ހުޅުމާލޭގައި ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ބަޔަަކަށް އަނިޔާވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ސިފައިން ފްލެޓް ކައިރީ ހިނގި މި އެކްސިޑެންޓްގައި އަނިޔާވި މީހުން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ. އެ އެކްސިޑެންޓް ހިނގީ 6:00 ގައި ކަމަށް މައުލޫމާތު ލިބެއެވެ.

އެކްސިޑެންޓް ހިނގިއިރު، އެއް ސައިކަލުގައި އިނީ އަންހެނެކެވެ ދެވަނަ ސައިކަލު އިނީ އަންހެނާއި ފިރިހެނެކެވެ.

އެ މީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް ނުލިބެއެވެ. ހުޅުމާލެ ހޮސްޕިޓަލް ހިންގަމުންދާ އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެކްސިޑެންޓެއް ވެގެން ބަޔަކު ހޮސްޕިޓަލަށް ގެނެސްފައި ނުވާ ކަމަށެވެ.

އެހެންކަމުން ބެލެވޭގޮތުގައި، އެ އެކްސިޑެންޓްގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައެއް ނުވެއެވެ.

އެކްސިޑެންޓް ހިނގި ސަރަހައްދުގައި ފުލުހުންވެސް ވަނީ ހަރަކާތްތެރިވެފައެވެ.