މިދިޔަ މަސް ތެރޭގައި ލ. މާމެންދުއަށް ދިޔަ ޑިންގީއެއް ބަންޑުން ޖަހާލައިގެން ގެއްލިފައިވާ އެރަށު ޝިމާ ނާފިޒްގެ ކޮއްކޮ ގޮވައިގެން މިއަދު ފިލަން އުޅުނު މީހުން ތެރޭގައި، ޑިންގީގައި ޝިމާއާއެކު ދަތުރު ކުރި ލ. ގަމު އިބްރާހިމް ފަޒީލް ހިމޭކަމަށް ޝިމާގެ އާއިލާއިން ބުނެފިއެވެ.
ޝިމާގެ އާއިލާއިންނާއި އެރަށުން "ވަގުތު"އަށް މައުލޫމާތު ދިން ބައެއް މީހުން ވަނީ އެކަން ޔަގީން ކޮށްދީފައެވެ. ޝިމާ ކޮއްކޮ ބަލާ މިއަދު މާމެންދުއަށް ދިޔަ ޑިންގީގައި ތިބި ތިން މީހުންވެސް ހައްޔަރު ކުރި އިރު، މޫނު ނިވާކޮށްގެން ތިބިކަން "ވަގުތު"އަށް ވަނީ އެނގިފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު"އަށް ވިދާޅުވީ، މިއަދު 16:00 ހާއިރު، ލ މާމެންދޫ އިން 16 އަހަރުގެ އަންހެން ކުއްޖަކު ގޮވައިގެން ތިން މީހަކު ޑިންގީއެއްގައި ދަނިކޮށް ސިކްސްތް ސެންސް ލާމު ރިސޯޓް ކައިރިން ހުއްޓުވާ ފުލުހުންގެ ބަލުމުގެ ދަށަށް ގެނެސްފައި ވާ ކަމަށެވެ.
އެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ފަޒީލް ހިމެނޭކަން ޔަގީންވާއިރު، ފަޒީލްއަކީ ޝިމާގެ ކޮއްކޮއަކާއި ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހެކެވެ.
އެ ތިން މީހުން ވެގެންގެންދިޔައީ ޝިމާގެ ކޮން ކޮއްކޮއެއްކަން ޔަގީނެއް ނޫނެވެ. ޝިމާގެ އެއްބަނޑު އެއްބަފާ ތިން ކޮއްކޮ ތިބެއެވެ. އޭގެ ތެރެއިން ދެ ކޮއްކޮއަކީ އެއްމާބަނޑު ދެ މީހުންނެވެ.
މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ދީފައެއްލ ނުވެއެވެ.
ޝިމާ ގެއްލުނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭގަނޑުއެވެ.
ފަޒީލޫ ހެޔޮނުވާނެ މައިތިވެގެން ގޭގަ އޮވެބަލަ
ރޯމާދުވާލު ތިހާފަސޭހައިން މީހަކުގޮވައިގެން ދަނީ އަޅެކިހިނެއްތަ؟ އަޖައިބެއްނު! ގޭގަ ހަމަ ހުއްޓާ ގޮވައިގެން ތިޔައީތަ؟ މީހަކަށްވެސް ހަމަ ނުފެންނަނީތައަޅެ؟ ގެންދިޔައިރު ހަމަ ހަޅޭއްއެއޗެއްވެސް ނުލަވާ؟
ޢެހެން ވީމާ ޝިމާ ފެނުމުގެ އުންމީދު އެބަ އޮތް. ފަޒީލު ހައްޔަރުކޮށް މައްސަލަ ތަހުގީގު ކޮށްބަލަ ގައުމުގެ ދިވެހި ފުލުހުން.
ތިކަންކުކުރާމީހުންގެފުޓޯއާމުކުރަންއަޅުގަޑަށްފެނޭމިހާރުވެސްއެކަކުގެފުރާނަވަނީގެއްލިފަ
ފުރާނަ ގެއްލުނު ކަމެއް އަދި ނޭންގެ!
މި ސޮރު ބޮލުގައި މިއޮތީ މާވުރު ހާލިއެއް ތަ؟
ތިކަންތަހުގީގުކުރޭ
ޕާޓެން މިނިވަން ކަމާ އެކު އުލޭ ހިސާބެކެވެ.
މީ އަނެއްކާ އެއުޅޭ ސުއޫދު ކުރުވާ ކަމެއް ނޫންތަ؟ ހާދަ ޝައްކޭ. ނޫނީ ވެދާނެ ރީލޯޑު ވަޒީރުގެ ކަމަކަށްވެސް. ގޭންގްތައް ހިންގާ ދެގޮލާ ވީމަ ހަމަ ވަރަށް ހީވޭ.
އެންމެ މޮޅަށް ދެނެވޮޑިގެން ވަނީ ﷲ،
ފަޒީލް ގަސްތުގަ ކުރި ކަމެއް ކަން މިހާރު މި އިންގުނީ ޝިމާ އަށް ވީގޮތް ފަޒީލް އަށް ރަނގަޅަށް އިންގޭނެ ،ތި އުޅެނީ ތީގަ ބައިވެރިވާ 3 މީހުން ކަމަށް ލަފާ ކުރެވެނީ.
ދެން އަވަހައް ބުނޭ ފޯނަކާ ހަމަކާ ދިނީމޭ، ފަޒީލު ކަލޭ ވިސްނާތި، މަމެން މިތިބީ .......
ކިހިނެއް އެގެނި އެކުއްޖަަ ވެސް އެކަމުގާ ބައިވެރި ނުވާ ކަމެއް...
ތި ފަޒީލްގެ ނުބައިކަމުން އެންމެހޭ މީސްތަކުން ސަލާމަތްކޮށްދެއްވާ، އޭނާ ނިކަމެތި ކުރައްވާ ހަލާކުކުރައްވާންދޭ. އާމީން
މިދިވެހިން 100 އިންސައްތަ މުސްލިމުވެގެން ވާ މޮޅެއް ނެތެއްނު؟ ކޮންމެ ރަށެއްގަ އިސްލާމީ މަރުކަޒެއް އަޅާ ކިތަން މެ ބޮޑު ޚަރަދެއްވެސް ކޮށްލެވިދާނެ.
ފުލުހުންނަށް ހަމައެކަނި ހާމަކުރެވެނީ، ސިޔާސީ ފަރާތްތަކުގެ ފޮޓޯ. އާއި، އެޕްއެމްޕީއާރު ސީގެ ފައިސާ ޖަމާވި މީހުންގެ ނަންތަކާއި، ފޮޓޯތައް ފަދަ މަޢުލޫމާތު. މިބާވަތުގެ ކޭސް އެއްގެ މިފަދަ ޒާތީ މަޢުލޫމާތު ނުހިމެނޭކަން ހިތާމައާއެކު ފާހަގަ ކުރަން. މިކަންކަން ރަނގަޅު ކުރޭ. އަދި މޭން ހަންޓް ޑޯގްސް ބޭނުން ކޮށްގެން ނަމަވެސް، ސިމާ ހޯދާ.
ޙައްދުންމަތި މީހުން ނުވާނެ ރަނގަޅެއް....ކަޓިލަ މީ ދޮގެއްތަ......؟
އަނެއް 2 މީހުންގެ ނަން ހާމަނުކުރެވިގެން މި އުޅެނީ ކީއްވެތަ؟ 18 އަހަރުން ދަށީތަ؟
މަޢުލޫމާތު ލިބޭގޮތުގައި އަނެއް 2 މީހުނަކީ ވެސް ސީދާ ލ. ގަން މަތިމަރަދޫ (ފަޒީލް ގެ އަވަށު) 2 މީހުން ފުރިހަމަ ނަމެއް ނޭގެ. އެކަމަކު ބަޓޭ (އަޙުމަދު ސަމީމު، ނަޔާޗާންދު ލ. ގަން މަތިމަރަދޫ) ޒިންޗް (....... އާޒިމް، ވިލާ ލ. ގަން މަތިމަރަދޫ ކަން ވަރަށް ބޮޑަށް ކަށަވަރުވޭ.
ތިކަން ތަހުގީގު ކުރަންވެސް އެއް އަހަރު ނަގާނެ. ޢޭގެ ފަހުން ނިމޭއިރު އޮއްނާނީ ކުއްވެރިނުވާކަމަށް. މިއޮށްފަދަ ޓެކްނޮލޮޖީގެ ޒަމާނުގައި ދެ ތިން ދުވަސްތެރޭގައި ނިމޭވަރުގެ ކަންކަން މި ރާއްޖޭގައި މިވަނީ ވާނުވާއަށް. މިރާއްޖެ އަށް ކިޔަންވީ ރިޕަބްލިކް އޮފް ވާނުވާ.
ތިކިޔާ ފަޒީލު އަޅުގަނޑައް މެސެންޖާއިން މެސެޖް ކޮއްފަ އިނީ ޕްރައިވެޓް ކޮށް ބައްދަލުކޮއްލަން ބޭނުމޯ.