އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ބެލެވިފައިވާ ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އިސްވެރިޔާގެ މަގާމުގައި ހުއްޓާ ހައްޔަރުކުރި ހަސަން ސައީދުގެ ޝަރީޢަތް މިއަދު ކްރިމިނަލް ކޯޓުގައި ފަށަން ތާވަލް ކޮށްފިއެވެ.

ހަސަން ސައީދުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޤާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާއެވެ. މިމައްސަލައިގެ ޝަރީޢަތް މިއަދު 13:00 ގައި ކްރިމިނަލް ކޯޓުގައި ބާއްވަން ވަނީ ތާވަލްކޮށްފައެވެ.

ދާދިފަހުން "ވަގުތަށް" ދެއްވި އިންޓަވިއުއެއްގައި ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެފައި ވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހަތަރު މަސް ދުވަސް ތެރޭގައި ލަންކާ އަށް ހަތް ފަހަރު އަދި ފަނޑިޔާރު އަލީ ހަމީދު ދެފަހަރެއްގެ މަތިން ލަންކާ އަށް ވަޑައިގެންނެވި އިރުވެސް އަބްދުﷲ ސައީދު އެބޭފުޅުންގެ އަރިހުގައި ކޮންމެ ފަހަރަކު ވެސް ވަޑައިގެންނެވި ކަމަށެވެ. އޭގެތެރޭގައި ފަނޑިޔާރުން އާއިލާ އާއި އެކު ލަންކާ އަށް ވަޑައިގެންނެވި ދަތުރުފުޅުތައް ވެސް ހިމެނެއެވެ.

ސުޕްރީމް ކޯޓުން 01 ފެބްރުއަރީ ގައި ނެރުނު އަމުރުގެ ފަހުން ހަސަން ސައީދު ހައްޔަރު ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ސުޕްރީމް ކޯޓުން ބާތިލްކޮށް ހަސަން ސައީދު ދިފާޢު ކުރަން ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ.

ހަސަން ސައީދުގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ ފަނޑިޔާރުންގެ މަސައްކަތްތައް ނުފޫޒު ފޯރުވުމާއި، ރިޝްވަތުގެ ފައިސާ ދިނުމާއި ރިޝްވަތުގެ ގޮތުގައި ލިބިފައިވާ ފައިސާ ބޭނުންކޮށްގެން މަންފާ ހޯދުމެވެ. އަދި މިހާތަނަށް އޭނާގެ މައްޗަށް އުފުލާފައި ވަނީ އެންމެ ދައުވާއެއް ކަމަށް ވީނަމަވެސް ކުރިއަށް އޮތްތަނުގައި އޭނާގެ މައްޗަށް ގިނަ ދައުވާތަކެއް އުފުލާނެ ކަމަށް ބެލެވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނާޒު

    ތިހަސަން ސައިދުއަށް ތި ހަދަނީ ހަމަ ރަގަޅަށް ކޮބާ ކަލޯ ލައްކަ ދުވަހު ހިތަން އެރިދޯ އަރާމުގައި ތިހެން ތިމަގާމުގައި ހުރެވިދާނެ ކަމަށް މީހުންނަށް ލިބެންޖެހޭ ހައްްްޤު ތަކުގައި ހިފަހައްޓާއިގެން ހުރެވިދާނެ ކަމަށް

  2. ޖޮއްބެ

    ގިނަ ގޫބައްޑާ ތަކެއް ގުޅިގެން ގެންނަން އުޅުނު ބަޣާވާތެއް.

  3. ކަނބަލުން

    ކޮބާ އަޅުގަނޑުމެންނަށް ނާއިންސާފުން ކަންކަންކުރީ އަސަރުކުރޭތަ