އުމަރު ނަސީރަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް، ހިތަދޫ މެދު ދާއިރާގެ މެމްބަރު އަދި ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އިބްރާހީމް މުހައްމަދު ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އުމަރަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށާއި، 7 ފެބްރުއަރީގެ ބަގާވާތް ހިންގެވުވުމުގައިވެސް އިސް ރޯލެއް އުމަރު އަދާކުރެއްވި ކަމަށެވެ. އަދި ޕޮލިހާއި އެމްއެންޑީއެފްއިން އުމަރު "ނިއުޓްރަލައިޒް" ކުރައްވާ އޭނާގެ ޕްލޭން "ނެގޭޓް" ކުރައްވަން ޖެހޭ ކަމަށް ދީދީ ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން ޑީޑީ ވިދާޅުވީ އުމަރު 2012 ވަނަ އަހަރު އެމްއެންޑީއެފް ހެޑްކުއާޓާސްއަށް ހަރުގަނޑު ބަހައްޓައިގެން ވަދެ ހަމަލަދޭން ގޮވާލާ ހިތްވަރުދިން މައްސަލަ ތަހުގީގު ކުރަން ފުލުހުންގެ މައްޗަށް އަމުރުކޮށްދެއްވުމަށް ޕީޖީއަށް ގޮވާލާ ކަމަށެވެ.

https://twitter.com/ibrahimmdidi/status/1103702762628440064

އެފަދަ ގޮތަކަށް ދީދީ ވިދާޅުވެފައި ވަނީ އިންޑިއާ ސިފައިންގެ ހެލިކޮޕްޓަރު، އަދި އިންޑިއާ ސިފައިން ގައުމުން ބޭރުކުރުމަށް ގައުމީ ހަރަކާތެއް އުމަރު ފައްޓަވާފައި ވަނިކޮށެވެ. މިދިޔަ ހަފްތާގައި އޭނާ ބާއްވަން އުޅުނު ހަރަކާތެއް ބާއްވަން ތަނެއް ނުލިބުމުންވެސް ވަނީ ޝަކުވާ ކޮށްފައެވެ.

އުމަރުގެ ފޭސްބުކް ޕޭޖްގައި މިއަދު ވިދާޅުވީ އިންޑިއާ ސިފައިންނާ ދެކޮޅަށް މާދަމާ ރޭ ދަރުބާރުގޭގެ ހަކުރާ މާލަމްގައި ބާއްވަން އުޅުނު ހަރަކާތް ފަސް ކުރަން ޖެހުނީ ސަރުކާރުން އެ ތަން ދޫނުކުރުމުން ކަމަށެވެ. އަދި ސަރުކާރުގެ ބެލުމުގެ ދަށުގައި ހުރި އެއްވެސް ތަނެއް ލިބޭތޯ މަސައްކަތް ކުރުމުން ވެސް އެއްވެސް ތަނެއް ލިބިފައި ނުވާތީ އުމަރު ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

"ހަމަހަމަކަމާ އެކު ދައުލަތުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށް ބުނި ސަރުކާރަކުން މި ކަމަށް ހުރަސް އަޅާތީ ހިތާމަ ކުރަން،" އުމަރުގެ ފޭސްބުކް ޕޭޖްގައި ލިޔެފައިވެ އެވެ.

"ދެން މި އިވެންޓް އޮންނާނެ ތާރީހަކާއި ތަނެއް ފަހުން ދަންނަވާނަން،" އުމަރު ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. އިއްބެ

    ކަލޯ ބުރިގާޑިޔާ! ބަލަން ހުރޭ! މާތްﷲ ގެ ވާގިފުޅާއެކު ޢުމަރު އެކަން ކުރައްވާނެ އޮންޝާއﷲ.

    107
    10
  2. ކަޅުބެ

    ގައުމީ ސަލާމަތަށް ނުރައްކާތެރި މީހަކީ އިބޫ

    147
    8
  3. ވިސްނާ

    އުމަރު ނަސީރަކީ މިރާއްޖޭގައި ހުރި އެންމެ ޕްރޮފެޝަނަލް ސިޔާސީ ލީޑަރު. ދެއިރު ދެދަޅަޔަށް ދެއަނގައިން ވާހަކަ ދައްކާ ތަނެއް ނުފެނޭ. އަބަދުވެސް އެއްހަމައެއްގައި އެއް އުސޫލުތަކެއް ގެންގުޅުއްވާ ވަޠަނީ ބޭފުޅެއް. އަދި ކޮންމެވެސް ދުވަހަކުން މިރާއްޖޭގެ ރައްޔިތުން އުމަރު ނަސީރަށް ބަޢިއަތު ހިފާނެ އިންޝާﷲ.

    108
    7
  4. މުހައްމަދު

    ޟިގާޑިޔާބެޔަށް ބޮޑުވާ އެއްކަމެއްނެތޭ ފަހެމީ އިންސާނެއްތަ މިއޮށްގެން ޝަހިންދާމެން ކާފަރުހަންގަނޑުފަތުރާ ނިންމަނީ މިހާރު މި އިސްލާމިކު ރީތިދޮންވެލި ރައްތަކުގައި ނަޖިސް އުފައްދާ އެންމެން ގައިގަ އެހެރަ އުނގުޅަނީ އެތަން ނުފެނޭ އުމަރު ބަސްބުނީމަ ގާޑިޔާބެޔަށް ނުރައްކާވީ ހެހެ އެހެރަމޮޔަވެގެން ދުވާ ބަދަވިކަލޭގެ އެހެރަގެން މުޅިގައުމު ވިއްކާލާ ވެރިކަމަށް ބިރުދައްކައި މިހާރުގެ ރައީސްގެ ސިކުނޑިޔާ ކުޅެލައިގެން އަމިއްލަޔަށް ވެރިޔަކަށްހެދިގެން ރައްޔިތުންގެ ފައިށާތަކުން އިސްރާފުކުރާއިރުވެސް ކަންބޮޑުނުވެ ހަމަ އުމަރު އެއްޗެކޭކީމަ ނުރައްކާ ކިހާބޮޑުކަމެއް ފުރަތަމަ ތިމާޔާ ތިމާގެ ދަރިފުޅު ޝަހިންދާމެންގެ ނުރައްކަލުން ނިކަން ސަލާމަތްވެބަލަ ހެހެހޭ

    76
    3
  5. ރާޑަރު.

    ނަޝީދު އާއި އިބޫ އަމިއްލަ އެދުމުގައި ޤައުމު އިންޑިޔާއަށް ވަނީ އަޅުވެތިކޮއްފަ. ޤައުމުގެ އަންނަންއޮތް ޖީލްތަކުގެ ދަރީވެސް މި މީހުންނަށް މަޢާފެއްނުކުރާނެ. ޤައުމުގެ އަބްތާލުންނުކުމެ ޤައުމު މިނިވަންކުރާނެ. އިންޝާﷲ.

    26
    1
  6. މަންޖެ

    ނަސީދަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް!
    މުސްކުޅި ވެފާހުރި ބްރިގޭޑިއާ ޢުމަރަކާ ނުކުޅެވޭނެ އަދި އުމަރަށް ވެރިކަން ލިބޭނެ ދުވަހު ލާދީނީ ބާގަޑު ސައިޒުކޮށްލާނެ !!!!

    27
    1
  7. ޓެރަރިސްޓް

    ބްރިގޭޑިޔާ ދީދީ ތިޔައީ ގައުމު ދިފާއުކުރި ބަތަލުންގެތެރޭގަ އެއްއިރެއްގަ ނަންކިޔުނު މީހެއް އެހެންނަމަވެސް ދިވެހި ރައްޔިތަކު ވަގަށްނެގުމުގަ ބައިވެރިވި ޓެރަރިސްޓަށް މަގުފަހިކޮއްދިން ޙާއިނެއް. ދީދީގެ މީހަކު ރަހީނުކުރި މައްސަލައިގެ ފައިލްވާނެ ފުލުސްއޮފީހުގަ. އަލުން އެމައްސަލަ ޕީޖީއަށް ފޮނުވަށް ދަންނަވާލަން ބަނާނާރައީސަށް. އުމަރަށް ބިރުދައްކަން ނޫޅެ އިންޑިޔާއިން ލިބުނު ލާރިން ކަމެކުރެވޭތޯބަލާ އައްޑޫ ރައްޔިތުންނަ އޮޅުވާލާ އައްޑޫ އިންޑިޔާއަށް ވިއްކަން ކަމަރުބަދެފަހުރި އެއް ޙާނުތިއީވެސް. ކަލޭ އިހައްދުވަހު މިސަރުކާރަށް އުފެއްދި ސުވާލުއެއީ ކޮންކަމަކާ އުފެއްދި ސުވާލެ. އޭގެ އަގު ލިބުނީތަ؟މިފަދަމީހުންގެކިބައިން މިގައުމު ސަލާމަތްކުރައްވާ މިނިވަންކުރައްވާށި. އާމީން.

    22
  8. ހަސަން ނުވަވަނަ

    ދީދިއެއް ސީދީއެއް ކިޔާނެ ކަމެއް ނެތް ރީނދޫ ބައިގަނޑުގެ ތެރޭގަ ނުހުންނާނެ ސަލާމަތުންހުރި އެކަތިވެސް. ގެރިނަޖިހުން ދިވެހިރާއްޖެ ސަލާމަތްކުރަން އުމަރު ކުރާ މަސައްކަތް ހުއްޓާނުލާނެ ތިކަހަލަ ކެނަޔަކު ކޮއްލާ ޓްވީޓަކުން ބްރަދާ

    21
  9. ޙުކީ

    ގާޑިޔާ ޑޑ ބަލަ ބިދޭސީން ސިފައިން މިގައުމުގައި ހާލިހަދައިގެން ތިބުން އޯކޭ ވެގެން ތިޔަ އުޅެނީ . ތިޔަ ރީދޫ ބައިގަނޑުގަ ހުރީމަކަން އަހަރެމެންނަށް އެނގޭ

    17
  10. ގައުމީ

    އުމަރު ނަސީރަކީ ގައުމީ ބަތަލެކެވެ އެމަނިކުފާނު
    ފައްޓަވަން އުޅުއްވާ ގައުމު ސަލާމަތްރުމުގެ ކެމްޕޭނަށް ރައްޔިތުން ފުރިހަމަ އެއްބާރުލުން
    ލިބޭނެއެވެ

    23
  11. ކަލޯ

    ތިޔަ ބުރިގާޑިއާ 7 ފެބްރުއަރީގައި ކޮމާންޑަރަކައް ހުރެ ފެއިލްވީ. އެދުވަހުވެސް އިންޑިއާ ސިފައިން ގެންނަން ގެނެސްގެންވެސް އަންނީގެ ވެރިކަން ދިފާއުކުރަން ސިފައިންގެ ތެރޭގައި ގޮވާލި ހަމައެކަނި މީހަކީ ތިޔަ ބުރިގާޑިއާ. މިހާރު މަޖިލިހުންވެސް ވަކިވާތީ ފަލަސުރުހީ ފަވާލަން ކޮންމެވެސް އެއްޗެކޭ ކިޔަމުން ދުވްނީތި.

    19
  12. ނަޖީ

    ގައުމީސަލާމަތައް ހުރިނުރަކަލަކީ އިބޫ އާއަންނި

    16
  13. ނަޖީ

    އުމަރު ފަހަތުގާ ސާބިތުކަމާއެކު އަހަރުމެން ތިބިވާހަކަ މިފުރުސަތުގާދަންނަވަން މިގަުމު ސަލާމައް ކުރުމައްޓަކާ ސާބިތުވެ ތިބޭނަން

    19
  14. ނާސިހް

    ބަލަ ގަމާރު އިބްރާހިމް ދީދީ ކަލެޔައް މިހާރުތަ ތިކަން އެނގުނީ އެއިރުގަ ކަލޭބުނި އެތި އަހަރެމެން ހަނދާން އެބަހުރު ކަލޭވެސް ޖާބިރު ހެން މިހާރު މޮޔަގޮވަނީ ދޯ އެކުޅި ފެށީކަން ޔަގީން ނަޝީދު އަކަށް ވެސް ނޭނގެ ބައާވާތް ކުރިކަން ބުނުއްވީ ތަހުގީގު ކޮށްގެން ބެލީމަޔޯ އެނގޭނީ ރާއްޖެ ޓީވީން ބުނީ ބަޑިޖައްސާގެން އިސްތިޔުފާދިނީ ޔޯ މީދެން ކޮން ކަމެއްތަ ނަޝީދު ބުނީ ރާއްޖެ ޓީވީ މީ ފިތުނަ އުފައްދާ ބަޔެކޭ ކެރުނުތަ ރިޕޯޓެއްވެސް އިދި ޗުޕުއޭ ކިޔާކައްވެސް މިރާއްޖެ ހަލާކުނުވަނީސް މި މީހުން ނުހުއްޓާނެ އުމަރު ރައީސަކައް ހޮވަން ވީ އެއިރުން ރާއްޖެ ހަމަޔަކައް އެޅޭނީ ވަރައް ސަލާން

    13
  15. ސަޓޯ

    ހައްލަކީ ހަމަ އުމަރު

    16
  16. މުންމު

    ޢުމަރު ނަސީރެއް ނޫން ގައުމީ ސަލާމަތަށް ހުރި ނުރައްކަލަކީ. އިބުރާހިމް ދީދީ އާ އެމްޑީޕީ އަދި ހާއްސަ ކޮށް އަންނި. އެމްޑީޕީ ބޭނުންވަނީ މިޤައުމު އިންޑިޔާ ގެ އަޅުވެތި ކަމުގެ ދަށުގަބާއްވަގެން ވިޔަސް މި މީހުންގެ ވެރިކަން ދަމަހައްޓަން. ޤައުމީ ލޯބީގެ ކަންފުޅެއްވެސް ނެތް ގޮތްކުޑަ ބައެއް. އެމްޑީޕީ ގެ މަކަރުވެރި ވަކިތަކުން މި ޤައުމު ސަލާމަތް ކޮށްދެއްވާށި. އާމީން

    17
  17. Anonymous

    ފުރަތަމަ ތިޔަ ބްރިގޭޑިޔަރ ބުނެބަލަ ކޮބައިތަ ވަގަށްލިބުނު ހަލައްކަ ޑޮލަރު؟

    14
  18. ބުރޯ

    އިންޑިޔާ ސިފައިން ބޭރުކުރާނަން ކަލޯމެންގެ ސަރުކާރުވެސް ބޭރުވާނެ. ކަލޯމެންގެ ސަރުކާރު ކުދިންކޮޅުވެސް އިންޑިޔާ ސިފައިންނާ ދެކޮޅަށް ނެރޭނަން.

    16
  19. ކަންބުލޮ

    ޑީޑީ ކުލަބަދަލުވީމަތަބަގާވަތޭތިކިޔަނީ ފެބްރުވަރީ7ވަނަދުވަހުފަތިހު ނަސީދުކައިރީ ޑީޑީބުނި ތިމަންނާބޭނުންވަނީ އިސްތިއުފާދޭށޭ މިހެންބުނަންޖެހުނީ ކޮނބަޔަކުބަގާވަތް ކުރީމަތޯ.

    16
  20. ގައުމީރޫޚް

    ނުރައްކަލަކީ އިންޑިޔާ ސިފައިން މިގައުމައް ގެނާމީހުން އުމަރެއްނޫން، ހުވާކޮށްފަ މިބުނަނީ މިދިވެހިބިން ހިމާއަތް ކުރަން އުމަރާއެކު ނުކުންނާނަން، މިހާރުނޫހުންވެސް ޕޯސްޓުކުރަނީ ހަމައެކަނި ސަރުކާރާ އެއްކޮޅު ކޮމެންޓްތައް، ބޭނުމަކީ އުމަރު އެކުރައްވާ ގައުމީޖިހާދަށް ރަޔޔިތުންގެ ތާއީދުނެތްކަންދެއްކުން.

    11
  21. ދަތްދޫނި

    ދެނެއް މި ޤައުމުން އިންޑިއާ ސިފައިންނެއް ތަމެންނަކަށް ނުވެސް ބޭލޭނެ އަދި ބޭލިއަކަ ރައްޔިތުން ނުވެސް ދޭނެ. ދެނެއް މި ރާއްޖޭގައި ބަޤާވާތެއް ކުރުމުގެ ފުރުޝަތެއް ރައްޔިތުން ނާއި އިންޑިއާ ސިފައިންވެސް ނުދޭނެ.

    15
  22. އަލީ

    ދިދީއަކީ ކޮށް އެއްޗަކަށް ހުރިފައިދާއެއްބާ! ދިވެހިން އިންޑިއާގެ އިސްތިއުމާރާ މެދު ހޭލުންތެރި ވާންޖެހޭ

  23. އެދުރު

    ދީދީ މިހާރު ތިވަނީ އިންޑިއާގެ އެޖެންޓަކަށް، ޢުމަރަކީ ޤައުމުދެކެ ލޯބިވާ ބޭފުޅެއް

  24. ހައްލު

    އުމަރު ހެޔބަލިވަނީ ވެރިކަމާ