ރާއްޖޭގެ ވެރިރަށް މާލެއާ 2017 ކިލޯމީޓަރު ކައިރިން، އިންޑިއާ ކަނޑުގެ ސަރަހައްދަށް ބިންހެލުމެއް އަތުވެއްޖެއެވެ.

މެޓް އޮފީހުން ހާމަކޮށްފައިވާ މައުލޫމާތުގައި ވާގޮތުން ބިންހެލުން އައިސްފައި ވަނީ މިއަދު މެންދުރު 12:53 ހާއިރުއެވެ. ބިންހެލުމުގެ ބާރުމިން ރެކޯޑު ކޮށްފައި ވަނީ ރެކްޓާ މިންގަނޑުން 5.7 ގެ ބާރު މިނުގައެވެ. ބިންހެލުން އައިސްފައި ވަނީ ކަނޑުގެ އަޑިން 10 ކިލޯ މީޓަރު އަޑިއަށެވެ.

ރާއްޖޭގެ ސަރަހައްދަކީ އާންމުކޮށް ބިންހެލުން ނާއްނަ ސަރަހައްދެއްކަން ފާހަގަކޮށްލެވެއެވެ. އެހެން ނަމަވެސް، އޭޝިއާގެ ތެރޭގައި ހިމެނޭ އިންޑޮނޭޝިއާ ފިލިޕީންސް ހިސާބަށް އާންމުކޮށް ބިންހެލުން ގިނަކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު