ރުކާރުން ކަނޑައަޅައިފާވާ ސަތޭކަ ދުވަހުގެ ވައުދުތަކުގެ ތެރެއިން ޓީ.ބީ ގެ ބަލި ދެނެގަތުމުގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން ރާއްޖޭގެ 2 ސަރަހައްދެއްގައި ޖީންއެކްސްޕާޓް ސާވިސަސް ތައާރަފް ކޮށްފިއެވެ.

ޖީންއެކްސްޕާޓް ސާރވިސް ހދ. އަތޮޅުގައި އިފްތިތާޙްކުރުމަށް ހދ. ކުޅުދުފުށީގައި ބޭއްވި ރަސްމިއްޔާތުގައި، ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން މައުލޫމާތު ދެއްވި ގޮތުގައި ޖީންއެކްސްޕާޓްގެ ޙިދުމަތާއި ޓީބީ ސްކްރީނިންގްއަށް މި ގާއިމުކުރެވޭ ސިސްޓަމްއިން ރާއްޖޭގައި ޓީބީ ޖެހިފައިތިބި މީހުން ދެނެގަނެވޭ ނިސްބަތް އިތުރު ކުރެވިގެންދާނެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ ގެ ދަށުން ހިނގަމުންދާ ނެޝަނަލް ޓީ.ބީ ކޮންޓްރޯލް ޕްރޮގްރާމަކީ ދިވެހިރާއްޖޭގައި ޓީ.ބީއަށް ފަރުވާ ކުރުމާއި ބަލި މީހުންނަށް ފަރުވާ ކުރުމާއި، ރާއްޖޭން މިބަލި މަދުކުރުމަށް މަސައްކަތްކުރާ، މައި އިދާރާއެވެ. ރާއްޖޭގައި ޓީ.ބީ ބަލި ހުރިކަމަށް ކަށަވަރުކުރެވޭ ކޮންމެ މީހަކު، ނެޝެނަލް ޓިބީ ޕްރޮގްރާމްގައި ރަޖިސްޓްރީވެ، އެމީހަކަށް ބޭނުންވާ ޓެސްޓްތަކާއި ބޭނުންވާ ބޭސް ހިލޭ، ޓީބީޕްރޮގްރާމްގެ ތެރެއިން ފޯރުކޮށްދެވެއެވެ.

ޓީ.ބީ ނުވަތަ ޓިއުބަރކިއުލޯސިސް އަކީ ދުނިޔޭގައި އެންމެ ގިނަ މީހުން މަރުވާ ގައިން ގަޔަށް އަރާ ބައްޔެވެ. މިއީމައިކޯބެކްޓީރިއަމް ޓިއުބަރކިއުލޯސިސް ކިއާ ބެކްޓީރިއާ ނުވަތަ ޖަރާސީމަކުން ޖެހޭ ބައްޔެކެވެ. ޓީ.ބީ ބަލި އާއްމުކޮށް ޖެހެނީ ފުއްޕާމެޔަށް ކަމަށް ވިޔަސް ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ވެސް ޓީ.ބީ ޖެހިދާނެއެވެ. ބޭހަށް ނުގުޑާ ޓި.ބީ (އެމް.ޑީ.އާރ ޓީ.ބީ) އަކީ އާއްމުކޮށް ޓީ.ބީ އަށް ދޭ ބޭސްތަކުގެ ތެރެއިން ބައެއް ބޭހުގެ އަސަރު ނުކުރާ ވައްތަރެކެވެ.