އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރުކޮށްފައި އޮތީ ފަންކާއެއް ވެސް ނެތް، ހޫނު، ނުބައި ވަސް ދުވާ ކުޑަ ގޮޅިއެއްގައި ކަމަށް އޭނާގެ ޤާނޫނީ ވަކީލު ހިސާން ހުސެއިން ވިދާޅުވެއްޖެއެވެ.

ހިސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޤާނޫނު އަސާސީ އާއި ހިލާފަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރުކޮށްފައިވާ ތަނަކީ ކުޑަ، ހޫނު، ނުބައި ވަސް ދުވަސް އަދި ފަންކާއެއް ވެސް ނެތް ތަނެއް ކަމަށެވެ. އެއްވެސް އިންސާނަކާއި މެދު މިފަދަ ލާއިންސާނީ ގޮތަކަށް އަމަލު ކުރެވިގެން ނުވާނެ ކަމަށް ހިސާން ވިދާޅުވިއެވެ.

މިކަމާއި ގުޅޭ ގޮތުން ފުލުހުންނާއި ސުވާލު ކުރުމުން ފުލުހުންގެ ތަރުޖަމާން ވިދާޅުވީ ކަސްޓޯޑިއަލް ފެސިލިޓީއަކުން ލިބެން ޖެހޭ ހުރިހާ ޚިދުމަތްތަކެއް އެންމެ ފުރިހަމައަށް އެއްވެސް ފަރާތެއް ތަފާތު ކުރުމެއް ނެތި ފުލުހުން އަންނަނީ ފޯރުކޮށްދެމުން ކަމަށެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރުކޮށްފައި ވަނީ ރިޝްވަތުގެ ގޮތުގައި ފައިސާ ހިފުމަށްފަހު ޝަރުޢީ ޙުކުމްތައް ވަކި ގޮތަކަށް ކުރުމާއި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ޤާނޫނާއި ޚިލާފަށް ބަދަލުކުރުމަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން މަސައްކަތްކުރުމާއި ދަޢުލަތް ހިންގުމަށް ހުރަސްއެޅުމާއި، ޖިނާޢީ އަދުލުގެ ނިޒާމު ހިންގުމަށް ޤަސްދުގައި ހުރަސް އެޅުމުގެ ތުހުމަތުގައެވެ. މިމައްސަލައިގައި ފުލުހުން މިހާރު ވަނީ ގިނަ އަދަދެއްގެ ހެކި ވެސް ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

36 ކޮމެންޓް

  1. Anonymous

    އެސީއެއްވެސް ނެތް ދޯ؟ ފާޙާނާގަ ބިލިގާވެސް ނެތް ދޯ؟

  2. ބަސް

    ކޮންބައެއްގެ މައްޗަށް ކުޅަ ހުކުމްތަކެއްގައިތޯ ހުތުރު ފައިސާ ނަންގަވާފައިވަނީ އެކަން ހާމަ ކުރާނަމަ ފުރިހަމަވާނެ ދެއްތޯ.

  3. ރަޝާދު

    އޭނަ ހައްޔަރުކޮށްފައި ބަހައްޓަންޖެހޭނީ 7 ސްޓާރ ހޮޓަލެއްގަ ދެއްތޯ؟

    • މޯޑް

      ސްޕރީމް ކޯޓް އަކީ އެ ފެންވަރަށް ހަދާފަހުރިތަނެއް، މައުމޫން ބެހެއްޓި ރަން ފާހަނާ ތަކާ ބިލިގާތައް ވެސް ހުރީ އެތާގަ. އެ ބޭފުޅާ އެފެންވަރުގެ ތަނެއްގަ ބަހައްޓަން ދޯ ޖެހޭނީ އެހާ އިންސާފުވެރި ވީމަ

  4. Anonymous

    ހިސާނު ކައިރީ އަހާބަލަ ރިޝްވަތު ފައިސާނަގައިގެން މަހުޝަރު ދުވަހުން އަބްދުﷲ ސައީދުއައް 5000 އަކަފޫޓުގެ އޭސީކޮޓަރިއަކާ ބިލިގާ ފާހާނާއެއް ހުންނނާނެތޯ

  5. Anonymous

    ކަމަނާ އެގޮޅި ހުރީ ހިޔާކޮއްފަތަ. ހިޔާކޮއްފަ ހުރިއްޔާ ފަންކާއެއް ނުހުންނާނެ. އެގޮތް އޯކޭ ވެގެންދޯ ރިޝްވަތުބޮަނޑީގަ ބަގުޑިބެއްދީ

  6. އަފީފު

    މީނައަށް އެއަރކޯނުކުރި ކޮޓަރިއެއް ތައްޔާރުކުރުމަށް ގޮވާލަން. އަދި ވަށާގެން ބަގީޗާއެއްވެސް ތައްޔާރުކުރުމަށް ދަންނަވަން.

  7. އަބްދުއްލާ

    އޭނާ ކުރި ހުކުމްގާ ގާނޫނީ ހައިސިއްޔަތެއް ނެތުމުން ހައްޔަރުގާ އޮންނައިރުވެސް ގާނޫނީ ހައިސިއްޔަތު އޮންނަން ނުޖެހޭނެ.

  8. ދިރާސާ

    މުޅި ދައުލަތް ހޫނުކޮށްލާފައި، ދެންކޮންވާހަކަ އެއް މިދައްކަނީ ؟؟؟؟؟

  9. ސައީދު

    ބާނދީންލާފަ، ޙާއްސަކޮށް ފައިމޮޑެދޭނެ ރަގަޅު މީހަކުލާފަ ގަނޑުވަރެއް ތައްޔާރުކޮށް ދިނުމަށް ގޮވާލަން

  10. ސަންތި

    ބަލަގަ މަވެސް އޮތީ ތިކަހަލަ ގޮޅިއެއްގަ

  11. އާވިމް

    ޑޮލަރު ބޮޑިތައްވެސް ދޯ؟

  12. ނަޝީދު

    އައްޗިކޮށް އުޅެގަތީމަދޯ

  13. ކާޅުކެއަސް ސޮއްނުގޮވާ

    ރިޝްވަތު ނަގާ ސަރުކާރަށް ޣައްދާރުވީމަވެސް 5ސްޓާރ ހޮޓަލެއްގަތޯ ބައިންދަން ޖެހެނީ. ؟ ހަމަހޭގަތަ؟

  14. ޢެކަނި

    .ކައްވަޅުގަ ކިހިނެ އޮނާނީ..........

  15. މަނާ

    އެއީގާޒީއެއް އެއީ ބޭނުންވިގޮތް ކޮބާ ރިސްވަތުދިން މީހުން. ކަމަނާ މޮޔަތަ

  16. ރާއިފް

    ގަދަޔަށް ފިނިކޮށްފަތަ ޖަލުގެ ގޮޅިތައް ހުންނަންވީ؟

  17. ޒިމް

    ތިޔަ ފަނޑިޔާރުމެން އެބަޖެހޭ ގޮޅީގެ ހޫނު ތަހަންމަލުކުރަން.. އެއްވެސް ހައްގެއްނެތި ހިތައް އެތި ދުވަހަކަށް މުއްދަތު ޖަހާއި އިނޮސެންޓު މީހުންވެސ ްގޮޅީގަ ބާއްވާބައެއްތީ..

  18. ފާއިޒާ

    ދައުލަތުގެ 3 ބާރުން އެއްބާރު މީނައާއި ހަވާލު ކުރީމަ އެކުރި އަމުރުގެ ސަބަބުން ބައެއްގެ ފުރާނަ ވެސް ގެއްލިދާނެ ކަމެއް މީނާއަކަށް ނޭނގުނު. ދެން އެއަރކޯނަކާއި ފަންކާއެއް މީނާއަށް ދެވޭނީ

  19. ފަރީ

    ޢެތަނަށް ވަންނަހިތުން ފައިސާ ބޭނުންކުރީ ވަންނައިރު އެގެންޖެހޭނެ އެތަނެއްގެ ހާލަތުހުންނަގޮތް

  20. Anonymous

    ޢެތަނަށް ވަންނަހިތުން ފައިސާ ބޭނުންކުރީ ވަންނައިރު އެގެންޖެހޭނެ އެތަނެއްގެ ހާލަތުހުންނަގޮތް

  21. އަބްދުއްލާ

    ރިސްވަތުގެ ބައެއް އެހީތެރިވީމަ އޮންނާނެތަ ؟

  22. ކަސްބީ

    އާ ދެން އޭނައަށް އަންހެން ކުދިން ކޮޅަކާއި އެތަނުގައި އޭސީ އަކާ ކަންކަން ފުރިހަމަ ކުރަން ފެނޭ......

  23. އަޙްމަދު

    ހެހޭ: ހިސާން ހެސޭއިނު ގެއަށް ބަދުލުކުރަން ވީނު!

  24. ބަކުރު

    އާއޯކޭ މިހަރުކުރަނީ ޢޭސީއެއް. ކޭބަލް ޓީވީވެސް.

  25. މަ

    މިތާ ކޮމެންޓު ކުރަނީ ކިހާވަރަކަށް ޤާނޫނު އިނގޭ މީހުންބާ؟ ތަހުގީގަކަށް ބަންދު ކުރާމީހާއަކީ އެމީހަކަށް އަދަބު ހައްގުވާމީހެއްނޫން. ކުށެއް ކޮށްފައޮތިއްޔާ ތަހުގީކޮށް އެކަމެއް ސާބީތުކޮށްފައި ޝަރުޢީ މަރުހަލާގެ ތެރެއިން އެކަމަށް އެކަށިގެންވާ ހުކުމެއް އިއްވުމަށްފަހު ދޭ އަދަބެއް ދެވޭނީ.

  26. ވަގު ' ތު

    އޭނަ ވަނީ އެތައް ބަޔަކު ތިބުނާ ފަންކާ ނެތް ކުޑަގޮޅިޔައް ފައްތާފައި.މީހަރު އިހްސާސްވާނެ. އަލްހަމްދުﷲ. ތިކަހަލަ ކޮންމެ ތޯގޫތެއް ނެތިގެންދާނީ ތިގޮތައް

  27. ވަތަނީ

    ރާއްޖޭގެ އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމުގައި ހުންނަވައި މިފަދަބޮޑު މުސީބާތެއް ކުރިމަތި
    ކުރުވިއިރު ދިވެހި ރައްޔިތުންނާއި މިގައުމު
    ހަލާކުގެ ތެރެއަށް ވައްޓާލުމަކީ ކިހާބުރަދަނެއް
    ހުރިކަމެއްކަން ވަޒަންކޮށްނުލެވުނީތީ ހަމަ ހައިރާންވަމެވެ.

  28. ވަލީދު

    އޭނަ ބަހައްޓަންވީ 7ސްޓާ ހޮޓަލެއްގަތަ؟ އަމިއްލަޔަށް ފައިސާގެ ފަހަތުން ދުވީމަ ވާނީ ތިހެން.

  29. އިންކުރެޑިބަލް

    އެންމެން ހަމަ ހަމަ ވާނެކަމަށް ބުނެވެސް އަނގަތަޅަނީ ތި ޢިޖުރާޢީ ވަކީލުން. އެހެން ވީމަ އުއްތަމަ ފަޑިޔާރު ވިޔަސް ރައަިސުލްޖުމްހޫރިއްޔާކަން ކޮށްފަހުރި މީހަކު ކަމުގައި ވިޔަސް ޖަލައްލީމަ ހަމަ ޖެހޭނީ އެތަނުގައި އެހެން މީހުންވެސް އުޅޭގޮތައް އުޅެން. ޢިޖުރާޢީސް ކަލޭމެން އެހެން ވީމަ އަނގަ ނާ....ވާ ތިބޭ

  30. ޢަލީ

    ދުނިޔެމަތީގައިވެސް ޢަޒާބު ދެއްވާނެކަމަށް ވަޙީ ބަސްފުޅުގައިވޭ.

  31. ސައްތާރު

    ދެން ތިޔަވަކީލުގެ އަންހެނުން ނިދާކޮޓަރި ދައްކަންވީނު!

    • ލާނާ

      ބަލަގަ ހިސާން އެއީ އަންހެނެކޭ! ލޮލް

  32. އަފީފާ

    އެބޭފުޅާޤައުމައްޤައްދާރުވީމާ
    އަދިވެސްއެޤައްދާރުކަލޭގެބާވަންވީފުރުޖެއްގަތޯ؟؟؟ ދެއަރިމައްޗަށްދެކައްނިއޮލާފަމެދަ އްކަށިކިޔޮގަޑެއްލާވީ އޭރުމާބަދާގެމައްސަލައެއް
    ނުޖެހޭނެއޭ

  33. ާވަތުބަތާނަ

    ފަންކާ ނެތަކަސް މައްސަލަ އެއް ނެތެއްނު. ހޫނު ކުޑަ ގޮޅި އެއް ވެއްޖެއްޔާ. ހޫނުވާތީ ވިއްޔަ މީހުން ފަންކާ ބޭނުންވަނީ.

  34. ނާރާ

    ސުވަރުގެއިން ގަނޑުވަރެއްގަ ވިއްޔާތިހުރީދޯ....