ވީހާލެއްގައި ވެގެންވެސް ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަން ދިފާއު ކުރައްވާނެކަމަށް ޖުމްހުރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި އެންވަޔަރުމެންޓް މިނިސްޓަރު ޑރ.ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ހުސެއިން ރަޝީދު މިހެން ވިދާޅުވީ ސަރުކާރު ހިންގާ ކޯލިޝަން މިހާރު ރޫޅިފައިވާ ކަމަށް ޕްރޮގްރެސިވިލް ކޯލިޝަނުން އިއްޔެ ބޭއްވި ނޫސް ކޮންފަރެންސެެއްގައި ފޮނަދޫ ދާއިރާގެ މެމްބަރ އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވުމުން އެކަމަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓެއްގައެވެ.

މިނިސްޓަރު ހުސެއިން ރަޝީދު ވިދާޅުވީ، އަބްދުއް ރަހީމަށް ތިގޮތަށް ގަބޫލު ކުރެވުނަސް މާތްﷲގެ އިރާދަފުޅާ އެކު ސަރުކާރު ހިންގާ ކޯލިޝަން ރޫޅިގެން ނުދާނެ ކަމަށެވެ. ވީހާލެއްގައި ވެގެންވެސް ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރު ދިފާއު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖޭޕީގެ ހަގީގީ މެމްބަރަކު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ މެމްބަރަކަށް ވޯޓެއް ނުދޭނެ ކަމަށްވެސް ހުސެއިން ރަޝީދު ވިދާޅުވިއެވެ.

ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ކެންޑިޑޭޓުންގެ ތެރެއިން 32 ކެންޑިޑޭޓުންނަށް ތާއީދު ކުރަން ޖޭޕީއިން ނިންމާފައިވާ އިރު ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ޖޭޕީގެ 27 ކެންޑިޑޭޓުންނަށް ތާއީދު ކުރަން ނިންމާފަ އެވެ.

ޕީޕީއެމް އާއި ޖޭޕީ ކޯލިޝަން ހަދަން އުޅޭ ވާހަކަތައް ދެކެވެމުން އަންނަތާ ދުވަސްތަކެއް ފަހުން ދެޕާޓީން ކުރެ ކޮންމެ ޕާޓީއަކުން ވެސް އަނެއް ޕާޓީގެ މެންބަރުންނަށް މަޖިލިސް އިންތިޚާބުގައި ތާއިދު ކުރަން ނިންމުމުން ސަރުކާރުގައި ހިމެނޭ ޖޭޕީގެ ބައެއް ބޭފުޅުން ގެންދަނީ ނުރުހުން ފާޅުކުރަމުންނެވެ.

ފާއިތުވި ދެދުވަހު ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ސަރުކާރާއި ދެކޮޅަށް ދެއްވި ވާހަކަތަކުގެ ސަބަބުން އެމްޑީޕީ މެންބަރުންގެ ފާޑުކިޔުން ވެސް ވަނީ ގާސިމަށް އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ރެކިފުތު

    މަގާމުގަ ދެމިހުރެވޭނީ ސަރުކާރު ދިފާއުކޮއްގެން. މިފަހަރު ސޭޓް ބުނާގޮތް ނަހަދާތި..ރައީސް ސޯލިހުގެ ސަރުކާ ދިފާއު ކުރުންމަތީ ދެމިހުރުމައް ހިއްވަރުދެން..

    11
    45
    • ބޭބެ

      ރަގަނޅު ވާހަކައެއް! މަގާމުގައި ދެމިހުރެވޭނީ އަދި މަގާމުގެ ބޭނުން ހިފައިގެން ނަގާ ފައިދާތައްވެސް ނެގޭނީ ތިގޮތަށް ވާހަކަ ދައްކައިގެން ތިމާ ހުރިގޮތް ވެރިމީހާއަށް ސާފުކޮށްދީގެން! ޖޭޕީގެ އުޅެގެން ގާސިމް އިބްރާހިމްގެ ތަނަވަސްކަމުން ފައިދާ ނަގަމުން މިހާތަނަށް އައީވެސް ހަމަ އަމިއްލައެދުމާއިގެން! މިހާރު ތޮގޮތަށް ވާހަކަތައް ދައްކަނީވެސް މަގާމު ގެއްލިދާނެތީ އަމިއްލަ އެދުމާއިގެން! ދެން ވާހަކައެއް ހަނދާންކޮށްދޭން ބޭނުންވޭ! ހުޅުމާލެ ބީޗް ކައިރީގައި އަންހެނަކު އޭނަގެ ގެ ހަތަރު ބުރިއަށް 7 ކޮޓަރި ފެންވަރު ރަގަނޅުކޮށް ހަދާ ނިމުނުތަނުން ގެސްޓްހައުސްއެއް ހިންގަންވެގެން މަހަކު 5500 ޑޮލަރަށް ކުއްޔަ ހިފާ މަހުން މަހަށް ދައްކަންޖެހޭ ފައިސާ އެގްރިމަންޓާ އެެއްގޮތަށް ދައްކަމުން މިހާރު ދޭތޯ ސާފުކޮށްލަން ބޭނުންވޭ! ދެވަނަ ފަރާތަކަށް ތަން ހަވާލުކޮށްފައި އޮތަސް އެގްރިމަންޓް ހެދިފައިވަނީ މީނާއާއެކު!

  2. މަހަށްދޭދޭ

    ހުރިހާ ކަމެއް ގޯސް ކޮށް ކުރީ ކެނެރީގެ ނަޝީދު އޭ ތަކުރާރު ކޮށް ގާސިމް އިބްރާހިމް ވިދާޅުވާއިރު ކިއެއްވެތޭ ރައީސް އިބޫ އެމްޑީޕީގެ އެންމެ އިސް މީހެއްގެ ހައިސިއްޔަތުން އޭނާ އާއި މެދު ފިޔަވަޅު ނާޅައިގެން އުޅެނީ ކެނެރީގެ ނަޝީދު އިއްޔެ އައްޑޫގައި ބުނީ ތިމަންނާ އާއި އިބޫ ބައިސްކަލް ދުއްވަން ގޮސް މަޖާ ކޮށް އުފަލުގައި ތިބޭނަމޭ ދެން ރައްޔިތުންނޭ ހާލުގައި އުޅޭނީ ކޮންމެހެން މަމެން ބޭނުމެއް ނޫނޭ ކެނެރީގެ ނަޝީދު މަމެންގެ އެއްވެސް ކަމަކާއި ގެން އުޅެން ތަމެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ..

    33
    2
  3. އެންދެރި

    ގާސިމް އިބްރާހިމް ގެ މަސައްކަތުން ހޯދާ ދީފަހުރި ވަޒީރު ކަމެއް ތިޔައީ ކާކު ތިބޭފުޅާ ބަލާގަންނަނީ ވަރަށް ސަލާމް

    48
    4
  4. ތުނިޔަ

    ގާސިމަކީ ބޮލު ރޮއްޖެއް!

    13
    36
  5. ގާސިމް

    ޖޭޕީގެ ހަގީގީ މެމްބަރުން ތިބޭތޯ، ތިބޭ ބަޔަކީ ގާސިމް އިބްރާހިމް އަތުން މުސާރަޔާ ކާރާ، ފްލެޓްކުލި ނަގާ ބަޔަކު، ދެން ކެންޕޭނަށް ލާރިނަގާ ބަޔަކާ، ޖޭޕީ ގެ ސްލޮޓުގަ މަގާމްހޯދާ ބައެއް... 2013 ގެ އިންތިހާބުގަ ގެމަނަފުށީ ދާއިރާގަ ވަރައް އަގަޔާ އަޑުގަދަ މީހަކު 4 މިލިއަން ރުފިޔާ ހިފައިގެންގޮސް އެރަށުން 100 ވޯޓު ނުހޯދުނުތަން އޭރު ކުނޫޒުގަ އުޅުނު މީހުން ބުނޭ!

    36
    1
  6. ކަމަކުނުދޭ

    މިކަލޭގެ މިތެޅެނީ މިނިސްޓަރ ކަން ގެއްލިދާނެތީ، ވާހާލެއްގާވާން ދޫކްލާ........

    32
  7. ނުދޭނަން ވޯޓެ

    ތިހެންވީއިރު ޕޕމ ޕނސ ގެ މީހުން ޖޕގެ މެމްބަރުންނަ ވޯޓުދޭންޖެހޭނެތަ؟ގާސިމު ޕޕމ އާއެކު މަޖުލިހުގަ ގޮނޑިތަކަށް ވާދަކުރަން އިއުލާނުކޮށް އަދި 32ދާއިރާއެއް ޕޕމ އަށްދޫކުރިކަން އިއުލާނުކުރީ ރޭގަ. ތިޔަބުނާ ހިތާހިތުގެ ގުޅުން ސަރުކާރުގެ ދިފާއުގަ އޮތްނަމަ ގާސިމު ނާށިގަޑުހިފައިގެން ޕޕމއާ ހިސާބަށް އަންނަންނުޖެހޭނެ. އަނެއްކޮޅުން ހުސެންމެންނަކީ ހަގީގީ ޖޕއެއްނޫން. ތިއީ ހަގީގީ މޑޕ ބައެއް. އަލީވަހީދު އަލީސޯލިހު ހުސެން މިހެންގޮސް ލިސްޓެއުޅޭނެ ޖޕގަ ތިއްބަސް އެހެންޕާޓީތަކުގެ އުފެއްދުން. ގާސިމުގެ ބަސް މިހާރު ޖޕގަ ނުވިކެނީ ގާސިމަށްވުރެ މިމީހުން ބާރުގަދައީތަ؟ކުނޫޒު ބަންދުކޮއްފަ ގާސިމަށްވެސް ވިޔަފާރީގަ އުޅެވިދާނެދޯ؟

    18
  8. Anonymous

    މިނިސްޓަރުކަމަށް ކުރާ ހުވާއާއެކު ކޮންމެ މީހެއްގެ އީމާންކަމާއި، ތެދުވެރިކަމާއި، އަޚްލާޤު ނީލަންކިޔާގޮތަށްބާ މިއޮންނަނީ؟

    20
  9. ސަލާމާ

    ކަލޭތީ ތާކުންތަކު ޖެހޭ މީހެއްނޫން! ކަލޭ ތީ މަޤާމަށް ކުފޫހަމަވާމީހެއްވެސނޫން! މަޤާމެއް ދީފަ ތިއޮތީ ނާޤާބިލްކމަށް ނުބަލާ ޤާސިމުބުނެގެން އޭނަގެ ސޮލޮޓެއްގައި! މަޤާމު ދިފާޢުކުރެވޭނީ އަންނި ރޭ ގުއިވެސްކައިގެން! ކަލޭ ރަގަޅުވީހީ މަޤާމު ދިފާޢުކުރާނަމޭ ބުނިނަމަ! ސަރުކާރު ދިފާޢުކުރާނަމޭ ތިބުނީ މަޤާމުގައި ދެމިހުންނަމޭ ހީކޮށެވެ. ކުރިޔަށް އެންމެ ދިގުވެގެންވެސް ވަގު ސަރުކާރު ދެމިއޮންނާނީ ނުވަ މަސްދުވަހުކަން ކަލެޔަށް ހަނދާންކޮށްދެމެވެ.

    18
    1
  10. އައިޝާ ސަނާ

    ސާބަހޭ ހުސެން !!! ތިހިރީ އިލްމީ ސިކުނޑި ތަކަކީ .. މިވަގުތު ރައީސްގެ ކެބިނެޓް ރައީސް އާއި އެކު ތިބިކަން ހާމަކުރަން ޖެހޭ .. ޕާޓީތަކުގެ ލީޑަރުންނަށް ވެސް ރައްޔިތުން ގެ އިހްސާސްތައް އެނގިގެން ވޯޓަކަށް އެދެންޖެހޭނީ.. ކޮންފަދަ ދިގު ކިއުއެއްގެ ކޮންހާލެއްގަ ކެއްކޮށްގެން ލީވޯޓެއްތީ.. މެލޭޝިޔާ ކިޔުގަވެސް 10 ގަޑީއިރު.. ހަނދާންނެތޭހާ ދުވަހެއްނުވޭ.. މިހާރު ގާސިމް އަދުރޭއަށް ބައިއތުހިފައިގެން ކިހިނެއްވެގެން މިއުޅޭނީ.. އަހަރެން ހަނދާން އެބަހުރި ކާޅަށް ކޮށާ މަސް އުކިޔަށް ތިމަން ދެން ޔާމީނަކާ އެއްބަޔަކަށް ނޫޅޭނަމޭ ގާސިމު ކީއަޑު މިހާ އަވަހައް ހަނދާންނެތުނީ.. ބަލަ ޔާމީނު ހާދަ ހިޔާނާތެއް ވެފަ އޭ އޮތީ.. އަދި އެއްކަށް ނުފޫޒު ފޯރުވާ ފުލުހުން ލައްވާ ބަަޔާންތައް ބަދަލް ކުރަން އުޅުނީމައޭ ޖަލައްލީ..

    2
    17
  11. ވޭމަންޑޫ

    ކަލޭ ޖުމްހޫރީ ޕާޓީގައި ހުއްޓަސް ތީ އެމްޑީޕީ ފިކުރުގެ މީހެއް.ގާސިމަށްވެސް މިކަން އެނގިލައްވާނެ.އާއިލާގެ އެންމެންނަކީ ރީދޫ މީހުން. މިކަން ވޭމަންޑޫ އެންމެންނަށްވެސް އެނގޭނެ.

    16
    1
  12. މަސްވެރިޔާ

    ހުސައިނޫ .. ތިބޭފުޅާއަކީ ސިޔާސީގޮތުން އެއްވެސް އުރައްޕެއް ހުރި މީހެއްނޫން. ވެއްޓިނުމީމަ އަމިއްލަ ހާލަތުގައި ތެދުނުވެވޭނެ. މިވެރިކަމަކީ ރ.ނަޝީދުގެ ވެރިކަމެއް. އޭނާ ބޭނުމެއްނަުން ޤާސިމްވެސް އަދި ތިޔަ ބުނާ ކޯލިޝަނެއްވެސް. އެހެނީ އޭނާގެ ސަޕޯޓަރުން ބޭނުންވަނީ ބާޢީންތައް ފުރީ ސަރުކާރެއް.

    13
    1
  13. ސަރީފް

    މީނަގައިގަ ފެށުނީއްސުރެ ހިނގަނީ އައްނި ފިކުރު އަދި އެންޑީޕީގެ ލޭ. ދެން މީނައަށް ކިޔޭނީވެސް އަންނިގެ ވާހަކަ. ދީނާއި ގައުމިއްޔަތު ނެތަސް މީނައަށް އޯކޭވާނެ

    14
    1
  14. މިގޭ

    ތިކަހަލަ ދެބޯގެރިން މަދެއްނޫން.

    15
    1
  15. ޢައިސަ

    ސަރުކާރު ދިފާޢު ކުރަން ތިޔަޖެހެނީ ތިޔަ ބޭފުޅުން ގައުމުގެ މިނިވަންކަމާއި އިސްލާމް ދީނަށް ގޮން ޖަހާ އިރުވެސް ހައްޕު ކިޔައިގެން ތިބޭސަރުކާރަކަށް ވާތީ
    މީހަކު ސަރުކާރު ވައްޓާލާކަށް ނޫޅޭ

  16. ދަންނަ

    ނާ އެހެންތާވާނީ ނޫނިއްޔާ ބޫޓު ފައިން ދެމިގެންފާނެދޯ

  17. ޚަދީޖާ

    ސަރުކާރު ދިފާޢުކުރާކަށް ނޫން. މިނިސްޓަރުކަން ދިފާޢުކުރަން.