އިލެކްޝަންސް ކޮމިޝަނުން ނޫސްވެރިންނަށް ކޮފީއެއް ދޭން ނިންމާ އެކޮފީގެ ދައުވަތު ނޫސްވެރިންނަށް ފޮނުވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު މީޑިއާތަކަށް ފޮނުވީ އީމެއިލްއެއްގައި ބުނެފައި ވަނީ އިލެކްޝަންސް ކޮމިޝަނުގެ ކުރިއަށް ހުރި ބައެއް މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި މީޑިއާގެ ބޭފުޅުންނާއެކު ބާއްވާ ކޮފީއަކަށް ދައުވަތު އަރުވާ ކަމަށެވެ.

މި ކޮފީގައި ކޮންމެ މީޑިއާއަކުން ދެ ބޭފުޅެއް ބައިވެރިވުމަކީ ކޮމިޝަނުގެ ވަރަށް ބޮޑު އެދުމެއް ކަމަށް އީމެއިލް ގައި ބުނެފައި ވެއެވެ.

އީމެއިލްގައި ބުނެފައި ވަނީ ކޮފީ އޮންނާނީ މާރިޗު 20 (އަންގާރަ)​ ދުވަހު ހެނދުނު ސިޓްރަން ގައި ކަމަށެވެ.

މީޑިއާ އާއި ބީރައްޓެހި ތަނެއްގެ ގޮތުގައި ފަހަކަށް އައިސް ފާހަގަ ކުރެވިފައިވާ އިލެކްޝަންސް ކޮމިޝަން އިން މީޑިއާ އާއި ގުޅުން ބަދަހިކުރުމަށް ކޮފީއަކަށް ދައުވަތު މިދިނީ ކޮމިޝަންގެ ރައީސް ކަމާއި އަހްމަދު ޝަރީފް ހަވާލުވެ ވަޑައިގެންނެވިތާ ދެހަފްތާއެއްހައި ދުވަސް ފަހުންނެވެ. ޝަރީފް އަކީ ކުރިން ވެސް މީޑިއާ އާއި ވަރަށް ރައްޓެހި ބޭފުޅެކެވެ. އިސް މަގާމުތަކުގައި ހުންނަވާ އިރު ވެސް އަދި އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމާއި ހަވާލުވެ ވަޑައިގެންނެވި ފަހުން ވެސް އޭނާ ފާހަގަ ކުރެވެނީ ނޫސްވެރިން ކުރާ ފޯންކޯލްތަކަށް ވެސް ހުރިހާ ވަގުތެއްގައި ޖަވާބު ދެއްވާ ބޭފުޅެއްގެ ގޮތުގައެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޚިބުު

    ޅޮލް

  2. މަހަށްދޭބަލަ

    ސަރުކާރުން ކަން ކުރަނީ ގޯސްކޮށް، ހައްގު ބަސް ބުނުގައި ދެމިތިބޭނަން ކަމަށް ތަމެން ބުނާއިރު ހައްގު ބަހަކީ އެއީ ސަރުކާރާއި ދެކޮޅަށް ޖުޑިޝަރީގައި ތިބި ބަޔަކު ކުރި ބަގާވާތާއި އެއްކޮޅަށް ތަމެން ބަޔާން ތައް ނެރުންތޭ އެއީ ހައްގު ބަހެއްނޫނޭ އިނގޭތޭ ތަމެންނަށް. ތަމެން ތިޔާ ކިޔާ ވައްތަރުގެ ހައްގު ބަސް ނުބުނިއްޔާ ކަން ނޭގޭ ރަނގަޅުވާނީ. މޭޔަރޭ މަހަށް ދޭބަލަ ދެން. މަހަށް މަހަށް މަހަށް ދޭބަލަ.

  3. ހުސޭނުބޭ

    ތިހެން ދާދިފަހުން ހެޔޮއެދޭ ފަރާތްތަކުން ހަދިޔާވެސް ދީފި. މާކަ ބޮޑު އެއްޗެއްނޫން. 15 މިލިއަން ޑޮލަރު.

  4. ޒެޑް

    ދައުލަތުގެ ހަރަދުގައި ތޯ؟

  5. ދިސްއިޒް

    ސަރުކާރުން ނޫން ދޯ ޖުޑިޝަރީ މެދުވެރިކޮށް ޖުޑިޝަލް ކޫ އެއް ރާއްޖެ އަށް ގެންނާން އުޅުނީ އެކަން ކުރަން އުޅުނީ ރަންރީނދޫ ބޮޑޭ ދޯ. އެކަން ދޯ މަމެން ހުއްޓުވީ. ދެން ވެސް އައްޑޫ މޭޔަރު ނުޖެހޭނެ ކެނެރީގެ ނަޝީދުގެ އަޅަކަށް ވެގެން އޭނާގެ ފައިގައި ދޫލާން ސަރުކާރާއި ގުޅިގެން އައްޑޫ ތަރައްގީ ކުރަން އުޅުނީމާ ހުންނާނީ ރަނގަޅަށޭ ކޮން ކެނެރީގެ ނަޝީދެއް ތޭ އޭނާ މަހަށް ދޭބަލަ. އަވަހަށް މޭޔަރޭ ގުޅެންވީ އޭ މަމެން ޕިންކީން ނާއި އޯއް އައި އޭމް ސޯ ހެޕީ ދެޓް ދަ ރެއިނީ ކްލައުޑްސް އާރ އަވޭ އައި އެންޖޯއިޑް އެވްރީ ޑްރޮޕް އޮފް ރެއިން. އައި ސީ ދަ ފްލާވަރސް އާރ ބްލޫމިންގް އޯއް ކާންޓް ބިލީވް ދެޓް އިޓްސް ސޯ ނެޗުރެލް ދިސް އިޒް ލަވް ދިސް އިޒް ލަވް ލަވް އިޒް އީޒީ ލަވް އިޒް ދަ އީޒިއެސްޓް ތިންގް ޓު ޑޫ. އަ ސިމްޕްލް އީކްއޭޝަން ނޯ ކޮމްޕްލިކޭޝަން..

  6. ދުރުބަލާ

    ޝަރީފް މީގެކުރިން އުޅުއްވި ތަންތަނާ އިލެކްޝަންސް ކަމިޝަން ވަރަށް ތަފާތުވާނެ. ކުރިޔަށް އޮތީ ބޮޑެތި އިންތިޚާބުތަކެއް ކަމަށް ވާއިރު ފޯން ކޯލްތަކަށް ބަރާބަރަށް ޖަވާބު ދެއްވާ މީޑިއާއާ ގާތްކަން ބާއްވަވަންޏާ ، ޝަރީފް އެންމެފަހުން އުޅުއްވި ޕާރޓީ ގެ އަދުރޭމެން ރުޅިއަންނާނެ. އަދުރޭމެން ރުޅި އައުމަކީ ސަރުކާރު ރުޅިއައުން.

  7. ބުރުގާ

    ކީއްކުރާ ކޮފީއެއް ދޭކައް. ޗެނަލް13 ނޫން އެހެން ހުރިހާ ނޫސްވެރިންނެއް ބިޑިފަތި ޖަހާލައިގެން އެންމެން ދޫނިދޫއައް ކަހާލީމަ އޮންނާނީ އެމީހުނައް ކޮފީދެވިފަ.