ވެކްކޯގެ މަސައްކަތްތައް މިހާރު ކުރިއަށްދާގޮތަށް ބަލާއިރު، މިއަހަރުގެ މެދަކާއި ހަމައަށް ދާއިރު، މާލޭ އޭރިޔާއިން ދުން ނާރާނެ ކަމަށް، ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ، އާދަމް މުޙައްމަދު ވިދާޅުވެއްޖެ އެވެ.

އެމް.ޑީ މިހެން ވިދާޅުވީ، މިއަދު ވެމްކޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ތިބޭފުޅުންނަށް ފާހަގަކުރެވޭނެ މާލޭ އޭރިޔާގެ ކުނީގެ މައްސަލަތަކާއި، ތިލަފުށިން އަރަމުން ދިޔަ ދުމާއި، މިކަންކަމުގެ ސަބަބުން މި ސަރަހައްދުގައި އުޅޭ ރައްޔިތުންނަށް ވަމުންދިޔަ އުނދަގޫތަކާއި ދުވަމުން ދިޔަ ވަހުގެ ސަބަބުން ދިމާވެގެން ދިޔަ ކަންތައްތައް. އިރާދަކުރެއްވިއްޔާ، 2019 ވަނަ އަހަރުގެ މެދުތެރޭގަ މާލޭ އެރިޔާއިން ދުމެއް ނާރާނެ. މާލޭ އޭރިޔާގެ އެއްވެސް ތަނަކުން އޯޕަން ބާނިންގ އެއް ނޯންނާނެ. މާލޭ އޭރިޔާގެ ގޮނޑު އޮންނާނީ އިރާދަކުރެއްވިއްޔާ ޕާކެއްގެ ގޮތުގަ." އެމް.ޑީ ވިދާޅުވިއެވެ.

މިތުރަށް މަޢުލޫމާތު ދެއްވަމުން އެމް.ޑީ ވިދާޅުވީ، މާލޭ ރައްޔިތުންނަށް ވެމްކޯ އިން ދެމުންގެންދާ ޚިދުމަތް އިތުރަށް ތަރައްޤީކޮށް، ކުރިއަށްގެންދިއުމުގެ ވިސްނުންތަކެއް ގެންގުޅޭކަމަށާއި، ވެމްކޯއިން މާކެޓް ސާރވޭ ކުރުމުގެ ބޭނުނަކީވެސް އެއީ ކަމަށެވެ.

"އެއްވެސް ފަރާތަކަށް ޚިދުމަތް ހުއްޓާލާކަށް ނޫން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އެ ޚިދުމަތް ރަނގަޅުކޮށްދޭން. އިތުރަށް އަޅުގަނޑުމެން ރަނގަޅު ކުރަން ހުރި ކަންތައްތަކާއި ރައްޔިތުންނާއި ގުޅިގެން މިކަންކަން ރަނގަޅުކުރަން ކުރަންޖެހޭ ކަންކަން ހޯދުމުގެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް މިގެންދަނީ." އެމް.ޑީ ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ތެދު

    ތިއީ ރ.ޔާމިން ކޮއްދެއްވާފަހުރި އަގުހުރި މަސައްކަތް ދެއްތޯ..

  2. ރުޒާނާ ޗޮއްޕަޓު

    ހުއްޓުވި ނިމިއްޖެ. ކަރަންޓްގެ އަގުވެސް ހެޔޮ ކުރި ގޮތަށް އެހެންނު. ލަދެއް ނުގަނޭނު އަނގަ ތަޅަން.

    7
    1
  3. ާއަހުމަދު

    ދުންއެރުން ހުއްޓުވޭނެހެނެއް ހީއެއްނުވޭ މިހާރުވެސް މުސާނުދޭވާހަކަ އެދައްކަނީ

  4. ޖޮބޭ

    އާނ ދުމެއް ނައަރާނެ ހުްޓާލާ އިންޑިޔާކުނފުންޏަކަށް ފައިދާ ހޯދަދޭން އަވަހައް އައުޓްސޯސްކރޭ.

  5. އަހްމަދު

    ޙުޅުމަލޭންމިހާަރު ދުންއެރުންހުއްޓިއްޖެ

  6. ރައްޒާގް

    ހޮޓަލެއް ހިންގިކަމުގަވިޔަސް ވޭޓަރުންނައް ކަމޭހިތައިގެން އެބައިމީހުނައް މަސައްކަތާ އެކަށޭނަ މުސާރަދިނުމުން އެބައިމީހުން ހިއްހަމަޖެހިގެން މަށަތްކައްކުރާނީ އެއިރުން އެބައިމީހުނާ ދިމާވާ ކަސްޓަމަރު އެވެރިން ހެއްވާލާނީ ދޮގެއްތޯ