މާތްﷲ ގަންދީ ހުވާކޮށްގެން ހުރީ ރައްޔިތުންނަށާއި ގައުމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް އިހުލާސްތެރިކަމާއެކު ވަފާތެރިވުމަށް ކަމަށާއި އެހެންކަމުން ޕީޕީއެމް އަދި ޕީއެންސީގެ ފިކުރާއެކު ތާއީދު ނުކުރައްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރައީސް ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ޕްރޮގްރެސިވް ކޯލިޝަނާއި ޖުމްހޫރީ ޕާޓީ ގުޅިގެން މަޖިލިސް އިންތިޚާބުގައި ވާދަނުކުރާނެ ކަން ކަށަވަރު ވުމުން އަލީ ވަޙީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ މާތްﷲ ގަންދީ ހުވާކޮށްގެން ހުރީ ރައްޔިތުންނަށާއި ގައުމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް އިހުލާސްތެރިކަމާއެކު ވަފާތެރިވުމަށް ކަމަށެވެ. އެމްޑީޕީ އާއި އިސްލާހީ މަސައްކަތުގައި ގުރުބާންވި ޖޭޕީ އާއި އަދާލަތު ޕާޓީ އަދި އެމްއާރްއެމް ދޫކޮށް ޕީޕީއެމް ޕީއެންސީގެ ފިކުރަކަށް ވަޑައި ނުގަންނަވާނެ ކަމަށާއި ސަރުކާރު ދިފާއު ކުރައްވާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.

ސަރުކާރު ދިފާޢު ކުރަން އަލީ ވަހީދު ވައުދުވިއިރު އެންވާރްމަންޓް މިނިސްޓަރ ޑރ.ހުސެއިން ރަޝީދު ހަސަން ވެސް ވަނީ ސަރުކާރުން ދިފާޢު ކުރަން ވައުދުވެފައެވެ.

ޕްރޮގްރެސިވް ކޯލިޝަނާއި ޖޭޕީ ގުޅިގެން މަޖިލިސް އިންތިޚާބަށް ނިކުތުމާއި ދެކޮޅަށް ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ޖޭޕީގެ ސީނިއާ މެންބަރުން ގެންދަވަނީ އަޑުއުފުއްލަވަމުންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލުމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ގޮވާލައްވާ، އެމްޑީޕީ އާއި ކުރީގެ ރައީސް ނަޝީދަށް ފާޑުވިދާޅުވާން ފެއްޓެވުމުން ވެސް ޖޭޕީގެ ބައެއް މެންބަރުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ޕޮފުބާ

    ބޮޑުކާފަރެއް ތީ

    29
    2
  2. އަލިފުޅު

    އަލީވަހީދު އަކީ ގައުމަށް ވާފާތެރި މީހަކު ކަމަކަށް ނުފެނޭ އަބަދުވެސް މަސައްކަތް ކުރާނީ ކެވެން ހުރިދިމާއެއް ބަލާފަ އެދިމާލަށް އޮޑި ދުއްވާ ތަން ވަރަށް ސާފު

    56
    2
  3. ސަރީފް

    ދެން ވާހަކަވެސް ދައްކަންވާނީ ކޮންމެވެސް ބުރަދަނެއް ހުންނަ މީހުންދޯ. އަލީ ވަހީދު އާއި ތިޔަބުނާ ބަނބުކެޔޮ ހުސޭނަކީ ދެން ކޮންބައެއް މިގައުމުގަ. އަނބިމީހާވެސް މިވެރިން ބުނެގެން ވޯޓު ނުދޭނެ

    45
    2
  4. ބޫން ބޫން

    ބަލަގަ ތިހުވާގެ އެއްވެސް ހިސާބެއްގަ އެބައޮތްތަ ޕޕމގެ މީހުން ފިކުރަށް ތަބާއުނުވުމަށް. ކަލޭމެން ހުވާކުރަނީ ކަލޭމެންގެ އަމިއްލަ ނަފުސަށް މޮޅުގޮތްހޯދަން. ގައުމަށް ހެވެއެދިގެން ދީނަށް ލޯބިކޮއްގެން ރައްޔިތުންނަ ރަގަޅަކަށްނޫން. ކަލޭމެން ކުރީގެ ސަރުކާރާ ދެކޮޅުވީ ކަލޭމެންނަ މަގާމާ މޮޅުނުލިބިގެން. މރމ އިން ވެރިކަމާ ދެކޮޅަށްނުކުތީ ކޯންޗެހޯދަން. ކަލޭމެންގެ އަކަކުވެސް ހަގީގަތުގަ ގާސިމަށް ހެވެނޭދޭ މިކަން ގާސިމުއަށް މިހާރު އިގޭނެނަމަ. އަބުދުﷲރިޔާޒުވެސް ބޭނުމީ އޭނަ ވެރިކަންކުރަން. ކާނަލް ނާޒިމުވެސް އެފަދަ. މޑޕ ކިއްލިވިއްކާފަ ކަލޭގެ ދެމަފިރިންނަދިން ގޯތިތަކުގެ ހަގީގަތް ރައްޔިތުންދަނޭ. މިސަރުކާރު ދިފާއުކުރަން ގާސިމު ހުންނަވީ ކަލޭމެންނަ މަގާމުދޭން.

    38
    1
  5. ހަބީބާ.

    ގާސިމު ބުނާހާ ގޮތެއް ނުހަދާނަން ޔާމިނު ދޫކޮއްގެން ނުވާނެ

    7
    45
  6. ކިއްލި ކޮތަޅު

    ކައެއަށް އެނހޭތަ މިހާރު މިވާއެއްޗެއް ނުވާ އެއްޗެއް..ވަޒީރުކަންލިބުނީމަ ހަނދާންވާ އެއްކަމެއްވެސް ނެއްދޯ..މިނިސްޓަރ ކަމަކީ ކައެއަށް މާމޮޅުކަމެކޭ ހީވިއަސް އަހަރުމެން އެހާ ގަދަރު ކުރާ އިހުތިރާމްކުރާކަމެއް ނޫން..ތި ވަޒީރުކަން ގެއްލިދާނެތީ ދޯ ތެޅެނީ...އަންނި ކޮންމެ އެއްޗެކޭކިޔަސް ކައެއަށް އޯކޭ ދޯ..އެޖެނޑާ 19 އަކީ ކޮންއެއްޗެއް ކަން އެގިލައްވާތޯ..ހަމަ ބުނެލީ.

    42
    3
  7. Anonymous

    ހުވާ އެއީ ކީއްކުރާއެއްޗެއް؟ ކަލޭމެން ކޮންފަރާތެއް ހެކިކޮށް ތިހުވާ ކުރަނީ؟ ހުވާ އުވާލުމުން ލިބޭނެގެއްލުމެއް އޮންނަކަން ކަލޭމެން ގަބޫލުކުރަންތަ؟ ހަރާމް ކިޔާއެއްޗެއް އޮވޭތަ؟ އަތުޖެހުނުގޮތަކަށް ކައިގެން މަކަރާ ހީލަތާއި ދޮގުހެދުން ނޫންތަ ކަލޭމެންގެ މިހާރުގެ ފިކުރަކީ؟

    45
    2
  8. ޒޫން

    ޙުސޭނުގެ ޓްވީޓް ފެނުނީމަ މަހިތަށް އެރިއޭ، މިކަލޭގެ ކޮންއިރަކުން ބާއޭ ތޮޅިގަނޑު ފަޅާލާފަ އަސްލު ސިފަ ދައްކާލާނީ. ލަހެއްނުވި ދޯ؟ މުނާފިގުންގެ ގޮތްގަނޑުގަ ދިރިއުޅޭ އެއްޗެހިންތަކެއް.

    42
    2
  9. Anonymous

    ހަލާލުނޫން އެއްޗެހި ކައިގެން ގައިގަ ތިޖަހާފަ ހުރި މަސްތަކާއެކު ކަލޭމެންގެ ފުށުން ތެދުވެރިކަން ފެންނާނެކަމަށް ގާސިމް އިބްރާހީމް ގަބޫލު ކުރެއވިއަސް، ހެޔޮވިސްނޭ މުސްލިމަކު ކަލޭމެނާއެކު އަހުދުވެ ވައުދުވެ ނޫޅޭނެ.

    37
    2
  10. ޟ

    ކިއްލި ގޮއްޓަ ކަށް މާލެ އިން ގޯތި ގަންނަ މީކަހަކަށް ނޫނެކޭ ބުނަން ޖެހޭ.ރިޝްވަތުބެ...

    44
    1
  11. ފަނާދު

    ތީ ބޮޑު ފޭލިއަރެއް

    42
    1
  12. އެޖެންޑާ 19

    އެކުލަވާލެވިފައިވާ އެބުނާ އެޖެންޑާ 19 އެއް ދުށް އިންސާނަކު މި އުޑު ދަށުގައި ހުރި ނަމަ ކިހާ ހެޔޮތަ އަޅެ ފަހެ.... އެޖެންޑާ 19 އެއް ވާނަމަ މަޖިލިސް އިންތިޚާބުގެ ކުރިން ނޫސްތަކުގަ ހިއްސާ ކޮށްލަ ދީބަލަ.... އާދޭސް ކުރަން....

    6
    1
  13. ތެޔޮފުޅި

    ކަލޭ ދޭބަލަ ނަޝީދުއަށް ތެޔޮ ޖަހާދެން އަލީ ވަހީދޫ

    10
    1
  14. ކިއްލިތަޅާގެ

    މިހާތަނަށް ސިޔާސީ ދާއިރާއިން ފެނުނު އެންމެ ކޮރަޕްޓް އެއް ބޭފުޅާ.

    11
    1
  15. މީކާކު

    ރައްޔަތުންގެ މުދާތައް ޤަސްތުގާ ހަލާކުކުރާ މީހެއް.

    11
    1
  16. ކެޔޮޅު

    ހުވައިގެމަތިން ހަނދާންކޮއްފާ ރިސްވަރު ގިނައިން ނަންގާފަ ލާނީނީފިކުރައް ތަބައަވީވާ ރަނގަޅުވާނެ!!

    9
    2
  17. ފެއްސޭދެން

    އަލީ ވަހީދު މެން ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުރެގެން ރައްޔިތުންނަށް ފައިދާ ވާ ގޮތަށް ރައްޔިތުންގެ ވިންދާއި އިހްސާސް ތައް ދަނެގެން ވަކި ވަކި ރައްޔިތުންގެ ނަފްސުގެ ފުދުންތެރިކަން އިތުރު ކުރުމަށް ޓަކައި ކުރި އެއްވެސް ކަމެއް މަމެންނަށް ފެންނާން ނެތޭ އެހެން ނަމަ ރިސޯރޓްސް ތަކުގައި ހުރި ބޮޑެތި މަގާމް ތަކަށް ކޮލިޓީ ދިވެހިން ކުރިމަތިލާއިރު އެމެންނަށް އެފަދަ މަގާމް ތައް ދޭން އަލީވަހީދު މެން މަސައްކަތް ކުރާނެ ނޫންތޭ އެހެރީ ވަންދޮރު ނިކުމެ ފެއްސެންވީއޭ ފެއްސޭ ފެއްސޭ ފެއްސޭ ދެން...

    8
    1
  18. ޢަލީ

    ހުވާގައޮތީ ހަމައެކަނި ރައީސްގެ ވާހަކަ އެކަނިތޯ؟ ގައުމާ ދީނާ ޤާނޫނުއަސާސީގެ ވާހަކަވެސް އޮވެއެއްނޫންތޯ؟

    11
  19. މުހައްމަދު

    މަހަނދާންބަނީ ބޫންބޫންލާފާ މީނާ ނަޝީދު އާދިމާލަށް ވަތްވަތް ޖެހިދަވަސްމަތިން.
    މިކަޖަލަކޮހުން ގައުމުގެ ސަރުކާރުގެ މަތީމަގާމުދީގެން ދުވަހަކަވެސް ރަނގަޅުނުވާނެ.

    9
    1
  20. މުހައްމަދު

    ކަލޭވަޒީފާގަނޑުން މަގާއެއްލާލާގޮޮތަށް ހުރިހާކަމެއް ނިމިފާއޮތީ. ބިރުންނުރޮޅި ހުރޭ. ނޫނީކަރައެއްގެ މަތިން ކަލޭވެއްޓިދާނެ.

    9
    1
  21. ރީމާ

    މަޤާމެއް ތިއޮތީ ލިބިފަ ނުލުޅެދުނަސް! އަދި ބޭރުކޮށްލާތަންވެސް ދައްކާނަށް! އަތްޖަހަން ތިބޭނަށް އެދުވަހުން އިންޝާއަﷲ

    8
    1
  22. އަލީ

    މިރާއްޖެފިޔަވާ އެއްވެސްތަނެއްގަ މިގޮތައް ހުވާކުރާހެނެއްހިޔެއްނުވޭ ހަމައެކަނި ކަރުދާސްގަނޑެއްހިފައިގެން މުސްލިމް އެހެންގައުމުތަކުގަ ހަތިމުގައްތްބާއްވައިގެން ހުވާކުރަނީ ރާއްޖޭގަ މިގޮތައްހުވާކުރާހާހިންދަކު ހުވަޔައްބިރުވެތިނުވާނެ.

  23. ކިއްލި މަހުޖަނު

    އަލީ ވަހީދު ، ހުސެއިން ރަޝީދު ހަސަން ތީ ކުރިންވެސް ހަރާންކޯރު ވެފަ ތިބި ދޭތި. އަވަހަށް ދުލި ބަދަލު ކުރޭ. ކަލޭމެން ކޮން ބައެއްކަން ނޭގިގެން އުޅެނީ ގާސިމަށް. އަހަރުން ދަންނަ އެއްޗިހިތަކެއް ތީ.

    11
    1
  24. ފޭކު

    މިނިސްޓަރު ކަން ގެއްލި ދާނެތީ . ދަހިމާނު

    12
    1
  25. ޖިބްރީލް

    ޢަލީ ވަޙީދު އަބަދުވެސް ހުންނަނީ ހުވަޔާ ޚިލާފުވެފައި. އެއްމެ ފުރަތަމަ ދާއިރާގެ ރައްޔިތުންނަށް ޚިޔާނާތް ތެރިވީ. ރިޝްވަތަށް ޕާޓީ ބަދަުލުކުރީ. ހުވަޔާ ވަޢުދާ އަޙުދަކީ ކޯއްޗެއްކަން ދަންނަމީހަކު އެތަކެއް ރައްޔިތުން ޙައްޤު ތިމާގެ އަމިއްލަ ފައިދާއަށް ވިއްކާލަނެތަ؟ މަޤާމްގައި ހުރޭ.މަޤާމް ގެއްލިދާނެ.

    14
    1
  26. ލައްޓި

    ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވާގެ މަތީގައި ހުރެ އަމާ ލައްވައި ކިއްލި ތަޅުވައިގެން ލާރި ހޯދައިގެންދޯ މާލެ ސަރަހައްދުން ގެދޮރާއި ބިން ގަތީ؟ ލަދުހަޔާތް ކުޑަޔަސް ތިޔައީ ބޮޑުވަރެއް. ތިޔަ އުޅެނީ މިނިސްޓަރުކަން ގެއްލިދާނެތީ.

  27. އަހްމަދު

    ރައްޔިތުންގެ މަޖިލީހައް ހޮވުނީމަވެސް މަނިކުފާނު ހުވައެއއކުރެއްވި އެހުވާގައޮތީ އަންނިލާރިކޮޅެއްދިނީމަ އެމްޑީޕީއައް ސޮއެކުރަންޖެހޭވާހަކަތޯ އެގޭޓޮވަރިޒަމް މިނިސްޓަރުކަން ގެއްލޭނެކަމެއްކުރުމަކީ ކުރަންކެރޭނެކަމެއްނޫންކަން