ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޖަލުން ނުބައި އެއްޗެއް ކާންދީފައިވާ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފިއެވެ.

ޔާމީންގެ އާއިލާ އިން "ވަގުތު" އަށް މައުލޫމާތު ދިން ބޭފުޅަކު ވިދާޅުވީ ރައީސް ޔާމީނަށް މިހާރު ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދަނީ ނޭވާ ހާސްވެގެން ކަމަށެވެ. ތުހުމަތު ކުރެވެނީ ރައީސް ޔާމީނަށް ނުބައި އެއްޗެއް ކާންދީފައިވާކަމަށް ކަމުގައި އާއިލާ އިން ވިދާޅުވި ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.

ތިން ދުވަސް ވަންދެން އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްގެން ފަރުވާ ދިނުމަށް ފަހު ޔާމީން ދޫކޮށްލީ މިއަދު ހެނދުނު އެވެ. އެވެ. މިރޭ ޔާމީން އަނެއްކާވެސް އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްފައި ވާއިރު މިއީ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު ޔާމީން ހައްޔަރު ކުރި ފަހުން އެމަނިކުފާނު ހޮސްޕިޓަލްގައި އެޑްމިޓް ކުރި ތިން ވަނަ ފަހަރެވެ.

އައިޖީއެމްއެޗުން ބުނީ މާފުށިން ޔާމީން ބެލި ޑޮކްޓަރުގެ ލަފަޔާ އެއްގޮތަށް މިރޭ 20:50 ގައި އެ މަނިކުފާނު އައިޖީއެމްއެޗަށް ގެނެސް އެޑްމިޓް ކޮށްފައިވާ ކަމަށެވެ. އެކަމަކު ފަރުވާ ހޯއްދަވަނީ ކޮންކަމަކަށް ކަމެއް އައިޖީއެމްއެޗް އިން ނުބުނެއެވެ.

ޔާމީން ހައްޔަރު ކޮށްފައި ވަނީ ދައުލަތުން އެމަނިކުފާނުގެ މައްޗަށް އުފުލި މަނީ ލޯންޑްރިން މައްސަލައިގައި ހިމެނޭ ހެކިންނަށް ނުފޫޒު ފޯރުވިކަމަށް ބުނެއެވެ. ޔާމީންގެ މައްޗަށް ދައުވާ އުފުލިތާ މަހެއްހާ ދުވަސް ވާން ކައިރިވެފައި ވާއިރު އެމައްސަލައިގެ ޝަރީޢަތް ކުރިމިނަލް ކޯޓުގައި ފަށާނެ ދުވަހެއް އަދި ނޭނގެއެވެ. ޔާމީން ހައްޔަރު ކުރަން ނެރުނު އަމުރު އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި ވަނީ އިސްތިއުނާފް ވެސް ކޮށްފައެވެ. ނަމަވެސް އަދި އިސްތިއުނާފް ޝަރީޢަތް ނުފަށައެވެ.

ޔާމީންގެ އެކައުންޓަށް އެއް މިލިއަން އެމެރިކާ ޑޮލަރު އެސްއޯއެފް އިން ޖަމާކުރި މައްސަލައިގައި އެމަނިކުފާނު ފުލުހަށް ފުރަތަމަ ހާޒިރު ކުރީ މިދިޔަ ޑިސެމްބަރ މަހުގެ 15 ވަނަ ދުވަހު އެވެ. މައްސަލައިގައި ޔާމީންގެ ބަޔާންތައް ނިންމާ ބަޔާންތަކުގައި ސޮއި ކުރުވާފައި ވަނީ މިދިޔަ ޖަނަވަރީ މަހުގެ 08 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

51 ކޮމެންޓް

 1. ވިސްނުންތެރިޔާ

  އަހަރުމެން ކުޑައިރު މީހުން ބުނޭ ޙަރާމްގޮތުގަ ހޯދާ ފައިސާ އެއީ އަލިފާން ކެއުމޭ. އޭގެ އަސަރު ހަށިގަނޑަށް ކުރާނޭ ބުނެއުޅެ

  50
  128
  • Anonymous

   ކަލޭ ހަރާމް އެއްޗެހިކާތީ ކަލެއަށް ހީވާނީ އެންމެންވެސް ކާނީ ހަރާމް އެއްޗެއްސޭ.

   135
   37
   • ށިޠާ

    މި ކާކު؟

 2. އަހުމާދު ހާމިދު

  ކޮންމެ ގޮތެއްވެސް ހަދާފާނެ، ދިވެހި ޕޮލިޓިށަނުންގެ ގޮތަކީ ލާރި ކެވުނީމަ އެއްލާލުން، ހުސް ވަގުން ހަމަ އެކަނި ޔާމީން ހައްޔަރުކޮގެން ވާނެ ކަމެއްނެތް! ލާދިނީ ގަންޖާބެ ކޮބާ؟ އެއިވެސް ހައްޔަރު ކުރަންޖެހޭ މީހެއް!

  141
  24
 3. އެމަންޖެ

  އަހަރެމެން ގެ ހެޔޮ ދުޢާ ރޔ އާއެކު

  143
  27
 4. ދިވެހިލޭ

  ކިނބޫ ބައިގަނޑު ތަރައްގީގެ ބާނީގެ ދުވަސް ދުއްވާލަނީ..! ހޭއަރާކަށް ނުވޭތަ..! އަދުރޭމެންނަށް ވާކަމަކީ ކޮންމެ ދުވަަހަކު ނޫސް ކޮންފަރެންސް ދިނުން..!

  116
  22
  • ާއަދުރޭ

   އަހަރަމެން ތެޅިތެޅި ހުޅުނބު ދާނީ... ދެން ކިހިނެއް އަހަރަމެން ކަމެއް ކުރާނީ..

   16
   6
 5. ސައްޕެ

  ބާގަރ އާއި ސަބްމެރިން ތޯ ދޭންވީ ހެދުނު ނާސްތާ އަށް

  35
  78
  • މުދި

   މުދި ދީބަލަ. ކަލޭ ހީކުރާ ގޮތްދޯ؟؟؟ ރައީސް ޔާމީންގެ ކާނާއަށް ހުރީ ވިހަ ލާފަ އެކަމަށް އަމުރުކުރީ އިމްރާން ބުނާ ފަދައިން އެއްވެސް ވިޔަފާރިއެއް ނުކުރައްވާ އެކަމު އެކައުންޓްގަ 5 މިލިއަން ރުފިޔާ ހުރި ގަންޖާބެ

   37
   13
 6. ފިޔާތޮށި ރޫޙު

  ސަޢީދޫ..! އަދުރޭ..! ހާލުކޮޅޭ ކުކުޅުކޮޅޭ ކިޔަކިޔާ ތިއްބާ އަހަރެމެންގެ ރައީސްގެ ދުވަސް ދުއްވާ އެލަނީ..! މާވެވަށް ވެއްޓުނު ގެރިއަށް ވީގޮތް ނުވަނީސް ހޭވެރިވެބަލަ..!

  90
  11
 7. ބަކުރު

  ހަރާމެއް ހަލާލެއް ނުބަލާ ކާލީމަ މިއަދު ތިޔަ އެކަމާ ހިތާމަ ކުރަނީ... އަދީބުވެސް އޮތީ ހަމަ ޖަލުގަ. އެގޮލާވެސް ބަލި. ޔާމީން ވެސް އޮވޭ...

  31
  106
  • Anonymous

   މިއީ ތިހީކުރާކަހަލަ ކަމެއްނޫން. ދިވެހިންނަށް އަނބުރާ އެއަރޕޯޓް ހޯދައިދިނީމަ އެކަމުގެ ބަދަލު މިހިފަނީ.

   100
   18
  • ލަރަ

   އިދީބު އޮތީ ކުއް ސާބިތު ވީމަ ޖަލުގަ. ރައީސް ޔާމީން ވެސް ކުށުއް ކުރިކަން އުންމުފުރަތަމަ ސާބިތު ކުރޭ.

   36
   8
  • ކެނެރީ

   ކެނެރީ ބޯ ބަނގުރަލާ ހަކުރު އެއީ ހުސް ޙަލާލު ތަކެތި ވިއްޔަ

   36
   7
   • ޙފޗސސ

    ކަލޭމެންވެސް

  • ނަފުރަތު

   ކަލޭވެސް އިރާދަ ކުރެއްވިއްޔާ އަދި ޖަލަށް ދާނެ މާނުބައި ކަމެއް ކޮށްގެން..!

   25
   6
 8. ފޯކައިދޫ

  ނިކަމެއްޗަކު އެތަނައްލައިފިއްޔާ 25 އަހަރުވަންދެންވެސް އެތަނުގައޮއްނަންޖެހޭނީ މިބޭފޔޅުން އެއަރކޯނުގަ ބޮޑުކޮޓަރީގަ ބޭއްވިޔަސްދެއިރުދެދަޅަޔައް ހޮސްޕިޓަލައްގެއްނަންޖެހޭ ނިކަމެތިންނައް މުގުރިހަ ބޭފުޅުންނައް ފަރީއްކޮޅު އެކަމަކުވެސް ނުބައިއެއްޗެއް ކާންދެވެނީ ކިހާބޮޑވެއްޖެކަމެއް

  32
  61
  • ޟައި

   ބައްލަވާ ފަރިއްކޮޅުގައިވެސް މުގުރިހަ ހުރެދާނެ އިނގޭތޯ!

   20
   2
 9. Anonymous

  ރައީސް ޔާމީނަށް ދެރަގޮތެއް ވެއްޖެއްޔާ މުޅި ގައުމު ކެކިގަންނާނެ. ހިޔަޅުތައް ވިސްނައިގެން ތިބޭ. ހޭއަރުވާލާނެ ޖީލެއް މިގައުމު ފާލުވާނެ.

  116
  36
  • ތުނިޔަ

   މިހާރުވެސް ކެކެންވީނު! އޮތީ ޖަލުގަވިއްޔާ! އެއީ ދެރަ ގޮތެއްނޫންތަ؟

   20
   8
   • Anonymous

    ޖަލުގަ އެކަހރރިކޮށްފަ އެހުންނެވީ މިސަރުކާރު ރ.ޔާމީން ދެކެގަންނަ ބިރުން. އެކަމަކު ކޯޓުން އެކަން ކުރުވީމަ އަހަރެމެން މިތިބީ ޖުޑީޝަރީއަށް އިހްތިރާމް ކޮށްގެން. އެކަމަކު އެކަހެރިކޮށް އަނިޔާވެރިކަން ދައްކާނަމަ އެކަން ކުރަން އެންމެނަށް ވާޖިބުވާނެ.

    33
    5
 10. Anonymous

  މިގައުމުން މިފެންނަވަރުގެ އަނިޔާވެރިކަމެއް ފެނުނީ ލީބިޔާއިންނާ އީރާގުން. އީރާގުގެ ރައީސް ދަންޖައްސާ މަރާލީ އެމެރިކާއާ ދެކޮޅުވުމުން. މުގައުމުގެ ކުރީގެ ރައީސް އިންޑިޔާއާގެ އަޅަކަށް ނުވީމަ އެމަނިކުފާނުގެ ދުވަސް ދުއްވާލަން މިގައުމުގެ ހާއިނުންނަށް ވެރިކަން ހޯދައިދިނީ އިންޑިޔާގެ މަދަދުން.

  41
  7
 11. އެމޫނު

  އަދި މަރެއް ނުވޭދޯ

  10
  21
 12. Anonymous

  މުސްލިމު ކޮންމެ ވެރިއެއްގެ ނިމުން އަންނަނީ. ދަންޖެއްސުން، މަރާލުން ނުވަތަ ޖަލައްލުމުން. ޒައިނިސްޓުންގެ ވެރިން ވެރިކަމުން ދުރުވީމަ ދާންތަކުގަ ވަޑުވައިގެން ބޮޑު ޝަރަފުގަ. މުސްލިމުންގެ ހާލަތު މިހުރީ

  34
  4
 13. Anonymous

  ގައުމަށް ވަފާތެރިވެ ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތް ކުރުމުން ނަޝީދުގެ ބަދަލުހިފުން.

  40
  8
 14. Anonymous

  ރައީސް ޔާމީނު ހުންނަވައިފިނަމަ ދިވެހި ގައުމުގެ ހައްގުގައި މަސައްކަތް ކުރައްވާނެތީ ގައުމުގެ ދުޝްމަނުން އެމަނިކުފާނު އެކަހެރިކުރީ.

  40
  5
 15. Anonymous

  ތުއްތު
  އެބައި މީހުންގެ ސަތޭކަ ދުވަހުގެ ވައުދުތައްފުައްދަނީ

  33
  2
 16. އަންނި

  ރައީސް ޔާމީނުއަށް ނުހައްގުން އަނިޔާކުރާ ފަރާތްތައް މަގުމަތީގައި ދަމައިލާންނަން ހަދާން ބަހައްޓާތި! ކިބޫ ހީކުރާގޮތް! ވެރިކަމުން ފޭބިއަސް އަދި ނުފޭބިއަސް ސަލާމަތަކުން ނުހުރެވޭނެ ނުހައްގުން އަނިޔާ ކުރާކަމަށްވާނަމަ! ޔާމީނަށް ދޭ އަނިޔާތަކުގެ ފަހަތުގައިހުރީ އަންނި! ފިލައި ހުންނާނެކަމެއްނެތް ހޭއަރުވާލާނަން

  37
  7
 17. ބްރިއާނީ

  ދެން އަބަދު މީރު އެއްޗެއް ނުކެވޭނެ ދޯ؟ ނުބައި އެއްޗެހި ވެސް ކާން ޖެހޭނެ!

  7
  34
 18. ހަމީދު

  މަޑުމަޑުން މިތިބެނީ ނުކެރިގެނެއްނޫން! ޔާމީނަށް އަނިޔާ ކުރާކަމަށްވާނަމަ ހޭއަރުވާލާނަން! ވިސްނައިގެން ތިބޭތި މިގައުމުން އެފަދަ ޖީލެއް ނުކުންނާނެ!

  44
  7
 19. ލަދު

  ވަޓް ގޯސް އަރަަައުންޑް ކަމްސް އަރައުންޑް ގޮޅީގަ ކެތް ނުކުރެވިގެން ގަޓުރައީސް ހެ ހެ ހެ ހެ ހޭ ދެން ހޭ ބަލިވޭ...

  10
  35
 20. ކިހާ ދެރަ

  ކިހާ ދެރަ؟ ދިވެހި ރައްޔިތުންނަށް މާތްﷲ ހެޔޮ ވިސްނުން މިންވަރުކުރައްވާށި. ޔާﷲ އަޅަމެންގެ ތެރޭގައި މަގު އޮޅިފައި ތިބި ދީނީ ތާކިހާ އެޅުއްވި ބޭފުޅުން ވެސް ހިމެނޭ. އެމީހުން ބޭޒާރުކުރައްވާ ނިކަމެތި ކުރައްވާނދޭވެ. އަޅަމެންގެތެރެއިންވާ ސިޔާސީ ހައްދު ފަހަނައެޅީން ނެތި ކުރައްވާނދޭވެ. އަޅަމެންގެ ގައުމުގެ ވެރިޔަކީ މި ގައުމާއި ދީނުގެ ދިފާޢުގައި ސާބިތު ވެވޭވަރުގެ ފަހުލަވާނެއްކަމުގައި ލައްވާ އެފަދަ ވެރިޔަކު އަޅަމެންނަށް މިންވަރުކުރައްވާނދޭވެ. އަޅަމެންގެ ތެރެއިން ގިނަބަޔަކު މިއަދު ވަނީ ނުބައި ފަޅި އިޚްތިޔާރުކޮށް ނުބައި ވެރިޔަކު ގައުމަށް ވެރިކޮށްފައި. ޔާ ﷲ އަޅަމެންގެ ފާފަ ފުއްސަވާ އަޅަމެންނަށް ހެޔޮވެރިޔަކު މިންވަރުކުރައްވާނދޭވެ.

  37
  4
 21. ދެންވެސް ރޔާމީން

  ޝަފާކަﷲ. އަހަރެމެންގެ ރައީސަށް ދެރަގޮތެ ވެއްޖެނަމަ މިކަމުގެ އަގު ސޯލިހުގެ މުޅި އާއިލާއިން ދައްކަންޖެހޭނެ. ވިސްނާތި ކަލޭމެން ރޔާމީން ޖަލުގަބޭއްވިޔަސް އެމަނިކުފާނާއެކު އެތަށްހާސް ރައްޔިތުންމިތިބީ. ޕޕމ ޕނސ ރޔާމީންގެ ދިފާއުގަ މާލޮނުމަޑުކޮށް ތިބެ ނޫސްކޮންފަރެންސްދީ ބަސްއަހައިގެން ތިބެގެން މިކަމެނުވާނެ. ފިރިހެންވަންތަކޮށް ފިރިހެނުން ކަންކުރާ އުސޫލުންކޮއްގެން މިކަންވާންއޮތީ. މަޖީދީމަގާ ޗާންދަނީމަގަށް ނުނިކުމެ އޮފީސްތެރެއިން މިކަންނުވާނެ. ރޔާމީންއާ އެމަނިކުފާނުގެ އާއިލާއަށް ކެތްތެރިކަން ދެއްވާށި. ހިއްވަރުކުރޭ އަހަރެމެންގެ ލޮބުވެތި ރައީސް ތަރައްގީގެ ބާނީ ރޔާމީން.

  32
  6
 22. ފަޔާޟް

  އާއިލާ އިން ތުހުމަތު ނުކުރިޔަސް އަހަރުންނަށް ވެސް އެނގޭ ޖަލުކޮއްތު އެއީ މީރު އެއްޗެއް ނޫޫންކަން އަދި ޔާމީން އަށް އެކަން މާ ރަނގަޅަށް ވެސް އެނގޭނެ

  4
  26
 23. ކޯނަރު

  އެއާކޯނު މާފިނިގަދައީ ތޯއްޗެ. އެހެން ގައިދީންވެސް އުޅޭ ކަހަލަ ގޮޅިއަކަށް ލާންވީ، އެއިން ސޮރަކަށް ތިމައްސަލައެއް ދިމާނުވޭ.

  5
  29
 24. ކެޔޮޅު

  ތިއީ ވަރައް އެކަށީގެންވާކަމެއް ގާނީވޮތުން ބަލިނުކުރެވޭނެކަން ޔަގީންވީމާ ވިހަލާފާނެ ޔަހޫދީން ޔާސިރުއަރަފާތައް ވެސްހެދީ ހައެހެން!!

  26
  5
 25. ޞައްދާމު

  ތިޔަ ކޭ އެއްޗެއް ކެއީ އަމިއްލައަށް. އެއީ ރައްޔިތުންގެ ބައިތުލްމާލު!

  10
  25
 26. ކެޔޮޅު

  އިބުރާހީމް ރައީސް ލަދުވެތިވާންޖެހޭ ކޮބާތައަނިނިޔާއަކީ މިހާރުހަގުނަ އަނިޔާގެރިނޫންތަ ކޮބާތަ އިންތިމެން ކޮބާތަ މަހުލޫފުމެން ލަދުގެކަންފުޅެއްވެސް ނެތްނޫންތޯ!!

  23
  6
 27. އަދީބު

  މާފުށީ ޖަލައް އެމަނިކްފާނު ފޮނުވަން ޖެހުނީކީއްވެތޯ؟؟؟؟.... ދޫނިދޫ ގަބެހެއްޓޭނެ، އެމަނިކްފާނުގެ ސަލާމަތަށްޓަކާ!

  25
  6
 28. ޝަހީދު

  ރާއްޖޭގެ ތަރައްޤީއަށް އަގުނުކުރެވޭހާ ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ފަޚުރުވެރި ރައީސް ޖަލަށް ލައިގެން އެމަނިކުފާނަށް އިންޞާފުވެރި ޝަރީޢަތެއް ލިބުމުގެ ޙައްޤުން މަޙުރޫމުކޮށް ވިހަކާނާ ކާންދެމުން ތިޔަ ގެންދަނީ އިންސާނިއްޔަތު ކަމުގެ ކުނޑިފަށެއްވެސް ތިޔަ ރައީސް އިބޫގެ ނެތީމައެވެ. އިބޫ ތިޔަ ހިންގާ ޖަރީމާތަކާ ޤާނޫނު އަރާ ހަމަކުރާނެކަން ކަށަވަރެވެ.

  26
  8
 29. ސާމް

  ޢަގަރުމެންގެ ލެޔާ ނުކުޅެ ޔާމިން ދޫކޮށްލާ

  29
  9
 30. މުހައްމަދު

  ތިވާނީ މުގުރިހަ ނުކާން ބޮޑާހާކަނީކަމަށް

  10
  21
 31. މުގުރާން

  ހީނުކުރާތި އެމަނިކުފާނު އެކަނިކަމަށް އެއީ ގައުމު ބީނާކުރެއްވި ރައީސް ވޯޓުން ހާމަވާނެ އެމަނިކުފާނުގެ ސިޔާ ސަތެއްނޫ ރައްޔިތުން މަގުމައްޗަށް ނެރުން

  25
  9
 32. ޓިނު

  މީހަކު ކާން ދިނީކީނޫން. އަމިއްލައައް ކެވުނު އެއްޗެހިން ވާގޮތެއް.

  10
  25
 33. ޙދހހދ

  ޔާމިނައް ގޮތެއްވިޔަސް ނުކުރެވޭނެ އެއްކަމެއްވެސް.

  7
  28
 34. Anonymous

  ކޭއެއްޗެއްކެއީ އަމިއްލައަށް

  1
  1
 35. ރާއްޖެ

  ޔާމީން މަރާލުމަށް ގަސްތުގައި މަސައްކަތްކުރާނަމަ
  އަބަޔަކު ހިފާހައްޔަރުކޮށް ހަރުކަށި އަދަބުދިނުމަށް
  ދައުލަތުގެ މުއައްސަސާ ތަކަށް ގޮވާލަމެވެ

 36. ލައިލާ

  ޙެޔޮ ވެތިކަމެއްކުރަން އައި ބަޔަކު، ޑިކްޓޭޓަރއެއްކަމަށް ތިމާމެން ސިފަކުރި މީހަކާ އެއްގޮތަށް ކަންތައް ކުރީމަ އެވަނީ މުނާފިގުންނަށް ވަކި މީހަކަށް ވަކި ގޮތެއް ނަހަ ދާނެ ކަމަށް ބުނި ޖަލުގަ އޮންނަތާ އެތައް ދުވަހެއް ޝަރީއަތެއް ކުރިއަކަށް ނުގެންދޭ އިސްތިއުނާފް ހުށަހެޅިމަ އަޅާލީކީ ނޫން މީތަ އިބޫތިބުނާ އިންސާފަކީ މަހިތުން އިންތިޚާބު ނިމެން ދެން ޔާމީނު ޖަލުގަބާއްވާނެ އިބޫމެން ހަމަ ޔާމީނު ދެކެ ބިރު ގަންނަނީއޭ ބުނެވޭނީ

 37. ކާފަ

  ތުހުމަތު ކުރެވޭ މައްސަލައިގަ އެމަނިކުފާނު މައްޗައްހުކުމެއް ކުރެވޭ ވަރަށް ސާބިތު ނުކުރެވޭނެކަން އެއުރެން ނަށްވެސް ޔަގީން ވާކަހަލަ. އެ ބައިގަނޑުގެ ވިސްނުން އެހުރީ ޝަރުއީގޮތުން ނުވިއްޔާ ޖިސްމާނީ ގޮތުންވެސް އެމަނިކުފާނު ދުވަސް ދުންވާލަން ކަމަށް ތުހުމަތު ކުރަން. ފުލުހުންތެރެއިން އެފަދަ ކަމެއް ނުކުރެވޭނެތީ ރިމާންޑް ސެންޓަރެއްގަ ބެހެއްޓީކަމަށް ބެލެވެނީ. ވަﷲ އައުލަމް. ރައީސް ސަލާމަތް ކުރައްވާށި. އާންމު ބަލިކަށި އެއްވެސް ރައްޔިތަކަށް އެމަނިކުފާނު އަނިޔާވެރިއެއް ނުވޭ. ސިޔާސީގޮތުން ނާކާމިޔާބީ އާއި ކުރިމަތިލާން ކުޅަދާނަކަމެއް ނެތް ބައެއްގެ އަނިޔާ އެމަނިކުފާނަސް ދެމުން އެދަނީ

 38. މަލަރޭ

  ތިއައީ އެންމެނަށް އެގޭ އެއްޗެއް
  އޭނަ ކައިފަ ހުރީ ދިވެހި ރައްޔިތުންގެ ބައިތުލް މާލު

 39. ބޮންދު

  ޢަދިވެސް ކެވުނު އެތި ނޭގެނީތަ؟ ޜައްޔިތުންގެ ފައިސާ ކެއީ. ޢެކައިގެން ވަކި މޮޅެއް ވެއްޖެ ނުން.. ހަމަ ޖަލުގަ ބާއްވަންވީ ގޮޅި އަކަށް ލާފަ އެހެން މީހުނެކޭ އެއްގޮތަށް. ބައިތުލްމާލުގެ ފައިސާއަށް ވީގޮތެއް އެބަ ޖެހޭ ބަލަން. ޢަބްދުއް ރަހީމަށް ވެސް ފައިސާތަކެއް ލިބިގެން އެހާ ޔާމީން ވެފަ ހުންނާނީ. ޢޭނަވެސް އެބަ ޖެހޭ ފާސްކުރަން