ސިވިލް ސާވިސްގެ މުވައްޒަފަކު ބަލިވެ އިނދެއްޖެނަމަ މުސާރަ ލިބޭ ގޮތައް 30 ދުވަސް، މުސާރަ ނުލިބޭ ގޮތައް 28 ދުވަސް އަދި މުވައްޒަފަކު ވިހެއުމުން ހަމަސް ދުވަހުގެ ޗުއްޓީއެއް ލިބޭ ގޮތައް ސިވިލް ސާވަންޓުންގެ ޤަވައިދު އިސްލާހުކޮށް އަމަލު ކުރަން ފަށައިފިއެވެ.

އެހެންކަމުން ޗުއްޓީގެ ގޮތުގައި ލިބޭ ޖުމްލަ މުއްދަތުގެ ދިގުމިނުން އަށް މަސް ދުވަސް ހަމަނުވެ އޮންނާނީ އެންމެ ދެ ދުވަހެވެ.

ސިވިލް ސާވަންޓުންގެ ޤަވައިދަށް މިއަދު އަލަށް ގެނައި އިސްލާހެއްގައި ބުނެފައިވާ ގޮތުގައި މުވައްޒަފަކު ބަލިވެ އިނުމުގެ ސަބަބުން ވަޒީފާއަށް ނުކުތުމަށް އޭނާގެ ސިއްހީ ހާލަތު ތަންނުދޭ ކަމަށް ރަޖިސްޓްރީ ކޮށްފައިވާ ސިއްހީ މަސައްކަތްތެރިއަކު އެކަން ބަޔާންކޮށް ދޫކުރާ މެޑިކަލް ސެޓްފިކެޓެއް ނުވަތަ އެފަދަ ލިޔުމެއް ހުށަހެޅުމުން ވިހެއުމުގެ ކުރިން ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ޗުއްޓީއެއް މުސާރަ ލިބޭ ގޮތައް އެމުވައްޒަަަފަށް ލިބިދެވޭނެ ކަމަށެވެ. އަދި އެފަދަ ހާލަތެއް ދިމާވެއްޖެނަމަ އިތުރު 28 ދުވަހުގެ ޗުއްޓީއެއް މުސާރަ ނުލިބޭ ގޮތައް ވެސް ލިބޭނެ ކަމަށް ޤަވައިދު ބުނެއެވެ.

ޤަވައިދުގައި ބުނެފައިވާ ގޮތުގައި މުވައްޒަަފަކު ބަލިވެ އިންތާ 16 ހަފްތާ އާއި 27 ހަފްތާ އާއި ދެމެދުގެ މުއްދަތެއްގައި ފުރާނަހުރި ކުއްޖަކު ވިހައިފިނަމަ ހަ މަސްދުވަހުގެ ޗުއްޓީއެއް ބަންދު ދުވަސްތައް ހިމަނައިގެން މުސާރައާއި އެކު ލިބިދެވޭނެ ކަމަށެވެ.

ޤަވައިދަށް އަލަށް ގެނައި އިސްލާހު ބުނާ ގޮތުން ފިރިހެން މުވައްޒަފަށް ދަރިއަކު ލިބުމުން ވަޒީފާގެ ޤާނޫނުގެ 48 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ބަންދު ދުވަސްތައް ހިމަނައިގެން މުސާރަލިބޭ ގޮތައް 03 ދުވަހުގެ ޗުއްޓީއެއް ލިބިދޭނެއެވެ. އެ ތިން ދުވަސް ހަމަވުމުން ކުއްޖާ އަށް ހަތްމަސް ވުމާއި ދެމެދު މުސާރަ ލިބޭ ގޮތައް ބަންދު ދުވަސްތައް ހިމަނައިގެން 27 ދުވަހުގެ ޗުއްޓީއެއް ލިބޭނެ ކަމަށް ވެސް ޤަވައިދުގައި ބުނެފައި ވެއެވެ.

ބަލިވެ އިންނަ އަންހެނުންނަށާއި، މައިންނަށް ބޮޑު ޗުއްޓީއެއް ދޭން ސިވިލް ސާވިސް ކޮމިޝަނުން ނިންމާފައި ވާއިރު ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވެސް ވިހެއުމުން ދޭ ޗުއްޓީ ހަމަސް ދުވަހަށް ގެންދަނީ އިތުރު ކުރަމުންނެވެ.

ވިހެއުމުން ދޭ ޗުއްޓީ ހަމަަސް ދުވަހަށް އިތުރު ކުރުމަކީ ރައީސް ޞާލިހްގެ ރިޔާސީ ވައުދެކެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ނަންނެތް

    ދެން ޕްރައިވެޓް އޮފީސް ތަކުގާ މަސައްކަތް ކުރާ މުއައްޒަފުން؟

    16
    4
  2. ގޑން

    އިންތިޚާބަށް ނުފޫޒު ފޯރުވުން

    24
    4
  3. ކުދުބެއްޔާ

    ވިހާ މުވައްޒަފުންނަށް ތިހާ ބޮޑުޗުއްޓީއެއް އޮތުމުން އަހަރު ދެކޮޅު ވިހާ މުވައްޒަފަކު އޮފީހަށް ނިކުންނަން ޖެހޭ ދުވަސް ވަރަށް މަދުވާނެތާއެވެ

    11
    1
  4. އިބްރާ

    ތިޔައީ އަންހެނުންނަށް ދޭއަނިޔާއެއް. މިކަމުގެސަބަބުން އަންހެނުންނަށް ވަޒީފާލިބުން ވަރަށް ދުރުވުންއެކަށީގެންވޭ.

    15
    1
  5. ހަނީފު

    މީގެކުރިންވެސް 7 މަހާ ދުވަސްކޮޅެ އަންހެން މުއަށްޒިފުން ދަރިއަކުވިހޭމައި އެކި ނަންނަމުގައި ލިބޭ މިއީ އާކަމަކަށްހަދައިގެން ވޯޓް ހޯދަން އިސްތިހާރުކުރާނެކަމެއްނެތް

    12
    2
  6. ހާނިމް

    އައިޖީއެމްއެޗްގައި މަސައްކަތްކުރާ އިންޑިޔާ ނަރުހުންނަށް ވަރަށް ބޮޑު ފައިދާއެއް މިކަމުގައި ކުރާނެ ، ހުރިހާ ފައިސާ ތަކެއް ރާއްޖެއިން ބޭރަށް ، މިކަންކަމަކީ ވަރަށް ރަނގަޅަށް ބަލަން ޖެހޭ ކަންކަން، މިހާރުވެސް އައިޖީއެމްއެޗްގައި މަސައްކަތްކުރާ އިންޑިޔާ ނަރުހުން ވިހެއުމުގެ ޗުއްޓީ ނަހަމަގޮތުގައި ބޭނުންކުރަމުންދޭ، އަދި ޗުއްޓީ އަށް ފަހު ކެނެޑާ، އިނގެސިވިލާތް ފަދަ ޤައުމުތަކަށް ބަދަލުވަމުން ދާކަން ފާހަގަ ކުރަން މިކަން ވިސްނާނެ މިހަކު ހަމަ ނެތް

    11
  7. މަންމަ

    ދެން މިނިވަން މުއައްސަސާ ތަކުގައި ވަޒީފާ އަދާކުރާ ކަނބަލުން ކޮބާ

    6
    1
  8. ވަގު ވޯޓު ބަނާނާ

    ސަރުކާރުގެ ހިންގުމުގެ ސްޕީޑް މެކުހަށްޖެހީތީ. ބަލަންތިބެމާ ސްކޫލުތަކުގެ ޓީޗަރުން ދަރިވަރުންގެ ކިޔެވުން ހަމަޖައްސާގޮތް. ބެލެނެވެރިން މުޒާހަރާއަށް ނުނިކުމެ ތިބޭތޯ؟

    10
  9. މެކުހަށް

    މުވައްޒަފު ވިހެއުމުން 8 މަސް ދުވަހުގެ ޗުއްޓީ ދޭއިރު އެމަސައްކަތް ކުރާނެ ގޮތެއް ހަމަޖެއްސިފަވަނީ ކިހާ ވަރަކަށްބާ؟ މިހާރު އުސޫލު އޮންނަގޮތުން ޕެލީވް ހުންނަ މުވައްޒަފެއްގެ ބަދަލުގަައި އިތުރު މުވައްޒަފެއް ނުނެގޭ. މީގެންވެސް ދޭ ހަވަނީ ވައުދެއްވާއިރު އެއްވެސް ވަރަކަށް ސަރުކާރުގެ ވިސްނުން ފަހުން ވެދާނެގޮތކާމެދު ވިސްނިފަނެތް މިންވަރު. މިވާ މުޒައްޒަފުންނަށް ލުއިފަސޭހަ ހޯދައިދިނުމަށް ވިސްނަވާ އުސޫލުން ރައްޔިތުން ދެން ހިދުމަތް ފޯރުކޮށްދިނުމުގައި ނިމާވާނެ ދަތިތަކަށް ކީއްވެތޯ ވިސްނިފަނެތީ؟.

  10. މަ

    ސްކޫލް ތަކުގެ ދަރިވަރުންނަށް މިކަމުން ވ ނޭދެވޭ އަސަރު ކުރާނެ. ގޮތުގަ ދެމަފިރިންވެސް ވަރަށް ގިނަ. އެކަކު ވިހެޔަސް 2 ޓީޗަރުން އެބަ ގެއްލޭ. އޯލެވެލް ކްލާސް ތަކަށް ކިޔަވައިދޭ ޓީޗަރުން ކަމަށްވާ ނަމަ އެކުދިންނަށް ކިހާ ދެރަތޯ. މިހާރުވެސް ވިހެއުމަށް ފަހު ލިބޭ ނޯޕޭ ލީވް ނުނަގާ އެއްވެސް ޓިޗަރަކު ނުނުކުމޭ. ދެން ވިސްނާލާ 1 އަހަރާ 6 މަސް ފަހުން އެންމެ އަވަހަށް ވެސް ޓީޗަރު ފެންނާނީ. ދެންތިބޭ އެހެން މީހުނަށް ހުރިހާ ތަކުލީފެއް.

  11. ސަޓޯ

    ސުބްހާނަﷲ ހާދަ ގިނަ ވޯޓެކޭދޯ އެމްޑީޕީއަށް... ސިވިލް ސާރވިސް މުއައްޒަފުންގެ ފަރާތުން. އޮއްމާގޯޑް !!!!

  12. ރާފު

    މުސާރަ ނަގައިގެން 2 އަހަރު ދަރިފުޅަށް ވަންދެން ގޭގަ ބައިތިއްބަންވީނުން. އޭރުން މާ ތާއިދު ލިބޭނެ. ދެ ޖިންސް އުފެއްދުންތެރިކަމުގަ ބައިވެރި މިވަނީ ގައުމުގެ އިގްތިސާދު 2 ގުނަ ކުރަން. އެކަމަކު ނުކިޔަވާ ވޯޓު ވަގުން ގެ ދިރިއުޅުން އާރާސްތު ކުރަން އެންމެ ކުރުމަގަކީ އަންހެނުންނަށް ވައިޖަހައިގެން މަސައްކަތެއް ނުކުރުވާ ގޭގަ ބޭތިއްބުން. ނުކިޔަވާ ތިބި ޖާހިލުން ދައުލަތުގެ ބޮޑެތި މަގާމުތަކަށް އައިމަ ވާނީ މިހެން.

    2
    2
  13. އިރުޝާދާ

    ދެން ތަނުގައި ތިބޭ އެހެން މުއަޒަފުން ތިބެންވީ ތަނަކަ ނުދެވިފައި. ޕްރައިވެޓް އޮފީސް ތަކުގައި މި ތިބެނީ ތިން މުއަޒަފުން ނޫނީ 4 މުއަޒަފުން ދެން ވިހާ ކޮންމެ މީހަކަށް 8 މަސް ދިނީމައި ކޮބާ އަހަރުމެންގެ ޙައްގު؟

  14. އިންސާފް

    ހެޔޮނުވާނެ މިކަމަށް ޖުޑީޝިއަރީއިން އެއްޗެއް ބުނެބަލަ.. ޖުޑީޝިއަރީގަ އަންހެނަ މުވައްޒަފެއް ނޫޅެނީތަ؟

  15. ޖުޑީޝިއަރީ

    އިބޫ ރައީސް އަހަރުމެންނަށް ނުލިބެންޏާ ވޯޓެއް ނުދެވޭނެ. މިކަމުގަ ޖުޑީޝިއަރީ ހުރީ ހަނު ތަ؟

  16. މަންޖެ

    ތިޔަކަމުގެ ސަބަބުން އަންހެނުންނަށް ވަޒީފާ ލިބުމުގައި ދަތިތަކާ ކުރިމަތިވާނެ ކަމަށް ބެލެވޭ.

  17. ޙައްވަ

    ޥ ރަނގަޅު ?????? ޜައީސް ސާލިހަށް ޝުކުރިއްޔާ

  18. އަޒީޒް

    އަޅުގަނޑުއުޅުނު ކުންފުނީގަ 40% ތިބެނީ އަންހެނުން.. ވީމާ މީގެތެރެއިން 10 ވަރަކައްމީހުން ބަނޑުބޮޑުވެއްޖެއިޔާމުން އޮފީސް ހިންގުން ހުއްޓުމަކައް އަންނާނެ ދޯ..

  19. މި ހޯނު

    އެހެންވީމާ ހަމަ އެންމެ ރަނގަޅު ގޮތަކީ ދަރިން ލިބުނީމާ އަނެހެނުން ދަރިން ބަލަން ގޭގައި ތިބުން. މިހާ ބޮޑުޗުައްޓީ އެއް ދިނުމުން ޤައުމުގެ ވަޒީފާގެ ދާއިރާގެ ޕްރޮޑަކްޓިވިޓީ ދައްވާނެ.

  20. ފުލުހެއް

    ފުލުހުން 24 ގަޑީރު ހިދުމަތްދޭ ބަޔެކޭ ކިޔާފަ ތިއިން އެއްވެސް ކަމެއް ހަމަޖައްސާފައި ނުވޭ .. މިއީ ވަރަށް ދެރަކަމެއް

  21. އިއްބެ

    އަހަރުދެކޮޅު ދަރިއަކު ހޯދީމަވީނު.