ލަންކާގައި ހުންނަ ދިވެހި އެމްބަސީއާއި މޯލްޑިވްސް އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓާ (ލަންކާ) ގުޅިގެން އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

އާއިލާއާއެކު ލަންކާގައި ދިރިއުޅޭ ހުރިހާ ދިވެހީންނަށްވެސް އަމާޒުކޮށްގެން ހިންގާ އިވެންޓްގައި އެތައް ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ. އެގޮތުން އެކިއެކި ސްޓޯލްތަކުން ދިވެހި ސަގާފަތް ދައްކުވައިދޭ ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އިރު، އެ ތަނުން ލަންކާ ހޮސްޕިޓަލުން ޗެކަޕް ހެދުމަށްވެސް ފުރުސަތު ހުޅުވާލެފައި ހުންނާނެއެވެ.

"ވަގުތު"އަށް މައުލޫމާތު ދެއްވަމުން އިވެންޓްގެ މީޑިއާ އޮފިޝަލް އަލީ ޖާވިދު ވިދާޅުވީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދިޔުމަށް ހަމެޖެހިފައިވާ ގިނަ ކަންތައްތަކަށް ދިވެހީންނަށް އަމާޒުކޮށް މިއަދާ މިރޭވެސް ކުރިއަށް ދާނެ ކަމަށެވެ. އެގޮތުން މިއަދު ހާއްސަ އިވެންޓަކާއެކު ހަރަކާތްތައް ފެށުމަށް ތައްޔާރުވެފައިވާ އިރު، އަންހެނުންގެ ބަނޑިޔާ، އަދި އިތުރުން ތަފާތު އައިޓަމްތައް އެކުލެވޭ އަންހެނުންގެ މިއުޒިކް ޝޯއަކީ ފުޓުބޯޅަ މުބާރާތެއްވެސް މިރޭ އޮންނާނެއެވެ. އޭގެ އިތުރުން މަދަހަ މުބާރާތެއްވެސް އަންހެނުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.

ޖަވާދު މައުލޫމާތު ދެއްވަމުން ވިދާޅުވީ އިވެންޓައް ޝަރަފުވެރި ކޮށްދެއްވާނީ ކުރީގެ މިނިސްޓަރު އައިމިނަތު ޖަމީލު ކަމަށާއި، މިއަދުގެ އިވެންޓްތަކުގައި އެމްބަސީގެ އިސްވެރިންނާއި، ސަފީރުގެ އިތުރުން ދުންޔާ މައުމޫން އަދި ދިޔާނާ ސައީދު ފަދަ ބޭފުޅުންވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.