ކުއްލި މަރުތައް އިންތިހާއަށް އިތުރު ވެފައި ވަނިކޮށް އަނެއްކާވެސް ފަތުރުވެރިޔަކު މަރުވެއްޖެއެވެ..

މަރުވެފައި ވަނީ ސަފާރީއަކުން ފީނަން ފޭބި ފަތުރުވެރިއެކެވެ.

ފުލުހުން ވިދާޅުވީ ވ. އަތޮޅުގައި އޮތް ސަފާރީއަކުން ޑައިވިނަށް ފޭބި ފަތުރުވެރިއަކު ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި މަރުވެފައިވާކަމަށެވެ.

މަރުވެފައި ވަނީ ޖަޕާނަށް ނިސްބަތްވާ އުމުރުން 64 އަހަރުގެ ފަތުރުވެރިއެކެވެ. އޭނާ މަރުވީ ހާލު ދެރަވެގެން ވ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައެވެ.

މަރުވި ފަތުރުވެރިޔާގެ ހަށިގަނޑު މިހާރު ވަނީ މާލެ ގެނެސްފައެވެ.

އިއްޔެ ވެސް މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު މަރުވިއެވެ. އަދި ރޭ ވަނީ މާލޭގެ އިމާރާތަކުން ވެއްޓި ވެސް މީހަކު މަރުވެފައެވެ.

ފާއިތުވި ދެމަސް ދުވަހުގެ ތެެރޭގައި ކުއްލިއަކަށް ރާއްޖޭގައި 40 އަށް ވުރެ ގިނަ މީހުން މަރުވެފައި ވެއެވެ.

ފަތުރުވެރިން މޫދަށް އެރި އުޅުމުގެ ތެރޭގައި މަރުވުމުގެ ހާދިސާތައް އިންތިހާއަށް އިތުރުވެފައި ވީނަމަވެސް އެފަދަ ކަންކަން ތަކުރާރު ނުވާނެ ގޮތައް ކަންތައްތައް ކުރަން ސަރުކާރުން އެއްވެސް މަސައްކަތެއް ކުރާ މަންޒަރެއް ނުފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ގެރި

    ގެރީގެ ބާރުގައި ވެރިކަން ކުރަން އުޅޭތަނެއްގައި ވާނީ މިކަހަލަ ކަންތައް!

    31
    1
  2. Anonymous

    ﷲ ގެ ދީނަށް ފުރައްސާރަކޮށް، ﷲ ތަޢާލާއަށް ހުތުރު ބަސްތައް ބުނާއިރު އެކަންކަން އިސްލާޙްކުރުމަށް އެއްވެސް ކަމެއް ނުކޮށް ތިބެ، އިސްލާމީ ވެރިކަމެކޭ ކިޔަމުންދާއިރު، ﷲ ތަޢާލާ އެހުރިހާ ކަމެއް ބައްލަވާވޮޑިގެންވާނޭކަމާއި، އެކިގޮތްގޮތުން އިންސާނުންނަށް އެމީހުންގެ އަމަލުތަކުގެ ޖަޒާ ދެއްވާނެކަން ހަނދާނެއް ނުހުރޭ. އަހަރެމެން ރަންބިސްއަޅާ ކުކުޅު ކިޔައިގެންގެންގުޅޭ ޓޫރިޒަމްގެ ދުވަސް ދިއުމުން އަހަރެމެންގެ ހާލަތު ބަދަލުވެގެން ދާނެގޮތާމެދު ވިސްނާލާ.

    35
  3. ނާސިޙް

    40 ވަންދެން މިހެންވާނެ ތަ؟ މީހަކު ބުނި 40 ދުވަސްވަންދެން މިހެން ވާނެޔޯ

    13
    1
  4. ކަޅުސޮރު

    މަރުބަލާ ކޮމެޓީއަށް ހަމަ އޮބިނޯވޭ ދޯ ؟

    31
    1
  5. މަސްވެރިޔާ

    ރައްޔިތުންނޭ މިއުޅެނީ ކަނޑާއި އެއްގަމުގައި ވިގުނި އަޅާއިގެން. މިއީ ސިހުރުގެ ސަބަބުން ވާނުބާ ކަންތައް. ދެން ރޯދާއިގެ ކުރިން ވަރުގަދަ މުލެއްލުހި އެމޫ ވަޅުލެވޭނެ. މީގެ ފަރުވާއަކީ ސިހުރު ހަދައިގެން ވެރިކަން ހޯދި މީހާ އެމަގާމުން އިސްތިއުފާ ދިނުން.އަދި ތައުބާވުން. ނޫނީ ކުއްލި މަރުތަކުފައި އެފަދަ ޤައުމުތައް ހަލާކުވެ ކިންގްވެސް މަރުވެފަ އެބަހުރި.

    24
  6. އަހުމަދު

    އަޅުގަނޑަށް ފެންނަނީ މަރުބަލާ ކޮމެޓީ އުވާލަން އެކޮމެޓީ އުފެއްދިފަހުން މިހާ މަރު ގިނަވެގެން މިއުޅެނީ ވޭތުވެދިޔަ 5 އަހަރު ހިނގި ކުއްލި މަރުތަކުގެ ޖުމުލަ 100 އަަށް ނާރާ އެކަމު މި4 މަހު ހިނގި މަރުތަކުގެ ޖުމްލަ 50 ހަށް ވުރެ މަތިވެއްޖެ ... އޭ މީސްތަކުންނޭވެ.... ކެންޕޭން ޖަގަހަތަކުގައި ނުތިބެ މިސްކިތަށް ނަމާދަށް އަރާށެވެ. މާލޭގައި ހުރި އެމް ޑީ ޕީ ހަރުގެއަކީވެސް ނަމާދު ނުކުރާ މީހުންގެ ޖަގަހައެއް މަގުރިބު އިޝާ މިދެ ވަގުތުވެސް ހުއްޓުމެއްނެތި ތާސްކުޅުމާއި މީހުންގެ ނެތި މޮށުމާއި ހުތުރު ބަސްތަށް އިއްވުން ކަމަކީ ދެން ޓީވީ ބެލުން ....އޭ މީސްތަކުްނޭވެ.... މަހުޝަރު ބިމުގައި ސުވާލު ކުރެވޭނީ ތިބާ ކުރިކަންތަކުގެ މައްޗަށެވެ. ބޭކާރު ގޮތުގައި އިންސާނަކަށް އަޅުވެތި ވުމުގެ ބަދަލުގައި ﷲ އަށް ކުއްތަންވެ ނަމާދު ކުރާށެވެ.

    37
    1
  7. ޞަދީޤާ

    ވަގުވޯޓުން އައި ސަރުކާރު ދެމިއޮތްހާހިނދަކު ޤަވްމަށް އަމާންކަމެއް ނެތެވެ. ކޮންމެދުވަހަކުހެން ފެންނަމުންމިދާ ހިތްދަތި މަންޒަރުތަކަކީ ޢިބްރަތްލިބިގަތުމަށް ފެނިގެންދާ ކަންކަމެވެ. ރޯވެއެނދުމާ ، ކުއްލިމަރުތަކާ ، ތަޅާފޮޅުމާ ، ވައްކަމާ ، ފޭރުމާ ، ތިޖޫރީލޫޓުވުމާ ، ތަންތަން ފެޅުމާ ، ބަގުރަލާ މަސްތުވާތަކެތި ތިޔާގިވުމާ މިހިރަ ލޯމަތިން ހިނގަމުންދާ ކަންކަމަށް ރައްޔިތުން ވިސްނާ ފިކުރުކުރާށެވެ. ހޭއަރާށެވެ.

    31
    1
  8. ޝަމީން

    ބޮޑައް ބެލެވެނީ ސިހުރުގެ ކަންތައްގަނޑެއް މުޅިރާއްޖެއައް ކުރިމަތިވެފައިވާހެނެވެ. އެހެނީ ސިޔާސީ ވާދަވެރިކަމުގައި ސިހުރު ހަދަމުން ހަދަމުންގޮސް ހައްދުންނެއްޓީމާ ވާނީ އެހެންތާއެވެ.

    25
  9. ލަރޭ

    ޢިބޫ އިސްތިއުފާ ގޮތްނޭގޭ ކިތައްމަރު ވެރިކަމުގަ ސުންޕާވެރިކަމެއް

    36
    1
  10. އަހްމަދު

    މަރުސަރުކާރު އިސްތިއުފާ.

    18
  11. ކިނބޫ ކޮށި

    ޢިބޫ އިސްތިއުފާ. މި ޤައުމުގެ ވެރިކަމުގަ މިހުރީ އަޑި ނޭނގޭ މީހެއް..... އަވަހަށް އިސްތިއުފާ ދީފަ ކިނބޫ ކޮށްޓާ ޙަވާ ލުވޭ........

    19
    1
  12. ކެޔޮޅު

    މިމަރުތަކުތަކުގެ ޒިންމާ އުފުލަންޖެހޭ ފަރާތެއް އިންތިމެން މަހުލޫފުމެން މިހާރަކު ނުބުނޭ!!

    19
  13. އިންސާނެއް

    މީހުން މަރުވަނީ ހުންނަ ވެރިއެއްގެ ސަބަބުން ބާ؟

    2
    19
    • ނިމިދިޔަ 5

      ނިމި ދިޔަ 5 އަހަރުގައި މަރުވާ މީހުންގެ ޒިންމާ އަޅުވާފަ އޮތީ އޭރުގެ ސަރުކާރުގެ ބޮލުގަ، ދެން މިހާރު އަޅުވާނީ ކާކުގެ ބޮލެއްގަ؟

    • ކިނބޫ ކޮށި

      ލައްބަ!!!!!

  14. ސޯލިހު އަލީ

    މަރުގެ ސަރުކާރުން މަރުފަލިޖަހަނީ ،، ތިވަރަށް މީހުންނުމަރާ އިސްތިއުފާ ދީފަ ދާންވީ...

  15. Aliަ

    ޓޫރިޒަމް މިނިސްޓަރ އިސްތިއުފާ.. ނުހައްގުން މުއްސަނދުކަން ހޯދައިގެން ،މާ މޮޅުމީހެއްކަމަށް..