އެމްޑީޕީން، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ދިނީ ކެހިވެރި ލަނޑއް ކަމަށް ޕީޕީއެމް ޕާލިމަންޓްރީގެ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

މިހާރު ޕީޕީއެމްއާއި ޕީއެންސީ، ޕްރޮގްރެސިވް ކޯލިޝަނުން ބާއްވަމުންދާ ޕްރެސްގައި ނިހާން ވިދާޅުވީ މަހުލޫފަށް، ޕްރޮގްރެސިވް ކޯލިޝަނާ ގުޅުމަށް ދައުވަތު ދިނީ، ސަރުކާރުން މަހުލޫފަށް ބޮޑު ލަނޑެއް ދީފައިވާތީ ކަމަށެވެ.

" ބައްލަވާ އަޅުގަނޑުމެންގެ އަހެއް، މަހުލޫފަށް. އެހުރީ އެމްޑީޕީން ބޮޑު ލަނޑެއް ދީފައި. ދެން ނުދޭނެ މިނިސްޓަރު ކަމެއްވެސް. ދެން ސަރުކާރު ތެރެއަށް ނުވެސް ވައްދާނެ. އެހެންވެ މިއަދު އަޅުގަނޑު ރައްޔިތުންގެ ފަޅިއަށް ގުޅެން ދައުވަތު ދިނީ. އެއީ އެމްޑީޕީގެ ކެހިވެރި ރޭވުންތައް ހުންނާނެ ގޮތް،" ނިހާން ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ބޭނުން ކުރެއްވިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި މަހްލޫފް ގޭގައި މަޑުކުރައްވަން ރައީސް ވަނީ އަންގަފާވައެވެ.

ނިހާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަހަކަށް އައިސް ރާއްޖެދުއް އެންމެ ހިތްވަރު ގަދަ، ކެރޭ ސިޔާސީ ބަޠަލުން އުފެދިފައި ވަނީ ޑީއާރްޕީ އާއި ޕީޕީއެމް ތެރެއިން ކަމަށެވެ.

"ޒުވާނުންގެ ވަޒީރު އަހްމަދު މަހްލޫފް ވެސް ދެން އަވަހަށް ތިޔަ ދޮގުވެރި، މަކަރުވެރި އެމްޑީޕީ ދޫކޮށް ރައްޔިތުންގެ ފަޅިއަށް ބަދަލުވެ ވަޑައިގަންނަވާ." ނިހާން ވިދާޅުވިއެވެ.

އެކަމުގެ ރައްދެއްގެ ގޮތުން މަހުލޫފު ވިދާޅުވީ، "ގެއިގަ ހުންނަން ޖެހުނަސް، ވަޒީރުކަމުން ވަކި ކުރިޔަސް، އަދި މަގުމަތީ ސަލާން ޖަހަން ޖެހުނަސް އަޅުގަނޑު އިރާދަ ކުރެއްވިއްޔާ ހުންނާނީ މިގޮތުގައި. އަޅުގަނޑު މިހުރީ ރައްޔިތުން ފަޅީގައި،" މަހުލޫފް ވިދާޅުވެފައިވެއެވެ.

ނިހާން އާއި މަހްލޫފް އަކީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ޑީއާރްޕީގައި އިސްކޮށް ހަރަކާތްތެރިވި ދެބޭފުޅުންނެވެ. 2009 ވަނަ އަހަރު ދެބޭފުޅުން ވެސް ޑީއާރްޕީގެ ޓިކެޓްގައި މަޖިލިސް އިންތިޚާބު ކާމިޔާބު ކުރެއްވިއެވެ. އަދި އޭގެ ފަހުން ޑީއާރްޕީ ދޫކޮށް ޕީޕީއެމް އުފެއްދުމުގައި ދެބޭފުޅުން އިސްކޮށް ހަރަކާތްތެރިވެ، ޕީޕީއެމްގެ ވެރިކަމެއް 2013 ގައި ގާއިމް ކުރިއެވެ. 2014 ވަނަ އަހަރު ޕީޕީއެމްގެ ޓިކެޓްގައި ދެބޭފުޅުން މަޖިލިސް އިންތިޚާބު ކާމިޔާބު ކުރެއްވި ނަމަވެސް މަހްލޫފް ވަނީ ގިނަ ދުވަސްތަކެއް ނުވެ ޕީޕީއެމް ދޫކޮށްލައްވާފައެވެ. ނަމަވެސް ނިހާން އަދިވެސް ހުންނެވީ ޕީޕީއެމްގައެވެ.

މަހްލޫފް ވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެތައް ފަހަރެއްގެ މަތިން ހައްޔަރުކޮށް ޖަލަށް ލާފައެވެ. ފާއިތުވި ދުވަސްތަކުގައި ޔާމީނަށް އެންމެ ބޮޑަށް ފާޑުވިދާޅުވި ބޭފުޅުންގެ ތެރޭގައި މަހްލޫފް ހިމެނިވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލްޖިބްރާ

    ނިހާނޫ ! ކަލެއަކީ ދޭތެރެ ޖެއްސުމަށްވެސް ވަރަށް މޮޅުމީހެއް !

  2. ވިއުސް

    މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ރައީސް އިބޫ މަގާމުން ދުރުކުރަން ކެނެރީގެ ނަޝީދު މަސައްކަތް ކުރާނެ ކަމުގެ ހެކި ތަކޭ އެއީ ރައީސް މައުމޫނު ގެ ވެރިކަމުގައި ރިޔާސީ ނިޒާމް ކާމިޔާބު ކުރީ އެއީ ވޯޓްގައި މަކަރާއި ހީލަތް ހަދައިގެން ކަމަށް އޭނާ ބުނުމުން ވެސް މިކަމަކީ މީ ރައީސް އިބޫ ޑެޑް ސީރިއަސް ކޮށް ވިސްނަން ޖެހޭނެ ކަމެކޭ ކެނެރީގެ ނަޝީދު އާއި އެކު އައްޑޫ އަށް ކެމްޕެއިނަށް އިބޫ ގެންދިއުން އެއީ ސިހުރުގައި ރައީސް ޖެއްސުމަށް ކަމަށޭ މަމެން ދެކެނީ

  3. ފެއްސޭ

    ހާއް ހާއް ހާއް ހޯއް ހޯއް ހޯއް ރައީސް ވެރިކަމުން ދުރުކުރަން މަސައްކަތް ކުރަނީ ނަޝީދުއޭތޭ އެހެންތޭ ކުރިމަތިން ތަމެން އެއްފަރާތަށް ފެއްސިބަލަ ތަމެން ޒީރޯ ލެވެލް ޓޮލެރެންސޭ މެން ރައީސް އިބޫ ގާތު ބޮޑު މޮނިޓަރު ފޮތެއް ހިފައިގެން ފޭކް ގޭމް ޖައްސައިގެން ލިޔާ ކަމަށް ހަދައިގެން ޖާސޫސް ކޮށް ނޫންތޭ ދެނީ ކެނެރީގެ ނަޝީދަށް ހަމަ މިހާރު ތަމެން މިތަނުން ފެއްސެން އުޅޭށޭ ފެއްސޭ ފެއްސޭ ފެއްސޭ އިޓް ޑަޒުން މެޓަރ ޖަސްޓް ފެއްސޭ ފެއްސޭ ފެއްސޭ ފެއްސޭ ދެން ފެއްސޭދެން