25 ދިވެހިންނާއި އެކު މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއްގެ ޚަބަރެއް ނުވެގެން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މި ދޯނީގެ ޚަބަރެއް ނުވެގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައި ވަނީ މިއަދު ހެނދުނު 9:20 ހާއިރުއެވެ.

ސ.މަރަދޫ އިން މިދިޔަ ހުކުރު ދުވަހު 18:00 ގައި މަހަށްފުރި "ކޮންކޯޑް" ނަމަކަށް ކިޔާ މި ދޯންޏާ އެންމެ ފަހުން ގުޅިފައި ވަނީ ސެޓްެލައިޓް ފޯނުން ރޭ 18:10 ހާއިރު ކަމަށާއި އަދި ދޯނީގެ އިންޖީނަށް ދިމާވި މައްސަލައެއް ހައްލުކުރުމަށްފަހު ދަތުރުކުރަމުން ދާކަމަށް، މި ދޯންޏާއި ގުޅުންހުރި މީހެއްގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް ވަނީ މަޢުލޫމާތު ދީފައެެވެ.

އެމްއެންޑީއެފް އިން މައުލޫމާތުދިންގޮތުގައި، ދިގުމިނުގައި 108 ފޫޓު ހުންނަ މިދޯންޏަކީ ބޭރުގައި ނޫކުލައިގެ ދަވާދު ލާފައިވާ އަދި ގެގަނޑުގައި ހުދު ކުލައިގެ ދަވާދު ލާފައިވާ ދޯންޏެކެވެ.

މިއުޅަނދާއި ބެހޭ މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވުމަށް އެމްއެންޑީއެފް އިން އެދެއެެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ފޯއް

    ވަރަށް ސަޅި

    • އަހުމަދު ފާ

      ކޯއްޗެެއް ސަޅި ވީ

    • ރާއްޖެ

      ބތ އެއް ތީ

  2. ޅަބޭ

    ވަރިހަމަ. ތި 25 މީހުން ގެއްލުމައްވުރެ، ސިފައިން ކޮންމެ ރެޔަކު މަޖީދީ މަގައްނުކުމެ އެމްޑީޕީމީހުން ފަހާ ދުވުން މާ މުހިންމު.

  3. އަހަންމާބެ

    މިގޮތަށް ގެއްލޭ ދޯނިތައް ޢާންމުކޮށް ދެތިން ހަތަރު ދުވަހުން ފެނޭ، އެއީ ރާއްޖެއޮބާ ހިސާބަށް ދެވެނީ، އޮޅިގެން ގަސްދުގައި މުހިންމުބޭނުމަކު، އެކަމަކު އަދި މިހާތަނަށް ދިވެހި އަސްކަރިއްޔާއަށްވެސް އެނޫން މުއައްސަސާއަކަށްވެސް އެގޮތަށް ގެއްލޭ ސަބަބެއް ޔަޤީންކޮށް ބުނަކަށް ނޭގޭ، އެނގޭކަމަކީ ގިނަ ޢަދަދެއްގެ އަގުބ\ޮޑު ތަކެތީގެ ކިލޯގްރާމްތަކެއް ފެންނަކަން، މީބުނެވޭނެ ވަރަކީ، އެކަމަކު މިބުނީ މިދޯންޏަށް ދިމާވީ އެހެނެކޭނޫން، މިދޯންޏަށް އެހެންގޮތެއް މެދުވެރިވުންވެސް ގާތް.

  4. އުކުޅަސް

    އުކުޅަސް ފަޅުގައި އެބަ އޮތް ތިބުނާ ދޯނި.

  5. ވީނަސް

    އެހެންވީރު މާދަން ވަގުތެއަގަ ތިދޯނި މާލެއާ ކައިރިކުރާނެ 10 ވަރަކަށް ޓަނު ކަންނެލި ބާނައިގެން ކިރަން. މަސްދޯންޔެއް ގެއްލިއްޖެއްޔާ މީގެކުރިންވެސް ކަންތައްވަނީ މިހެން. ސަރުކާރުން ބޮޑުހަރަދު ކޮއްގެން ހޯދަން ނިކުތީމަ މިމީހުން އަންނާން ހެވިލާފަ މަސްކޮޅުކިރަން.

  6. ވަރަށްވާހަކަ

    ތީ އުރީދޫ ސެޓްލައިޓް ފޯން އިން ދޯންޏެއް، އެކަމު އުރީދޫން ބުނާނެ ކަވަރޭޖް ލިބޭނޭ ސެޓަލައިޓް ފޯނަށް، މިހާރު އެއުޅެނީ ނުލިބިގެން

    • ޜަދީ

      ވެދާނެދޯ ފޯން ބެޓެރީ ޗާޖް ހުސްވީ ކަމަށްވެސް. ނޫނީ ކޮންމެވެސް އެހެން މައްސަލައެއްވެސް ދިމާވެދާނެދޯ ހަމަ. އެހެންމީހުންގެ ބޮލަށް ނުކަނޑާ ފުރަތަމަ އަމިއްލަ ސިކުނޑިން ވިސްނާފަ އެއްޗެއް ބުނުން ބުއްދިވެރި