ހާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓަން ގުރައިދޫގައި ގާއިމް ކޮށްފައި ހުންނަ މަރުކަޒުގައި ހުރި މީހަކު ނިޔާވެއްޖެއެވެ.

ނިޔާވެފައި ވަނީ އަލީ ނިޔާޒް ނަމަކަށް ކިޔާ މީހެކެވެ. އޭނާ އަކީ ޑައުންސިންޑްރޯމް ހުންނަ މީހެކެވެ. އަލީ ނިޔާޒްގެ އާއިލާ އިން ބުނާ ގޮތުގައި އޭނާ ނިޔާވީ ބަލިވެގެން މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ.

އަލީ ނިޔާޒްގެ ހަށިގަނޑުގައި އަނިޔާ ކޮށްފައި ހުރިކަމުގެ ނިޝާންތަކެއް ހުރި ކަމަށް ވެސް އާއިލާ އިން ބުނެއެވެ. އޭނާ ނިޔާވީ އިއްޔެގެ ވަގުތެއްގައެވެ.

އަލީ ނިޔާޒް މިދިޔަ މަހުގެ 24 ވަނަ ދުވަހު އައިޖީއެމްއެޗްގައި އެޑްމިޓް ކުރީ ގަދައަށް ހުން އައިސް ސިއްހީ ސީރިއަސް މައްސަލަތަކެއް ދިމާވުމުންނެވެ. އޭނާ އައިޖީއެމްއެޗަށް ގެނައި އިރު ވަނީ ސްޓްރޯކެއް ވެސް ޖެހިފައެވެ.

އައިޖީއެމްއެޗަށް ގެނައުމުގެ ކުރިން ގުރައިދޫ ހެލްތު ސެންޓަރުގައި ދެފަހަރެއްގެ މަތިން އޭނާ އެޑްމިޓް ކުރިއެވެ. އާއިލާ އިން ބުނީ އަލީ ނިޔާޒުގެ ދެފައިގެ ވެސް ކުޑަހުޅު ކައިރިން ވަރަށް ބާރަށް ކޮންމެވެސް އެއްޗެއް އައްސާފައި ހުރިކަމުގެ ނިޝާން ފެންނަން ހުރި ކަމަށް އެޗްއާރްސީއެމް އިން ވެސް ބުނެފައިވާ ކަމަށެވެ. އާއިލާ އިން ހިއްސާކޮށްފައިވާ ފޮޓޯތަކުން ވެސް ފެންނަ ގޮތުގައި އޭނާގެ ފައިގައި ބާރަށް އެއްޗެއް އެއްސުމުން ކަޅުވެފައި ހުންނަ ފަދަ ޒަހަމެއް ހުއްޓެވެ.

އަލީ ނިޔާޒްގެ ފައިގައި ހުރި ޒަހަމް
އަލީ ނިޔާޒްގެ ފައިގައި ހުރި ޒަހަމް

އަލީ ނިޔާޒަށް އަނިޔާ ކުރުމުގައި ބައިވެރިވި ބަޔަކު ހޯދާ، މައްސަލައިގެ ފުރިހަމަ ތަޙްޤީޤެއް ހިންގައި ދިނުމަށް އޭނާގެ އާއިލާ އިން ވަނީ ކަމާ ބެހޭ ފަރާތްތަކުގައި އެދިފައެވެ.

ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި މީހަކު މިދިޔަ ޖަނަވަރީ މަހު ވެސް ނިޔާވެފައި ވެއެވެ. އެމައްސަލަ އެޗްއާރްސީއެމް އިން ތަޙްޤީޤު ކުރާކަމަށް ވިދާޅުވި ނަމަވެސް އިތުރު ތަފްސީލެއް މިހާތަނަށް ދީފައެއް ނުވެއެވެ.

އަލީ ނިޔާޒް އިއްޔެ ނިޔާވެފައި ވާއިރު މިއީ ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވި ހަތަރު ވަނަ މީހާ އެވެ. މީގެ ކުރިން އެކަކު ދޫނިދޫ ޖަލުގައި ހުއްޓާ ނިޔާވެފައި ވާއިރު އެކަކު މާފުށީ ޖަލުގައި ހުއްޓާ ވެސް ނިޔާވެފައި ވެއެވެ.

މިއިން އެއްވެސް މައްސަލައެއްގެ ތަޙްޤީޤު ކުރިއަށްދާ ގޮތުގެ އެއްވެސް ތަފްސީލެއް އެއްވެސް އިދާރާއަކުން ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ޥަރާގ

    މިއޮތް ހުރިހާ ދުވަހު އެފަކީރުގެ ހާލު ތިޔަ އާއިލާގެ ފަރަތުން ބެލިމުތޯ

    88
    2
  2. އައްދިއްޔޯއި

    މިވަނީކިހިނެއް. ކޮބާސަރުކާރު.

    60
    9
  3. ޑޮން

    ހެޔޮ ވެރިކަން ވަރަށް ރަގަޅަ ކުރާކަން އެގިއްޖެ މިހާރު މަޖިލިސް އެކައްޏެއް ނޫން ދޭވީ މޑޕ އަކަށް މުޅިދުނިޔެއް ދޭންވީ

    77
    10
    • ބޮޑުތިލަދުންމަތި

      ސުއޫދު ކޮމެޓީގައިބޮޑަކަށްހުރެގެންކިހިނެއްތަހުގީގު ތިކުރަނީ

      24
      1
  4. ތުނިޔަ

    ޢާއިލާއެއް އޮވެމެ އަލީނިޔާޒް ދައުލަތުގެ ބެލުމުގެ ދަށުގައި ހުންނަން ޖެހުނީ ކީތްވެތޯ؟

    34
    • އަލިބެއްޔާ

      ޢާއިލާއެއް އޮވެމެ އައިޖީއެމްއެޗަށް ފަރުވާ ހޯދަން ދަނީ ކީއްވެތޯ؟ ގުރާދުއަކީ މީހުނަށް ފަރުވާ ކުރާތަނެއް. އެކަން އެނގިފަ ނެތީތޯ؟

      9
      9
  5. މަޖުލިސްމަޖުލިސް

    ގެއްލުވާލާ މީހުނާއި ހަނާކުރާ މީހުނަށް ހައްގުހޯދާދޭން ވާވައުދު ފަސްއަހަރުން ފަސްއަހަރުން އާވަމުން ދާނެ. ގައުމުދަނީ އެނބުރެމުން ސެނބުރެމުން.

    15
    4
  6. ރިލޯޑު

    ކޮބައިހޭ މަހުލޫފު ކޮބައިހޭ މަހުލޫފު ކޮބައިހޭ މަހުލޫފު ، މަހުލޫފު ވެސް މަރުވީތަ ހާދަ އަޑެއް ބަޑެއްނެތޭ މިހާރުވެސް ރައީސްކަމުގައިހުރީ ޔާމީނުތަ މަހޭ އަޅެ ކޮންމެވެސް އަޑެއްލައްވާލަބަލާ ހާދަވަޔޭދޯ ކިތަށް މީހުންތަ މިވެރިކަމުގައި ވާނުވާ ނޭގި އެމަރުވީ ކޮބައިތަ އެމް ޑީ ޕީ ގެ މަރުކޮމިޓީ.....

    34
    • ހުސޭނުބޭ

      އޭނާ ކިހިނެއް އަޑެއް އިއްވާނީ! އެމްޕީއާރުސީ ގެ ލާރިގަނޑު އެ އުޅެނީ ކަރުބުޑުގައި ތާށިވެގެން!

      20
      1
  7. ކެޔޮޅު

    މިއަނިޔާގެ ޒިންމާ އުފުލަންޖެހޭނީ ޔާމީނުތޯ؟؟؟؟

    23
    2
  8. ކަނޑޫ ކަކުނި

    މަރު ކަމިޝަނުން މިފަދަ މަރުތަކުގެ ތަހުޤީގު ނުކުރަނީ ކީއްވެބާ؟ ރައްޔިތުންގެ ޙައްޤުތައް ހޯދައިދޭން އައިބަޔަކު ފަރާތުން މިހާރު މިފެންނަނީ ރައްޔިތުންގެ ޙައްޤުތައް ފޭރިގަންނަ މަންޒަރު ތަކެވެ. މިހާރު ކޮބާބާ ޓްރާންސް ޕޭރެންސީ އޭ އެކިޔާ މީހުން، ކުރީގަ ފުލުފުލުގަ ރިޕޯޓްތައް ނެރޭނެ 2 މީހަކު ތަޅަޢި ގަތަސް ސަރުކާރު ޒިންމާ ކުރުވަން މިހާރު އޯކޭ ޖަލުތަކުގަ މީހުން މަރުވަމުން ދިޔަޔަސް މިހާރު އަޅެފަހެ އެމީހުންގެ ޙައްޤު ނެތީބާ!؟ މިއަދުގެހާލު، އިންސާނީ ޙައްޤު ތަކޭކިޔައިގެން މިއުޅޭ ބައިގަނޑަކީ ވަކިބަޔަކަށް ނަފާހޯދާދޭން އުޅޭބަޔަކަށް ނުވޭތޯ!

    23
    2
    • އޮރެންޖު

      ޓްރާންސްޕޭރަންޓް މޯލްޑިވްސް އަކީ ރީނދޫހުން ޖެހިފަ ތިބި މީހުންގެ ބައިގަނޑެއް. މިދައުރުގަ ފާޑެއް ނުކިޔާނެ ފިތިފަ ތިބި ބައެއް.

      17
      1
  9. ސަޓޯ

    ކޮބާ ރައީސް އިބުރޭ މީހުން މަރާ ކޮމިޓީ

    25
    1
  10. Anonymous

    އާއިލާއިން ތިފަދަ ޝަކުވާަތަށް ކުރަން ލަދުވެސް ނުގަންނަނީބާ. ޢެމީހާ ގޭގަ ބާއްވަން ނުކެރިގެން ހިލޭބައެެއްގެ އަތްމައްތަށް އެއްލާލީ. ކޮބާ އާއިލީ ޒިންމާ. ލޭގެ ގުޅުން ހުރި މީހުން ނުވީ އޯގާތެރިކަމެއް ހަމްދަރުދީއެއް ވާނީ ކޮން ހިލޭބައެއް. ޝަކުވާކުރަމުން މިއަދު ތި ދުވަނީ ބަޔަކު ބޮލުގަ އިލްޒާމެއް އަޅުވަން. ކޮންމެވެސް ދޭތެއަކުން ކޮންމެވެސް ފައިދާގަނޑެއް ނަގަން. ތިޔަ އާއިލާގެ ލަދު ކޮބާ؟ ބަލިވީމަ އެއޮތީ ސަރުކާރުން ބަލަން އެއްލާލަފަ. ކޮބާ ލޭގެ ގުޅުމާއި އިންސާނިއްޔަތުކަން.

    30
    4
    • އަލިބެއްޔާ

      އޭ ވާނުވާ! ގުރާދުއަކީ މީހުނަށް ފަރުވާ ކުރާތަނެއް. ބަލާނެ މީހަކު ނެތިގެން ބަލަން ލާ ތަނެއް ނޫން. ވަކިވަރަކަށް ރަނގަޅުވީމަ އަނބުރާ ޢާއިލާއާއި ހަވާލު ކުރާނެ. އައިޖީއެމްއެޗްގައި އެޑްމިޓްކުރަނީ އާއިލާއަށް ނުބެލިގެންތަ؟
      އެއްމެ ފުރަތަމަ އަންނަ ޕޮޕަޕް، އަޑުގެ ނެތްތަނަށް ގޮވުން ހުއްޓާލާފައި ކަންކަމާމެދު ތިންހަތަރު ކޮޅަށް ވިސްނަން ދަސްކޮށްބަލަ.
      އެހެން މީހުންގެ ހިތްތަކަށް ތަދުކުރުމުގެ ކުރިން އެމީހުން ތަހައްމަލު ކުރި، ނޫނީ ކުރަމުންދާނެ ހިތާމައާއިމެދުވެސް ވިސްނާލަ ބަލަ.

      10
      4
  11. އަފްލާ

    ޝިދާތާ އިސްތިއުފާ ދީފަ ގެއައްދޭ

    24
  12. ހަސަން

    މިވާހަކަ މިގޮތަށް ފަތުރައި ދައުލަތުގެ މައްޗަށް މިވަރުގެ ބޮޑު ދޮގު ތުހުމަތެއް އެޅުވި އާއިލާގެ މައްސަލަ ތަހުގީގު ކުރަންޖެހޭ. ހަގީގަތް އޮޅުވާލައި ދޮގު އިލްޒާމު ސަރުކާރުގައި އަޅުވާއިރު އެފަކީރު ދެފައިގައި ޗޭނު ޖަހައި އަޅާނުލައި އެތައް އަނިޔާއެއްގައި އާއިލާއިން ގެންގުޅެނިކޮށް ޖެންޑާރގެ ބެލުމުގެ ދަށަށް ގެންދިޔައީ.

    12
    11
  13. ޖިންނި

    މީ ކުރީ ސަރުކާރުގަ ދިމާވި ކަމެއްނަމަ ހިއުމަން ރައިޓްސް އޭ އެ ކިޔާ މެކުނު ތައް ފުމޭވަރުން އޮބި ނޯންނާނެ

    26
    2
    • އޮރެންޖު

      ހަމައެކަނި އެމްޑީޕީ ގެ ހިޔުމަން ރައިޓްސް ކޮމިޝަނެއް. ފިތިފަ ތިބީ.

      16
      1
  14. ހުސެއިން

    މިހުރިހާދުވަހު ކޮބާ އާއިލާ

    12
    2
  15. އާއިލާ

    މިއަދު އޭނާ ދުނިޔެއާއި ވަކިވުމުން އާއިލާއެއްވެސް އެބައޮތް. ގައިމު ތިއާއިލާއިން ލޯބިދީގެން އޭނަ ބެލިނަމަ ބަޔަކު އަނިޔާކޮށްފައި ހުރިކަމުގެ ނިޝާނެް ނުހުރީސް

    13
    1
    • ދދދދދދ

      ކަލެއަށް ކިހިނެއް އެނގެނީ އަނގައްޕަޗި ވަޒީރު ނޫން ކަމެއްވެސް އޭނައަށް އަނިޔާ ދިނީ.

      3
      2
  16. ގަލަން

    ހައިރާނެއް ނުވޭތަ. މާތްވެގެންވާ އިސްލާން ދީންމަތީގައި 100% މީހުން ތިބި ގައުމެއް. ކޮންމެވެސް އަނިޔާއެއް،ދީ ވައްކަމެއް ކޮށް މަކަރެއް ފޭރުމެއް ދޮގެއް ނަހަދާ އެކަކުވެސް ނެތް. މިތަނުގައި މިދީން އޮންނަތާވެސް 1000 އަހަރުވާން މިއުޅެނީ. ދުވަހުން ދުވަހަށް މީހުން މިދަނީ ނުބައިވަމުން ނުލަފާވަމުން. ޖަޕާނު މީހުންނާ މިދިވެހިން އަޅުވާ ބަލާއިރު ފެންނަނީ އެހެން މަންޒަރެއް.

  17. ާެައަލީ

    ދައުލަތުގެ ބެލުމުގެ ދަށުގައިތިބޭ މީހުން މަދުކުރަނީ އޭރުން ހަރަދުކުޑަވާނެނު މިހާރުވެސް މިނިސްޓަރ ވީ އެމެރިކާގަ އެކަމުގަ މަސްވަރާކުރަން.

  18. ހަމްދީ

    ވޭތުވެދިޔަ 40 އަހަރަށްބަލާއިރު އެންމެގިނައަދަކަށް ކުއްލިގޮތަކަށް ނުވަތަ އަނިޔާދީގެން ނުވަތަމަތިންވެއްޓިގެން ނޫނީ މޫދުއަޑިއަށް ގެނބިގެން މީހުންމަރުވާއަހަރަކީ މިއަހަރުކަން ވަރަށްހިތާމަޔާއެކު ފާހަގަކުރަމެވެ. ލަފާކުރެވޭގޮތުގައި ވޭތުވެދިޔަ ތިން ހަތަރު މަހައްބަލާއިރު އެކިގޮތްގޮތައްއަނިޔާލިބިގެން މަރުވިމީހުންގެއަދަދު ސަތޭކަޔާ ވަރަށްގާތްކުރާނެކަމަށްލަފާކުރެވޭ ވައްކަމާއި ފޭރުން މިހާރުވަރަށްއާއްމުކަމަކަށްވެއްޖެ މިކަހަލަކަންތައްކުރާމީހުންނާއިމެދު އެންމެހަރުކަށި ފިޔަވަޅުއަޅައިދިނުމައް ސަރުކާރަށްގޮވާލަން މިއަނީޔާކުރިމީހުން ހޯދާ އެމީހުންނަށް ހައްގު އަދަބުދޭނެކަމަށްއުއްމީދުކުރަން

    13
  19. މަރީ

    އަލިނިޔާޒަށް އަނިޔާކުރިނަމަ އެބަޔަކު ހޯދާ ހަރުކަށި އަދަބްދޭންޖެހޭނެ ، ނަމަވެސް އާއިލާއިން ތިހާވަރަށް ކަންބޮޑުވާއިރު ކީއްވެބާ ގުރައިދޫގައި އެފަކީރު އެހާދުވަހު އުޅެންޖެހުނީ ، އޭނާގެ ހާލުވެސް ތިޔައާއިލާއިން ބަްލާފައިނުވާކަން އެބަދޭހަވޭ ވަރަށް ރަގަޅަށް

  20. އަޅުގަނޑު

    ? މާތްﷲ ނިޔާޒްއަށް ސުވަރުގެ މިންވަރުކޮށްދެއްވަވާށި އާމީން

  21. އެޗް

    ސޯލިހް ގެ އޯގާތެރި ސަރުކާރުގަ ވެސް ގޮތް ނޭގޭ މަރުގެ ނުހިފެހެއްޓޭ ދޯ.؟ މިކަމުން އެގެނީ މަރަކީ ވަކިފަރާތެއްގެ ބާރުދަށުގައިވާ ކަމެއްކަން . ސޯލިހަކަށް ، ހުސްނުއްސޫދު އަކަށް ވެސް މިކަމުގަ ބާރެއް ނެއްކަން.

    10