އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ޖުމްހޫރީ ޕާޓީން ކެންޑިޑޭޓުން ކުރިމަތިލާފައިނުވާ ދާއިރާތަަކުގެ އިދިކޮޅު ކޯލިޝަން ކެންޑިޑޭޓުންނަށް ތާއިދު ކުރާކަން ރަސްމީކޮށް ޖުމްހޫރީ ޕާޓީން އިއުލާނުކޮށްފިއެވެ.

މިހާރު ކުރިއަށްދާ ޖުމްހޫރީ ޕާޓީގެ އިވެންޓްގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ، އެކަމުގެ ފުރިހަމަ މައުލޫމާތު މާދަމާ ރޭ ބާއްވާ ނޫސްކޮންފަރެންސްއެއްގައި އިއުލާނު ކުރާނެ ކަމަށެވެ.

ގާސިމް ވިދާޅުވީ، ޕީޕީއެމް-ޕީއެންސީ އިން ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުންނަށް ތާއިދު ކުރަން ނިންމާފައި ވަނީ، އެ ޕާޓީން ކުރިމަތިނުލާ ހުރި ދާއިރާތަކުން ކަމަށެވެ. އަދި އެ ޕާޓިންވެސް ކަންތައް ކުރައްވާނީ އެހެން ކަމަށެެވެ.

"ހަމައެހެންމެ އިން ރިޓާން އަޅުަނޑުމެންވެސް އޮންނާނީ ހަމަ ގޮޑަކަށް ގޮޑެއް. ޖުމްހޫރީ ޕާޓީންވެސް، އެ ޕާޓީން ކުރިމަތި ނުލާ ދާއިރާތަކުގެ ކެންޑިޑޭޓުންނަށް ޖުމްހޫރީ ޕާޓީގެ ނަމުގައި އާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި ތާއީދު ކުރާ ވާހަކަ ދަންނަވާލަން". ގާސިމް ވިދާޅުވިއެވެ.

ރޭ ޕްރޮގްރެސިވް ކޯލިޝަންއިން ވަނީ ޖުމްހޫރީ ޕާޓީގެ 32 ކެންޑިޑޭޓަކަށް ތާއިދު ކުރާކަން ހާމަކޮށްފައެވެ.

އިދިކޮޅު މައި ޕާޓީއާއެކު، ޖުމްހޫރީ ޕާޓީން މަޝްވަރާތަކެއް ކުރެވިގެން ދިޔަކަމަށް ވިދާޅުވެ ދެކެވެމުންދިޔަ ވާހަކަތައް އަބަދުވެސް ޖުމްހޫރީ ޕާޓީން ދިޔައީ ދޮގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އައިޝާ

    އެމްޑީޕީއާ އެކުގައި ހުރެގެން ޕީޕީއެމް މެންބަރުންނަށް ތާއީދު ކުރަނީއޭ!!!!!! މީނަ ސިކުނޑީގެ ޑޮކްޓަރަކަށް ދައްކަބަލަ ހެޔޮ އެދޭ މީހަކު ހުރިއްޔާ. ކޮބާތަ އައިޝާ؟؟؟؟؟؟؟

    14
    14
  2. ރަށުމީހާ

    ޤާސިމާ ކަލޭ އަނެއްކާ ބަޤާވާތައްދުއްވައިގަތީދޯ އަހަރުމެންގެ ވޯޓެއްނުދޭނަން

    13
    13
  3. އަހަންމާ

    ދެފުއްކެހެރި ސޭޓު

    5
    13
  4. ދިވެއްސެއް

    ސާބަހޭ ދަރިޔާ!

    22
    13
  5. އަނާރު

    އެހެންވޭ މަބުނަނީ ގާސިމް ވަރެއް ހަމަނެތޭ ގައުމަށް އެންމެ ބޭނުންވާވަގުތު ގާސިމްގެ އެހީތެރިކަން އަބަދުވެސް ލިބޭ

    17
    4
  6. ސަދަން ބްރިގޭޑް

    ޤާސިމު އިބްރާހިމް އަކީ ޤައުމިއްޔަތާއި ކުޅެން ދިމާކުރާ ބައެއްގެ ފަހަތުގައި ދުވަހަކުވެސް ހުންނަވާނެ ބެއިފުޅެއް ނޫން. ޤާސިމް އަދި ޔާމީނަކާއި ނުކުޅެވޭނެ އެމް.ޑީ.ޕީ. މިކަން ހަދާންނައްތާލާ

    3
    1
  7. ކެޔޮޅު

    ކޮބާތަ އަލީހުސެއިން ޢަބުދުﷲ ރިޔާޒް ދެންއަނގަނާރުވާތި ނޫނީ ހަރަދުކުރުން ހުއްޱިދާނެ!!!!

    3
    1