ލ. ފޮނަދޫން އެ އަތޮޅު މާމެންދު އަށް ދަަނިކޮށް، ގެއްލުނު ކަމަށް ބުނާ ޝިމާ ނާފިޒް ހޯދުމަށް މަސައްކަތް ކުރަމުންދިޔައީ، އޭނާ ފެނިދާނެ ކަމުގެ އުއްމީދު އޮތީމައެވެ. އޭނާއާއެކު ދަތުރުކުރި އިބްރާހިމް ފަޒީލް، 24،ގެ ވާހަކަތަކުން ޝިމާ ގެއްލުނީ ކަނޑަށެވެ. އެހެންވެ އެމްއެންޑީއެފް އިން ޝިމާ ހޯދުމަށް، އޭނާ ގެއްލުނު ސަރަހައްދުކަމަށް ބުނާ ސަރަހައްދު ވަރަށް ބޮޑަށް ބެލިއެވެ. އެތައް ފަހަރަކު ބެލިއެވެ.

އަދި ބައެއް މީހުން، ޝިމާ ގެއްލުނު ހިސާބު ކައިރީގައި ހުންނަ ފަޅު ރަށްތައްވެސް ބެލިއެވެ. ޝިމާގެ އެއްވެސް ހަބަރެއް ވެފައެއް ނުވެއެވެ.

ޝިމާ ގެއްލުނު ހާދިސާގެ އެންމެ ފަހުގެ އަޕްޑޭޓް ސިފައިންގެ ފަރާތުން:

"ޝިމާ ހޯދުމަށް އެމްއެންޑީއެފްގެ ސާރޗް އެންޑް ރެސްކިއު އޮޕަރޭޝަންއަށް ކަނޑައެޅިފައި އޮންނަ އުސޫލުން އަމަލު ކުރަމުންދޭ އަދިވެސް.އަދި މީނާ ފެނިފައެއް ނުވޭ، އަދި ހާދިސާއާ ގުޅުން ހުރި އެއްވެސް އެއްޗެއްވެސް އަދި ނުފެނޭ" އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ އިބްރާހިމް އާޒިމް ވިދާޅުވިއެވެ.

ޝިމާ ގެއްލުނު ހާދިސާގެ އެންމެ ފަހުގެ އަޕްޑޭޓް ފުލުހުންގެ ފަރާތުން:

"މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން އަދިވެސް". ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ޝިމާ ހޯދުމުގެ މަސައްކަތަށް އިއްޔެ ލިބުނު އަޕްޑޭޓް:

"ލ. ހިތަދޫ މީހަކަށް ފެނުނު ހުވަފެންތަކަކާ" ގުޅިގެން ޝިމާ ހޯދަމުންދިޔަ ވާހަކައެވެ. އާއިލާގެ އެދުމުގެ މަތިން، ރައްޔިތުންނަށް ގޮވާލެވި، ގިނަ އަދަދެއްގެ ރައްޔިތުން ގާދުއަށް އިއްޔެ ދިޔައެވެ. ނަމަވެސް ޝިމާގެ އެއްވެސް ހިލަމެއް އަދި ގުޅުން ހުރި އެއްޗެއްވެސް ފެނިފައެއް ނުވެއެވެ.

ޝިމާ އަދިވެސް ފެނިދާނެކަމަށް އާެއިލާއިން ގަބޫލުކުރެއެވެ. ޝިމާއަށް ވީގޮތް ނޭގި، މުޅި އާއިލާ އާއި ރަހުމަތްތެރިން އަދި މުޅި ރަށްވެސް އޮތީ ހިތާމާގައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. ކެންދޫ

  އަދިވެސް ގާދޫ ބަލާ. ރަނގަޅައްބަލާ

  52
  2
 2. އީ

  ވަރަށް ހީވޭ ފަޒީލް ޝިމާ ގާދޫގައި ފޮރުވައިގެން އުޅޭހެން

  57
  3
 3. ވަރުވާ

  ފަޒީލް ހައްޔަރުކޮށްގެން، ރަނގަޅަށް ތަޙުޤީޤު ކުރެވިއްޖެނަމަ، ހެދިގޮތް އޭނާ ބުނެދޭނެކަމަށް ލަފާކުރެވޭ. ކަނޑުވެ ގެއްލުނީކަމަށް ޤަބޫލްކުރަން ވަރަށް އުނދަގޫ.

  84
  3
 4. ހުސޭނުބޭ

  ހުސްނު ސުޢޫދަށް ހުވަފެނުން ފެންނަނީ ރިޟްވާނާއި ޔާމީނު ރަޝީދު! ޝިމާ އަދު ހުވަފެނުންވެސް ނުފެނޭ! އެހެންވީމާ ކިހިނެއް ތީގެ ތަޙްޤީޤެއް ހިންގާނީ!

  22
  15
 5. ނަފާ

  ޝިމާއަށް 19އަހަރު ދޯ؟ އޭނާ ކިހިނެއް ލިބިފަ ހުރި ކުއްޖެތަ އެއީ؟ ޅައުމުރުގަ ކައިވެންޏެއްކުރަން ޖެހުނީތަ؟

  20
  38
  • ައަޖައިބު

   ކަލެއަށް ކޮންކަމެއް ދެން؟ އޭނައަށް ލިބިނު ކުއްޖާއެއް ނޫން ދޯ ގެއްލިގެން މިއެޅެނީ!

 6. ރޮކް12

  އެމްއެޗް 370 ހޯދަން ބޭނުންކުރި ޓެކްނޮލިޖީ ސަރުކާރުން އެދިގެން ނަމަވެސް އެބަޖެހޭ ހޯދައިގެން ފެނޭތީ ބަލަން. 18 މަހުގެ ކުއްޖެއްގެ މަންމަ ވިއްޔަ މިގެއްލުނީ..

  36
  4
  • މަލާހަތް

   ކަލޭ ހީކުރަނީ އެމަންޖެއަކީ ފުލައިޓެއް ކަމަށްތަ؟

 7. އަލިފްހާ

  ކޮބާ އުގައިލް . ކެކެކެކެ

  25
  6
 8. ހަސަން

  ތިކަމުގައި ފަޒީލް ހަދަނީ ދޮގުކަމަށް ވަރަށް ބޮޑަށް ބެލެވޭ އަދި ބޮޑަށް ބެލެވެނީ ތިކަމުގަ ފަޒީލަށް ކޮންމެވެސް ބައެއްގެ އެހީތެރިކަން ލިބިގެން ހިންގައިގެން އުޅޭ ކަމެއްހެން ސަބަބަކީ ތިަތަނުގައި ދަތުރު ކުރާ ކެޕްޓަނުން ދީފައި ހުރި މައު ލޫމާތާއި ފަޒީލް އެ ދައްކާ ވާހަކަޔާއި ދިމާނުވުން.އަމެއް ކަމަކީ އެހާ އަވަހަށް ހޯދަން ފެށި ކަމެއްގަި އެއްވެސް އެއްޗެއް،ޑިންގީ،އަދި އެބުނާ ތެޔޮ ޓޭންކު ފެނިފައިނުވުން.ހަމަ އެހެންމެ އެމަންޖެއްށް ފަތަން ނޭގޭ އިރު ފަޒީލް ބުނާ ގޮތުން އެމަންޖެ ނުފެނިގެން ލޯންޗުދަށުން ފުރަތަމަ ފެނުނު ވާހަކަ އަދި ތެއޮ ހުސްކުރަން 2 މީހުން އުޅުނުވާހަކަ ފަޒީލް ތަތާފަ އެހާ ގަދަ އިރު އެހާ ދުރަށް އެހާ އަވަހަށް ދެވުނު ގޮތް މިކަން ތަށް ތަކަށް ޕޮލިހުން ރިޔާއަތް ކޮށްގެން ރަނގަޅު ތަހުގީގެއް ހިންގަިފި ނަމަ ތި މައްސަލައިގައި ކަން ހިނގައި ދިޔަ ގޮޔް ސާފު ވާނެ ކަމާ މެދަ ކު ށައްކެއް ނުކުރަން.ހަމަ އެންމެ ފަޒީލް ބުނިކަމަށް ނޫހުން ދެކުނިން އެމަންޖެ 2 ފަހަރަށް ޑިންގީ މައްޗަށް އެރުވި ވާހަކަ އަދި ފޯނެއް ދިން ވާހަކަ ސުވާލަކީ ކޮން ތާ ކުން ހޯދި ފޯނެއްތޯ ސަބަބަކީ ކުއްލިޔަކަށް ބަންޑުން ޖަހާ ލީމަ ފޯނަށް ލޯނު އެޅޭނެތީވެ ހަމަ އެހެންމެ 2 ފަހަރު ދިންގީ މަށްޗަށް އަރުން ފުރުސަތު ލިބުނު ޑިންގީއެއް މިހާރު އަޑިޔަށް ދާން ޖެހުނު ސަބަބުވެސް ބަލަން އެބަޖެހޭ އަޅު ގަންޑު އެދެނީ މި ހުރިހާސުވާލެއްގެ ޖަވާބު ޕޮލިހުން އެކުއްޖާގެ އާއިލާއަށް ސާފުކޮށްދެން އެބެޖެހޭ ކަމަށް އަޅުގަނޑު މިހަބަރުތަށް ކިޔާއިރު ހިތަށް އަރާ ސުވާލުތަށް ތިބޭފުޅުންނަށް މިހިއްސާކޮށްލީ އުއްމީދަކީ މިކަމުގެ ހަގީގަތް އެގުން

  82
  3
 9. ޣދދ

  ފިނޮޅު ބަލަންވީ... ޑިންގީ އާ އެކު ވަޅުލާފަ ވެސް އޮވެދާނެ...

  26
  3
 10. އަލީ

  ރާއްޖޭގެ ސިފައިންނަކީ ވަރަށް ކަންފަސޭހަ އަދި އެހާމެ ގަމާރު ބައެއް ތިމީހުނައް ހޯދޭ ނެތް ހަމަ އެއް ކަމެއްވެސް

  44
  10
 11. ވާނުވާ

  ކޮބާތޯ އުގައިލް ގެންގުޅޭ ކަމައް ބުނާ ތެދު ދޮގު ދެނެގަންނަ ސޮފްޓްވެޔާ؟ ފބއ އިންވެސް އުގައިލްގެ ބޭނުންހިފާ... މިދެން ކޮންތަނެއް؟

  12
  1
 12. ??‍♀️

  ފަޒީލް އެކަނި ކުރިކަމެއް ނުޫން ތީ އެތަށް ހެކިތަކެއް އިގެން ހުރިއިރު ކީއްވެ އޭނަ ހައްޔަރުނުކުރަނީ..

  17
  1
 13. ގާދޫ

  ފޯކަސް ގެއްލުވާލަން ނުބާދިމާލެއް ދައްކައިގެން ފޒީލު އެއުޅެނީ! މަހިތެން ނުބުނޭ ގަން ފޮނަދޫ ސަރަހައްދުން ދުރެއްގެ ސިމާ ވެދާނެ ކަމަކަށް

  17
  1