"ގަރަދަ"ގެ ނަމުގައި ރިހާކުރު ބްރޭންޑެއް ރާއްޖެއަށް ތައާރަފްކޮށްފިއެވެ.

ގަރަދައަކީ ހުވަދޫ ބަހުން ރިހާކުރަށް ކިޔާ ނަމެވެ. ރާއްޖޭގައި މީރު ރިހާކުރު ހަދާ ރަށްތަކުގެ ތެރޭގައި ހުވަދޫ އަތޮޅުގެ ގިނަ ރަށްތަަށް ހިމެނެއެވެ.

އަންހެނުންގެ ދުވަހާއި ގުޅިގެން ބޭންކު އޮފް މޯލްޑިވްސްގެ އަންހެން މުވައްޒަފުން މަހަށް ދިޔައެވެ. އެ މީހުން ބޭނި މަސް ކައްކާ އޭގެން މިހާރު ރިހާކުރުވެސް އުފައްދައިފިއެވެ. ދިވެހި މަސްވެރިން ކޯޕަރޭޓް ސޮސައިޓީން މިއަދު ބުނީ، އެ ސޮސައިޓީގެ ދަށުން "ގަރަދަ"ގެ ނަމުގައި ރިހާކުރު ބްރޭންޑެއް ތައާރަފްކޮށްފައިވާ ކަމަށެވެ.

"މިއީ ބީއެމްއެލްގެ އަންހެން މުވައްޒަފުންނާއެކު ކުރިއަށްދިޔަ މަސް ދަތުރުގައި ބޭނި މަހުން ތައްޔާރުކުރި މި ބްރޭންޑްގެ ފުރަތަމަ ބެޗް". ދިވެހި މަސްވެރިން ކޯޕަރޭޓް ސޮސައިޓީން ބުންޏެވެ.

މިދިޔަ ހުކުުރު ދުވަހު ހަވީރު ބީއެމްއެލްގެ އަންހެން މުވައްޒަފުން މަހަށް ނުކުތެވެ. އޭގެ ކުރިން ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ ފީނުމާއި، އެންދެމުމެވެ. އެންދެމުމަށްފަހު މަސް ބޭނުމަށްޓަކައި އިއްޔެ ފަތިހު ދަތުރު ފަށައި، ކަނޑަށް ނިކުމެ ގާތްގަނޑަކަށް ދެ ގަޑިއިރުތެރޭ ވަނީ 300 ކިލޯގެ މަސްބާނާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ވިސްނާ

  ބީއެމްއެލް ކުދިންކޮޅު ފޮނުވާ މަހަށް، ގައިމު ރިބާ ކައިގެން ލިބޭއެއްޗަކަށް ވުރެ މަހަށް ގޮސް އެބާނާ މަސްކޮޅުގަ ގަރުދިޔަ ކައްކާލާ ރިހާކުރު އޮލަކޮށްލީމަ ދެފަރާތަށްވެސް ލައްކަ ފައިދާވާނެ.

  19
 2. ބީއެންއެމްއެލް

  ތަންކޮޅެއްތާހިރު ނަމެއްކިޔަސް، ފާފަވެރިއެއްނުވާނެ!

  11
  12
 3. ުހުވަދޫ

  ރާއްޖޭގެ އެހެން އަތޮޅުތަކާއި އަޅާބަލާއިރު މިފެންނަނީ ހުވަދޫ ބަހުގެ މުއްސަދިކަން....

  15
  9
 4. މައިކާލޯ

  އެއަށްވުރެ ވަކި ތާހިރު އެހެންނަމެއް ނުކިޔޭނެ..އަސްލުނަން އެއީ.

  10
  8