ކުއްޖަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މިއަދު މާލެ ގެނެސްދީފިއެވެ.

"ވަގުތު"އަށް އެނގިފައިވާ ގޮތުގައި އެ ކުއްޖާއަށް ފަރުވާ ދެމުންދިޔައީ ފިޓް ޖެހިގެންނެވެ.

އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރިކަމާއެކު މިއަދު 16:40 ހާއިރު މާލެ ގެނެސްދީފައިވަނީ އުމުރުން އެއް އަހަރުގެ އަންހެން ކުއްޖެއް ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއެެވެ. އެ ކުއްޖާ މާލެ ގެނެސްދީފައި ވަނީ ޞިއްޙީ އިތުރު އަވަސް ފަރުވާއަށް މާލެ ގެންދިއުމަށް ގއ.ވިލިނގިލި އަތޮޅު ހޮސްޕިޓަލުން އެ ކުއްޖާ ބެއްލެވި ޑޮކްޓަރުން ލަފާ ދެއްވުމުން ކަމަށްވެސް ގައުމީ ދިފާއީ ބާރުން މައުލޫމާތު ދެއެވެ.

އެ ކުއްޖާ މިހާރު ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    ފޮޓޯއަށް ބެލީމަވެސް އިނގޭ ހޫ އިޒް ރޫލިންގ. ކުއްޖާ އޮތީ އިންޑިޔާ ކުމޭރެއްގެ އަތުގަ. އިންޑިއާ ޕައިލެޓުން ތިބީ ކުރީގަ. ފަހަތުގަ ނޯކަރުކަން ކުރަން ބަރު ގޭސްފުޅި އުފުއްލަން އެމް އެން ޑީ އެފް.

    12
    2
    • ދދދދ

      ހެޔޮފުޅީޔޯ. އެހެންވީމަ ގައުމު ހިބައިން ދޭން ވީޔޯ.

  2. ހުއްޖަތެއް؟

    ގޮއްމުއް އުމަރަށް ތިމަންޒަރު ފެނެުނުބާ؟ އޭނަޔައް ދޭންވީ ހެލިކޮޕްޓަރ ވެސް އަދިސަބުމެރީންވެސް، ދަހިވެތިކަން ތަންކޮޅެއްބޮޑު.

    5
    11
  3. Anonymous

    ޙޫ ... އިންޑިޔާ ވާލާ އިން..

  4. ޕްރައިވެޓް

    ތި ހެލިކޮތަޅުގެ ބޭނުން ހިފާ ތަން ދައްކާ ލީ ތަ ، ތި އަށްތުރެ މާ ސީރިއަސް މީހުން ވެސް މާ ރާ ކުރިމަތި ލައިފި ތި ހެލިކޮތަޅު ތިހެން އޮއްވާ ، ޑްރާމާ ކުޅެން ކަލޯ މެން ރަނގަޅުވާނީ، މާ ހެޔޮ އެދޭ ބަޔަކަށް ވާނެ ކަމެއް ނެތް

  5. ޖިންނި ކޮންޓްރޯލާ

    ބޮޑުކަމެއް ތިޔަ ހެލިކޮޕްޓަރަކާހެދި.....

  6. ދޮގެއް؟

    އިންޑިއާ ސިފައިންނާ ހެލިކޮޕްޓަރާ ބަލާ ހިތަކުން ނޫޅެން. މިހާރު ދެން ޢާންމު އުނދަގުލަކަށްވެސް ތިކަން ވެއްޖެނު.