އައްޑޫ ސިޓީ ތަރައްގީ ކުރުމަށް 300 މިލިއަން ޑޮލަރުގެ މަޝްރޫއެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އައްޑޫގެ ތަސައްވަރު ހުށަހެޅުމަށް މިރޭ ބޭއްވި ހަފްލާއެއްގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރ ފައްޔާޒު ވިދާޅުވީ އައްޑޫގެ ތަސައްވަރު ފުރިހަމަ ކުރުމަށް އެންމެ ފުރަތަމަ ކަމަކަށް ކުރަން ނިންމާފައިވަނީ އައްޑޫގައި ފަތުރުވެރިކަން ކުރިއެރުވުން ކަމަށެވެ. އެގޮތުން އައްޑޫގައި 8000 އެނދު ތައްޔާރުކުރުމުގެ އިތުރުން ބައެއް ރިސޯޓާއި ސިޓީ ހޮޓެލްތައް ހެދުމުގެ ޕްރޮގްރާމްތައް ވެސް ކުރިއަށްގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެއާ ގުޅޭ އިންފްސްރާޓްރަކްޗާ ކުރިއަށް ގެންދިޔުމަށްޓަކާ މަގުތައް ހެދުމާއި، ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި މިފަދަ ބޭނުންވާ ކަންކަން ވެސް އަޅުގަނޑުމެންގެ އެ ޕްރޮގްރާމްގައި އެބަހުރި" ފައްޔާޒު ވިދާޅުވިއެވެ.

އައްޑޫގެ ތަރައްޤީގެ ތަސައްވަރުގައި މައިގަނޑު އަށް ކަމެއް ހިމަނާފައި ވެއެވެ.

މިރޭގެ ބައްދަލުވުމުގައި ބައިވެރިވި ބޭފުޅަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ފައްޔާޒު ވިދާޅުވީ، މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި އެ ތަސައްވަރު ހަޤީގަތަކަށް ހެދުމަށް ބޭނުންވަނީ 300 މިލިއަން ޑޮލަރު ކަމަށާއި، އެއީ ވަރަށް ކުޑަ އަދަދެއް ކަމަށެވެ.

"އަޅުގަނޑުމެން އަންދާޒާ ކުރާގޮތުގައި މި ފަސް އަހަރު ތެރޭގައި އައްޑޫއަކީ މީހުން އުޅެން ބޭނުންވާ އަދި މީހުންނަށް އަރާމު ދިރިއުޅުމެއް އުޅެވޭނެ ތަނަކަށް ހެދުމަށް ބޭނުންވަނީ 300 މިލިއަން ޑޮލަރު. އެއީކީ އެހާ ބޮޑު އެއްޗެއް ނޫން އިނގޭތޯ. މިކަމަށް އެއްވެސް ގޮތަކަށް ބޮޑު އެއްޗެއް ނޫން. އަދި އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ އެ ފައިސާ ލިބޭނެ ގޮތްވެސް މިހާރުބ ވަނީ ހަމަޖެހިފައި." އިކޮނޮމިކް މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ.

މި ކަންކަން ކުރުމަކީ މާބޮޑު ކަމެއް ނޫން ކަމަށާއި މި ކަންކަން ކުރުމަށް ބޭނުންވަނީ ސަރުކާރާއެކު މަސައްކަތް ކުރާނެ މަޖިލީހެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ލިއު

    ކޮންމެ ސަރުކާރެއް ަޔަސް އައްޑޫ އެކަނި ތަރައްޤީ ކުރަނީ. ދެން ތިބެނީ ވޯޓް ލާން ވީމަ ފެންނަ ބޭކާރު ރައްޔިތުން

    18
    5
  2. ޙައްގުބަސް

    އައްޑޫ މީހުން ބޮލަށް މިހާތަނަށް އެންމެން ޖެހީ ޗިޕް!! މައުމޫނުގެ ދިގު 30 އަހަރުގައި މިކަހަލަ ޗިޕް އެންމެ ގިނައިން ޖެހީ!! ބޭނުންވާ ކަންތައް ނިމުނީމަ ޖަމަލު ފޮޑިއަށްވެ ނިމިގެންދަނީ!! މިއީ މަޖްލިސްގެ މެޖޯރިޓީ ނަގަން މިސަރުކާރުން ޖަހާ ޗިޕް!! މިރާއްޖޭގެ މީހުން ގިނައިން ދިރިއޭ ރަތްތަކުގެ ނިސްބަތުން މިހާރު އެންމެ ވިރާނާވެފައިވާ އަދި ތަރައްގީވެސް އެންމެ ކުޑަކޮށްވެފައިވާ އަތޮޅަކީ މިހާރު އައްޑޫ ސިޓީ!! މިކަހަލަ ކުޅިވަރު އެންމެން ކުޅެނީ! ބޮލަށް ޗިޕް ޖެހޭލެއްވެސް ހަމަ ފަސޭހައީ ތޯއްޗެއް!

    19
    5
  3. ވެތިން

    މަޖިލީހުން ދޯ ތިބުނާ މަޝްރޫއެއް ހިންގަން އުޅެނީ.ހާދަ ހީވެޔޭ މަޖިލީސް އިންތިހާބަށް ވޯޓުހޯދަން ބުނި އެއްޗެއް ހެން.

    22
    2
  4. އިންސާނާ

    ސަރުކާރާއެކު މަސައްކަތް ކުރާނެ މަޖިލީހަކީ 300 މިލިއަން ޑޮލަރު ދެއްތޯ ތިޔަވިފާޅުވާ 300 މިލިއަން ލިބޭނެގޮތެއް ހާމަނުކުރީ ކީއްވެ.އެހެން ނަހައްދަވާ ބޭކާރު ދޮގުވައުދުތައް ނުވޭ

    15
  5. ޢަލީ

    މަޖްލިސް ކާމިޔާބުކުރުމަށް ދައްކާ ހުވަފެނެއް.

    31
  6. ޥެނިސް

    އެހާ ފަސޭހަ ވެއްޖެނަމަ އެއީ ގައުމު ވިއްކާލުން. އިންޑިޔާއަށް މިބިމުން އިންޗިއެއް ވެސް ނުދޭތި. ސީދާ ހަނގުރާމަ ގެރިއްލާ ހަގުރާމަ

    13
  7. ޖައްސާތި

    ތިޔާއީ މަޖްލީހުގެ ގޮނޑި ތައް ހޯދަން ވެގެން ހަދާ ރޯ ބުހުތާނު ދޮގު އައްޑޫ އަކީ ޓޫރިޒަމް ޑެސްޓިނޭޝަނެއް ނޫން އެތަނަށް ޓޫރިސްޓުން ނާންނާނެ އެހެން ނަމަ ހެރެތެރެ އަށް ދާނެ ޓޫރިސްޓުން އައްޑޫ އަށް އޮތް އެންމެ ރަނގަޅު ހައްލަކީ އައްޑޫ ކޮންމެ މީހަކަށް މާލެ ސަރަހައްދުން 4 ހާސް އަކަފޫޓްގެ ބިމެއް އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް 100 އަހަރަށް ކުއްޔަށް ދިނުން އެނިމުނީއޭ..

    9
    5
  8. އަޒްލީ

    300 މިލިޔަން ޑޮލަރު އައްޑޫއައް ޚަރަދުކޮއްގެން ތަރައްގީކުރަން ނަގާލޯނު ދެއްކޭނީ 150 އަހަރުން. އައްޑޫއަކީ 700 މިލިޔަން ދިވެހި ރުފިޔާ ޚަރަދުކޮއްގެން އެޅިކޮންވެންޝަން ސެންޓަރެއް ނުހިންގުނު އަދި އެއްވެސް ފައިސާ ނުވަތަ ހިންގުމައް އެތަނައް ބަޔަކުމީހުން ޝައުގުވެރި ނުވިތަނެއް. ގޫބައްޑާއިން ހީކުރަނީ އައްޑޫއަކީ ޖަވާހިރެއްކޭ..

  9. ނިޢަމް

    ނުވާނެ~ ކުރިންވެސް ދެއކި ދަޅަ މިހާރުވެސް ދެއްކޭނީ! ވޯޓަށް ޖަހާފިލީގައި ރައްޔިތުން ނުހިފުމަށް ނަޞޭޙަތްތެރިވަން! ދަޅަދައްކަން ކަމެއް ފަށާފާނެ! ދިހައަހަރުވާއިރުވެސް ކުރިޔަކަށްނުދާނެ! ހާކާލަހާކާލަ ތިބޭނީ! ކުރިން ހެދިގޮތް މިސލަކަށް ނަންގަވާ!

  10. ނާނު

    ތިޔަ ފަތުރާލި ދަލުގައި އައްޑޫރައްޔިތން ޖެހޭނެ! ޢިލްމުލިބިތިބި ބޯގަޅިމީހުން ތިބޭނީ!

  11. އައްޑޫ

    ކޮންމެ ވޯޓަކާ ދިމާކޮށް އައްޑޫ ތަރައްޤީ ކުރަނީ. ދުވަހަކުވެސް އެކަމެއް ނުވޭ. ވޯޓް ލިބުނީމާ އަތަށް ކުޅެއްޖަހާލަނީ. މިފަހަރަކީ އައްޑޫ މީހުންގެ ބޮލަށް ސަވާރު ވެވޭ އެންމެ ފަހުފަހަރު ކަމަށް ހަދަމާ! ކަންތައްތަށް ކޮށް ދިނުމަށް ފަހުގައު ނޫނީ އެއްވެސް ވޯޓޭ ނިކިޔޭވަރު ކުރަންވީ!

    14
  12. ނަން

    ސަރުކާރަށް މިހާރުވެސް ގެއްލުންވާ މަދު ކުންފުނިތަކުގެ ތެރާގަ އައްޑުއަތޮޅު އެއަރޕޯޓު ހިމެނޭ!

  13. ޚުރުސް

    ހައްޙައް ހައް .....މި ކަންކަން ކުރުމަށް ބޭނުންވަނީ ސަރުކާރާއެކު މަސައްކަތް ކުރާނެ މަޖިލީހެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.....

  14. ޖަޒީރާމަނިކު

    ތިޔައީ މަޖިލީހަށް ކެމްޕޭން ކުރުމަށް ހުށަހެޅި ހުށަހެޅުމެއް.

    11