ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަރަންޓް އަގުހެޔޮ ކުރުމުގެ ވައުދު، މިމަހުގެ 28ވަނަ ދުވަހުގެ ކުރިން ފުއްދަވާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފިއެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަސް، މިމަހުގެ 28 ވަނަ ދުވަހަށް ހަމަވާ އިރު، ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު އަލީ ވިދާޅުވެފައި ވަނީ ކަރަންޓުގެ އަގު ހެޔޮ ކުރުމާއި ގުޅޭ މަޝްވަރާތަކާއި ސަރވޭތައް މިހާރު ނިންމާފައިވާކަމަށެވެ.

އެކަމުގެ މަޝްވަރާތަކަށް ހުށަހެޅި ކަންތައް ރައީސާވެސް ހިއްސާ ކޮށްފައިވާ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

ކަރަންޓުގެ ޓެރިފް ރޭޓްތައް ކުޑަކޮށް، ކަރަންޓަށް ޢާއްމުން އަތް ފޯރާ ފަށަށް ތިރިކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަށްވާ އިރު، އެކަަން ލަސްވާތީ ރައްޔިތުންގެ ޝަކުވާތައް ކުރިމަތިވަމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ސަނާ

    ޢަދި 100 ދުވަސް ހަމައެއް ނުވޭތަ

    10
  2. އަބޯ

    މިއީގައުމު ބަގުރޫޓް ކުރާ ވައްތަރުގެ ވައުދު ވެގެން އުޅޭބައެއް . އެހެންދޯވާނީ ބޮޑުމީހަކަށް ވެގެން އުޅޭ މީހާއަކީ ކުންފުންޏަކާ ވާޑާންގެއެއް ބަގުރޫޓް ކޮށްފާ ހުރި ތާކުންތާކު ނުޖެހޭ މީހެއް. އެމީހާގެ ފަހަތުން އުޅޭބަޔަކަށް ރަނގަޅުކަމެއްނުކުރެވޭނެ.

    16
    1
    • Anonymous

      ދޮގެއް ހަދާނުލާ ކެތް ނުކުރެވެނީ.

  3. ކިނބޫ

    މިއަދަށް މިވީ 113 ދުވަސް. ކާކަށް އޮޅުވާލަން ތިއުޅެނީ.

    16
    2
  4. ތެދުބެ

    ކަރަންޓު އަގު ހެޔޮ ކުރަން ދޯ މިރޭ ހުޅުމާލެއިން ކަރަންޓު ކަނޑާލީ

    15
    1
  5. Anonymous

    މިއަދަށް މިއީ 115 ވަނަ ދުވަސް. ކޮންގޮތަކަށްބާ މިސަރުކާރުން ހިސާބު ހަދަނީ. އަހަރެމެން ބަލާގޮތުން، ނޮވެމްބަރ 17 އިން އެމަހުގެ ނިޔަލަށް، 14 ދުވަސް، ޑިސެމްބަރ 31 ދުވަސް، ޖެނުއަރީ 31 ފެބްރުއަރީ 28 މާރޗް މަހުން މިއަދަށް 11. އެއްކުރަންވީ، 14 + 31 + 31 +28 + 11.

    • ޜާޒީ

      ޙުކުރު ހޮނިހިރު ކަނޑާފަ މިސަރުކާރު ގުނަނީ

    • Anonymous

      ދެން ބަންދު ދުވަސް ތައް ކަނޑާލާ

  6. ކާފު

    އަދިވެސް 100 ހަމަނުވޭތަ؟ މިސަރުކާރުގައި ރޯދަމަހެއްގެ ދިގުމިން ކިހާވަރެއްވާނެބާ؟

  7. އަބޫ އަމް

    މަ ދައްކާނެ ވާހަކައެއް ނެތް!! ކަލޯ މިނިސްޓަރު! ވަރަށް ރަގަޅަށް ވިސްނާފަ ސާރވޭއެއް ކޮަށްފަ ކުޑަކުރައްޗޭ!! ސަސްޓެއިނަބަލް ގޮތަކަށް !! ދުވަސްކޮޅަކުން ސްޓެލްކޯ ބަނގުރޫޓްވެ ސަރުކާރުން ރައްޔިތު މީހާ ހައްދަންވެގެން ސަބްސީޑައިޒްކޮށް އެންމެ ފަހުން ސަރުކާރު ދަރަނިވެރިވާ ހިސާބަށް ދިޔަ ނުދޭތި!! މިހާރުގެ ރައީސަކަށް ހުރި މީހާ އަކީ ތަޢްލީމް ނެތުމާއެކު އެކަމަށް ގާބިލް މީހޭއް ނޫންވީމަ އޭނަ ކޮށްފާނެ ކޮންމެ ފަދަ ކަމެއްވެސް !! ދެރައީ މުޅި ކެބިނެޓް ގައިވެސް ނެތޭ.

  8. ބެއްޔާ

    100 ގުނަނީ ކިހިނެއް؟؟؟؟؟ ހުކުރު ހޮނިހިރު އާދިއްތަ ހޯމަ އަންގާރަ ބުދަ ބުރާސްފަތި ނުލާތަ.