ކުރީގެ ރައީސް މުހައްމަދު ނަޝީދުއަކީ އެމަނިކުފާނު ގަބޫލުކުރާ އެމްޑީޕީގެ ރައީސް ނޫންކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ރޭ ވިދާޅުވެފައިވާ އިރު، އެކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ރައްދު ދެއްވައިފިއެވެ.

ގާސިމް ރޭ ވިދާޅުވީ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުއަކީ އެމަނިކުފާނު ގަބޫލުކުރާ ރައީސްއެއް ނޫން ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ރައީސްއަކީ އިބްރާހިމް މުހައްމަދު ސޯލިހު. އެ ޕާޓީގެ އަސާސީ ގަވާއިދުގާ ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާ ކަމަށް އައިމާ އެންމެ މަތީ ބާރުވެރިން ލިބެނީ ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅަކަށް". ގާސިމް ވިދާޅުވިއެވެ.

އެހެންކަމުގައިވަންޏާ ރައީސް ސޯލިހުއަކީ އެ ޕާޓީގެ އިސްވެރިޔާކަމަށް ގާސިމް ވިދާޅުވިއެވެ. އަދި އެ ޕާޓީގާއި އެންމެ މަތީ މަގާމަށް ރައީސްގެ މަގާމުން ނޫން މަގާމެއް އޮންނަކަމަށް އެމަނިކުފާނު ނުދެކޭ ކަމަށް ގާސިމް ވިދާޅުވިއެވެ.

އެކަމަށް ރައްދު ދެއްވަމުން މުސްތަފާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ގާސިމް ކިތައްމެ ރުޅި އަޔަސް، ދެރަވިޔަސް ހަމަ އެމްޑީޕީގެ ރައީސަކީ ރައީސް ނަޝީދު ކަމަށެވެ. އަދި ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާއަކީ އެމްޑީޕީގެ ފައުންޑިން މެމްބަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކަމަށާއި، އެމަނިކުފާނުގެ ވެރިކަން ދެމި އޮންނާނެ ކަމަށްވެސް މުސްތަފާ ވިދާޅުވިއެވެ.

އޭގެ އިތުރުން ބާގީންގެ ޝަރީއަތް އަދި މިގައުމުގައި ހިންގާނެ ކަމަށްވެސް މުސްތަފާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. Anonymous

    ޟުސްތަފާ އަކީ ވަޖިދުވާ މީހެއް ހަމައެއް ގަވައިދެއް ބަލާ މީހެއް ނޫން އެވަގުތަކު ހިތަށްޕ އެރި އެއްޗެއް ގޮވާނީ މީ ހަމަ ދެވަނަ

    12
    2
    • ޙައްގުބަސް

      ވަރަށް ސާފު މިފަހަރު މުސަތަފާބެ ގޮނޑި ގެއްލޭނެ! މަޖްލީހަށް އަލްވަދާޢު ކިޔާނެ!! ބާބައި
      ނުސްތަފާ!! ދެން ކަނަކަށް ވަދެ ހުރެ ހަޅޭ ލަވަން ހުރޭ!

      8
      2
  2. ޜަނާ

    މުސްތަފާއަކީ ވަޖިދުވާމީހެއް ހަމައެއް ލަމައެއް ނުހުންނާނެ ހިތަށް އެރި އެއްޗެއް ގޮވާނީ ހިތަށް އެރި ކަމެއް ކޮއްލާނީވެސް އެހެންވެތާ ގާސިމާ ދިމާކޮއްލީ ގާސިމް ބުނީ އެމްޑީޕީ ގަވައިދުގަ އޮތީ މިހެންނޭ މުސްތަފާ ގަވައިދު ބަލާބަލަ ހޭދެބައި ނުވެ ޘަފަގު މައްސަލަ ހަދާނުގަ ބަހައްޓާތި

    10
    1
  3. ބޮދުވަޒީރު

    މީގަ މައްސަލައަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ދިވެހި ރައްޔިތުން އިބްރާހިމް މުހައްމަދު ޞާލިޙު އިސްކުރީމަ އޭގެ އެޑުވާންޓޭޖު ނަގައި ތިމަންނާ މިއީ ގައުމުގެ ރައީސްކަމަށް ދައުވާ ކުރަމުން ލާދީނީ ނަޝީދު ދުވާތީއެވެ. ހަމަނުވި ދައުރުގެ ބާކީބައި ފުރަމުން ދުވާކަހަލައެވެ. އިބޫގެ ބަދަލުގައި ނަޝީދު ބަސްކިޔާނަމަ އިބޫ އިސްތިއުފާ ދިނުމަކީވެސް ދުރުގައިވާ ކަމެއްނޫނެވެ.

    13
    1
  4. ވިސްނާ

    އެމްޑީޕީ އަކީ މުސްލިމުން އުޅެން ހެޔޮވާވަރުގެ ޕާޓީއެއްނޫން. އެޕާޓީއާ ގުޅޭ ހިސާބުން ތިބޭނީ އެބަޔަކުގެ ސިކުނޑި ދޮވެވިފަ. ހައްޤާއި ބާޠިލު، ޙަރާމް ޙަލާލު އޮޅިފަ.

    13
    4
  5. މީނާ

    ޤާސިމް ޤަބޫލު ކުރަން ބޭނުން ނުވަނީއޭ ލާދީނީ ޕާޓީއަކަށް ވާން ބޭނުން ނުވާތީ

    7
    1
  6. މަހޭ

    އެހެންވީމާ ޤާނޫއަސާސީއަށް ޚިލާފްވެ ޙުކުމް ކުރި ޙުކުންތައް ވެސް އަލުން ދަމަހައްޓަންވާނެތާ
    އަބަދުވެސް ޤާސިމްބެއަށް އެމީހުން ދެނީ ލަނޑޭ ދޯ
    ގާސިމްބެ މިކަމުން މިންޖުވާނީ ކޮންދުވަހަކުންބާ ހިތްވަރުކުރޭ އަދިވާނެ ގަޑި ނުޖެހެނީ ކަންނޭންގެ ދޯ

    4
    2
  7. ޢަލީ މުޙައްމަދު

    އެހެންވިއްޔާ އެމްޑީޕީގެ އަސާސީ ގަވާއިދު ބަދަލުކުރައްވާ!

  8. ޔާމިން

    މުސްތޮފާކީކޭތަތިކިޔަނީ ކަލޭނޮހެވޭނެ ގާސިމްގެވާހަކަރަގަޅު

  9. ހޯރަބޭ

    މިވެރިކަން މާތްﷲ ރަހުމަތުން ރަގަޅުވާނެވެ އިބޫއަކީރަގަޅުމީހެކެވެ އަދި ސަރުކާރުގެ މިނިސްޓަރުން ނަކީވެސް ރަގަޅުބައެކެވެ