ޚާއްސަ އެހީއަށް ބޭނުންވާ މީހާގެ ފައިގައި ޗޭނު އެއްސީ ޢާއިލާއިން ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.

ކަމާ ބެހޭ ފަރާތްތަކަށް ލިބިފައިވާ ރިޕޯޓާ ގުޅިގެން، އެ ފަރާތްތަކުގެ ލަފާއައެކު ދައުލަތުގެ ބެލުމުގެ ދަށަށް ނެގިފައިވާ ނުކުޅެދުންތެރިކަން ހުރި 42 އަހަރުގެ މީހަކު އައިޖީއެމްއެޗްގައި ފަރުވާ ހޯދަމުން ދަނިކޮށް 9 މާރިޗު ވީ ހޮނިހިރު ދުވަހު ވަނީ ސްޓްރޯކެއް ޖެހި ނިޔާވެފައެވެ.

ޖެންޑަރ މިނިސްޓްރީން ބުނި ގޮތުގައި އެ މިނިސްޓްރީން ބެލިބެލުމުން އެނގުނު ގޮތުގައި އޭނާގެ ޢާއިލާއިން ފައިގައި ޗޭނެއް އައްސައިފައި އޮތުމުގެ ސަބަބުން، އެ ނިޝާން ހަށިގަނޑުން ވަނީ ފާޅުވެފައިއެވެ، އަދި މި މީހާއާ ގުޅޭ މައްސަލަ މިހާރު ދަނީ ކަމާ ބެހޭ ފަރާތްތަކާއެކު ބަލަމުންނެވެ.

މިމަހު ނުވަވަނަ ދުވަހު ނިޔާވެފައި ވަނީ އަލީ ނިޔާޒް ނަމަކަށް ކިޔާ މީހެކެވެ. އަލީ ނިޔާޒް މިދިޔަ މަހުގެ 24 ވަނަ ދުވަހު އައިޖީއެމްއެޗްގައި އެޑްމިޓް ކުރީ ގަދައަށް ހުން އައިސް ސިއްހީ ސީރިއަސް މައްސަލަތަކެއް ދިމާވުމުންނެވެ. އޭނާ އައިޖީއެމްއެޗަށް ގެނައި އިރު ވަނީ ސްޓްރޯކެއް ވެސް ޖެހިފައެވެ. އައިޖީއެމްއެޗަށް ގެނައުމުގެ ކުރިން ގުރައިދޫ ހެލްތު ސެންޓަރުގައި ދެފަހަރެއްގެ މަތިން އޭނާ އެޑްމިޓް ކުރިއެވެ.

އަލީ ނިޔާޒް މިމަހު ނުވަވަނަ ދުވަހު ނިޔާވެފައި ވާއިރު މިއީ ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވި ހަތަރު ވަނަ މީހާ އެވެ. މީގެ ކުރިން އެކަކު ދޫނިދޫ ޖަލުގައި ހުއްޓާ ނިޔާވެފައި ވާއިރު އެކަކު މާފުށީ ޖަލުގައި ހުއްޓާ ވެސް ނިޔާވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ކެޔޮޅު

    އާއިލާގެބޮލުގަ އަޅުވައިފާ ޖެންޑަމިނިސްޱަރައް ސަލާމެތެެްނުވެވޭނެ ކީއްވެ މައްސަލަ ކުރިން ނުބެލީ؟؟

    37
    8
  2. Anonymous

    ދައުލަތުން ޒިންމާ ނަގަންޖެހޭނެ

    26
    4
  3. ާމަ

    ވަަާނުވަާ ވާހަކަ. ބޮޑަށް ހީވަނީ ބޮޑު ކުށެއްގެ ޒިންމާ ސަރުކާރުން ބޮލުން ކަޓުވާލާ އާއިލާ ބޮލަށް ޖަހަން އުޅެނީހެން. އަމިއްލަޔަށް ކުރިކަމެއް ހިއެއް ނުވޭ އަމިއްލަޔަށް މައްސަލަ ލައިން ބަލަން އުޅޭނެހެނެއް. މީ ވަރަށް ކަނޑުކޮސް ވާހަކައެއް.

    28
    3
  4. ގާސްތާ

    އާއިލާއިން ޗޭނުޖަހާފަ ވާނަމަ މިޔަދުތަ އެނިސާން ފެނުނީ،؟؟؟ އެއީތަ އެކަންކުރަން ޖެހޭގޮތަކީ،،؟

    24
    2
  5. ޢަބުދުލް ވާހިދު

    މަރަކީ ﷲ ފިޔަވާ އެހެން ފަރާތެއްގެ ބާރުގެ ދަށުގާ ވާ އެއްޗެއް ނޫން މަރުޙޫމު އަށް ދާއިމީ ސުވަރުގެ މިންވަރު ކުރަށްވާށި އާމީން.

    29
    1
    • ރުޒާނާ ޗޮއްޕަޓު

      ތިވާހަކަ ސުއޫދަށް ކިޔައި ދީބަލަ. އޭނައާއި މުސީބާތް ސަރުކާރު ތިކަން ނޭގިގެން ތެޅުނު. މިހާރު އެނގުނީބާ!

      25
      2
  6. އަލީ

    އާއިލާ އާ މެދު މީހަކުމެރިކަމުގެ ދައުވާ ކުރަން ޖެހެ ސަރުކާރު ފަރާތުން.

    8
    16
  7. ޝާނާ

    ޢާއިލާއިން ނިޔާޒުއަށް އަނިޔާ ކުރާތީ ދައުލަތުގެ ބެލުމުގެ ދަށަށް ގެނައީ ސޯ ނިޔާވީމަ ދައުލަތާއި ދެކޮޅަށް ވާހަކަ ދެއްކުމުގެ އެއްވެސް ބާރެއް ޢާއިލާއަށް އޮތް ކަމަކަށް ޤަބޫލެއް ނުކުރެވޭ ޢާއިލާއިން އޭނާއަށް ދޭންވާ އަޅާލުމާ އޯގާތެރިކަން ދިން ނަމަ ބޭރު ހިލޭ ބައެއްގެ ބެލުމުގެ ދަށުގައި ހުންނަންވީ ކީއްވެ މަރުހޫމަށް ސުވަރުގެ މިންވަރު ކުރައްވާށި އާމީން

    24
    5
    • ދޫނިދޫ ސޮރު

      އާއިލާއިން އެހީތެރި ނުވީމަ ދައުލަތުގެ ބެލުމުގެ ގެންގޮސް މަރާލާނީކީ ނޫން. ތީ ވަރަށް ރަނގަޅު ހަމައެއް.

      14
      3
  8. ޖަހާންގީރު

    ޢާއިލާ ބުންޏޭ ބުންޏޭ ކިޔާކަށް ނުޖެހޭ ޕްރޮފެޝަނަލްކޮށް ކަން ކުރާ ބަޔަކު ، ޢާއިލާއިން ބުންޏޭ ކިޔާފަ ކަރުވެސް ބުރިކޮށްލާނަންތަ

    12
    1
  9. ދދދދދދ

    އަނގަ އައްޕަޗި ވަޒީރު ޫ ޫ ޫ އިބްތިހާލު މަރާލި ފަހުން ފުރުސަތެއް ނުލިބި ހުރެފަ މިއިއްޗަކު ހަމަ ހީވަނީ ކުރު ދޮށީގަ އެހެން ކަމެއްހެން.

    19
    4
  10. ސޫދު

    މިއޮތީ ސަރުކާރު އިހުމާލުވެފަ. މަރުޙޫމުގެ ޢާއިލާއަށް އިންސާފު ހޯދާ ދިނުމަށް އިންސާފު ސަރުކާރަށް ގޮވާލަން. ޖެންޑާ މިނިސްޓަރ އަދި އިތުރަށް އަނގަ ފުޅާކޮށް ރައްޔިތުންނަ ބުނެބަލަ މިމަރުގެ ޒިންމާ ނަގަން ޖެހޭ ބައެއް. ވަރަށް ސަލާމް

    11
    1
  11. ޚުރުސ

    ތިމައްސަލަތަށް ބަލަން ކުރާ ޚަރަދަށްވުރެ ކުޑައެއްޗެއް ޚަރަދުކޮށްގެން ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި މީހުން ބެލެހެއްޓޭނެ ދާއިމީ ނިޒާމެއް ގާއިމް ކުރެވިދާނެ. ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މައްސަލަ ބެލުން ބަޔަކު ކާންބޯން މުސާރަ ހޯދާ ކަމަކަށް ސަރުކާރުން ނިންމުމަކީ ތިފަދަ ކަން ކަން ދުވަހަކުވެސް ހައްލުނުވާނެ ކަމުގެ ހެއްކެއް.

  12. ކައްޕި

    ކީއްވެތަ 100% މުސްލިމު ދިވެހިން މިހާ ރަހުމު ކުޑަވެފަ އަނިޔާވެރީ؟ ނިސްބަތުން ދުނިޔޭގެ ތަހުޒީބު އެހެން ގައުމުތަކަށް ވުރެން؟ ދީންތަ ދިވެހީންތަ މީގެ އަސްލަކީ؟

    6
    4
  13. ކެޔޮޅު

    އޭނަ މަރުވިމައްސަލައެއް ނޫން ބޮޑުވެގެންމިއުޅެނީ އޯގާތެރި ރައީސްގެ ސަރުކާރުން އަނިޔާކުރިމައްސަލަދޯ؟

    4
    1
  14. ފާތް

    އާއިލާއިން ނުބެލެހެއްޓިގެންތާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔައީ. މަރުވީމަ ކޮންވާހަކައެއްތަ ދެންތިދަކަނީ. އޯގާތެރި އާއިލާމީހުން ބެލިނަމަ އެހެން ނުވާނެ އެއްނުން

  15. މުއާޒު

    އައްޔަ ޖެންޑަރ ގެ ބެލުމުގެ ދަށަށް ގެންދިޔައިރު ކީއްވެ އެމައްސަލަ ފެންމަތިނުވެ މަރުވީމަ އެވާހަކަ ދައްކަނީ ކަމުން ރެކެން. ކަޑައެޅިގެން ހަދާ ދޮގެއްތީ.