ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފް ވެސް "ރައްޔިތުންގެ ފަޅިއަށް" ބަދަލުވުމަށް ވިލިމާލޭ ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ނިހާން މިނިސްޓަރ މަހްލޫފްގެ ކިބައިން އެދިވަޑައިގެން އެކަމަށް މަހުލޫފު ރައްދު ދެއްވައިފިއެވެ.

ނިހާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަހަކަށް އައިސް ރާއްޖެދުއް އެންމެ ހިތްވަރު ގަދަ، ކެރޭ ސިޔާސީ ބަޠަލުން އުފެދިފައި ވަނީ ޑީއާރްޕީ އާއި ޕީޕީއެމް ތެރެއިން ކަމަށެވެ.

"ޒުވާނުންގެ ވަޒީރު އަހްމަދު މަހްލޫފް ވެސް ދެން އަވަހަށް ތިޔަ ދޮގުވެރި، މަކަރުވެރި އެމްޑީޕީ ދޫކޮށް ރައްޔިތުންގެ ފަޅިއަށް ބަދަލުވެ ވަޑައިގަންނަވާ." ނިހާން ވިދާޅުވިއެވެ.

އެކަމުގެ ރައްދެއްގެ ގޮތުން މަހުލޫފު ވިދާޅުވީ، "ގެއިގަ ހުންނަން ޖެހުނަސް، ވަޒީރުކަމުން ވަކި ކުރިޔަސް، އަދި މަގުމަތީ ސަލާން ޖަހަން ޖެހުނަސް އަޅުގަނޑު އިރާދަ ކުރެއްވިއްޔާ ހުންނާނީ މިގޮތުގައި. އަޅުގަނޑު މިހުރީ ރައްޔިތުން ފަޅީގައި،" މަހުލޫފް ވިދާޅުވެފައިވެއެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ބޭނުން ކުރެއްވިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި މަހްލޫފް ގޭގައި މަޑުކުރައްވަން ރައީސް ވަނީ އަންގަފާވައެވެ.

ނިހާން އާއި މަހްލޫފް އަކީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ޑީއާރްޕީގައި އިސްކޮށް ހަރަކާތްތެރިވި ދެބޭފުޅުންނެވެ. 2009 ވަނަ އަހަރު ދެބޭފުޅުން ވެސް ޑީއާރްޕީގެ ޓިކެޓްގައި މަޖިލިސް އިންތިޚާބު ކާމިޔާބު ކުރެއްވިއެވެ. އަދި އޭގެ ފަހުން ޑީއާރްޕީ ދޫކޮށް ޕީޕީއެމް އުފެއްދުމުގައި ދެބޭފުޅުން އިސްކޮށް ހަރަކާތްތެރިވެ، ޕީޕީއެމްގެ ވެރިކަމެއް 2013 ގައި ގާއިމް ކުރިއެވެ. 2014 ވަނަ އަހަރު ޕީޕީއެމްގެ ޓިކެޓްގައި ދެބޭފުޅުން މަޖިލިސް އިންތިޚާބު ކާމިޔާބު ކުރެއްވި ނަމަވެސް މަހްލޫފް ވަނީ ގިނަ ދުވަސްތަކެއް ނުވެ ޕީޕީއެމް ދޫކޮށްލައްވާފައެވެ. ނަމަވެސް ނިހާން އަދިވެސް ހުންނެވީ ޕީޕީއެމްގައެވެ.

މަހްލޫފް ވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެތައް ފަހަރެއްގެ މަތިން ހައްޔަރުކޮށް ޖަލަށް ލާފައެވެ. ފާއިތުވި ދުވަސްތަކުގައި ޔާމީނަށް އެންމެ ބޮޑަށް ފާޑުވިދާޅުވި ބޭފުޅުންގެ ތެރޭގައި މަހްލޫފް ހިމެނިވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. Anonymous

  ކޮބާތަ ރައްޔިތުންގެ ފަޅިއަކީ ރައްޔިތުނަނީ އެމްޑީޕީ މީހުންތަ ދެން ތިބެނީ ރައްޔިތުންނެއް ނޫތަ

  33
  2
 2. Anonymous

  ސީ. އޭނާގެ އީމާނާއި ތެދުވެރިކަމާއި، ދީނަށް ހުރި ލޯބި. ނިހާނޫ، ތިމާ ހެއްދެވި ފަރާތް ހަނދާން ނެތްމީހުން ތިބޭ ފަޅިއަށް ގޮއްސި މީހެއް ހަލާކުނުވެ ހުންނާނެތަ؟

  24
  3
 3. ޙައްގުބަސް

  ނިހާނާ މަހްލޫފުވެސް ދެއްކީ ރަގަނޅު ވާހަކަ!! ދެފަޅިވެސް ހަމަ ރައްޔިތުންގެ ފަޅި! ކޮންމެ ފަޅިއެއްގައިވެސް ތިބީ ހަމަ ދިވެހި ރައްޔިތުން! މީގައޮތީ ހެވާއި ނުބައި! ގައުމަށް ހެޔޮއެދޭ ގައުމުގެ އިސްތިގުލާލާ މިނިވަންކަން ދަމަހައްޓާ އިސްލާމްދީން ދިފާޢުލިރުމަށް މަސައްކަތްކުރާ އަދި ގައުމު ތަރައްގީކޮށް އިތުރު ހަރުފަތަކަށް ގެންގޮސްދޭން މަސައްކަތްކުރާ ފަޅި!! ދެން އޮތީ ގައުމުގެ އިސްތިގުލާލާ މިނިވަންކަމަށް ބުރުއަރާފަދައިން ޢަމަލުތައް ބަހައްޓާ ތަރައްގީގެ މާބޮޑު ޕްލޭންތަކެއް ނެތް އަދި ސެކިއުލާ ވިސްނުންގެންގުޅެ އިސްލާމްދީން ހީނަރުކުރުމަށް ފާޅުގައި މަސައްކަތްކުރާ ފަޅި!! މިދެފަޅިންކުރެ އެއްފަޅި ޚިޔާރު ކުރުމަކީ ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެންވާ ޙައްގެއް! އެކަމަކު އިސްލާމަކަށްވެ ހުރެ ދީނާ ދެކޮޅަށް މަސައްްކަތްކުރާ ބަޔަކު ތިބޭ ތަނަކަށް ބޯމަހާލުމަކީ ކޮށްގެންވާނެކަމެއްނޫން!

  39
  1
 4. Anonymous

  ޔިހުރެވުނީ ޝައިޠާނާގެ ފަޅީގަ އަވަހަށް ތައުބާވޭ.

  27
  2
 5. ޑޮން

  ކޮބާތޯރައްޔިތުންފަޅިޔަކީ އެމްޑީޕީތޯ....އެއީރައްޔިތުންފަޅިއެއްނޫން އެއީ އެމްޑީޕީފަޅި ތިއުޒޅުއްވަނީ އޮޅިގެން މަހުލޫފުނަޔަސް ޕޕއެމްއަކަށްވާނެދެރައެއްނޯންނާނެ ތީ ގައުމުގެ މިނިވަންކަމަށްވުރެއް އަމިއްލައެދުން މާބޮޑުމީހެއް ގޮނޑީގެ ދަހިވެތިކަމު.

  28
  1
 6. ފަހީ

  ޢަދިވެސް އަންނާނެ. އިތުބާރު ގެއްލިފަ

  21
 7. ބޮޑުފަޅި

  އަހަރުމެން މިތިބީ ރައްޔިތުންގެ ފަޅީގައި. ކަލޯމެން ދެމީހުން ތިތިބީ އަމިއްލަ އެދުމުގެ ފަޅީގައި.

  15
  5
 8. ހުއިފިލަޑާ

  މަޙުލޫފް އެވެ .، ރައްޔިތުންގެ ފަޅިއަކީ އިސްލާމް ދީނަށް ފުރައްސާރަ ކުރުމާ ދެކޮޅު ހަދާ އެކަމަށް ބަސްބުނާ، އަދި އެކަން ކުރާމީހުން ކުއްވެރި ކުރާ ފަޅިއެވެ

  25
 9. ކިހަވައް

  ނިހާނަށް ދަންނަވާލަން މިފަދަ ރީލޯޑަރުން ޕޕމއަށް ބޭނުމެނުވޭ. އަހަރެމެންނެތިން މަހުލޫފު ބަލައިގަންނާކަށް. ކަލޯ ތިހުރީ ރީތިކޮށްވެސް މަގުމަތިކޮއްފަ. ދެންހަމަ ހުންނަންޖެހޭނީ. މާރީ ގައިގަ ބައްދަބައްދާފަ އާދޭސްކުރޭ ތިނޫންގޮތެވޭތޯ. ޕޕމ އެއް ރޔާމީން އެއް ކަލޭބޭނުމެނުވޭ. ނިހާނުގެ ރަހުމަތްތެރިކަމުގަ އޭނަބުނިއެއްޗެ އެބުނީ އަހަރެމެންނެތިން ތިފަދަ ރީލޯޑަރުން ބަލައިގަންނާކަށް.

  23
  2
 10. މަންޖެ

  އީވާ ދޫކޮށްލާފަ ނުދެވޭނެޔޯ!

 11. ހަސަން ނުވަވަނަ

  ރިލޯޑޭ ބަހައްޓާ ބުއްޅަބޭ ފަޅީގަ

 12. ރައްޔިތުން ފަޅި

  ތީ ކޮންބައެއްތަ؟ ކޮބާތަ ރައްޔިތުންފަޅިޔަކީ. އަހަރެން މީ ރައްޔިތެއް. ގައިމު ތީގެން އެކަކުވެސް ނެތް މި ފަޅިޔަކު. އެހެންނޫނަސް މަހޫލުފުއެއީ ރިލޯޑުކޮށްގެން ގެންގަން ޖެހޭމީހެއް ކަން ނިހާނަށް ނޭނގެނީތަ.

 13. މުހައްމަދު

  ކަލޭތިޔަހަރީ އެއްކަލަ ގޮވި ގޮވެލިން ބޮޑުބާ ޖީބަށްލީކަން ފަޅާއެރިހިސާބުން އަމައްޔާއިވެފާ.

  11
 14. ރަޝީދުބެ

  ނިހާނު
  ކަލޯމެން ތީހައްޕު މަމޭމެން އެއީ އަރާކުރި ތިއަކައް ދެނެއް ބަލައެއް ނުލާނެ ބަލާނީ ހުސްއެކަނި ބިތުފަންގި ނަގާފައި އެދުވަ ހަކައް ތައްޔާވޭ

 15. ޢަހަންމާ

  އަންނިގެ ލޭ އަޅާފަ ފަނޑިތަ ކައްކާފަ ބެހި ބޮނޑިބަތް ކޭ އެއްވެސް މީހަކު، އަންނި އެމީހެއް ކުރިމަތީ ހުރެ އެމީހާ ކަތިލާން ރެވިޔަށް އަންނި ދޫކޮށްފަ ނުދާނެ. އެހެން މީހުން ވާނި ސިހުރި ހެދިކަމަށް. މިދިޔަ އިންތިހާބުގަވެސް މިހާރުވެސް އޭނާ ދަނީ ފާޅޭގަ އެފަދަ ކަންކަން ކުރާކަން ދައްކަމުން. ޢެމީހުން ބޭނުންކުރާ ލޯގޯއިން ވަރަށް ރަނގަޅަ އެކަމަށް ހެކިދޭނެ.

 16. ދދދދދ

  ހާދަ ރަނގަޅޭ ރީލޯޑޭ. ނުދާތި. ނިހާނަކީ ސިޔާސީ މީހެއް. އޭނަ އެހެން ބުނާނެ. އެކަމަކު ކަލޭ ބަލައިގަންނާނެ ބަޔަކު ނެތް ރައްޔިތުން ތެރެއަކު. ކަލޭ ކަހަލަ މީހުން ތިބީ ރީނދޫ ބާގައިގަ. އެތާ ހުރޭ. ހުސް ވަގުން.