ޕީޕީއެމްއާއި ޕީއެންސީ މިހާރު ހިނގަމުންދާ ގޮތަށް ވަރަށް ބޮޑަށް ކިޔުމަށްފަހު، އެޕާޓީން ވަކިވުމަށް ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާ އަށް ވާދަކުރައްވާ ޒާހިދު ރަމީޒު ނިންމަވައިފިއެވެ.

ޕާޓީގެ ދަފްތަރުން ނަން އުނިކޮށްދެއްވުން އެދި، މިހާރު ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ފޮނުވާފައިވާ ސިޓީގައި ޒާހިދު ވިދާޅުވެފައި ވަނީ ހިތަދޫ މެދު ދާއިރާ އަށް އޭނާ ވާދަކުރަން ނިންމީ ޔާމީންގެ ފުރިހަމަ ތާއީދާއެކު ކަމަށާއި ނަމަވެސް ޔާމީން ޖަލަށް ގެންދިޔަ ދަނޑިވަޅު ބަލައި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އާއި އޭނާގެ ކޮންޓްރޯލްކުރާ މަދު ބަޔަކު ޕީޕީއެމް އާއި ޕީއެންސީގެ ކޮންޓްރޯލް ނުހައްގުން ނަގައި، ޔާމީންގެ ނަންފުޅު ބޭނުންކޮށް އެމަނިކުފާނުގެ ނިންމެވުން ކަމަށް ބުނެ އެކި ގޮތްގޮތުން ޕާޓީ ގަބުބަޑު ކުރަމުންދާ ކަމަށެވެ.

ޒާހިދު ވިދާޅުވީ ހިތަދޫ މެދު ދާއިރާއަށް އޭނާ ކެމްޕޭނުވެސް ފަށާ، އެތައް ބަޔަކު ތާއީދުވެސް ހޯދިފަހުން އެ ދާއިރާގެ ޓިކެޓް، މަހުޖަނުންނަށް ވިއްކާލާ، އޭނާގެ ހައްގުތައް އެންމެ މަތީ އަގުދިން ފާރަތަކަށް ނީލަން ކިޔާފައިވާ ކަމަށެވެ.

"މިވަގުތު ޕާޓީ ހައިޖެކު ކޮށްގެން ތިބި ލޫޓަރުން، އެވެރިންނަށް މަންފާ ވާގޮތަށް، ޓިކެޓް ބަހާ، އެމަނިކުފާނުގެ (ރައީސް ޔާމީންގެ) ދާއިދު ސާފުކޮށް ދެއްވާފައިވާ އަޅިގަނޑު ފަދަ ކެނޑިޑޭޓުންގެ ހައްގުތައް ނަގާލާ ފައިސާގެ ދަހިވެތިކަމުގައި މަހުޖަނަކަށް ވިކި ހުސްވާ މަންޒަރު ދެކެން މަނިކުފާނު ނެތުމަކީ ފަހަރުގައި ހެޔޮ ރަހުމަތަކަށްވެސް ވެދާނެއެވެ." ޒާހިދުގެ ސިޓީގައިވެއެވެ.

ޒާހިދު ފާހަގަކުރައްވާފައިވާ ގޮތުގައި ޕާޓީއަށް އިހުލާސްތެރިން ދުރުކޮށް، ޕާޓީއާއި ގައުމު ބަލައި ނުގަންނަ ބައެއް ޕީޕީއެމްގެ ތެރެއަށް އަތް ގަދަކޮށްފައިވުމަކީ ރިޔާސީ އިންތިހާބުން ބަލިވި އެއް ސަބަބު ކަމަށެވެ.

"އަމިއްލަ އެދުމާއި ޒާތީ ތައައްސުބުން ފުރިގެންތިބެ ފައިސާއާއި މުދާވެރިކަމަށް އަޅުކަންކުރާ ކުރިމަތީ އަޅުގަނޑު ކުޑަކަކޫ ޖަހަން ބޭނުން ނުވާތީ" ޕީޕީއެމްގެ ކައުސިލާއި ޕީޕީއެމްއިން ވަކިވާން ނިންމާފައިވާ ކަމަށްވެސް ޒާހިދު ސިޓީގައި ބުނެފައިވެއެވެ.

ހިތަދޫ މެދު ދާއިރާ އަށް ވާދަކުރެއްވުމަށް އެންމެ ފުރަތަމަ ޒާހިދު ނިންމީ ޕީޕީއެމްގެ ފަރާތުންނެވެ. ނަމަވެސް ޕީޕީއެމްގެ ފަރާތުން އެ ދާއިރާ އަށް ވާދަކުރައްވާ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު ހުސެއިން ސޯލިހަށް ތާއީދުކުރުމަށް ނިންމުމުން ޒާހިދު ވަނީ ޕީޕީއެމްގެ ޓިކެޓު ދޫކޮށްލުމަށްފަހު އަމިއްލަ ގޮތުން އެ ދާއިރާ އަށް ވާދަކުރަން ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ތެދު

    ތީއައްޑޫ މީހުންގެގޮތް ދެންފެއްނާނީ މޑޕ ކަންނޭގެ...

    17
    4
  2. ޙިބާނު

    ކަލެއާއި ކަލޭގެ ބައްޕަ ފަރާތު އެމްޑީޕީ ޢާއިލާ ގުޅިގެން ގޫބެރާ ހޮވުމަށް ޖަހާ ސަކަރާތެއްތީ. ތިކަން ނޭނގެނީ އައްޑޫގަތިބި ޕީޕީ ކުދިންނަށް. ކަލޭގެ ކެމްޕޭނުގަ ދޮރުން ދޮރަށް ހިނގަނީ ކަލެއާއެކު ޢަބުދުﷲ ޝާހިދު. އޭނައަކީ ގަންޖާބޯގެ މީހެއް. ގަންޖާ ކުރިމަތި ލެއްވި ގޫބެރާ ކަޓުވާލާފަ ކަލެއަށް ވޯޓް ހޯދާކަށް ޝާހިދެއް ނުދާނެ. ޢެކަން ނޭނގޭ ކުޑަ ކުއްޖެއްވެސް މި ޤައުމުގަ ނެތް. ކަލޭގެ ބޭނުމަކީ ގޫބެރާ ހޮވާދީފަ ކަލެއަށް ލިބެން ނުޖެހޭ މާލީ މަންފާތަކެއް ހޯދުން. އޭރު ކުރި ވައްކަން އަނެއްކާވެސް ކުރަން.

    23
    7
  3. ވާނުވާ

    އެކަކުވެސް ޕީޕީއެމް އަދި ޕީއެންސީގައި ތިބޭނެކަމެއްނެތް. އަބްދުއްރަހީމްގެ ނުލަފާކަމުން ރައީސް ޔާމީން ޖަލުގައި ބާއްވައިގެން އެއުޅެނީ މުޅި ޤައުމު ޚަރާބުކުރަން. އެހެންވީމާ އެންމެންވެސް ނިކުންނަންވީ އެމީހުންނާ ދުރަށްދާންވީ

    7
    12
  4. ދޮންރަހާ

    ހޮވާނެއި އަހުމަދު ރަށީދު ހޮވޭނެއި އަހުމަދު ރަށީދު ޗަފޫޗަރާ މެންނަށް އެށްކަމަސްނިވޭހެ ވަޗަސް

    1
    5
  5. ދަތްދޫނި

    ތިޔަ އަދުރޭ ޕީޕީ ކުދިން އެބަޖެހޭ ސައިޒަށް ތިރިކުރަން.

    5
    12
  6. އިބަ

    ތިޔަ އައްޑޫ ގޫބައްޑާތައް ތިބޭނީ މީހުންގެ ގޮހޮރުދަމާ ބޮލޮކަށިހަފަން ތީ ހަމަ ތިގޮލައިންގެ ވައްތަރު މީހަކު ލާރިކޮޅެއް ދައްކާލާއިރަށް އެފަހަތުނ ދުއްވައިގަންނާނެ ދުވަހަކުވެސް ްައުމަށް ވަފާތެރިވިެއނުވާނެ އަމިއްލަ އަންބޮނޑި ބަންނަ ބައެއްތީ<<<<<<