މިދިޔަ މަސް ތެރޭގައި ލ. މާމެންދުއަށް ދިޔަ ޑިންގީއެއް ބަންޑުން ޖަހާލައިގެން ގެއްލިފައިވާ އެރަށު ޝިމާ ނާފިޒްގެ ކޮއްކޮ ގޮވައިގެން މިއަދު ފިލަން އުޅުނު އިބްރާހީމް ފަޒީލާއި އޭނާގެ ގްރޫޕް ފުލުހުންގެ ބެލުމުގެ ދަށުގައި ލ. ގަން ޕޮލިސް ސްޓޭޝަނަށް ގެންގޮސްފިއެވެ.

ޝިމާގެ ޑިންގީ ބަންޑުން ޖަހާލައިގެން ހޯދަމުންދާތާ ތިން ހަފްތާ ވެފައިވާ އިރު، އެ ޑިންގީގައި ޝިމާއާއެކު ދަތުރުކުރި މީހަކީ ފަޒީލެވެ. އެ ހާދިސާފައި ފަޒީލް ވަނީ ސަލާމަތުން، ފަތާފައި ކައިރީ އޮތް ރިސޯޓަށް އަރާފައެވެ. އެއްގަމަށް އަރާ ފަޒީލް ބުނެފައި ވަނީ އޭނާ ފަތާފައި ދިޔައީ ޝިމާ އަތަށް ފޯނަކާ ފްލޯޓް ކުރާނެ ހަމެއް ދީފައި ކަމަށެވެ. އެހެން ނަމަވެސް، އެތައް ބަޔަކު ވަނީ އޭނާގެ ވާހަތަކާ ގުޅިގެން ސުވާލު އުފައްދާފައެވެ.

ޝިމާ ކޮއްކޮ ގޮވައިގެން މިއަދު ފިލަން އުޅެފައި ވަނީ ފަޒީލު އަދި އިތުރު ދެ މީހެއް ވެގެންނެވެ. ފުލުހުން އެމީހުން ހިފަަހައްޓާފައި ވަނީ ކަނޑުމަތިން، ސިކްސް ސެންސް ރިސޯޓު ކައިރިންނެވެ. އެ މީހުން ހިފެހެއްޓި އިރު، ތިބީ މޫނު ނިވާކޮށްގެން ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

"ވަގުތު"އަށް އެނގިފައިވާ ގޮތުގައި މިރޭ 9:20 ކަންހާ އިރު، އެ ތިން މީހުންވެސް ވަނީ މާމެންދޫ ޕޮލިސް ސްޓޭޝަނުން، ގަމު ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައެވެ. އަދި ތިން މީހުންވެސް ގެންދިޔައީ ބިޑި އަޅުވައިގެން ކަމަށް ވަނީ އެނގިފައެވެ. ޝިމާ ކޮއްކޮ ގޮވައިގެން ފަޒީލް ފިލަން އުޅުނު ޑިންގީ އަދި އޮތީ މާމެންދޫ ބަނދަރުގައެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

  1. ލިލީ

    ތިޔަ މީހުންގެ އެކައުންޓްގައި ހުރީ ކިހާ ފައިސާ އެއްތޯ ބަލަން ވާނެ

    86
    4
  2. ނަފުރަތު

    އަނހާ ތަކުރާ..! އެންމެފަހުން "މަހާރާޖާ" ގެ ފޮޓޯ އަންމު ކުރީތަ؟

    96
    3
  3. ފައުޖު

    ފަޒީލުބައިގާގެ މީހުން އާމުވަނީތާ!

    50
    5
  4. މެސީ

    އެމީހުން ދާތަނެއް ލޮކޭޓް ކުރިނަމަ ފަހަރުގަ ސިމާ ވީތަނެއް އެނގުނީސް ކަންނޭންގެ

    88
    7
  5. ޒާހިރު

    ރަނގަޅައް ތަހުގީގު ކުރެވިއްޖެނަމަ ޝިމާއައް ވީގޮތެއްވެސް ހޯދޭނެ. މިހާރު ފުލުހުން އައްދަށުގަ ތިޔަތިބީ ޝިމާވެސް ގެއްލުވާލި ޓީމް. ވަރައް ސްމާޓް ތަހުގީގެއް ބޭނުންވަނީ އިސާހިތަކު ހުރިހާކަމެއް ތިލަވެދާނެ.

    88
    1
  6. ޖިނާޝާ

    އަދި މި ފެނުނީ މި ފަޒީލްގެ ފޮޓޮއެއް. ރީތިވެސް ކުއްޖެކޭ މާ ބޭޑް ވެގެން މިއުޅެނީ

    24
    88
    • ޔޫއާ ވެލް ވިޝާ

      ެގޮސް ފަޒީލާ އިނދެބަލަ ތިހާވަރު ވަންޏާ

      45
      5
      • ޖެނީޝާ

        އެކަހަލަ މީހަކާ ވައިވެސް ނޭޅޭނަން. އެކަމް އެހަަ ރީތި ފިރިހެނެއް ރާއްޖެ އަކުން ނުދެކެން

        4
        50
    • ނޫން

      ރީއްޗެއްނޫން..ހީވަނީ ފެންނުވަރާ ހުރިހެން .ކޮފީ އާ ސިގިރޭޓް ފެނަށް ބޯ.....އިންސާނާ ރީތިވަނީ ތާހިރުކޮށް ހުރުމުން.އިންސާނީ ވައްތަރު ޖައްސައިގެން..

      23
  7. ޏަނަ

    ތިފަޒީލަކަށް ނުފެތޭނެ ތިޔަބުނާހާ ދުރަކަށް މީހާބަލާބަލަ ފުރަތަމަ...

    68
    5
  8. ނަހުލާ

    މަގޭ އެ ޑިންގީ... ދެން ނެރޭނެ ފިލްމު

    35
    6
  9. ވަހީދު

    ހިއުމަން ޓްރެފިކިންގ ގެ ކަމަކާ ވަރަށް ސައްކުވޭ އެބަ

    43
  10. ހެހެ

    އެއްދުވަސް ކޯޓުން ޖަހާފަ ދޫކޮއްލަން ފެންނަނީ

    35
    7
  11. ބޯހަލާކު

    ސިމާގެ މުޅި އާއިލާ ވަގައްނަގަންތަ ފަޒީލް އުޅެނީ.ކިހާ ދެރަކަމެއްދޯ.

    53
    3
  12. ހެހެ

    ފަޒީލް ވައްތަރީ ޖަޒީރާ ރާއްޖެ ކުއްޖަކާ.ބޮޑައްހީވަނީ އެޖެންޑާ 19 އާ

    72
    26
    • އެޖެންޑާ 19

      ޝިމާގެ އޭމް ލޮސަސް އިިން ގޭން ޕޯސްޓް އަދި ކަންކަން ހިނގަމުން މިދާ ގޮތުން ވިސްނެނީ މީ ކުޅޭ ޑުރާމާޔަކާ...ކޮންމެވެސް ކަމެއްފޮރުވުމަށް ބަޔަކު އަޑީގަ ތިބެގެން ކުޅޭ ކުޅިއަކަށްވެސް ވެދާނެ....ބަލަ.....
      ރޯމާ ދުވާލު މިހުން އުޅޭ ރަށަކުން ޝިމާގެ ކޮއްކޮ ބަޔަކަށް ނުފެނި ގެންދިޔައީ ކިހިނެއް...
      ފެނުނު ހަމަ އެކަކުވެސް ނެތް.....
      ރިޕޯޓް ކުރީ އެހެން ދިޔަ މަސްދޯންޔަކުން....
      އަހަރެންނަށް ހީވަނީ ޝިމާ ފިލީހެން...ފިލުމުގެ ކުރިން އެގޮތަށް ޕޯސްޓް ކުރީ...
      އޭނަޔާއި ބައްދަލު ކުރުމަށް އޭނަގެ ކޮއްކޮ ދާން އުޅުނީ ކަމަށް ލަފާ ކުރެވޭ....
      ޝިމާގެ އާއިލާއަށްވެސް މިކަމުގެ ހަގީގަތް އެނގޭފާޑު ޖަހާ....

      37
      5
  13. ހެހެ

    ސީރިޔަލް ކިލާއެއްދޯ

    38
  14. ހަސަން

    އަޅުގަނޑު އިއްޔެވެސް ބުނިން މިކަމުގައި ބައިވެރި ވެފައިވަނީ ފަޒީލް އެކަޏެއްނޫނޭ ތިދަނީ ތިކަން ތަށް ހާމަވަމުން ރަނގަޅު ތަހުގީގެއް ހިންގައިފިނަމަ މިފަހު ތިކަން ހިނގައި ދިޔަ ގޮތް ހާމަވާނެ ކަން ޔަގީން

    20
  15. ޖަހޭފާނަން

    އަހަރެން ހަމަ ބުނާނީ ޗަ މީސް މީހުން ހަމަ ބޯ ބޮޑީ އޭ....ޗަހަރީ ހަމަ ލޮލު ކުރިމަތީ ކޮއްލާ ކަންތައް.... މަ ހަމަ ކޮސް ވެއްޖެ
    އާއިލާގެ އަޅޭލުން ހަމަ އެކޮއި މެނަން ނުލިބެނީ ހޭ؟
    ގެނޭ ކޭލާން?

    13
    1
  16. Anonymous

    ސީރިއަލްކޮށް ހިންގާ ސިލްސޖލާ ޖަރީމާއެއްކަމަށް ބެލެވެނީ، އަނެއްކާ ނާއިބުރައީސު އަދީބު ބުރޯގެ ޕާޓީ ކުދިންތަ ތި ޖަރީމާ ހިންގާ ބަޠަލުންނަކީ، ތިޔަ ބައިގަނޑުގެ ބޭންކް އެކައުންޓް ޗެއްކޮށްލުން ބުއްދިވެރި.ތި އަންހެން ކުއްޖާއަށް އެމީހުންގެ އަތްދށުގައިވީ ކިހިނެތްތަ؟؟7 ތިޔަ ފަޒީލުގެ އަތުގައި ބައިވަރު ޑިންގީތައްވެސް ހުންނަނީތަ؟؟ތިހާވަރަށްޑިންގީވެގެން އުޅެނީ
    1

    15
  17. ސައިންސް ޓީމް

    ކޮންމެވެސް އެއް ޚަބަރެއް ގަ އޮތް އޭނަގެ ބަނޑަށް ގޮތެއްވެފަ އޮތް ވާހަކަ. އޭނަ ބުނާ ގޮތުން ޕެޓްރޯލް ގެ އަސަރު ކުރީ. އެހެން ވީރު އޭނަ މޫދު ތެރޭގަ ހުރީތަ؟ އޮތީތަ ބަނޑު އެކަނި މައްޗައް ލައިގެން. އޮބްވިއަސްލީ ޕެޓްރޯލް އަކީ މޫދު ލޮނައްތުރެން ލުއި އެއްޗެއް.

  18. ިި

    ޔާމީނު ގެ ސޮރެކޯ މި

    8
    12
  19. ސީނު

    ޑެއިލީ އަޕްޑޭޓް ދޭނަމަ ކުއްކުރުން މަދުވާނެ.. މަށަށްވަރިހަމަ ވެގެން އަޅާ ނުލުމަކީ ކުއްކުރުމަށް ދެވޭ ހިތްވަރެއް..މީގައި މީޑިއާގެ ދައުރުވެސް އަދި މުޅި ރާއްޖޭ ގެ ކޮންމެ ރައްޔިތެއްގެ ވެސް ޒިންމާވަރަށް ބޮޑު

    10
  20. ޖޮބޭ

    ގެއްލުނީ ކަމަށް ޤަބޫލު ނުކުރެވޭ ތިޔަމީހުން ވަނީ އެ
    އަންހެން ކުއްޖާ ފޮރުވާފައިކަން ޔަޤީން.

    16
    2
  21. ނާއި

    މިދެން ކިހާ ދެރަ ކަމެއް
    އެކިދިން ދިޔައީ ރުހުމުގަ
    މައްސަލަ ދިމާވީ ޝިއުރާ ދިއުމުން ޝައިނީ ރުޅިއައިކަން
    ޝައިނީ ބުނި ނުހިފެހެއްޓެޔޯ އެ އަންހެން ގްރޫޕް
    އެހެންވެ އެމީހުންގެ އަމިއްލަ ރަށަށް ފޮނުވަން އެބައުޅޭ

    12
  22. Anonymous

    ފޭރާމުގެ ގޮތުގައި ބޭނުންކުރަނީ، ޝައިޠާނާ ކުރަހާފަ ހުންނަ ފޭރާން. އެފަދަ މީހަކު ރައްކައުތެރިކޮށްދެއްވަން މަލާއިކަތުން ކައިރީގަ ތިބޭނެތަ؟ ޝައިޠާނާ ޕްރޮމޯޓްކުރުން ނޫންކަމެއް މިގައުމުގައި ކުރަނީ މަދު ބަޔަކު. ކުދި ދަރިންވެސް ލައްވަނީ، ނުބައި ސޫރަ ކުރަހާފަ ހުންނަ އެއްޗެހި. ހެޔޮނުވާނެ އެފަދަ ކަންކަން ކުރަން.

    22
    • މަ

      މަ ހަމަ ހިތުގަ އޮތް ވާހަކަ ތީ.ބުދު ކުރަހާފަ ހުރި ފޭރާން ލާން ކެރޭނީ 5 ނަމާދު ކުރަން ހިތަށްވެސް ނާރާ މީހުން.އެފަދަ މީހުން ކޮށްފަ ނުކުރާނެކަމެއް ވިސްނާ ދެން

      10
  23. މާރިޔާ އަޙްމަދު

    އާން މިސޮރު މުއްލާއެއް ވައްތަރު ޖަހާ

    7
    3
  24. ނުބުނަން

    ތީ ކެނެރީގޭ ނަސީދުގެ ގޭ ގޮލައެއް، ނަސީދު އަކީ ބޮޑުމީހާ، ތިސޮރައް ދެރަގޮތެއްނުހަދާތި،

    10
    5
  25. އާދޭސް

    ހާދަހާ ބިރުވެރި ނުރައްކާ ބައެކޭ. ޝަރީއަތަކާ ނުލާވެސް މިމީހުން އެކަހެރިކޮށް ބަންދު ކުރަން ޖެހޭ. މިފަދަ ކަންކަމުގައި ދޫދެވޭތީ ނުބައި ކަންތައް ތަކުރާރު ވަނީ. މުއައްސަސާތަކުން ފަރުވާތެރި ކަމާއެކު ސަމާލުވުން އެދެން

    9
    1
  26. ރަށު ކުއްޖާ

    ފުރަތަމަ ވެސް ބަލަންވީ ކިހިނެއް ދުވަސްތައް އުޅެމުން ގެންދާ ފެމެލީޢެއްތޯ އަންހެން ކުއްޖާ ފެމެލީ އަކީ. ސިމާގެވެސް ބައްޕަ ނެތް ޔަތީމު ކުއްޖެއް.މި އަދު ވަގައް ނެގީ ސިމާގެ ޓްވިންސް . އެކުއްޖާ ޔަކީ އަސްލު ފަޒީލްގެ ބޯއީ ފްރެނޑް ކަމައް އަޅުގަނޑައް ހަބަރު ލިބެނީ. ފަޒީލްއަށް ކުއްޖަކުވެސް ވިހާފަ ވާ ކަމައް ހަބަރު ލިބޭ. އަޅެ ފަޒީލް ވަރުގަދަ އެއް ނޫންތަ..... ސިމާގެ ދައްތަވެސް ގޮސްސި މާލެ އޭނަގެ ފިރިމީހާ ބޮލައް ކުއްޖާ ޖަހާފަ. އަދި އެވެސް ބައްޕަ ކަށަވަރު ނުވާ އެހެން މީހެއްގެ ދަރިއެއް..... އަހަރެން ބުނާނީ ސިމާ ފެމެލީގެ އަތެއްވެސް މިކަމުގަ އުޅޭތޯ ބެލުން ވަރައް ރަނގަޅޭ. ހަަމަ ގޭމަކައްވެސް ވެދާނެ. ކުދިން މިހާ ޅަ އުމުރުގަ އެގޮތައް ދޫކޮށް ލުމަކީ މައިން ބަފައިންގެ އިހުމާލު. ސިމާ ހެޔޮހާލުގައި ލައްވާށި.. އާމީން

    9
    2
    • ޢަފ

      ޝިމާ އަށް 19. ޝިމާ ކޮއްކޮ އަށް 16 . ކިހިނެއްތޯ ޓްވިންސް އަށް؟

      • އައިން

        ޝޫރާ ، ޝިއުރާ އެއީ ޓުއިންސް 16 އަހަރު

  27. ޒަވިޔަނި.

    ތިވެދާނެ ކުދިން ވަގަށް ނަގައިގެން ބަޔަކަށް ވިއްކާބަޔަކަށްވެސް. ރަނގަޅަށް ބަލާ!

    3
    1